ހޫނު ކަރުނަ

ކުޑަކުޑަ ޝާއިން ގޮވައިގެން އަހަރެން ނިކުތީ ބޭރަށެވެ. އެސޮރު ބޮޑާ ހާކަން ފެށުމުންނެވެ. މަސަލަސް ކުރެވޭތޯ އެވެ. ގޭތެރެ ހޫނުގަދަވީމާ ދެން ވާނީވެސް އެކަހަލަ ގޮތެކެވެ. އެހެންނަމަވެސް އަހަންނަކަށް އެ ހޫނެއް އިޙުސާސެއް ނުކުރެވެއެވެ. އެއަށްވުރެ އަހަރެންގެ ހިތާއި މޭގެ އުދާސްތައް މާބޮޑެވެ.
މަގަށް ނިކުތުމާއެކު ގައިގައި އައިސް ފިރުމައިލީ ކަނޑުން އަރައިގެން އައި ފިނި ވައި ރޯޅި އެކެވެ. ވައިރޯޅިއަކަށް ފަހު ވައި ރޯޅިއެއް، އޯގާވެރިކަމާއެކު އައިސް އަހަރެމެން ދެމައިންނަށް ހިތްހަމަޖެހުން ފޯރުކޮށް ދެވޭތޯ މަސައްކަތް ފެށި ކަހަލައެވެ. ޝާއިން އަހަރެންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ލިބުނު އަރާމެއްގެ ބޮޑުކަމުން ނިދާލަން ބޭނުންވީ ކަމަށް ވެދާނެއެވެ. އަހަރެން މަޑުމަޑުން އެސޮރުގެ ބުރަކަށީގައި ފިރުމަން ފެށީމެވެ.
ޝާއިނަކީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އެ ފުކު ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އޭނާއަށް ކިތަންމެ ކުޑަކަމެއް ވިޔަސް، އަހަރެންގެ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. ކައިއެއްޗެއް ނުދިރޭނެއެވެ. ފުރިހަމައަށް ނޭވާލުން ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ.
މިކަހަލަ ޚިޔާލުތަކެއްގައި ހުއްޓާ، ފެނުނު މަންޒަރަކުން ކުއްލިއަކަށް އަހަރެންގެ މޭ ތެޅިގެންފިއެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުން ދެ ލޯ ބޮޑުވިއެވެ. ހީވީ މިނިކާ ޖަނަވާރެއް އައިސް ކުރިމަށްޗަށް އެރި ހެންނެވެ. އަވަސް އަވަހަށް ފަހަތަށް ޖެހެވެންފެށުނެވެ. ދަރިފުޅުގެ ގައިގައި ބާރަށް ބައްދައިގެން ހުރެއެވެ.
އަހަރެންގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. އެހެންނަމަވެސް ހިތް ގަބޫލުކޮށްފިއެވެ. އާއެކެވެ. އެއީ އޭނާއެވެ. އެހެރީ ކުރިމަތީގައެވެ. ދިމާއަށް ފެންނާށެވެ.
އޭނާ މަޑުމަޑުން އަހަންނާ ދމާއަށް ހިނގައިގެންފިއެވެ. އޭނާގެ ކޮންމެ ފިޔަވަޅަކުން އަހަންނަށް ސިފަވަނީ އަނިޔާވެރިކަމެވެ. ދެ އަތުން މިހާރުވެސް ލޭ އޮހޮރޭ ކަހަލައެވެ. އަހަންނަކަށް ކެތެއް ނުވިއެވެ. އެއްވެސް އިޚުތިޔާރެއް ނެތި، އެނބުރި ކުރިއަށް ހިނގައިގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައެވެ. އޭނާއާ ދުރަށް ދިޔުމަށެވެ. އެހެނަސް ވަކި މަންޒިލެއް އޮވެގެނެއް ނޫނެވެ. އެ ބިރުވެރި މީހާއާ ވީ އެންމެ ދުރަކަށް ދާށެވެ. ދެވޭނަމަ، އޭނާ ނެތް ދުނިޔެއަކަށް ދާން ވެސް އަހަރެން ބޭނުމެވެ.
އަހަންނަށް ގޮސް ވަދެވުނީ ބޮޑުދައިތަމެން ގެއަށެވެ. އެއީ އަހަންނަކަށް އާކަމެއް ނޫނެވެ. އަދި ހައިރާންވާންވީ ކަމެއް ވެސް ނޫނެވެ. ބޮޑުކަމެއް ޖެހިއްޖެއްޔާ އަބަދުވެސް އަހަންނަށް އާދެވޭނީ މިގެއަށެވެ. ބޮޑުދައިތައާއި ޅިޔަންބެ އަބަދުވެސް އަހަންނަށް ވަރަށް ހެޔޮވެފައި ރަނގަޅުވާނެއެވެ. ކޮންމެ ކަމެއްގައި ވެސް އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް އެހީތެރިވެދޭނެއެވެ.
އެގެއަށް ވަދެވުނުއިރު އަހަރެން ހުރީ ވަރުބަލިވެ ދާހިއްލާ ފޯވެފައެވެ. އަހަރެން ފެނުމާއެކު ބޮޑުދައިތަގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ.
“ހާދަ ހާސްވެފަ ތިހިރީ؟ ކިހިނެއްވީ އަނެއްކާ؟”
އަހަރެންނަށް ފުރަތަމަ ދޭނެ ޖަވާބެއް ނުވިސްނުނެވެ. ކަމެއް ނުވެއޭ ބުނެވުނީ ކުޑަ އަޅައިގަތުމަކާ އެކުގައެވެ. އޭނާގެ އެއްވެސް ވާހަކައެއް ބޮޑުދައިތަ ގާތު ބުނާކަށް ބޭނުމެއް ނޫނެވެ.
“އަހަރެންގެ ޖަވާބު ބޮޑުދައިތަ ގަބޫލުކުރިކަމެއް ނުކުރާކަމެއް ނޭނގެއެވެ. އިތުރު ސުވާލެއް ނުކުރެއެވެ. އަހަރެންގެ އުރުގައި އިން ޝާއިން އުރާލައިގެން ދިޔައީ ބަދިގެފަރާތަށެވެ.
ސޯފާގައި އަހަރެން ޖައްސާލީ ހަމަޖެހިލާށެވެ. އެހެނަސް އެކަމެއް ނުވިއެވެ. ހިތަށް ސިފަވަނީ އެ ސޫރައެވެ. ފެންނަ ކޮންމެ ފަހަރަކު މޭގެ ތެޅުން އިންތިހާއަށް އަރައެވެ. މޫނުމަތިން އުފެލެމުން އަންނަ ދާ ތިކިތައް އިތުރުވެފައި ބޮޑެތިވެއެވެ. ދިހަވަރަކަށް މިނެޓުވީއިރު ވެސް ކުޑަކޮށް ވެސް ހަމައަކަށް ނޭޅުނެވެ. މިހެން އިންދާ ބޮޑުދައިތައަށް އާދެވިއްޖެއްޔާ އަނެއްކާ ވެސް ސުވާލުތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
އަހަރެން ގަސްދުކުރީ މިގެއިން ނިކުމެގެން ދާށެވެ. އެހެންނަމަވެސް ސޯފާއިން ތެދުވެގެން ކުރިއަށް އެޅުނީ ހަމަ އެންމެ ފިޔަވަޅެވެ. މީހަކު ދެފައިގައި ހިފެހެއްޓި ކަހަލައެވެ. ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ހިތަށް ވެރިވެގަތް އެއްޗެހި ތަކަކުން ކުރިއަށް ނުދެވުނީއެވެ. ގޭން ނިކުންނަން ނުކެރުނީއެވެ. ހަމަ ނިކުންނަ ތަނުން އޭނާއާ ކުރިމަތިލާން ޖެހިދާނެއެވެ. އަންނާނީ ކޮންފަދަ ނުރައްކާތެރި ހަމަލާއެއް ކަމެއްވެސް ނޭނގެއެވެ. ބޭނުންވާނީ ފުރާނަ ހިފަން ކަންނޭނގެއެވެ.
އަހަރެންނަކަށް ނިކުންނާކަށް ނުކެރުނެވެ. އެހެންކަމުން އިރުކޮޅަކު ވިސްނާލަން ހުރެފައި ހިނގައިގަތީ، ބަދިގެ ފަރާތަށެވެ. ފަހަރުގައި ބޮޑުދައިތައާ އިރުކޮޅަކު ވާހަކަ ދައްކާލަން އިނދެލުމުން ހިތަށް ހަމަޖެހުން ލިބިދާނެއެވެ. ޝާއިންގެ މޫނު ވެސް އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ފަރުވާއަކަށް ވެއެވެ.
ބަދިގެ ފަރާތަށް ދިޔައިރު ބޮޑުދައިތަ އިނީ ޝާއިނަށް އާފަލެއް ކާންދޭށެވެ. އަހަރެން ފެނުމުން ބޮޑުދައިތަ ހިނިތުން ވެލިއެވެ. ހިނިތުން ވެލެވޭތޯ އަހަރެން ކުރި މަސައްކަތްވީ ބޭކާރެވެ. ބޮޑުދައިތަގެ ނަޒަރުގައި ސުވާލުމާކުތަކެއް ޖެހުނުތަން އަހަރެން ދުށީމެވެ. އަހަރެން އަވަސް އަވަހަށް މަސައްކަތް ފެށީ ކޮންމެވެސް އެހެން ވާހަކައެއް ފެށޭތޯއެވެ.
“ޅިޔަންބެ ކޮބާ؟”
“ފޮރުވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެކަމެއްނުވޭ.” ފުން ނަޒަރަކުން އަހަރެންގެ މޫނަށް ބަލަން އިނދެފައި ބޮޑުދައިތަ ބުންޏެވެ. އެވަގުތު އަހަރެންގެ ދެ ލޯ ކަރުނައިން ފުރިއްޖެއެވެ. އަޑުން އަޑުނަގައި ރޮއި ނުގަނެވުނީ ކިރިޔާއެވެ. އުޅެން ޖެހުނު ނިކަމެތި ހާލާއި، އުފާވެރި ދުވަސްތަކަކަށް ކުރެވުނު އުއްމީދު ހިތަށް އަރާފައި އެކަންޏެއް ނޫނެވެ. ކުރިއަށް އޮތް ތަނުގައި އަނެއްކާވެސް ބަރުދާސްތުކުރަން ޖެހޭނެ ހިތްދަތި ވޭނީ ދުވަސްތައް ހިތަށް އަރާފައެވެ.
“ތިހެން ނޫޅޭށޭ ކިތައް ފަހަރު ބޮޑުދައިތަ ބުނާނީ. އަބަދު އެހަނދާންތައް ހިތަށް ގެނެސްގެން ތިހެން ކަރުނަ އޮހޮރުމުގެ ބޭނުމަކީ ކޮބާ؟ ދުނިޔޭން ފިރިހެނުން ހުސްވީތަ؟”
ބޮޑުދައިތައަށް ހަގީގަތާ ހަމައަށް ދާކަށް ފަސޭހައެއް ނުވާނެއެވެ. އަހަރެންގެ ހިތުގައި މިއަދު އޮތީ ހިތާމައެއް ނޫނެވެ. ބިރެވެ. ބިރުވެރިކަމުގެ ބިޔަ ރާޅުތައް އަހަރެންގެ ހިތަށް މުގުރަމުން ދަނީ އެ ހިތް ކުދިކުދި ކުރަމުންނެވެ. އެ އޮއިވަރުގައި ޖެހި އަހަރެންގެ މުޅި ޖިސްމު ފުނޑު ފުނޑުވާން އުޅޭ ކަހަލައެވެ. އެހެނަސް މިއިން ކަމެއް ބޮޑުދައިތައަކަށް ރެއަކާ ނުލައެވެ.
އަހަރެން ގޮސް ވަނީ ފާޚާނާއަށެވެ. ރަނގަޅަށް ރޮއި ލުމަށެވެ. އެތަނުގައި ހުރެ، ހިތް ފުރެންދެން ރޮއިފީމެވެ. އެއަށްފަހު މޫނު ދޮވެލައި ހަދާލައިގެން ނިކުތްއިރު ޝާއިން އޮތީނިދާފައެވެ. އެއީ އަހަރެން ބޭނުންވާ ގޮތްވެސް މެއެވެ. ދެން އަހަންނަށް ޖެހޭނީ ޝާއިން ހޭލަންދެން މަޑުކުރަންތާއެވެ.
އަހަރެން އިށީނނީ ބޮޑުދައިތަގާތު އުނދޯލީގައެވެ. ބޮޑުދައިތަ އިނީ ދޮން އަނބެއް މަށާށެވެ. އަހަރެން އައިސް އިށީންނުމުން އަނެއްކައިވެސް އެއްކަލަ ފާޑަށް ބަލާލައިފިއެވެ. އަހަރެން އިނީ އުނދޯލީގެ ބާނުގައި ބާރަށް ހިފަހައްޓައިގެންނެވެ. ސުވާލެއް ކޮށްލާގޮތަކުން ފަހަރުގައި އެފަދަ އެއްޗެއްގެ އެހީއަކަށް ބޭނުންވެދާނެތީއެވެ.
“މަންމަ ކޮބާ؟” ބޮޑުދައިތަ ކުރީ ހީކުރި ކަހަލަ ސުވާލެއް ނޫނެވެ.
“މަ އައިއިރު ގެއަކު ނެތް.”
ދެން ބޮޑުދައިތަ ފެށީ ނަސޭހަތް ދޭށެވެ. ހިތްވަރުގެ ވާހަކަތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ހޯދައިދެވޭތޯ ވިއްސަކަށް މިނެޓުވަންދެން ވާހަކަ ދެއްކިއެވެ. އެ ވާހަކަތަކުން އަހަންނަށް ހިތްވަރު ލިބުނެވެ. ދުނިޔެއާމެދު މިހާ އަވަހަށް މާޔޫސްވުމަކީ މޮޔަކަމެއްކަން ގަބޫލުކުރެވެން ފެށިއެވެ. ކޮންމެ ކަމެއްވެސް ނިންމަވާނީ ވަކި ފަރާތަކުންކަމާއި އެފަރާތުގެ ބާރަކާ ނުލައި ނިމޭނެ ހަމަ އެއްކަމެއް ވެސް ނެތްކަން ހަނދާންވިއެވެ. މާޔޫސްވެ އަބަދު ކަރުނަ އޮހޮރުމަކީ ފިނޑި އަމަލެއް ކަމަށް ގަބޫލުކުރެވުނެވެ.
ޝާއިން ހޭލީ އަޞުރުން އިރު ތިރިވި ފަހުންނެވެ. ސައިބޮއި ހަދައިގެން އަހަރެން އެގެން ނިކުތީ ފަހެއްވެސް ޖެހިފަހުންނެވެ. އޭރު އަހަރެން ހުރީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ. އެކަމަކު އެކަން ވީ ކުޑަ ހިނދުކޮޅެއްގެ ކަމަކަށެވެ. ބޭރަށް ނިކުތުމާއެކު ހިތް ތެޅެން ފަށައިފިއެވެ. މަގުތަކުގައި އެކި ކޮޅުކޮޅަށް ހިނގާ ބިނގާވާ މީހުން ފެންނައިރު ވެސް، ހިތް އޮތީ ބިރުވެރިކަމާއެކު ތެޅިތެޅިއެވެ. އެހެންނަމަވެސް ނުރައްކަލުގެ ހަމަ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
އަހަރެން ހިނގަމުން ދިޔައީ ހިނގޭ އެންމެ ބާރަށެވެ. ބޮޑުމަގު ފަސްދީ މިސްކިތް މަގަށް އެޅިއްޖެއެވެ. މިސްކިތް ފަސްދީ ދެވުނީ ހަމަ ކުޑަ ތަންކޮޅަކަށެވެ. ކޮނޑުމަތީގައި މީހަކު އަތް ބާއްވާލިކަމުގެ އިހުސާސްވުމާއެކު ލިބުނު ކުއްލި ސިހުމެއްގެ ސަބަބުން ތެޅިގެންފައި އަވަސް އަވަހަށް ފަހަތަށް ބަލައިލެވުނެވެ.
މާތްކަލާކޯ އެވެ. ފެނުނީ އެ މޫނެވެ. އެ އަނިޔާވެރި، ބިރުވެރި އަތް އެ އޮތީ އަހަރެންގެ ކޮނޑުމަތީގައެވެ. ފޮޅުވާލާފައި ދުއްވާގަންނަން ބޭނުންވިއެއް ކަމަކު އެކަމެއް ނުވިއެވެ.
“ހެޔޮނުވާނެ! ތިހެން ނަހަދާ! އަހަރެން ދޫކޮށްލާ! އަހަރެންގެ ހަށިގަނޑަކު………” ގަތް ބިރެއްގެ ބޮޑުކަމުން އަހަންނަށް ރޮވުނެވެ.
“ނީނާ!” އަހަރެންގެ ކަންފަތުގައި ޖެހުނު އަޑު އެއީ އަހަންނަކަށް އާއަޑެއް ނޫނެވެ. އެހެންނަމަވެސް އެއަޑުގައި އެހުރި ރާގާއި އަސަރު އެއީ މިހާރު އަހަންނަށް މުޅިން އާ ރާގަކާއި އަސަރެކެވެ. އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނީ ކުޑަ ހައިރާން ކަމަކާއެކުގައެވެ. އެވަގުތު ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާގެ ބޮލުގައި އަޅާފައިވާ ތާކިހަލެވެ.
“ނީނާ! އަހަންނަށް މާފުކުރޭ! އަހަންނަކީ މީގެ ކުރިން ނީނާ ދުށް ޝަކީބެއް ނޫން! އަހަންނަށް މިއަދު ހެޔޮ ވިސްނުން ވިސްނިއްޖެ!”
އެއީ އަދިވެސް އަހަރެންގެ ހަލާލު ފިރިމީހާއެވެ. މަސްތުވާ ތަކެތީގެ ވަބާގައި ޖެހިގެން ހަލާކުވެ ގޮސްފައިވާ މީހެކެވެ. އޭގެ އަވައިގައިޖެހި އަހަންނަށް އެތައް އަނިޔާއެއްކޮށް، އެތައް ވޭނެއް ތަހައްމަލު ކުރަން ޖެއްސި މީހެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ. މިއަދު އޭނާ އެހެރީ އެނބުރި އަނެއްކާވެސް އަހަރެންގާތަށް އައިހެވެ. އޭނާ އެބުނަނީ އޭނާ މުޅިން ބަދަލުވެފައިވާ ވާހަކައެވެ. އަހަރެން ދެން ހަދާނީ ކިހިނެއް ބާވައެވެ؟ އޭނާގެ އެ ވާހަކަ ގަބޫލުކުރަންވީ ބާވައެވެ؟
“ނީނާ! ގަބޫލުކުރޭ! އަހަންނަށް ނީނާގެ ހަޔާތުން އެއް ފުރުޞަތު ނަމަވެސް ދީ! އަހަރެން ދެން އެހެނެއް ނޫޅޭނަން. އަހަރެން މިއަދު އައިސް މިހިރީ މިނިވަންވެގެން. އަހަންނަށް ކުރެވުނު ކުށްތަކަށް އަހަރެން މިއައީ މިސްކިތަށް އަރާ ތައުބާވެސް ވެގެން.” އަނެއްކާވެސް ޝަކީބުގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. ފެނުނީ އޭނާގެ ދެ ލޮލުން ފޭދެމުން އައި ކަރުނަ ތިކިތަކެވެ. އެވަގުތު އަހަންނަށް ހުރެވުނުތަން ވެސް ނޭނގުނެވެ. އެހެންނަމަވެސް އަހަރެން އަމިއްލަ ނަފުސުގެ މައްޗަށް ބާރު ހިންގޭތޯ މަސައްކަތް ކުރީމެވެ.
ޝަކީބު އަހަރެންގެ ގާތަށް ޖެހިލިއެވެ. އަހަރެންގެ އުރުގައި އިން އޭނާގެ އުފަން ދަރިފުޅާ ދިމާއަށް އަތް ދިއްކޮށްލުމާއެކު އެސޮރު ވަގުތުން އޭނާގެ އަތް މައްޗަށް ވެއްޓިގަތެވެ. އޭނާ ދަރިފުޅު އުރާލުމަށްފަހު ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. ލޯތްބާއެކުގައެވެ. މިމަންޒަރު ފެނިފައި އަހަންނަށް ރޮވުނެވެ. އެއީ އެމީގެކުރިން ދުވަހަކުވެސް އަހަންނަށް ފެނިފައިވާ މަންޒަރެއް ނޫނެވެ.
އަހަންނަށް މަޑުމަޑުން ޝަކީބުގެ ގާތަށް ޖެހިލެވުނެވެ. އޭނާ އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވާލުމަށްފަހު ގަޔާ ކައިރިކޮށްލިއެވެ. އެއާއެކު ދެމީހުންގެ ލޮލުންވެސް އޮހިގަތީ ހޫނު ކަރުނަ ތިކިތަކެކެވެ.
ނިމުނީ

Readers Comments (13)

  1. Hi, Neat post. There is an issue with your site in web explorer, may check this?

    IE nonetheless is the marketplace leader and a good section of other people will miss your excellent
    writing because of this problem.

    Reply
  2. Spot on with this write-up, I honestly think this amazing site needs far
    more attention. I’ll probably be back again to read more, thanks for the information!

    Reply
  3. Just desire to say your article is as astonishing. The clearness for your post is just great and that i could think you are knowledgeable in this subject.
    Well along with your permission let me to clutch your feed to stay
    up to date with drawing close post. Thank you 1,000,000 and please keep up the
    enjoyable work.

    Reply
  4. Hi my family member! I want to say that this post
    is amazing, nice written and come with approximately all important infos.
    I’d like to see more posts like this .

    Reply
  5. Fantastic items from you, man. I have remember your stuff previous to and you are
    simply too wonderful. I really like what you’ve obtained here, certainly
    like what you’re saying and the way in which through
    which you say it. You make it entertaining and you continue to care
    for to stay it smart. I can’t wait to learn far
    more from you. That is really a tremendous site.

    my webpage :: DominX Pills Review

    Reply
  6. Hey there! I’ve been following your web site for a long time now and finally got the courage to
    go ahead and give you a shout out from Humble Tx!

    Just wanted to tell you keep up the good work!

    Reply
  7. I believe this is one of the such a lot significant info for
    me. And i’m happy studying your article. But should remark on some normal things, The site taste is
    wonderful, the articles is actually excellent
    :D. Good task, cheers.

    Also visit my web site Green Vibration CBD Reviews

    Reply
  8. Thank you for the good writeup. It in fact was a amusement account it.

    Look advanced to far added agreeable from you! By
    the way, how can we communicate?

    Reply
  9. I’m gone to convey my little brother, that he should also visit this webpage on regular basis to
    obtain updated from most recent gossip.

    Reply
  10. We’re a group of volunteers and opening a new scheme in our community.
    Your web site offered us with valuable info to work on. You
    have done an impressive job and our whole community will be grateful to
    you.

    Reply
  11. Hello! I know this is kinda off topic but I’d
    figured I’d ask. Would you be interested in exchanging links or maybe guest authoring a blog article or vice-versa?
    My website covers a lot of the same topics as yours and I believe
    we could greatly benefit from each other. If you’re interested
    feel free to shoot me an email. I look forward to hearing from you!

    Wonderful blog by the way!

    Reply
  12. I think this is among the most vital info for me.

    And i’m glad reading your article. But should remark on few general things, The website style is ideal, the articles is really great : D.
    Good job, cheers

    Reply
  13. Hello! This post couldn’t be written any better! Reading through this post reminds me of
    my old room mate! He always kept talking about this.
    I will forward this post to him. Fairly certain he will have a
    good read. Many thanks for sharing!

    Reply

ޚިޔާލު