މަސްތުވާތަކެތި ބޭނުންކުރާ ކުއްޖަކު ދެނެގަންނާނީ ކިހިނެއް؟

ލިޔުނީ: މުހައްމަދު ގާސިމް

މަސްތުވާތަކެއްޗަކީ އޭގެ ޒާތުގައި މީހާ މުޖުތަމަޢުން އެކަހެރި ކޮށްލާ، ބާކީ ކޮށްލާ އެއްޗެކެވެ. އަދި ކޮބައިތޯ އެވެ. އެކަމުގެތެރޭގައި މީހާ ޖެހި ހައްޔަރުވެއްޖެނަމަ، މީހުންގެ މަލާމާތާއި ނުރުހުމާއި ފުރައްސާރަ އިންތިހާއަށް ކުރިމަތިކުރާ ބިރުހުރި ވަބާއެކެވެ. މީގެ އެންމެ ބިރުހުރި ކަމަކީ މިއަށް ދެވިހިފައިފިނަމަ، ސަލާމަތް ނުވެވޭ ހިސާބަށް މީހާ ގެންދާކަމެވެ. މަރުގެ ތުންފަތް މައްޗަށް ހާޒިރުކުރާ ކަމެވެ. ވީއިރު މިފަދަ ބިރަކުން އަމިއްލަ ނަފުސު ސަލާމަތްކޮށް ތިމާގެ އާއިލާއާއި މުޖުތަމަޢު ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބެއްކަމުގައި ހެދުން މުހިންމެވެ.

ކަމަކުން ބަޔަކު ސަލާމަތް ކުރުމަށްޓަކައި ތިމާއަށް އެކަމަކާބެހޭ މަޢުލޫމާތު ލިބިފައި ހުރުމަކީ މުހިންމު ކަމެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އެ ރޮނގަކުން ތިމާ ހޭލުންތެރިވެ ހުރުމަކީ ނުހަނު ބޭނުންތެރި ކަމަކަށް ވާނެ އެވެ. އެގޮތުން މަސްތުވާ ތަކެތިން ބަޔަކު މިންޖު ކުރަން އެދޭނަމަ، އެފަދަ ކަންކަން ކުރާ ނުވަތަ ކުރަމުން އަންނަ މީހުން ދެނެގަނެވޭނެ ގޮތްތައް އެނގިފައި އޮތުން ކޮންމެހެން ބޭނުމެވެ.

މަސްތުވާތަކެއްޗަކީ މިއަދު ދިވެހި މުޖުތަމަޢުގައި ވަކި ހިއްޕާ، އެއިން ގައުމު ސަލާމަތް ވެދާނޭކަމާމެދު ސުވާލު އުފެދި، އުއްމީދު ކުޑަވެފައިވާ ކަމެކެވެ. އެކަމުގެ މައިގަނޑު ސަބަބަކީ، ފުރާވަރަށް އަރަމުން އަންނަ ކުދިން މިކަމުގެ ތެރެއަށް ވަންނަ ނިސްބަތް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔުމެވެ. އެހެންކަމުން މިކަމުގެ ތެރެއަށް އަލަށް ވަންނަ ކުއްޖެއްގެ ކިބައިން ފާހަގަކުރެވޭނެ ބައެއް ކަންކަމުގެ މައްޗަށް ފުރަތަމަ އަޅުގަނޑު އަލިއަޅުވައިލާނަމެވެ.

މަސްތުވާތަކެތީގެ ތެރެއަށް ކުއްޖާ ވަންނަމުންދާ ދުވަސްވަރު އޭނާގެ ކިބައިން ތަފާތުތަކެއް ފާހަގަކުރެވޭނޭކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ. އޭގެތެރޭގައި ސުކޫލު ކުއްޖެއްނަމަ، ސުކޫލަށް ދިޔުމަށް އިންކާރުކުރުމާއި، ކުރިން އެކުވެރިކޮށް ގާތްކޮށް އުޅުނު ކުދިންނާ އެކަހެރިވެ، އާ ރައްޓެހިން ގެންގުޅެން ފެށުމާއި، ހާސްވެ ކަންބޮޑުވެފައި އިންނަވަގުތު ގިނަވުމާއި، ނިދުމާއި ކެއުންފަދަ ކަންކަމަށް ބަދަލު އައުމާއި، ފައިސާއަށް ބޭނުންވާ މިންވަރު އިތުރު ވުމާއި، އާދަޔާޚިލާފަށް ރުޅިގަދަވެ، ތަކެއްޗަށް ގެއްލުންދީ ހެދުމާއި، ސިއްރުކަންތައް ކުރުމާއި، ތަފާތު ސިއްރު ފޯނުކޯލުތައް އައުމާއި، ގެންގުޅޭ ރައްޓެހިން، އާއިލާގެ މީހުންނަށް ދައްކަން ބޭނުންނުވުމާއި، ސާފުތާހިރުކަމަށް ހުންނަ ޝައުގުވެރިކަން ކުޑަވުމާއި، ބޭރުގައި ހޭދަކުރާ ވަގުތުތައް އިތުރުވުން ފަދަ ކަންކަން ހިމެނެއެވެ.

މަސްތުވާތަކެތި ބޭނުންކުރާކަން ޖިސްމާނީގޮތުން ފާހަގަކުރެވޭ ކަންކަމަށް ބަލާއިރު، އާދަޔާޚިލާފަށް ލޯ ރަތް ވުމާއި، ލޮލުގެ ކޮއި ބޮޑުވެ، ލޯކައިރި ކަޅުވުމާއި، ނޭފަތް ބެދުން ނުވަތަ ނޭފަތުން ފެން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުމާއި، އަވަސް އަވަހަށް ރޯގާޖެހުމާއި، އަތްފައިގައި ނޫކުލަ ނުވަތަ ކަޅުކުލައިގެ ލަކުނު ލާފައި ހުރުމާއި، ވާހަކަ ދެއްކުމުގައި އުނދަގޫ ނުވަތަ ލަސްކަމެއް ހުރުމާއި، މޭނުބައިކުރުމާއި، ހޮޑުލެވުން ގިނަވުމާއި، ހިނގާ ބިނގާވެ އުޅުމުގައި ވެއްޓެން އުޅޭކަހަލަ ގޮތެއް ހުރުމާއި، ކަންކަން ކުރުމުގައި ހަރަކާތް ލަސްވެފައި ހުރުމާއި، އަމިއްލަ ސާފުތާހިރުކަން ކުޑަވުމާއި، އަވަހަށް ވަރުބަލިވެ ހަށިގަނޑު ތުރުތުރު އެޅުމާއި، ބަރުދަން ލުއިވުން ފާހަގަކުރެވެއެވެ.

ހަދާން ބަހައްޓަންވީ ކަމަކީ މަސްތުވާތަކެތި ބޭނުން ނުކުރިކަމަށް ވިޔަސް ފުރާވަރަށް އަޅައިގެން އަންނަ ކުއްޖެއްގެ ކިބައިން މީގެތެރެއިން ބައެއް ސިފަތައް ފެނިދާނޭ ކަމެވެ. އެހެންކަމުން މިއިން ކަމެއް ކުއްޖެއްގެ ކިބައިން ހަމަ ފެނިލުމާއެކު އެއީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރި ކުއްޖެއްކަމަށް ނުވަތަ ބޭނުންކުރާ ކުއްޖެއްކަމަށް ނިންމައިގެން ނުވާނެ އެވެ. އަދި މަތީގައި ބަޔާންކުރެވުނު ހުރިހާ ސިފަތަކެއް މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެއްގެ ކިބައިން ފެންނާނޭ ކަމަށްވެސް ނިންމައިގެން ނުވާނެ އެވެ. އެހެންކަމުން މިފަދަ ކަމެއް ފެނިއްޖެނަމަ ގޮތެއް ނިންމަންވާނީ، ވިސްނުންތެރިކަމާއެކު ރަނގަޅަށް ބަލައި ޔަގީންކުރުމަށްފަހުގަ އެވެ. އެހެންނޫނީ ފަހަރުގައި ގޯސް ފިޔަވަޅެއްވެސް އެޅިދާނެ އެވެ.

Readers Comments (8)

  1. Having read this I thought it was really enlightening.
    I appreciate you spending some time and energy to put this short article
    together. I once again find myself spending way too much time both reading
    and leaving comments. But so what, it was still worthwhile!

    Reply
  2. You are so awesome! I do not suppose I’ve truly read through something like
    this before. So wonderful to discover another person with a few genuine thoughts on this subject.
    Seriously.. many thanks for starting this up. This website is something that is needed on the web, someone with a little originality!

    Reply
  3. Pretty! This has been an incredibly wonderful post.
    Many thanks for supplying this information.

    Here is my web-site :: ReLeaf Ease CBD Review

    Reply
  4. Hello i am kavin, its my first occasion to commenting anyplace, when i read this article i thought i
    could also create comment due to this sensible post.

    Reply
  5. Excedllent write ups With thanks!
    Best Essay writing
    History essay https://orderessaycheap.com/?what.is.art.essay

    Reply
  6. I have been exploring for a little bit for any high quality articles or weblog posts
    in this kind of house . Exploring in Yahoo I eventually stumbled upon this website.
    Reading this information So i’m satisfied to exhibit that I have a very just right uncanny feeling I found out
    just what I needed. I such a lot undoubtedly will
    make certain to don?t overlook this web site and provides it a glance on a constant basis.

    Also visit my web page: helpful resources

    Reply

ޚިޔާލު