ކިޔަވާ ކުދީންގެ ލިޔުންތެރިކަމުގެ ހުނަރު ދަށްވަނީ ކީއްވެ؟

ލިޔުނީ: މުޙައްމަދު ޤާސިމް

• އުމުރާ ގުޅޭ، ކުދިން ކިޔާ ހިއްވާ ކަހަލަ ފޮތް މަދުވުން
އެހެން ގައުމުތަކާ ޚިލާފަށް ފުރާވަރުގެ ކުދިން ކިޔާ ކަހަލަ ފޮތް ރާއްޖޭގައި މަދުކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް މީގެ ދިހަ ވަރަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު މިހާރު ތަންކޮޅެއް ރަނގަޅޭ ދެންނެވިދާނެއެވެ. ކުރީގައި މުޅިންހެންވެސް ފެންނާނީ ބޮޑެތި މީހުންނަށް ޚާއްޞަ ކުރެވިގެން ލިޔެެވިފައި ހުންނަ ފޮތްތަކެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް އެންމެ ތުއްތު ކުދިންނަށް ތައްޔާރުކޮށްފައިވާ ފޮތްތައް ހުރިކަން ގަބޫލު ކުރަން ޖެހެއެވެ. މި ފަދަ ފޮތް ތައް ދިވެހި ބަހުން ނެތުމުގެ ސަބަބުން ކުދިން ދާން މި ޖެހެނީ އިގިރޭސި ފޮތްތަކާ ދިމާ އަށެވެ. މިހެން ދާން ޖެހުމުން އެކުދިންނަށް ދިވެހި ބަހަށް ވުރެ އިގިރޭސި ބަހަށް އިސްކަން ދެވޭ ގޮތް ވެއެވެ. ނަތީޖާ އަކަށް ވަނީ އެކުދިންގެ އަމިއްލަ މާދަރީ ބަހުގެ ބަސްކޮށާރު ފަގީރު ވުމެވެ. ހަމަތަކާއި އުޞޫލުތަކަށް ބީރައްޓެހި ވުމެވެ. ނަތީޖާ އަކީ ކޮބައިތޯއެވެ. އެކުދިން ލިޔާ ލިޔުންތަކުގައި އިބާރާތުގެ ކުށްތަކާއި، ބަސްކޮށާރުގެ އަދި ޖުމުލަ އެތުރުމުގައި ބޮޑެތި ކުށްތަކެއް ހުރުމެވެ. ގިނަ ފަހަރަށް ލިޔެފައިވާ ލިޔުންތައް ދޭހަ ކުރަން ވެސް އުނދަގޫ ވެއެވެ.

• ފަށާ ތައުލީމުގައި އިގިރޭސި މީޑިޔަމްއަށް ކިޔަވައި ދިނުން
ފަށާ ތައުލީމުގައި އިގިރޭސި މީޑިޔަމަށް ކިޔަވައި ދިނުމަކީ ބަހަށް ކުދިންގެ ޝައުޤުވެރިކަން ކުޑަވާ މައިގަނޑު އެއް ސަބަބެވެ. ބަސްދަސްކުރަން ފަށާއުމުރަށް އެ އުމުރު ނުވިނަމަވެސް ބަހަށް ކުއްޖާ އަހުލުވެރިވާން ފަށާ ދުވަސްވަރަކީ އެއީ އެވެ. އެހެންކަމުން މި ދުވަސްވަރު އެކުއްޖަކާ އެންމެ ގާތްގުޅުމެއް އޮންނަ ބަހަކާ ދިމާއަށް އެކުއްޖެއްގެ ޝައުޤުވެރިކަމުގެ ނައު ދީލާލާނެކަމީ ކަށަވަރު ކަމެކެވެ. އަހަރެމެންގެ ތައުލީމީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ފަށާ ތައުލީމު އުނގެނެމުން ދާ ދުވަސްވަރު އެކުދިން ގިނަ ވަގުތު ހޭދަ ކުރަން މި ޖެހެނީ އިނގިރޭސި ބަހުގެ މާޙައުލެއްގަ އެވެ. އެހެން ކަމުން ކުދިންގެ ހިތުގައި ލޯބި އުފެދި ހިތްޖެހިގެން މިދަނީ އިނގިރޭސި ބަހަށެވެ. ދިވެހި ބަހަށް ލޯތްބެއް ނުއުފެދެ އެވެ. ނަތީޖާއެއްގެ ގޮތުން ބަހަށް އުފެދިފައި ނެތް ޝައުޤުވެރިކަން ލިޔުންތެރިކަމަކަށް ވެސް އުފެދޭ ގޮތެއް ނުވެ އެވެ.

• ބަހުގެ ހުނަރު ކުރިއެރުވުމަށް ބެލެނިވެރިންގެ ފަރާތުން އެބާރުލުން ނުލިބުން
ދިވެހިރާއްޖޭގައި މިހާރު ބޮޑުވަމުންދާ ގިނަ ތުއްތު ކުދިންނަށް އެކުދިންގެ މާދަރީ ބަހަކީ ކޮބައިކަންވެސް ނޭނގޭނެއެވެ. ބައެއް ގޭގޭގައި އެކުދިންނާ މުޚާތަބު ކުރެވެނީ އިގިރޭސި ބަހުންނެވެ. ބެލެނިވެރިންގެ ވެސް މައިގަނޑު މަޤުޞަދަކީ އެކުދިން އިގިރޭސި ބަހަށް މޮޅު ކުރުމެވެެ. ގިނަ މައިންބަފައިން ކުދިންނަށް ވިސްނައިދެނީވެސް މި ފަދަ ގޮތަކަށެވެ. އިގިރޭސި ބަހަށް ދަރިފުޅު ދަށްވުން ބެލެނިވެރިނަށްވެސް ލަދު ހުތުރު ކަމަކަށް ވަނީއެވެ. ދެރަވެ ދެރަވެފައި އެވާހަކަ ދައްކާނެއެވެ. ޓިއުޝަނަށް ފޮނުވާނެއެވެ. ތަފާތު ފޮތްތައް ހޯދައިގެން ކިޔުއްވާނެ އެވެ. އެހެންނަމަވެސް ދިވެހި ބަހަށް ދަށްވުން އެއީ މާބޮޑު މައްސަލައެއް ނޫނެވެ. ދިވެހި ބަހަށް ދަށްވާނަމަ ގިނަފަހަރަށް އެކަން ވަނީ މަޖަލަކަށެވެ. ބައެއް ފަހަރު ރީތިކަމަކަށް ވެސް ވެއެވެ. ފަޚުރުވެރިކަމާ އެވާހަކަ ދައްކާތަން ވެސް ފެނެ އެވެ. ކަން މިހެން އޮންނަނަމަ ކުދިންގެ ހިތުގައި ބަހަށް އޮންނާނީ ކޮން ލޯތްބެއްހެއްޔެވެ؟ ކުރާނީ ކޮން ޤަދަރެއް ހެއްޔެވެ؟ ނަތީޖާ ފެންނާނީ އަނެއްކާވެސް ހަމަ އެއްކަލަ ގޮތަށެވެ. ބަހުގެ ހުނަރު ކުއްޖާގެ ކިބައިން އެއްގޮތަކަށް ވެސް ނުފެންނާނެ އެވެ. ލިޔުންތެރިކަމެއް ކިޔުންތެރިކަމެއް ނޯންނާނެ އެވެ.

• ސްކޫލް ތަކުގައި ދިވެހި ބަހުގެ ގަޑިތައް މަދުވުން
ދިވެހި އިސްލާމް ފިޔަވައި ހަމަ ކޮންމެ މާއްދާއަކީ “މުހިންމު” މާއްދާ އެކެވެ. މިއީ އެއްވެސް މީހަކު ބުނި އެއްޗެއް ނޫނެވެ. އިސްކޫލުތަކުގެ ޓައިމްޓޭބަލް ބުނާ ވާހަކަ އެކެވެ. އެހެންނޫންނަމަ ސްކޫލް ތަކުގެ ޓައިމްޓޭބަލް ތަކުން އެހެން މަންޒަރެއް ފެންނަން ޖެހޭނެ އެވެ. އިނގިރޭސި މާއްދާއަށް ހަގަޑި، ހަތްގަޑި އޮންނައިރު، ދިވެހި އިސްލާމަށް ތިންގަޑިވެސް ގިނަވެގެން އެވާހަކަ ދައްކާތަން ވެސް ފެނެ އެވެ. ސްކޫލުގެ ހަތަރުފާރުން އެތެރޭގައި ދިވެހިބަހުން ވާހަކަދެއްކުން މަނާވެފައި ހުންނަ ސްކޫލުތައްވެސް ހުރެޔޭ ބުނާއަޑު އަހަމެވެ. ދިވެހި ބަހުގެ މުހިންމުކަމާމެދު އެއްްޗެއް ބުނެލާނެ ހަމައެކަނި މީހަކީ ދިވެހި މުދައްރިސެވެ. އެހެންކަމުން އޭނާ އެބުނާ އެއްޗަކީ ތާކުން ތާކުޖެހޭ އެއްޗެއްކަމަކަށް ގިނަކުދިންނަކަށް ގަބޫލެއް ނުކުރެވެއެވެ. މިކަންކަމުގެ ސަބަބުން ކުދިންގެ ހިތުގައި ބަހަށް އޮންނަންޖެހޭ އިޙުތިރާމާއި ޤަދަރު ކުޑަވެ އެވެ. ދިވެހި ބަހަކީ އަހަރެމެންގެ ފަޚުރުވެރިވާ މާދަރީ ބަސް ކަމަށް ދުލުގެ ކޮޅުން ބުނެލުމަކުން އަދި ނުފުދެ އެވެ. ބަހާއެއްގޮތަށް ޢަމަލުވެސް ދައްކަން އެބަޖެހެއެވެ. އެހެންނޫންނަމަ ކިތަންމެ ވަރަކަށް “ބަޔަކު” މަސައްކަތް ކުރިޔަސް ނަތީޖާ އޮންނާނީ ސުމަކަށްވުރެވެސް ފަހަތުގަ އެވެ. އެކަން ކުދިންގެ ލިޔެލިޔުމުންވެސް ފެންނާނެ އެވެ. ބަހުގެ ހަމަ ކޮންމެ ހުނަރަކުންވެސް ފެންނާނެ އެވެ.

Readers Comments (16)

  1. I blog quite often and I genuinely thank you for your information. This article has truly peaked
    my interest. I will bookmark your website and keep checking for
    new details about once per week. I opted in for
    your RSS feed as well.

    Reply
  2. Heya i’m for the first time here. I came across this board and
    I in finding It really helpful & it helped me out much.
    I am hoping to give something back and help others such as you helped me.

    Reply
  3. Thanks to my father who told me concerning this webpage, this webpage
    is actually amazing.

    Reply
  4. Hi, all is going fine here and ofcourse every one is sharing data,
    that’s really fine, keep up writing.

    Reply
  5. Wonderful posts, Thanks a lot.
    Bestt Esseay writing
    Career interview essay https://admissionessaywritingservice.com/?college.essay.ghost.writer

    Reply
  6. Good day! I know this is kinda off topic but I was wondering which
    blog platform are you using for this website?
    I’m getting fed up of WordPress because I’ve had issues with
    hackers and I’m looking at options for another platform.
    I would be awesome if you could point me in the direction of a good platform.

    Reply
  7. Thnk you.I value it.
    Best Essay writing
    Dissertation en droit exemple https://servicethesis.com/how-long-is-an-autobiography

    Reply
  8. Youu actuallpy expressed that wonderfully.
    Best Essway writing
    Types of scentific research papers https://professionalessaywritingservice.com/my.favorite.book.essay.writing

    Reply
  9. Very well voiced without a doubt! .
    Best Esay writing
    Soft drink business plan pdf https://writingmypaper.com/what-makes-a-good-rhetorical-analysis

    Reply
  10. First off I want to say fantastic blog! I had a
    quick question which I’d like to ask if you do not mind.
    I was curious to find out how you center yourself and clear your head before writing.
    I’ve had difficulty clearing my mind in getting my thoughts out there.
    I truly do take pleasure in writing however it just seems like the first 10 to 15 minutes are usually wasted just trying to figure
    out how to begin. Any recommendations or hints? Cheers!

    Also visit my homepage – Ultra Keto X Burn Pills

    Reply
  11. A fascinating discussion is worth comment. I do believe that you should publish more about this subject matter, it might not be a taboo subject but generally people do not discuss these issues. To the next! Best wishes!!|

    Reply
  12. Hi there everyone, it’s my first go to see at this web site, and article is actually fruitful in favor of me, keep up posting such articles or reviews.|

    Reply
  13. I all the time used to read piece of writing in news papers but now as I am a user of net therefore from now I am using net for articles or reviews, thanks to web.|

    Reply
  14. Hi there, I discovered your web site by means of Google even as looking for a similar matter, your website came up, it seems to be great. I’ve bookmarked it in my google bookmarks.

    Reply
  15. Excellent post. I am going through a few of these issues as well..|

    Reply

ޚިޔާލު