ދިގުވާހަކަ

ފުރަބަންދު (5)

ފަޒުލާއަށް ކަންފަތް ކޮޅަށް ޖަހައިލެވުނެވެ. އޭނާގެ ގަސްތަކީ ދޮންބެއަށް ފާރަލުމެއް ނޫނެވެ. އަޑުއެހުމުން ވައްކަންކުރުމެއް ވެސް ނޫނެވެ. ދޮންބެ ދައްކަމުން ގެންދާ ވާހަކައިގެ ބާވަތުން، އަޑުއަހައިނުލައި ކުރިއަށް ފިޔަވަޅެއް ނޭޅުނީއެވެ. ދޮންބެ ވާހަކަދައްކަމުން އެ ގެންދަނީ އަހުސަނާކަން ކަށަވަރެވެ. އެއީ ދޮންބެގެ…

ޕްރޮޕޯސަލް

ހއ. މަނަފަރު އިސްކޫލުގެ މަތީސާނަވީ ދަރިވަރުންނަށް ބާއްވާ ތަމްރީނު ސެޝަންތަކަށް ފައިސާ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލް

ސުވާލު: ހއ. މަނަފަރު އިސްކޫލުގެ މަތީސާނަވީއަށް ކިޔަވަމުން އަންނަ ދަރިވަރުންގެ ލިޔުންތެރިކަމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށް ޓަކައި، އެ ދަރިވަރުންނަށް ޚާއްޞަކޮށްގެން، ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް، އެ އިސްކޫލުން ބޭނުންވެއެވެ. ވީމާ، މި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ޓަކައި…

ކުރުވާހަކަ

ބަރުދާސް

“މިހާރު އެއީ ކުރީގެ ސުއާދެއް ނޫން! މި ދިޔަ އަހަރު ވަރަށް އެކްޓިވްކޮށް އުޅުނު ކުއްޖެއް އެއީ. އެކަމަކު މިހާރު އިންނަނީ ފާޑަކަށް ހުއްޓުންއަރާފަ. ހީވަނީ ކޮންމެވެސް ކަމެއް ވެއްޖެހެން.” ސުއާދުގެ ކުލާސް ޓީޗަރ ހަމީޒާ، ވާހަކަދައްކަމުން ގެންދިޔައީ އޭނާގެ ކުރިމަތީގައި…

ދިގުވާހަކަ

ފުރަބަންދު (4)

“ދޮންބޭ!” ފަޒުލާގެ ދެ ލޯ ބޮޑުވިއެވެ. “ދޮންބެ ރޮނީތަ؟” “ނޫން!” ފިޒާލް އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ޑްރެސިން ޓޭބަލްމަތީގައި އޮތް ރިމޯޓުނަގައި އެއަރކޯން ޖައްސާލިއެވެ. “ދޮންބެ ނުއެއް ރޮން! ކީއްވެ ތިހެން ތި ބުނީ؟” ފިޒާލް މަސައްކަތްކުރީ…

ދިގުވާހަކަ

ފުރަބަންދު (3)

ފިޒާލް އޮތީ ކޮޓަރީގައެވެ. ނިދަން ތައްޔާރުވެގެން، ދިހައެއް ނުޖަހަނީސް އޭނާ އޮށޯވެއްޖެއެވެ. ދޭއް ޖަހާއިރު، ބައްޕަ ނޫނީ މަންމަ އައިސް ގޮވާނެއެވެ. ދަމުނަމާދަށް ނަގާނެއެވެ. އެއީ ކޮންމެ ރެއެއްގެ ވެސް އާދައެވެ. އެހެންކަމުން އޭނާ އޮތީ ވަރަށް އަވަހަށް ނިދަން ބޭނުންވެފައެވެ….

ދިގުވާހަކަ

ފުރަބަންދު (2)

“ދޮންބެ ކީއް ތި ކުރަނީ؟ ކިރިއައެއްނު ނުވެއްޓުނީ” ފަޒުލާ އަދިވެސް ހުރީ ހިނިއައިސްފައެވެ. “މިހެން ގޭގައި ހުރެހުރެ ފޫހިވެގެން އުދުހެވޭތޯ ބަލައިލީ.” ހިނިތުންވެ ހުރެ، ކޮއްކޮއާ ސަމާސާ ކޮށްލަމުން، ކޮޓަރިއަށް ވަންނާން ފިޒާލު ހިނގައިގަތެވެ. “އެކަމަކު އުދުހެވޭ ގޮތެއްނުވި ދޯ!” ފަޒުލާ…

ދިގުވާހަކަ

ފުރަބަންދު (1)

ފިޒާލަށް ހޭލެވުނީ ސިހިފައެވެ. ފުންމައިގެން ތެދުވެ، ގަޑިއަށް ބަލައިލެވުނެވެ. ނުވައެއް ޖަހަނީއެވެ. ހާރަށްފަހު، ފަތިސް ނަމާދުކޮށްގެން އައިސް، އޭނާ އޮތީ ނުނިދާން ހިތުނިޔަތް ގަނެގެންނެވެ. ގަޑިޖެހެންވާއިރަށް ނުހޭލެވިދާނެތީއެވެ. ނަސީބަކުން އަދި ލަހެއް ނުވެއެވެ. އޭނާ އެނދުން ފުންމާލައިގެން، އަވަސް އަވަހަށް ގޮސް،…

އިރުޝާދުދޭ ލިޔުން

ކުރުވާހަކައެއް ލިޔާނެ ގޮތް

ކުރުވާހަކައެއް ލިޔާހިތްވޭ ހެއްޔެވެ؟ މި އުޅެނީ ކުރުވާހަކައެއް ލިޔާނޭގޮތުގެ އިރުޝާދެއް ދޭށެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން ކުރުވާހަކައަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. ކުރުވާހަކައަކީ މައިގަނޑު އެއް ހާދިސާގެ މައްޗަށް ބިނާކޮށް ލިޔެފައި ހުންނަ ވާހަކައެވެ. މި ބާވަތުގެ ވާހަކަތަކުގައި މާ ގިނަ…

މަޒުމޫނު

ދެކޮޅު ހާމަކުރާ މަޒުމޫނު:

ސުވާލު: ފަތުރުވެރިކަމަކީ ދިވެހި އިޤުތިޞާދުގެ ރަންބިސް އަޅާ ކުކުޅެވެ. މިއީ ފަތުރުވެރިކަން މިއަދު ދިވެހިން ސިފަކުރަމުން އަންނަ ގޮތެވެ. މި އިބާރާތުން ފަތުރުވެރިކަން ސިފަ ކުރަނީ، މި ސިނާޢަތުގެ ސަބަބުން ދިވެހި އިޤުތިޞާދަށް ކުރާ މާލީ މަންފާގެ ބޮޑުކަމުންނެވެ. އެހެންކަމުން މި…

އުޑުދަށުން

ހަމްދަރުދީވަމެވެ!

އެ ރަށް ފެނުމާއެކު އަހަންނަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ދުއްވާ އެއްޗެހީންނާއި ހިނގާބިނގާވާ މީހުންތަކުން ފުރި ބާރުވެފައި ހުންނަ އެ ރަށުގެ މަގުތަކުގައި ވެރިކަން ކުރާތަން ފެނުނީ، އެކަނިވެރިކަމާއި ފަޅުކަމެވެ. ލިބުނު ހައިރާންކަމުގައި އަހަރެން އައިސް ތިރިކޮށްލީ، ބެލްކަންޏާ ދިމާގައި…