October 2017

އުޑުދަށުން

ބިދޭސީންގެ ވާހަކަ

ލިޔުނީ: މުހައްމަދު ޤާސިމް/ އއ. މަތިވެރި ދާދި މިދާކަށްދުވަހު މާލެއާއި ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިގެން ދިޔަ އެއްއަޑަކީ ހުޅުމާލޭގައި ބިދޭސީއަކު ދިވެހި އަންހެންކުއްޖެއްގެ އިއްފަތްތެރިކަމަށް ގަދަކަމުން އަރައިގަތް ވާހަކައެވެ. އެ އަނިޔާވެރި ނުރައްކާތެރި އަމަލު ހިންގުމަށްފަހު އޭނާ ފިލިވާހަކައެވެ. އެދުވަހުން ފެށިގެން…

ކުރުވާހަކަ

ބިކަ

ނޯޓު: މިއީ އިންޑިއާއަށް އުފަންވި ނިކަމެތި އަންހެނެއްކަމަށްވާ، ރާޖިޔާ ބޭގަމްގެ ހަޔާތާބެހޭގޮތުން “ވަގުތު” ނޫހުގައި ޝާއިޢުކުރި ލިޔުމެއް ކިޔާލުމުން ހިތަށް ވެރިވި ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިޔުނު ޚިޔާލީ ވާހަކައެކެވެ. ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި މެންދަމުން އަލިވެ ދޭން…

އުޑުދަށުން

އަބަދުވެސް ގާތުން ބަލާށެވެ!

މުހައްމަދު ގާސިމް / އއ. މަތިވެރި ފިހާރައަކީ އެއަރކޯން ކޮށްފައި ހުރި ފިހާރައެކެވެ. މާލޭ މެދުތެެރޭގައި ހުރި ފިހާރައެކެވެ. އަންހެނުންނާ ގުޅޭ ތަފާތު އެއްޗެހި ވިއްކާ ފިހާރައެކެވެ. ފޮއްޗާއި، ޖަރީގެ ބާވަތްތަކާއި، އެކިކަހަލަ ރީތިވާ ސާމާނެވެ. ފިހާރައިގައި އަބަދުވެސް މީހުން އޮންނަނީ…

މަޒުމޫނު

ރަޙުމަތްތެރިންގެ ނުފޫޒުން ކުދިންނަށް ނޭދެވޭ އަސަރުކުރެއެވެ.

މުޙައްމަދު ޤާސިމް. އއ. މަތިވެރި ރަޙުމަތްތެރީންނަކީ އެކުގައި އުޅޭ މީހުންނެވެ. ކޮންމެ މީހަކަށްވެސް ގިނަފަހަރަށް ރަޙުމަތްތެރީންގެ ގޮތުގައި ޚިޔާރު ކުރެވެނީ ތިމާއާ ދާދި އެއް އުމުރެއްގެ، ޚިޔާލުގެ ގޮތުންނާއި ޝައުޤުވެރިވާ ކަންކަމުގެ ގޮތުން އެއްހަމައެއްގައި ފައި ހަމަކޮށްލެވޭ ކުދީންނެވެ. ނުވަތަ މީހުންނެވެ….

އެހެނިހެން

އެސް އެސް ސީ އިމްތިޙާނުގައި ވާހަކަ ލިޔާ ދަރިވަރުންނަށް ހަދިޔާއެއް

މިއީ، އެސް. އެސް. ސީ އިމްތިޙާނަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް ޚާއްޞަކޮށްގެން ލިޔެފައިވާ، ކުރު ވާހަކަތަކެއް ހިމެނޭ 56 ސަފުހާގެ ފޮތެކެވެ. މި ފޮތުގައި ހިމެނިފައިވާނީ، އެކި އަހަރުތަކުގެ އެސް އެސް ސީ އިމްތިޙާނުގެ ދިވެހި ކަރުދާސްތަކުން ނެގިފައިވާ ފެށުންތަކާއި، ހާލަތުތަކުގެ…

ރިޕޯޓް

ރާޅުފުށީ ގޯތިގެދޮރުގެ ކުލި ބޮޑުވުމަށް މެދުވެރިވެފައިވާ ސަބަބުތަކާއި އެކަމުގެ ޙައްލު

ތަޢާރަފު: ބޮޑުމިނުގައި ގާތްގަނޑަކަށް 5 އަކަ ކިލޯމީޓަރު ހުންނަ، އާބާދީގައި ލައްކައެއްހައި މީހުން ހިމެނޭ ނ. ރާޅުފުށްޓަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ގޯތިގެދޮރުގެ ކުލި ބޮޑުވުމުގެ މައްސަލައެވެ. އެހެންކަމުން މިއީ އެ ރަށުގައި ދިރިއުޅޭ ފަރާތްތަކަށް މި…