ފ. ނެއްލާދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ހޯދުން

ލިޔުނީ: މުޙައްމަދު ގާސިމް

1. ތަޢާރަފު
ކުރިން ދަނޑުވެރިކަމަށް އިގުތިޞާދު ބިނާވެފައިވާ ފ. ނެއްލާދުއަކީ މިއަދު ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. މި ރިޕޯޓަކީ އާބާދީގައި 5790 މީހުން ދިރިއުޅޭ ނެއްލާދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ބަލައި، އެކަންކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ބަޔާންކުރުމަށް ލިޔާ ރިޕޯޓެކެވެ. އެގޮތުން މި ރިޕޯޓުގައި ބަލާލެވިފައިވާނީ ބިން ކުޑަވުމުގެ ސަބަބުން ނެއްލާދުއަށް ކުރިމަތިވެފައިވާ ފެންލޮނުވުމުގެ މައްސަލައަށާއި، ކުނި ނައްތާލެވޭނެ ގޮތެއް ނެތުމުގެ މައްސަލައަށާއި، ގެދޮރުގެ ދަތިކަމުގެ މައްސަލައަށާއި، ކުޅިވަރުކުޅޭނެ ބިމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ އިތުރުން، ދަނޑުވެރިކަމަށް އެޅިފައިވާ ހުރަސްތަކަށާއި އެކަންކަމުގެ ހައްލަށެވެ. މިރިޕޯޓު އެކުލަވާލައިފައި މިވަނީ ފ. ނެއްލާދުއަށް ގޮސް، އެރަށުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ކޮށްފައިވާ އިންޓަވިއުތަކާއި ސާވޭގެ އިތުރުން ކަމާބެހޭ ފަރާތްތަކުގެ ކިޔެކިޔުންތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެއަތޮޅު އަތޮޅުއޮފީހުގެ ރިސާޗް އޮފިސަރ މުޢާވިޔަތު އަލީއެވެ.

2. ފެންލޮނުވުން
ފ. ނެއްލާދުއަކީ ފެން ލޮނުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ރަށު އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މީގެ 10 އަހަރު ކުރިން މި ރަށަކީ ރަށުގެ ބިމުން ނަގާ ފެން، ކެއްކުމަށާއި އެއްޗެހި ދޮވެ، ފެންވެރުމަށް ބޭނުން ކުރަމުން އައި ރަށެކެވެ. އެހެންނަމަވެސް ރަށުގެ އާބާދީ ބޮޑުވެ، ހުސްބިން ނެތި ދިޔުމާ ގުޅިގެން ރަށުގެ ފެންފަށަލަ ވަނީ ވަރަށް ބޮޑަށް ލޮނުވެ ބޭނުން ނުކުރެވޭވަރުވެފައެވެ. މިކަމާ ގުޅިގެން ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން 20 މީހަކާ ސުވާލުކުރުމުން އޭގެތެރެއިން %95 މީހުން ބުނެފައިވަނީ، ފެން ލޮނުވުމުގެ ސަބަބުން އެ މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ފެން ގަނެގެން ބޭނުން ކުރަން ޖެހުމެވެ. ރަށުގެ ވިޔަފާރިކުރާ 10 ފިހާރައިގެ ވިކުރާއިން ދައްކާގޮތުގައި ވާރޭ ނުވެހޭ ދުވަސްވަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10380 ލިޓަރު ފެން އެރަށުގެ ފިހާރަތަކުން ވިކިފައި ވެއެވެ. އެހެންކަމުން މަހެއްގެ މައްޗަށް އެރަށު ރައްޔިތުންގެ އަތުން 29064 ރުފިޔާ އެވަނީ ފެން ގަތުމަށް ޚަރަދުވެފައެވެ. މީގެއިތުރުން ރަށުގެ ސިއްޙީ މަރުކަޒުގެ މެނޭޖަރު ވިދާޅުވިގޮތުގައި ރަށުގެ ފެން ލޮނުވުމާ ގުޅިގެން ހަމުގެ ތަފާތު ބަލިތަކުގައި ސިއްޙީ މަރުކަޒަށް އަންނަ މީހުންގެ ނިސްބަތް ކުރިއާ އަޅައިބަލާއިރު %60 ވަނީ މަތިވެފައެވެ.

ރަށުތެރޭގައި ކުނި ގިނަވުން.
ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ރަށުގެ އެތައް މިތަނަށް ކުނިތައް ޖަމާވަމުން ދިޔުމަކީ ވެސް، މިއަދު މި ރަށަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން 30 މީހަކާ ސުވާލުކުރުމުން، އެމީހުން ބުނެފައިވަނީ ބިމުގެ ދަތިކަން ކުރިމަތި ނުވާއިރު، މި ރަށަކީ ކުނީގެ މައްސަލަ ކުރިމަތިވެފައިވާ ރަށެއް ނޫން ކަމަށެވެ. ރަށު އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރަށުގައި ހުސްބިން އޮތްއިރު، ކުނި ނައްތާލެވޭނެ ނިޒާމެއް ވަނީ މި ރަށުގައި ގާއިމު ކުރެވިފަ އެވެ. އެހެންނަމަވެސް މީހުން ގިނަވެ، ގެދޮރުގެ ދަތިކަން އިންތިހާއަށް ދިޔުމުން، ކުނިކޮށި ނަގައި އެތަނުން ވެސް ގޯތި ދޫކުރަން މަޖުބޫރުވީއެވެ. އެހެންކަމުން މިއަދު ރަށުގެ މަގުތަކާއި ގޯޅިގޯޅިއާއި، ގޯތީގައި އޮންނަ ހުސްތަންކޮޅަށް ކުނި އަޅާފައި ހުރުމަކީ ޢާންމު ކަމެކެވެ. މި ކަމުގެ ސަބަބުން ރަށުތެރޭގެ ވަސް ނުބައިވެ، މަދިރިއާއި މެހީގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައެވެ. ރަށު ސިއްޙީމަރުކަޒުގެ ލިޔެކިޔުންތަކުން ދައްކާގޮތުގައި، ގައިން ގަޔަށް އަރާ ތަފާތު ބަލިތައް ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު، މީގެ 5 އަހަރު ކުރިއާ އަޅައިބަލާއިރު، މިހާރު އުޅެނީ %80 މަތީގައެވެ. ވިއްސާރަ ދުވަސްވަރެއް ނަމަ، މި މައްސަލަ ވަކިން ބޮޑުވެ، ސިއްޙީމަރުކަޒުގެ ޖާގަ ކުޑަވެގެން އުޅެން ޖެހޭކަމަށް ވެސް ސިއްހީމަރުކަޒުގެ މެނޭޖަރު ވިދާޅުވިއެވެ.

4. ގެދޮރުގެ ދަތިކަން.
ނެއްލާދޫ ރައްޔިތުންނަށް މިއަދު ކުރިމަތިވެފައި މައްސަލަތަކުގެ ތެރޭގައި ގެދޮރުގެ ދަތިކަމަކީ ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. ނެއްލާދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ބިން ހުސްވުމުގެ ސަބަބުން ރަށުން ގޯތި ދޫނުކުރާތާ މިހާރު 4 އަހަރު ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި 75 މީހަކު ގޯއްޗަށް އެދި ފޯމު ލާފައިވާއިރު، އަމިއްލަ ގެދޮރުނެތި ދިރިއުޅެމުންދާ 118 އާއިލާ މި ރަށުގައި އެބަ އުޅެއެވެ. ރަށުގައި އަމިއްލަ ދިރިއުޅުމެއް ފަށައިގެން އުޅޭ 20 ޒުވާނަކާ ސުވާލުކުރިއިރު، އޭގެތެރެއިން 12 މީހުންނަކީ އަމިއްލަ ގެދޮރު ނެތުމުގެ ސަބަބުން، އާއިލާ ގޮވައިގެން މައިން ބަފައިންގެ ގޭގައި ދިރިއުޅެމުން އަންނަ މީހުންނެވެ. އަދި އޭގެތެރެއިން 6 މީހުން އުޅެނީ ދުރުހިލޭ މީހުންގެ ގާތުގައެވެ. މިގޮތަށް އުޅެން ޖެހުމުން ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވޭތާނގައި، ފުރިހަމަ ޞިއްޙަތެއްވެސް ހޯދައި ނުދެވޭކަމުގައި އެމީހުން ބުނެއެވެ. ރަށު އޮފީހުގެ ރެކޯޑުތަކުން ދައްކާގޮތުގައި ރަށުގެ ރައްޔިތުންނަށް ގެދޮރުގެ ދަތިކަމާ ކުރިމަތިލާން ޖެހުނު ފަހުން، އާއިލީ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 7 މައްސަލަ ރަށުއޮފީހަށް ހުށައެޅިފައި ވެއެވެ. ރަށު އިސްކޫލުގެ ރެކޯޑުތަކުން ދައްކާގޮތުގައި ގެދޮރުގެ ދަތިކަން ކުރިމަތިވާން ފެށިފަހުން ކުދިންގެ ނަތީޖާ ވަނީ %37 ދަށް ވެފައެވެ. މިކަމާ ގުޅިގެންސްކޫލުގެ ގުރޭޑު 7 އިން މަތީގެ 75 ދަރިވަރުންގެ ތެރެއިން %80 ދަރިވަރުން ހިމަނައިގެން ކުރެވުނު ސާވޭއަކުން ދެއްކި ގޮތުގައި، މިގޮތަށް ނަތީޖާ ދަށްވެފައި ވަނީ، އެއް ގެއެއްގައި ގިނަ އާއިލާތައް ދިރިއުޅޭ ގޭގޭގެ ކުދިންނެވެ.

5. ކުޅިވަރު ކުޅޭނެ ބިން ނެތުން.
ތަފާތު ގިނަ ކުޅިވަރުތަކެއް ކުޅެއުޅުނު ޒުވާނުންތަކެއް ދިރިއުޅެމުން ދިޔަ މި ރަށުގެ ޒުވާނުންނަށް މިއަދު ކުރިމަތިވެފައި ހުރި މައްސަލަތަކުގެ ތެރޭގައި ކުޅިވަރު ކުޅޭނެ ބިމެއް ނެތުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ރަށު ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި ބިމުގެ ދަތިކަން ކުރިމަތިނުވާއިރު މި ރަށަކީ ބަށި ކޯޓަކާއި ވޮލީ ކޯޓަކާއި ފުޓުބޯޅަ ދަނޑެއް އޮތް ރަށެކެވެ. އެ ބިންތަކުން ގޯތި ދޫކުރަން ޖެހުނީ ގެދޮރުގެ ދަތިކަން ބޮޑުވެގެން މީހުންގެ ޝަކުވާތައް އިތުރުވެގެންނެވެ. ރަށުގެ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހާމަކުރިގޮތުގައި ރަށުގައި ކުޅިވަރު ކުޅެވޭނެ ބިން ހުރިއިރު، މި ރަށަކީ މުޅި އަތޮޅުން ވެސް ފާހަގަކޮށްލެވޭ ފަދަ ފުޓުބޯޅަ ޓީމަކާއި، ވޮލީ ޓީމަކާއި، ބަށި ޓީމެއް އޮތް ރަށެކެވެ. ރަށުގެ ޒުވާނުންގެ ތެރެއިން 20 ޒުވާނުންނާ ސުވާލުކުރުމުން އެމީހުން ބުނަނީ، މިހާރު ކުޅިވަރު ކުޅެހެދުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށާއި، ފުޓުބޯޅަ މެޗެއް ނުވަތަ ވޮލީ މެޗެއް ކުޅެލަން ބޭނުން ވިޔަސް ޖެހެނީ، ޖެހިގެން އޮތް ހައިވަކަރުފުށްޓަށް ދާން ކަމަށެވެ. އެހެންނަމަވެސް ދަތުރުފަތުރުގެ ދަތިކަން ހުންނަލެއް ބޮޑުކަމުން އެކަން ވެސް މާ އެދެވޭ ގޮތަކަށް ނުކުރެވެއެވެ. ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ރަށުން ކުޅިވަރު ކުޅޭނެ ބިން ހުސްވިފަހުން، ޒުވާނުން ކުށްކުރާ ނިސްބަތް ވަނީ %70 އިތުރުވެފައެވެ. އޭގެތެރެއިން %50 އަކީ މަސްތުވާ ތައްކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.

6. ދަނޑުވެރިކަން ހުއްޓުމަކަށް އައުން.
ރަށުގައި ހުސްބިން އޮތް އިރު ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކޮށްގެން ރަނގަޅު އާމްދަނީއެއް ލިބެމުން އައި މިރަށުގެ ދަނޑުވެރިކަން މިއަދު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ރަށު ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި، އެ ރަށުގެ މަސައްކަތް ކުރާ އުމުރުގެ %77 މީހުން މީގެ 7 އަހަރުކުރިން ކުރި މަސައްކަތަކީ ދަނޑުވެރިކަމެވެ. އެހެންނަމަވެސް އެ މީހުންގެ %90 މީހުން މިއަދު ވަނީ އެ މަސައްކަތް ހުއްޓައިލާފައެވެއެ ދަނޑުވެރިކަން ހުއްޓާލި މީހުންގެ ތެރެއިން 25 މީހުންނާ ސުވާލުކުރުމުން އޭގެ %98 މީހުން ބުނީ، އެ މީހުންނަށް ދަނޑުވެރިކަން ހުއްޓާލަން ޖެހުނީ ދަނޑު ހައްދާނެ ބިމެއް ރަށުން ނުލިބުމުންކަމަށެވެ. އެއީ ކުރީން ދަނޑު ހައްދަމުން ދިޔަ ބިންތަކުން ގޯތި ދޫކުރުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން އެ މީހުންގެ ދިރިއުޅުމަށް މާލީގޮތުން ވަރަށް ބޮޑު ނޭދެވޭ އަސަރެއް ވަނީ ކޮށްފައެވެ. އެގޮތުން ދަނޑުވެރިކަން ކޮށްއުޅުނު ދުވަސްވަރު އެވަރެޖްކޮށް މަހެއްގެ މައްޗަށް 25000 ރުފިޔާ ލިބެމުން ދިޔަ ދަނޑުވެރިންނަށް މިއަދު ކުރާ މަސައްކަތުން މަހެއްގެ މައްޗަށް 10000 ރުފިޔާ ވެސް ނުލިބެއެވެ. ކަންމިހެން އޮތްކަމުގައި ވިޔަސް ރަށު އޮފީހުން ވިދާޅުވަނީ ދަނޑުބިންތަކުން ގޯތި ދޫކުރަން ޖެހުނީ ގޯއްޗަށް އެދޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއެކު، އެބިންތަކުން ގޯތި ނުދީ ވާން ނެތުމުންކަމަށެވެ.

7. ހައްލު
ފ. ނެއްލާދުއަކީ އާބާދީ ބޮޑުވެ ބިން ކުޑަވުމުގެ ސަބަބުން ބޮޑެތި މައްސަލަކެއް ކުރިމަތިވެފައިވާ ރަށެކެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ހޯދަން ވަނީ ޖެހިފައެވެ. މިކަމަށް އޮތް ދާޢިމީ ޙައްލަކީ ރަށުގެ އާބާދީއާ އެކަށޭނެ ބިމެއް ހޯދައި ދިނުންކަމަށްވާތީ، ރަށާ މާދުރުނޫން ސަރަޙައްދެއްގައި އޮތް، ބިން ބޮޑު ފަޅުރަށެއް ކަމަށްވާ، ދޮންދޫނިދޫއަށް ރަށުގެ ރައްޔިތުން ބަދަލުކުރުމެވެ. މިގޮތަށް މިކަން ކުރެވިއްޖެނަމަ، އެރަށަށް މިހާރު ކުރެމަތިވެފައިވާ މައްސަލަތަކަށް ދާޢިމީ ޙައްލެއް އަތުވެދާނެއެވެ. އެހެނަސް މިއީ ދުރު މުސްތަޤުބަލެއްގައި އެޅެން އޮތް ފިޔަވަޅެއް ކަމަށްވާތީ، މިހާރުން މިހާރަށް އެޅެން އޮތް ވަގުތީ ޙައްލަކަށްވަނީ ވިސްނަން ޖެހިފަ އެވެ. އެގޮތުން އެޅެން އޮތް ފިޔަވަޅަކީ، ރަށުން ގޯތި ނުލިބިފައި ތިބި އާއިލާތަކަށާއި ރަށުން ބަދަލުވާން ބޭނުންވާ ފަރާތްތައް، ރަށް ކައިރީގައި އޮތް މީހުން ދިރިއުޅޭ ރަށެއް ކަމަށްވާ ހައިވަކަރު ފުށީގައި ވަގުތީގޮތުން އާބާދުކުރުމެވެ. އޭރުން މިހާރު ރަށަށް ކުރިމަތިވެފައިވާ ތޮއްޖެހުން ކުޑަވެ، އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް އަންނާނެ ކަމަށް ފެނެއެވެ.

Readers Comments (8)

  1. An impressive share! I have just forwarded this onto a colleague who was conducting
    a little research on this. And he actually ordered
    me dinner simply because I found it for him… lol. So allow me to reword this….

    Thank YOU for the meal!! But yeah, thanks for spending some time
    to discuss this issue here on your web page.

    Reply
  2. We absolutely love your blog and find nearly all of your post’s
    to be just what I’m looking for. can you offer guest writers to write content for yourself?

    I wouldn’t mind writing a post or elaborating on many of
    the subjects you write concerning here. Again, awesome web log!

    Also visit my page … HeatBuddy Personal Heater

    Reply
  3. Unquestionably believe that which you stated.
    Your favorite reason seemed to be at the web the simplest factor to take into account
    of. I say to you, I certainly get irked at the same time as other folks think about worries
    that they just do not recognise about. You controlled to hit the nail upon the top and also outlined out
    the entire thing without having side effect , people can take a signal.
    Will likely be back to get more. Thanks!

    Here is my web site: Azure Health Keto

    Reply
  4. Hello there, You have done a fantastic job. I’ll certainly digg it and personally suggest
    to my friends. I am sure they will be benefited from this web site.

    Reply
  5. Great work! That is the type of info that should be shared around the internet.
    Disgrace on Google for not positioning this put up upper!

    Come on over and consult with my web site . Thank you =)

    Reply
  6. Hi there, I enjoy reading through your article.
    I like to write a little comment to support you.

    Reply
  7. Just desire to say your article is as surprising. The clearness in your
    post is just great and i can assume you’re an expert on this subject.
    Well with your permission allow me to grab your feed to
    keep up to date with forthcoming post. Thanks a million and please continue the enjoyable work.

    Reply
  8. I don’t leave a ton of remarks, however i did some searching and wound
    up here ފ. ނެއްލާދުއަށް ކުރިމަތިވެފައިވާ ބިމުގެ
    ދަތިކަމުގެ މައްސަލައަށް
    ޙައްލެއް ހޯދުން – Mohamed Gasim.
    And I actually do have a couple of questions for you if it’s allright.
    Is it only me or does it look like some of the comments appear
    like coming from brain dead people? 😛 And, if you are posting on additional online sites, I would like to follow everything fresh you
    have to post. Could you list of every one of your communal pages like your
    twitter feed, Facebook page or linkedin profile?

    Feel free to visit my blog post … XPro Drone App

    Reply

ޚިޔާލު