މަންމާ…!

ގަދަނިދީގައި އޮތް ޒުނޭރާ ސިހުނީ، އޭނާގެ އެގާރަ މަހުގެ ފިރާޝްގެ ރޮއިލި އަޑަށެވެ. މެންދަމުގެ ހަމަހިމޭންކަން ކަފައި ކުދިކުދިކޮށްލާ ފަދަ، ގަދަ އަޑަކަށް ނުވިނަމަވެސް، އޭނާއަށް ލިބުނު ސިހުމާއެކު ފުންމައިގެން ތެދުވެވުނެވެ. ދަރިފުޅު ނިންދަވާފައި، ހަށިގަނޑު ދަމައިލާން އޮށޯވެލިތާ އަދި ވިއްސަކަށް މިނެޓު ވެސް ނުވާނެއެވެ. އަނެއްކާވެސް ތެދުވާން ޖެހުނީއެވެ. އެހެންނަމަވެސް ކުޑަ އެނދުގައި އޮވެ، ރޯލަވަ ކިޔަމުން ދިޔަ ފިރާޝާ ދިމާއަށް އޭނާ ހިނގައިގަތް އިރު، ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ކިތަންމެ ބޮޑަސް، އެކަން އިހުސާސްވާހެނެއް ހިއެއް ނުވެއެވެ.
ޒުނޭރާ ގޮސް ދަރިފުޅު ނަގައި ލޯބިކޮށްލަމުން އައިސް، އެނދުގައި އިށީނދެއްޖެއެވެ. ދަރިފުޅު އެއުޅެނީ ބަނޑުހައި ވެގެންކަން އޭނާ ދެނެގަތީ، ދަރިފުޅުގެ އަތަށާއި އަނގައަށް ގެންނަމުން ދިޔަ ލުއިލުއި ހަރަކާތްތަކުންނެވެ. ވަގުތުން ދަރިފުޅަށް ބުއްދިނުމަށް އޭނާ ތައްޔާރުވެލިއެވެ. ލޯތްބާއެކުގައެވެ.
ފަނަރަވަރަކަށް މިނެޓް ފަހެވެ. ޒުހޭރާ އިނީ ތާއްޔާ ޖެހިޖެހިއެވެ. އުނގުގައި ދަރިފުޅު އޮތެވެ. ބުއް ބޮއިލަ ބޮއިލައެވެ. ނިދިޖެހިފައި އިން ޒުނޭރާއަށް ކުއްލި ސިހުމެއް ލިބުނީ، ދަރިފުޅު އެހެން އޮވެފައި، ދެ ދަތްބުރިން ފިއްތާލުމުންނެވެ. އޭނާއަށް ތެޅިގަނެވުނެވެ. ދަރިފުޅުގެ މޫނަށް ބަލައިލެވުނެވެ. އެސޮރު ހިނިއައިސްފައި އޮތްތަން ފެނިފައި އޭނާގެ ހިތް ލޯބިން ފުރުނެވެ. ވީ ތަދު ހަނދާން ނެތުނެވެ.
“ބަލައިބަލަ ހިނިއައިސްފައި އޮތްވަރު.” ޒުނޭރާގެ އަޑުގައި ނިދީގެ ބަރުކަން ހުރިނަމަވެސް، ތުންފަތްމަތީގައި ވަނީ ހިނިތުންވުމެވެ.
ޒުނޭރާގެ ފިރި ޝަކީބަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެކެވެ. މާލެ އާދެވެނީ ވަރަށް މަދުންނެވެ. ފިރާޝް ގޮވައިގެން ޒުނޭރާ އުޅެމުން ގެންދަނީ އެކަނިވެރި ދިރިއުޅުމެކެވެ. އެހެނަސް ފޫހިކަމެެއް ނެތެވެ. ކުޑަ ކުޑަ ފުށްގަނޑެއް ފަދަ އެ ދަރިފުޅާއެކު އޭނާ ހުރިހާ ވަގުތެއް ވެސް ހޭދަކުރަނީ އުފަލާއި މަޖަލުގައެވެ.
މެންދުރުކުރީގެ ވަގުތެވެ. އާދައިގެ މަތިން ޒުނޭރާ މިހާރު އެ ނިކުންނަނީ ފިރާޝަށް ބަކުން ހަދައިގެންނެވެ. ސިޓިންރޫމަށެވެ. ފިރާޝް އިނީ އޭނާގެ ކުޑަ ކޮށީގައެވެ. އަނގައިން ފައިބަމުން ދިޔަ ސޮނިން އެ ކުޑަކުޑަ ފުކުގެ މޭމަތި ވަނީ ތެމިފައެވެ. ބަކުންތަށި ފެނުމާއެކު ފިރާޝް ދެއަތާއި ދެފައި ތަޅުވައިގަތެވެ. އަނގައިން އަޑުލައްވަން ފެށިއެެވެ. ޒުނޭރާ ގާތަށް އައީ ހިންޏެވެ.
“މަންމަ ދޫނީ! އަވަހަށް ހިނގާ ބަކުން ކާން ދޯ!” ޒުނޭރާ އައިސް ދަރިފުޅު ގާތަށް ގުދުވިއެވެ. ސަމުސަލުން އެތިކޮޅެއް ނަގައި ދިއްކޮށްލިއެވެ. ކުޑަކުޑަ ފިރާޝް ހިނިއައިސްފައި ބަލަހައްޓައިގެން އިނެވެ. ޒުނޭރާ ސިހުނީ ކުއްލިއަކަށް ބަކުން ތަށީގައި އެ ސޮރު އަތުން ޖެހުމުންނެވެ.
“ދަރިފުޅާ! ކީއް ތިކުރީ؟ މަންމަގެ މުޅި ގަޔަކަށްނު ތި ބުރުވައިލީ.”
ކުޑަ ކުޑަ ފިރާޝް އިނީ މަޖާވެފައެވެ. ޒުނޭރާގެ މޫނުމަތިން ފެނިގެން ދިޔައީ ލޯތްބާއި އޯގާވެރިކަމެވެ. އެއީ އޭނާއަކަށް އައުކަމެއް ނޫނެވެ. އެތައް ދުވަހަކު ކޮށްފައިވާ ކަމެކެވެ. ދަރިފުޅުގެ ގަޔަށް ބުރާފައި ހުރި ބަކުން ކޮޅު ކުޑަރުމާލުން ފޮހެ ސާފުކުރަމުން ދިޔައިރު، ޒުނޭރާ ތުންފަތްމަތީގައި ދުވެލަދުވެލައި ހުރީ ލުއި ލުއި ހިނިތުންވުމެކެވެ. ކޮންމެ ހަރަކާތަކުން ފެންނަނީ ދަރިފުޅުދެކެ ވާ ލޯތްބެވެ.
ފާޚާނާއަށް ވަދެ، ހެދުން ދޮންނާން ޒުނޭރާ ހުއްޓާ، ފިރާޝް ރޯންފެށި އަޑު ކަންފަތުގައި ޖެހިއްޖެއެވެ. އޭނާ އަވަސް އަވަހަށް ފާޚާނާއިން ނިކުމެ، ސިޓިންރޫމާ ދިމާއަށް ދުއްވައިގަތެވެ. ދަރިފުޅަށް ކަމެއްވީ ކަމަށް ހީކޮށްފައެވެ. ސިޓިންރޫމަށް ދިޔައިރު، ފިރާޝް އުރާލައިގެން ހުރީ ޒުނޭރާގެ ކޮއްކޮ ޝަމީލާއެވެ. އެއީ ޒުނޭރާއަށްވުރެ ފަސްވަރަކަށް އަހަރު ހަގު ކުއްޖެކެވެ. ދާދި ފަހުން ކައިވެންޏެއް ކޮށްގެން މިހާރު އުޅެނީ ފިރިމީހާގެ ގޭގައެވެ.
“ޝަމީ އުރީމަ ދޯ ރޯން އެ ފެށީ؟” ވީ ގޮތް ޒުނޭރާއަށް ދެނެގަނެވުނެވެ. އެއީ އެސޮރުގެ އާދައެވެ. ޒުނޭރާ ނޫން މީހަކު އޭނާގެ ގައިގައި އަތްޖައްސައިލިޔަސް ފަށާނީ ރޯށެވެ.
“އާނ. މި ނޫނިއްޔާ މަންމަގެ ދަރިއަކު ނުހުންނާނެވިއްޔަ!” ޝަމީލާ ހިނިތުންވެލަމުން ފިރާޝްގެ ކޮލަށް ދޮނެއް ދިނެވެ. އޭރުވެސް ފިރާޝް އިނީ ރޮވިފައެވެ. މަންމަ ގާތަށް ދާންވެގެން ބޮޑާ ހާކަނީއެވެ. ޒުނޭރާ އަތްދިއްކޮށްލުމާއެކު ވެއްޓިގަތެވެ.
ފިރާޝް މަސަލަސްކުރުމަށްފަހު، އަނެއް ބަކުންތަށި ހަދައިގެން ޒުނޭރާ އަތުވެއްޖެއެވެ. ފިރާޝް ނުކާންވެގެން ބޮޑާހާކަން ފެށިއެވެ. އެހެންނަމަވެސް އެވަރުން އެކަން ހުއްޓައިލާކަށް އޭނާ ނުހެދިއެވެ. މަސައްކަތްކުރީ ދަރިފުޅު ރުއްސައިގެން ކާންދެވޭތޯއެވެ. ކުޅޭ އެއްޗެހިތައް ގެނެސް ސިޓިންރޫމުގައި އަތުރާލައިފިއެވެ. ފަހަރަކު އެއްޗެއް ދައްކަމުން، ކުޅިވަރު ދައްކަމުން ކުރި މަސައްކަތުން ދެސަމުސަލެއް ވަރު އެތެރެވެއްޖެއެވެ. ތިންވަނަ ސަމުސާ އަނގަޔަށް ލެވުމުން އަޅައިލީ ބޭރަށެވެ.
ދެން ހަދާންވީ ގޮތެއް ވެސް ޒުނޭރާއަކަށް ނޯޅެއެވެ. ކޮށިން ދަރިފުޅު ނަގައިފިއެވެ. މިފަހަރު ކުޅޭ އެއްޗަކަށްވީ ޚުދު ޒުނޭރާއެވެ. ފުރަތަމަ ވީ ބުޅަލަކަށެވެ. މުޅި ސިޓިން ރޫމުގައި އެ ބުޅާ ދުވެފިއެވެ. ފިރާޝް އިނީ ވަރަށް މަޖާވެފައެވެ. އެކަމަކު ހަމަ ހިލައި އެންމެ ސުވައެއް ވެސް އަނގަޔަކަށް ނުލިއެވެ. މިފަހަރު ޒުނޭރާ ވީ އަސްދޫންޏަކަށެވެ. ކާކާ ލައްވަމުން އެހެރަ އުޅުނު ގޮތެކެވެ. ޝަމީލާ ވެސް އިނީ ހީނހީނ ލަހާކުވާވަރު ވެފައެވެ. އެކި ފަހަރު އެކި ވައްތަރު ޖައްސަމުން ގެންދިޔައިރު، ފިރާޝަކަށް ކެވޭކަމެއް ނޭނގެއެވެ.
“ދޮންތަ ހާދަ މޮޅޭ! މަށަކަށް ތިވަރަކުން ތިކަމެއް ނުވާނެ!”
ޒުނޭރާ ހިތްހަމަ ޖެހޭވަރަށް ދަރިފުޅަށް ކާންދީ ނިމުނުއިރު، ދެގަޑިއެއްހައިއިރު ހޭދަވެގެން ހިނގައްޖެއެވެ. މީހާ ހުރީ ވަރުބަލިވެ، ދާހިއްލާ ފޯވެފައެވެ. ދެވަރުން އެއްވަރުވެފައެވެ. އެހެންނަމަވެސް ދަރިފުޅަށް ކާންދެވުނީތީ ހިތަށް ލިބިފައިވާ ހަމަޖެހުމާއި ފިނިކަން ކިތަންމެހައި ވެސް ބޮޑެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދަނީ އަތުފަތު ނުޖެހިއެވެ. ފިރާޝް ބޮޑުވަމުން އާދެއެވެ. ފިޔަވަޅު ޖެހެންފަށައިފިއެވެ. ޒުނޭރާގެ އިނގިލީގައި ހިފަހައްޓައިގެން ހުރެ އޭނާ ހިނގޭތޯ މަސައްކަތް ކުރިއެވެ. ނުވެއްޓި ހިނގަން ފަށައިފިއެވެ. ދުވާން ފަށައިފިއެވެ. މަދަރުސާއަށް ވައްދައިފިއެވެ. ދަރިފުޅު އިނގިލިކުރީގައި ލައިގެން، ރަތްދަކަ އަވީގައްޔާއި ވާރޭގައި ޒުނޭރާ ހިނގީ ފިރާޝަށް އެއިން އެއްވެސް ކަމެއް އިހުސާސްވިޔަ ނުދީއެވެ. ފިރާޝް މަދަރުސީ ހަޔާތް ނިންމައިލީ ކާމިޔާބުކަމާއެކުގައެވެ. ޒުނޭރާގެ ބުރަ މަސައްކަތާއި ފުރިހަމަ ލޯތްބާއެކުގައެވެ.

މަދަރުސީ ހަޔާތް ނިންމާލުމަށްފަހު ފިރާޝް ވަޒީފާއަށް ވަދެއްޖެއެވެ. ދަރިފުޅާމެދު ޒުނޭރާ ކުރަމުން ގެންދިޔައީ ފޮނި އުއްމީދުތަކެކެވެ. އެ ދަރިފުޅަށް ހެޔޮ ގޮތް މެދުވެރި ކުރައްވާތޯ އެ މަންމަގެ ދުލުން އަބަދުވެސް ކެނޑިނޭޅި ދުޢާ ކުރެއެވެ. ދަރީންގެ މައްޗަށް މައިން ބަފައިން ކުރާ ދުޢާ، ފަސޭހައިން ޢިޖާބަކުރައްވާނެއޭ ބުނެއުޅެއެވެ. އެކަން ފިރާޝްގެ ހަޔާތުން ފެނިގެން ދިޔައެވެ.
ފިރާޝްގެ އުމުރުން ސާޅީސް އަހަރު ފުރުނުއިރު، އޭނާއަކީ މާލޭގައި ނަން މަޝްހޫރު ވިޔަފާރިވެރިއެކެވެ. މިއަދު ފިރާޝްގެ އަމިއްލަ ފިހާރަތައް އެބަހުއްޓެވެ. ރިސޯޓެއްގެ މަސައްކަތް ވަނީ ފެށިފައެވެ. ރެއާއި ދުވާލުގެ ސައުވީސްގަޑިއިރު އޭނާއަށް އޮންނަނީ މަދުވެފައެވެ. ބޮލުގެ އިސްތައްޓަށްވުރެ، ކުރާން ހުރި މަސައްކަތް ގިނައެވެ. އަނެއްކޮޅުން ޒުނޭރާއަކީ މިއަދު ހުވަފަތް ވެފައިވާ މުސްކުޅިއެކެވެ. އަމިއްލަ ހާލައިގެން ނޫޅެވޭވަރު ވެފައިވާ ބަލިމީހެކެވެ. އެެހެންނަމަވެސް އެ މުސްކުޅި ބަލިހާލު ބޮޑު މައިމީހާގެ ހާލު ބަލައިލާނޭ ވަގުތެއް މިއަދު ފިރާޝަކަށް ނުލިބެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. މަޖީދީ މަގުން އައިސް އުތުރަށް ލަނބައިލީ އެންމެފަހުގެ ޒަމާނީ ކާރެކެވެ. ކާރު އައިސް މަޑުކޮށްލީ ތިންބުރިއަށް ނަގާފައި ހުރި ރީތި ގެއެއްގެ ކައިރިއަށެވެ. ޕާކިން ޒޯނުގައި ކާރު ޕާކުކޮށްލައިފިއެވެ. އެއިން ފޭބީ، ކަންހުޅިމަތީން ހުދު އިސްތަށި ފެންނާން ހުރިނަމަވެސް، އިސްކޮޅުން ދިގު، ރީތި ފިރިހެނެކެވެ. ފޭބި ކާރާއި، އަޅައިގެން ހުރި ހެދުމުންނާއި، އަރާފައި ހުރި ބޫޓުންނާއި، އަތުގައި އޮތް ފޯނުން ފެންނަނީ މުއްސަަނދި ކަމާއި ތަނަވަސްކަމުގެ ރަން ވިދުވަރެވެ. ލޮލުގައި އަޅާފައި އޮތް އަވިއައިނު ލޮލަށް ހެޔޮކޮށްލަމުން، ކުރިމަތީގައި ހުރި ގެއާ ދިމާއަށް އޭނާ ހިނގައިގެންފިއެވެ. މީހާއަށް ކިތަންމެ ބޮޑު ބަދަލެއް އައިސްފައިވީ ނަމަވެސް، ހިނގައިގަތްގޮތުން އެއީ ފިރާޝްކަމާމެދަކު ޝައްކެއް ނެތެވެ.
ފިރާޝް ގޮސް އެ ގެއަށް ވަދެއްޖެއެވެ. ގޭތެރޭގައި ހުރި ކޮންމެ އެއްޗަކުން، ކޮންމެ ތަނަކުންވެސް ފެންނަނީ މުސަނދިކަމެވެ. ފައިސާއިން ފެންވަރަމުން އަންނަކަމުގެ އަލާމާތްތަކެވެ. ގެއަށް ވަނުމާއެކު، އޭނާއަށް މަރުޙަބާކީ ގޭގައި ގެންގުޅޭ ބިދޭސީ ފިރިހެނެކެވެ. އޭނާގެ އަތަށާއި މޫނުމައްޗަށް ގެނައި ހަރަކާތްތަކުން ދޭހަވަނީ ފިރާޝަކީ އޭނާގެ ސާހިބުމީހާ ކަމެވެ.
“ގޮސް ކާރު ފޮހެލަބަލަ!”
އެމީހާއަތަށް ކާރުގެ ތަޅުދަނޑި ދީފައި ފިރާޝް ހިނގައިގެންފިއެވެ. އެއްފަރާތެއްގައި ހުރި ކޮޓަރިއަކާ ދިމާއަށެވެ. ކޮޓަރިއަށް ވަންއިރު، ދުވަސްވެ މުސްކުޅިވެފައިވާ އަންހެނަކު، ބަލިއެނދުގައި އޮތެވެ. ގައިމަތީގައި އަޅާފައި އޮތީ ހުދުކުލައިގެ ސާފު ބެޑުޝީޓެކެވެ. ބިދޭސީ އަންހެނަކު ބަލިމީހާގެ ޚިދުމަތުގައި އިނެވެ. އެ އަންހެންމީހާ އޭރު ޓިޝޫކޮޅަކުން އެ މީހާގެ އަނގައިގެ ދެމިޔަކަށް ފޮހެލަނީއެވެ. ފިރާޝް ކޮޓަރިއަށް ވަންތަން ފެނުމާއެކު، ބިދޭސީ އަންހެން މީހާ ފުންމައިގެން ތެދުވެއްޖެއެވެ. އެނދުމަތީގައި އޮތް ބަލިމީހާ ފެންނަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައިވާ ތަނެވެ. ވަޅުވަދެފައިވާ ދެލޯ ވަނީ މެރިފައެވެ. އަނގަ ވަނީ ކުޑަކޮށް ހުޅުވިފައެވެ. ނޭވާލުމުގައި ވެސް ކޮންމެވެސް ވަރެއްގެ ދައްޗެއް ހުރިހެން ހީވެއެވެ.
“ޑޮކްޓަރު މިއަދު އައިތަ؟” ފިރާޝްގެ ބަރު އަޑުގައި އޯގާވެރިކަމެއް ނެތެވެ.
“ދެންމެ އައީ… ހަވީރު އަންނަނީ ބުނީ…” ބިދޭސީމީހާގެ އަޑުގައި ހުރީ އަދަބުވެރިކަމެވެ.
“ކީކޭ ޑޮކްޓަރު ބުނީ؟” ފިރާޝް ގޮސް ބަލިމީހާ އޮތް އެނދު ކައިރިއަށް ހުއްޓުނެވެ.
“ރަނގަޅަށް ނުކެވޭތީ މައްސަލަ ހުންނަނީ ޑޮކްޓަރު ބުނަނީ…”
“އަޖީތާގާތު ބުނަމެއްނު މަންމައަށް ރަނގަޅަށް ކާންދެވޭތޯ ބަލާށޭ! ކަލޭ ތީ އެކަމަށް ގެނެސްފައި ހުރި މީހެކޭ!” ފިރާޝްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނިގެން ދިޔައެވެ. “ކޯއްޗެއް މިއަދު ދިނީ.” މަންމައާ ދިމާއަށް ފިރާޝް ބަލައިލިއެވެ.
“ކުޑަ ދޮންކެޔޮ ކަނީ… އެހެން އެއްޗެއް ނުކަނީ. އަހަރެން އަބަދު ޓްރައިކުރަނީ.”
އެވަގުތު ފެނުނީ ވަރުދެރަ ގޮތަކަށް ޒުނޭރާ ލޯ ހުޅުވައިލިތަނެވެ. އެދެއްކި ހުރިހާ ވާހަކައެއް އޭނާއަށް އިވެމުން ދިޔަކަން އެނގުނެވެ. ދެ ލޮލުގައި ހުރި ތެތްކަމުން އޭނާގެ ހިތުގެ ހާލަތު އެނގެއެވެ. ލަގޮނޑީގެ ރިހުން ހާމަވެއެވެ.
“ޑޮކްޓަރު ކޮންމެ ދުވަހަކު އައިސް ބަލާފައި އެ ބުނަނީ މަންމަ ނުކާ ވާހަކަ.” ފިރާޝް ވާހަކަ ފެށީ ނުރުހުުގެ ރާގުގައެވެ. “ތިހެން ނުކައި އޮތީމަ މަންމަގެ ބަލި އެއްދުވަހުން އަނެއް ދުވަހަށް ހައްތާ ބޮޑެއްނު ވާނީ. މަންމަ ކީއްވެތަ ކާން ދިނީމަ ނުކަނީ؟”
ކޮޓަރީ ދޮރު ހުޅުވުނީ އެވަގުތުއެވެ. އަޖީތާއާއި ފިރާޝަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެނބުރި ބަލައިިލެވުނެވެ. ފެނުނީ މުސްކުޅި އަންހެނެކެވެ. މިއަދު އޭނާގެ ސިފަ ދެނެގަންނަން ނޭނގުނަސް، އެއީ ބަލި އެނދުގައި އެ އޮތް ޒުނޭރާގެ ކޮއްކޮ ޝަމީލާ އެވެ. އޭނާގެ އާދައިގެ މަތިން އެ ވަދެލީ ވާބަލި ޖެހިފައިވާ އޭނާގެ ދައްތަގެ ހާލު ދެކިލާށެވެ.
“ކީކޭ ތި ކިޔަނީ؟” ޝަމީލާ އައިސް ދައްތަގެ އެނދު ކައިރިއަށް ހުއްޓެމުން ފިރާޝާދިމާއަށް ބަލައިލިއެވެ.
“މި ދެއްކެނީ މަންމަ ނުކާ ވާހަކަ. ޑޮކްޓަރު ކޮންމެ ދުވަހަކު އައިސް ބުނަނީ މަންމަ ނުކާވާހަކަ. ރަނގަޅުހެން ހީވާހައި އެއްޗެއް މިއުޅެނީ ގެނެސްގެން. ކިހިނެއްތަ ގަދަކަމުން ކާންދޭނީ؟ އަނގައިން ނުބުނެވުނަސް މި ކިޔާ އެއްޗެހި މަންމައަަށް ވެސް އިވޭނެއެއްނު.” ފިރާޝް ހުރީ ހިތްހަމަ ނުޖެހިފައެވެ.
“މިހާރު ތިގޮތަށް ވެސް މަންމައާ ވާހަކަދައްކަންފެށީތަ؟” ޝަމީލާގެ އަޑުގައި ނުރުހުމުގެ ކުލަ ޖެހުނެވެ.
“ބުނާގޮތް ނުހަދަންޏާ ވާހަކަ ދެއްކޭނީ މިކަހަލަ ގޮތަކަށް. ކިހާވަރަކަށް މި ވާހަކަ އެބަދެއްކޭ!”
މިވާހަކަތައް އަޑު އިވޭފަށުގައި އޮތް ޒުނޭރާގެ ދެލޯ ތެެމެމުންދާން ފަށައިފިއެވެ.
“އެކަމަކު ތިގޮތަށް މަންމައާ ވާހަކަ ދައްކާކަށް ނުވާނެއެއްނު!” ޝަމީލާގެ އަޑު ތަންކޮޅެއް ބާރުވިއެވެ. “މިއަދު އަމިއްލަ ފިހާރަތައް ހުޅުވައިގެން ބޮޑު މަހުޖަނަކަަށްވެފައި ހުއްޓަސް، ފިރާޝަށް ތިހިސާބަށް އާދެވިފައި ތިހިރީ، ފިރާޝަށް ޓަކައި މީހަކު ހާދަ ބޮޑެތި ބުރަތަކެއް އުފުލައިގެނޭ. އެހެނޭ ކިޔައިފައި ދުވަހަކުވެސް ފިރާޝާ ދިމާއަށް ބުރަބަހެއް ވެސް ތި މަންމަ ބުނެފައެއް ނޯންނާނެ. އެކަން ފިރާޝަށް ހަމަ ރަނގަޅަށް އެނގޭނެ!” ޝަމީލާ ވާހަކަ ފެށުމުން ފިރާޝް ހިމޭންވެއްޖެއެވެ.
“މިއަދު ތި ދައްކަނީ މަންމަ ނުކާވާހަކަ. ފިރާޝަށް އެނގޭތަ ކުޑައިރު ނުކާންވެގެން ފިރާޝަށް ބޮޑާ ހޭކުނުވަރު؟ ބޮޑުދައިތައަށް ކިތަންމެ ދުވަހަކު އެމަންޒަރު ވަނީ ފެނިފަ. އެފަދަ ދުވަސްދުވަހު ފިރާޝަށް ކާންދޭން މަންމަ ނުކުރާ ކަމެއް ނޯންނާނެ! ފޫހިކަމެއް، ވަރުބަލިކަމެއް ނެތި ފިރާޝް ރުއްސައިގެން ލޯބިން ކާންދެވޭތޯ އެފަކީރު ކުރި ހިތްވަރު، މިއަދުވީ ކަމެއްހެން މިހާރުވެސް ބޮޑުދައިތަ ހަނދާން އެބަހުރި. ކާންދީ ނިމޭއިރު މަންމަގެ ހުންނާނީ ކައިއެއްޗެހިން ފެންވެރިފަ. އެކަމަކު ހީލާފައި ނޫނީ އެއްފަހަރުވެސް ފިރާޝާ ދިމާއަށް މަންމަ ބަލައިނުލާނެ! ފިރާޝަށް ކޮންމެ ކަމެއް ވެސް މަންމަ ކޮށްދޭނީ އުފަލާއެކު ކޮށްދޭހިތުން. މިއަދު އަތެއް ފަޔެއް ހަލުވައިނުލެވި، ތަންމަތިވެފައި މި އޮތީ އެ މަންމަކަން ހަނދާން ބަހައްޓަބަލަ!”
ޝަމީލާ މިމޭރުމުން ވާހަކަ ފެށުމާއެކު، ފިރާޝްގެ ދެ ލޯ ފެންކަޅިވާން ފަށައިފިއެވެ.
“އެމަންމައަށް ނުކެވޭތީ ފިރާޝް ގާތަށް މިއަދު ތި އަންނަނީ ރުޅި. ހީވޭތަ މަންމައަށް އަސަރު ކުރާނޭހެން. މަންމަ ނުކައި އޮންނާތީ ކަންބޮޑުވެގެން، އެންމެ ފަހަރަކުވެސް ފިރާޝްގެ އަތުން މަންމަގެ އަނގަޔަށް ބަތް ސުވައެއްހައި މިންވަރު ވެސް ލެވިންތަ؟ އެދުވަހު ފިރާޝް މަންމައަށް އެނދުނު ފަދައިން، މިއަދު މަންމަ ވެސް ފިރާޝަށް އެނދޭނެއޭ. އެކަން އެނގޭތަ؟ މަންމަ ނުކައި އެ އޮންނަނީ ފިރާޝްގެެ އަތުން އެއްޗެއް ކައިލާހިތް އޮންނަލެއް ބޮޑުކަމުން ނޫންކަމެއް ވެސް ކިހިނެއް އެނގެނީ؟” އަޑު ތުރުތުރުއަޅާގޮތް ވުމުން ޝަމީލާ ހިންދިރުވައިލިއެވެ. “މި މަންމަ އަކީ ފިރާޝްދެކެ ހާދަ ލޯތްބެއްވި މަންމައެކޭ! ތިގޮތަށް ކަންތައް ކުރީމަ މަންމަގެ ލަގޮނޑިއަށް ވާނެ ތަދެއް ބޮޑުދައިތަކައަކަށް ބުނެދޭކަށް ނޭނގޭ.”
ޝަމީލާގެ ވާހަކަ މިހައިހިސާބަށް ދިޔައިރު، ފިރާޝްގެ ދެ ލޯ ކަރުނައިން ފުރިއްޖެއެވެ. އެ ކަރުނަތަކުގެ ތެރެއިން، ކުރިން އޭނާއަށް ނުފެންނަ އެތައް މަންޒަރެއް ފެނިގެން ދިޔަ ކަހަލައެވެ. އޭނާއަށް މަޑުމަޑުން މޫނު އަނބުރައި ލެވުނީ، ބަލި އެނދުގައި އޮތް އޭނާގެ މަންމައާ ދިމާއަށެވެ. މަންމަގެ ދެލޮލުން ފޭދިގެން ފައިބަމުން ދިޔަ ކަރުނަ ފެނިފައި، ފިރާޝްގެ ދެލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް އޮހިގެންފިއެވެ. ހަމަ ރަނގަޅަަށް ވެސް ރޮވިއްޖެއެވެ. އޭނާއަށް މަޑުމަޑުން މަންމަގާތަށް ޖެހިލެވުނެވެ. ނަޒަރު ހުއްޓިފައި ހުރީ މަންމަގެ ފެންދެމިފައިވާ މޫނާއި ވަޅުވަދެފައިވާ ދެ ލޮލަށެވެ.
“މަންމާ!” ފިރާޝްގެ އަޑު ތުރުތުރު އަޅައިގަތެވެ. “މަންމާ…..!”
ޒުނޭރާ ލޯ ހުޅުވައިލިއެވެ. އެ ދެ ލޯ ވަނީ ކަރުނައިން ފޯވެފައެވެ. ހިކިފައިވާ ދެ ތުންފަތް ތުރުތުރު އަޅަންފެށިއެވެ. އެއްޗެއް ބުނެވޭތޯ އުޅޭ ކަހަލައެވެ. އޭނާ އޮތީ ފިރާޝްގެ މޫނަށް ބަލާށެވެ. ފިރާޝް މަޑުމަޑުން މަންމަގެ ގާތުގައި އިށީނދެ، ޓިޝޫއަކުން މަންމަގެ ދެލޯ ފޮހެލިއެވެ.
“ހިނގާ އެއްޗެއް ކާން ދޯ!” ފިރާޝްގެ ތުރުތުރު އަޅަމުން ދިޔަ އަޑުގައި ހުރީ ރަޙުމާއި ހަމްދަރުދީއެވެ.
އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލެވޭތޯ ޒުނޭރާ މަސައްކަތް ކުރިކަން އެނގުނުވެ. ފިރާޝް ބަލައިލީ އަޖީތާއާ ދިމާއަށެވެ. އެވަގުތު ދެ ލޯ ފޮހެލަމުން އަޖީތާ އަވަސް އަވަހަށް ކުރިއަށް ޖެހިލައި، މޭޒުމަތީގައި ބަހައްޓާފައި ހުރި ތަށި ނެގިއެވެ. މަތި ނަގަމުން ފިރަޝާ ދިމާއަށް ދިއްކޮށްލިއެވެ. ފިރާޝް ތަށީގައި ހިފިއެވެ. ސަމުސަލުން އެތިކޮޅެއް ނަގައި މަންމަގެ އަނގަޔަށް ލެވިއެވެ. އެވަގުތު މަންމަގެ މޫނުމަތިން ފެނިގެން ދިޔަ ހިތްހަމަޖެހުން ފިރާޝަށް ފާހަގަކުރެވުނެވެ. ޝަމީލާ ދެލޯ ފޮހެލީ ހިނިތުންވެލަމުނެނެވެ.
ނިމުނީ

Readers Comments (41)

  1. I think everything wrote made a ton of sense.
    However, what about this? suppose you added a little content?
    I ain’t suggesting your information is not good.,
    but what if you added a title that makes people desire more?
    I mean މަންމާ…! – Mohamed Gasim is kinda
    vanilla. You should peek at Yahoo’s home page and watch how they
    create post headlines to grab viewers to click.
    You might add a related video or a related pic or two to grab people interested about everything’ve got to say.
    In my opinion, it might make your blog a little livelier.

    Reply
  2. Howdy! Do you know if they make any plugins to safeguard against hackers?
    I’m kinda paranoid about losing everything I’ve worked hard on.
    Any suggestions?

    My web blog; XPro Drone App

    Reply
  3. Keep on writing, great job!

    Reply
  4. I do consider all the ideas you’ve offered to your post. They are really convincing and can definitely
    work. Nonetheless, the posts are too quick for newbies.

    Could you please prolong them a little from subsequent time?
    Thanks for the post.

    Reply
  5. Heya i am for the first time here. I came across this board and I find
    It truly useful & it helped me out much. I hope to give something back
    and aid others like you helped me.

    Reply
  6. What’s up to all, how is everything, I think every one is getting more
    from this website, and your views are fastidious in favor of new viewers.

    Reply
  7. I just couldn’t go away your site prior to suggesting that I actually loved the usual info
    a person supply to your visitors? Is going to be back frequently to investigate
    cross-check new posts

    Reply
  8. Hello colleagues, how is the whole thing, and what you want
    to say concerning this article, in my view its in fact
    remarkable designed for me.

    Reply
  9. Greetings I am so happy I found your blog, I really found you by
    accident, while I was researching on Bing for something else, Nonetheless I am here now and would just like to say thanks for a remarkable post and a all
    round interesting blog (I also love the theme/design),
    I don’t have time to look over it all at the moment but I have saved it and also included your RSS feeds, so
    when I have time I will be back to read a great deal more, Please do keep up the fantastic work.

    Reply
  10. Fantastic beat ! I wish to apprentice while you amend your web site, how can i subscribe for a blog site?
    The account helped me a acceptable deal. I had
    been tiny bit acquainted of this your broadcast provided bright clear concept

    Reply
  11. Yes! Finally someone writes about Highly recommended Webpage.

    Reply
  12. Reliable write ups, Thank you!
    Bestt Essay writing
    buy essay online reviews https://buyessayprices.com

    Reply
  13. For newest information you have to pay a visit web and
    on world-wide-web I found this site as a finest web page for hottest updates.

    Reply
  14. Howdy, i read your blog from time to time and
    i own a similar one and i was just curious if you get a
    lot of spam comments? If so how do you prevent it, any plugin or anything you can recommend?
    I get so much lately it’s driving me mad so any help is very much appreciated.

    Reply
  15. What’s up, after reading this awesome post i am as well happy to share my familiarity here with colleagues.

    Reply
  16. I really like what you guys are up too. This type of clever work and reporting!
    Keep up the good works guys I’ve incorporated you guys to our blogroll.

    Reply
  17. Thank you for your entire labor on this blog. Gloria
    loves making time for internet research and it’s really simple to grasp why.
    A number of us notice all relating to the powerful manner you create powerful information by means of your
    blog and even strongly encourage response from some other
    people about this area of interest so our simple
    princess is without a doubt starting to learn a great deal.
    Take pleasure in the remaining portion of the year.

    You have been carrying out a splendid job.

    My blog Keto Slim Cuts Ingredients

    Reply
  18. I’m truly enjoying the design and layout of your website. It’s a very easy on the eyes which makes it much more
    enjoyable for me to come here and visit more often. Did you hire out a developer to create your theme?

    Great work!

    Reply
  19. Appreciate the recommendation. Let me try it out.

    Reply
  20. With thanks, Plengy of knowledge.

    Besst Essay writing
    essay https://argumentativeresearch.com

    Reply
  21. I’m honored to receive a call from my friend as soon as he observed the important
    tips shared in your site. Looking at your blog posting is a
    real great experience. Thanks again for considering readers like me, and I wish you the best of success for a professional in this discipline.

    My web site – Keto VIP Pills Ingredients

    Reply
  22. Hello.This article was really fascinating, particularly since I was searching for thoughts on this matter last Thursday.

    Visit my webpage Green Healing CBD Reviews

    Reply
  23. Great – I should certainly pronounce, impressed with your website.
    I had no trouble navigating through all tabs as well
    as related info ended up being truly simple to do to access.
    I recently found what I hoped for before you know it at all.
    Quite unusual. Is likely to appreciate it for those who
    add forums or anything, web site theme . a tones way for your
    customer to communicate. Nice task.

    my blog post Grown N Flow Hair Gummies

    Reply
  24. always i used to read smaller articles that also clear their motive, and that is also happening with this paragraph
    which I am reading at this place.

    My web site; Denning

    Reply
  25. hello there and thank you for your info ? I have
    certainly picked up anything new from right here.
    I did however expertise a few technical issues using this site, since
    I experienced to reload the website a lot of
    times previous to I could get it to load correctly.
    I had been wondering if your hosting is OK? Not that I am complaining, but slow loading instances times will very
    frequently affect your placement in google and can damage your quality
    score if advertising and marketing with Adwords.
    Anyway I’m adding this RSS to my email and can look out for
    a lot more of your respective fascinating content. Make sure you update this again soon.

    Here is my web page Full Releaf CBD Tincture

    Reply
  26. I am regular visitor, how are you everybody? This
    post posted at this web site is in fact pleasant.

    Feel free to surf to my homepage :: Bitcoin Sunrise

    Reply
  27. My brother recommended I may like this blog. He used to be entirely right.
    This publish truly made my day. You can not consider just how so
    much time I had spent for this information! Thanks!

    Also visit my web site; Male Max 100 Male Enhancement

    Reply
  28. I like the valuable information you provide to your articles.
    I will bookmark your weblog and test once more here regularly.
    I am fairly certain I will be told lots of new stuff right right here!
    Good luck for the next!

    Take a look at my web page: Pearlay Skin Care

    Reply
  29. whoah this weblog is great i love studying your posts.

    Stay up the good work! You recognize, lots of people are searching round for this information,
    you could help them greatly.

    Reply
  30. Fantastic beat ! I wish to apprentice while you amend your web site,
    how could i subscribe for a blog web site? The account aided me a acceptable
    deal. I had been a little bit acquainted of this your broadcast provided bright clear
    concept

    My site :: Bio Melt Pro Pills

    Reply
  31. We’re a bunch of volunteers and starting a New Glo Hair Reviews
    scheme in our community. Your website provided us
    with useful information to work on. You have performed a formidable activity and our whole neighborhood might
    be thankful to you.

    Reply
  32. I’m still learning from you, but I’m improving myself.
    I certainly enjoy reading everything that is posted on your
    website.Keep the tips coming. I loved it!

    Here is my webpage :: Self Cam Pro Reviews

    Reply
  33. Super-Duper blog! I am loving it!! Will be back later to read some more.
    I am bookmarking your feeds also

    My web site … Dango Earbuds Review

    Reply
  34. Its not my first time to pay a visit this website, i am visiting this web page dailly and get pleasant facts from here daily.

    My web-site: InstaHard ED Pills

    Reply
  35. Aw, this was an incredibly nice post. Taking a few minutes and actual effort to generate a great article?
    but what can I say? I put things off a whole lot
    and don’t seem to get anything done.

    Also visit my blog post … Sheer Spark Keto

    Reply
  36. Hi to all, how is all, I think every one is getting more from this web site, and your
    views are nice designed for new visitors.

    Feel free to surf to my web-site … Infinite Force XL Male Enhancment

    Reply
  37. Hi my friend! I want to say that this article is amazing, nice
    written and include almost all significant infos. I would like to peer extra posts like this.

    My webpage: Dango Earbuds Review

    Reply
  38. I am glad to be one of many visitors on this outstanding website
    (:, appreciate it for putting up.

    Here is my homepage – Male Max 100 Reviews

    Reply
  39. I believe that is among the such a lot significant information for me.

    And i’m satisfied studying your article. But
    want to observation on few common issues, The web site taste
    is wonderful, the articles is in point of fact great :D.
    Just right task, cheers.

    Here is my web site – Redirection

    Reply
  40. Merely wanna comment that you have a very nice internet site,
    I love the layout it really stands out.

    Look at my web blog Titan XL

    Reply
  41. Hey very nice blog!! Guy .. Beautiful .. Superb ..
    I’ll bookmark your web site and take the feeds also? I’m satisfied to
    search out numerous useful info right here within the publish,
    we need develop more techniques in this regard, thank you for sharing.
    . . . . .

    Here is my web-site … สาระน่ารู้

    Reply

ޚިޔާލު