އިސްޓާޓުނުވި ސައިކަލު

ލިޔުނީ: މުޙައްމަދު ޤާސިމް

ކަންކަމާ މާހިތް އަވަސްވެ، އަވަސް އަރުވާލައިގެން އުޅެން ޖެހުމުން ވަރަށް ތަފާތު ކަންކަމާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ކުރިމަތިވާ ކަންކަމުގެ ތެރޭގައި، ވަރަށް ހިތާމަހުރި ކަންކަމާއި އެހެން މީހުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާންޖެހޭފަދަ ކަންކަން ހިމެނެއެވެ. މީގެއިތުރުން ބައެއް ފަހަރު، ހިނިއަންނަ ޒާތުގެ ކަންކަމާ ވެސް ކުރިމަތިލާން ޖެހިފައިހުންނަނީ މަދެއްކޮށެއް ނޫނެވެ.
ރެއަށް އިރުއޮއްސުނުއިރު، އެރޭ އަށް ގަޑިބައިގައި އޮތް ރަސްމީ ބައްދަލުވުމަކަށް ވަނީ ދަޢުވަތު ލިބިފައެވެ. އެހެންނަމަވެސް އެ ރޭގެ އެޖެންޑާ ހަމަޖެހިފައިއޮތީ، ވަރަށް އަވަދިނެތި އުޅެންޖެހޭކަހަލަ ގޮތަކަށް ކަމަށްވާތީ، ކަންބޮޑުވާގޮތްވިއެވެ. ބައްދަލުވުމަކީ ވަރަށް މުހިންމު ބައްދަލުވުމެކެވެ. މަސައްކަތްކުރާ ދާއިރާގެ ގޮތުންނެވެ.

އިރު އޮއްސިއްޖެއެވެ. ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން، އެ ރޭ ކޮންމެހެން ކުރަންހުރި ބައެއް މަސައްކަތް ނިންމާލެވުނުއިރު، އަށެއް ޖަހަން ދިހަވަރަކަށް މިނެޓަށް ވެއްޖެއެވެ. ހިތަށް އެރިއެވެ. ހާދަހާ ލަސްވެއްޖެއެވެ. އަދި ފެންވަރަން އެބަޖެހެއެވެ. ފެންވެރުމަކީ، ކުޑަކުޑަ ކަމެކޭ ހީވިޔަސް، ބޮޑުކަމެކެވެ. ވަގުތުތަކެއް ނަގާ، ބުރަ ވެސް ކަމެކެވެ. ބައެއް މީހުން ފަސް ހަ މިނެޓުގެ ތެރޭގައި ފެން ވަރާލައިގެން ނިކުންނާތީ، ހަމަ ހައިރާންވެއެވެ. ހިތަށް އަރައެވެ. އެ މީހުން އެ ނިކުންނަނީ ފެން ވަރައިގެން ބާވައެވެ؟ ނޫނީ ކުޑައިރު މަންމަމެން ބުނާހެން “ބޮލަށް ދާންޏެއް، ދެކޮނޑަށް ދެ ދާނި އަޅައިގެން” ބާވައެވެ؟

އެ ގޮތަށް އަވަހަށް ފެންވެރޭތޯ އަޅުގަނޑު ވެސް ވަރަށް މަސައްކަތް ކުރީމެވެ. ކާމިޔާބެއް ނުވިއެވެ. އެންމެ އަވަހަށް ނިކުމެވޭ ފަހަރު ވެސް ފަނަރަ މިނެޓު، ވިހި މިނެޓު ނަގައެވެ. މިކަމާ ގޭ މީހުން ބައެއްފަހަރު ދިމާކޮށް ވެސް ހަދައެވެ. ފާޚާނާތެރޭ ކުރަނީ ކީއްހެއްޔެވެ؟ ނަށަނީ ހެއްޔެވެ؟ ކަސްރަތު ކުރަނީ ހެއްޔެވެ؟ އަޅުގަނޑު އަޅައެއް ނުލަމެވެ. އަޅައިލައިގެން ވަކިން ކުރާނީ ކީއްހެއްޔެވެ؟ ވާވަރުވިއްޔާއެވެ.

ގެއަށް ވަދެވުނުއިރު އަށެއް ޖަހަން ހުރީ ފަސް ވަރަކަށް މިނެޓެވެ. ތުވާއްޔާއި އެއްޗެހި ހިފައިގެން އަވަސްއަވަހަށް ފާޚާނާއަށް ދެމިގެންފީމެވެ. އެކަހަލަ ބައްދަލުވުމަކަށް ފަސްވަރަކަށް މިނެޓު ކުރިން ދެވޭތޯ ބަލަން ޖެހޭނެއެވެ. އެހެންނޫނީ ވާނީ ލަދުހުތުރު ކަމަކަށެވެ. އެކަން ސިކުނޑީގައި އޮންނާތީ ފެންވެރުނީ ވެސް ފާޑަކަށެވެ. ކުރިން ދެންނެވިހެން ކަންނޭނގެއެވެ.
ވަންތާ ދިހަވަރަކަށް މިނެޓުގެ ތެރޭގައި ނިކުމެއްޖައީމެވެ. ގޭ މީހުން ހައިރާންވިއެވެ. ވާނީ ވެސް އެހެންތާއެވެ. މިއީ އަދި ނުވާކަމެކެވެ. ކާމިޔާބެއްތާއެވެ. އެކަމަކު ކާމިޔާބެއްނަމަ ހިތަށް ފިނިކަމެއް ލިބޭނެއެވެ. އެ ކަމެއް ނުވިއެވެ. ފެންވެރުނު ކަމުގެ އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ.

ތައްޔާރުވެލައިގެން ގެއިން ނިކުތްއިރު، އަށްގަޑި ބައިވާން ހުރީ ހައެއްކަ މިނެޓެވެ. ނިކުމެނިކުމެ ހުއްޓާ ފޯނެއް އަންނަން ފެށިއެވެ. އަވަސްއަވަހަށް ޖީބުން ފޯނުނަގައި ބަލައިލީމެވެ. ރައްޓެސެކެވެ. ކިހިނެއްވީތޯ އަހައިލުމާއެކު ބުނީ، އޭނާ ވެސް އެ ބައްދަލުވުމަށް ދާންޖެހޭ ވާހަކައާއި ދާ މަގުމަތީގައި އެ ގޭ ދޮށަށް ކައިރިކޮށްލައި އޭނާ ގޮވައިގެން ދިޔުމަށެވެ. އަވަހަށް ނިކުންނާށޭ މިހާރު މި ކައިރި ކުރަނީއޭ ބުނެފައި، ސައިކަލަށް އަރައި ނައްޓާލައިފީމެވެ. ދުއްވުނީ ވެސް ތަންކޮޅެއް ބާރަށެވެ. ދާން ޖެހެނީ ގަލޮޅުން މާފަންނަށެވެ. ބައްދަލުވުން އޮތީ މާފަންނުގައި ކަމަށްވާތީއެވެ.

ނައްޓައިލިތާ ދެ މިނެޓެއްހައިއިރުގެ ތެރޭގައި، އެ ގޭ ދޮށަށް ކައިރި ކުރެވިއްޖެއެވެ. ރަހުމަތްތެރިޔާއެއް ނުނިކުމެއެވެ. ފޯނު ނަގައި ގުޅާލައިފީމެވެ. ނަގައިފިއެވެ. މިއިނީ ތިޔަ ގޭ ކައިރީގައޭ، އަވަހަށް ނިކުންނާށޭ ބުނުމާއެކު، އާނ މި ނިކުންނަނީއޭ ބުނެފައި، ފޯނު ކަނޑާލައިފިއެވެ. އަހަރެން މަޑުކޮށްލީމެވެ. ޕެޓްރޯލު ތަންކޮޅެއް މަދުވެފައި ހުރުމުން އިންޖީނު ނިވާލައިފީމެވެ. އިސްޓާޓު ކޮށްލުމަކީ މާދަތިކަމަކަށް ނުވާނެތީއެވެ. އެއީ ހަމައެންމެ ފިތާލުމެކެވެ.

މި ޖެހުނީ ދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ ގަޑިޖެހެނީއެވެ. ރަނގަޅަށް ފެން ވެސް ނުވަރައި ނިކުމެ މިއުޅެނީ، ގަޑިނުޖެހި ބައްދަލުވުމަށް ދެވޭތޯއެވެ. މިހާރު އެހެރަ ވަގުތު ކުޑަތަން ވަނީއެވެ. އަދިވެސް އޭނާ ނިކުންނާކަށް ނޫޅެއެވެ. ގަޑިޖެހެން ތިން މިނެޓަށް ވެއްޖެއެވެ. އަނެއްކާ ވެސް ގުޅައިފީމެވެ. މިނިކުންނަނީއަކުން ނޭރިއެވެ. އަވަސްކުރާށޭ، ގަޑިޖެހެނީއޭ، ބުނެފައި ފޯނު ބާއްވައިފީމެވެ. އަހަރެން އިނީ ހިތް އަވަސްވެފައެވެ. ޔަޤީނެވެ. މިހާރު އެންމެން ގޮސް ހަމަވެދާނެއެވެ. މިއަދު ގަޑި ނުޖެހި ދެވޭނޭގޮތެއް އެއީ ނެތް ގޮތެކެވެ. މީނާގެ ސަބަބުން ހުރިހައި ގެއްލުމެއް އަހަންނަށެވެ.

ހިތާހިތުން ކުދި ކިޔަކިޔައި އިންދާ އެކުވެރިޔާއަށް ގެއިން ނިކުމެވޭވަރު ވެއްޖެއެވެ. އޭރު ގަޑިޖެހެން ދެ މިނެޓަށް ވެއްޖެއެވެ. އަވަހަށް އަރާށޭ، މިހާރު އެ އޮތް ގަޑިޖެހެނީއޭ ބުނެފައި، އިސްޓާޓިން ބަޓަނަށް ފިތާލައިފީމެވެ. އިސްޓާޓެއް ނުވިއެވެ. އަޑެއް ވެސް އިއްވާނުލިއެވެ. ކަންތަކާ ޖެހުނީއެވެ. “ކެލެޖް” ކޮށްގެން ވެސް އުޅެއުޅެ ނުވިއެވެ. ރުޅި އަންނަގޮތް ވެއްޖެއެވެ. އެކަމަކު ރުޅި އަންނަންވީ ކާކު ދެކެ ހެއްޔެވެ؟ އެކުވެރިޔާ ދެކެ ހެއްޔެވެ؟ ނޫނީ ސައިކަލު ދެކެ ހެއްޔެވެ؟
“ކިކު ޖަހާބަލަ!” އެކުވެރިޔާ ހަނދާން ކޮށްދިނެވެ.

އެކުވެރިޔާގެ ބަހަށް އެކަން ފަށައިފީމެވެ. ދާހިއްލާން ފަށައިފިއެވެ. ގަޑިޖެހިގެން ހިނގައްޖެއެވެ. އިސްޓާޓުވާގޮތެއް ނުވިއެވެ. ވަރުބަލިވެ ގުނބުލެވޭގޮތްވުމުން ސައިކަލުން ފައިބައިފީމެވެ. ކިކުޖަހަން އެކުވެރިޔާއާ ހަވާލުކޮށްފައެވެ. އޭނާ ފަށައިފިއެވެ. ދާހިއްލާ ފޯވާންދެން އޭނާ ވެސް މަސައްކަތް ކޮށްފިއެވެ. ކަހާތަން ހިރުވައި ވެސް ނުލިއެވެ. ނުތަންވަޅު ވެގެން އުޅޭ ރެއެއްކަމުން، ސައިކަލު ވެސް އެއް ނަންބަރުގެ ޖެއްސުމެއް ކޮށްލީއެވެ.

އަށްގަޑި ސާޅީސް ފަހެއް ހިނގައިފިއެވެ. ބައްދަލުވުމަށް ދިޔުމުގެ ޚިޔާލު މުޅިން ދޫކޮށްލައިފީމެވެ. މިހާރު ދެން އެންމެ މުހިންމީ ސައިކަލު ހެދުމެވެ. އެހެން ތަނަކަށް ވެސް ދެވޭނީ މި އެތިގަނޑު ހެދިގެންތާއެވެ. މާ ދުރުނޫން ހިސާބެއްގައި ގަރާޖެއް ހުންނާނެއެވެ. އެހެންކަމުން ސައިކަލު ހިފައިގެން އަޅުގަނޑު ހިނގައިގެންފީމެވެ. އެކުވެރިޔާ ވެސް އަޅުގަނޑު ފަހަތުން އައެވެ.
ތަންކޮޅަކަށް ގޮސްފައި ކުއްލިއަކަށް ކަމެއް ހަނދާންވެގެން އަޅުގަނޑު މަޑުކޮށްލައިފީމެވެ. ސައިކަލާ ދިމާއަށް ބަލައިލައިފީމެވެ. ތަޅުދަނޑިއަށެވެ. ތަޅަށް ޖެހިގޮތަށް ތަޅުދަނޑި އެބަހުއްޓެވެ. އެކަމަކު……….. އަޅުގަނޑަށް ދެ ފަރާތަށް ބޯ ހަލުވައި ލެވުނެވެ. ހިތަށް އެރިއެވެ. ސަހަރޯއެވެ! މިއޮތް ކުރެވުނު ކަމެކެވެ. ތަޅުދަނޑި އެހެރީ އޭރު ސައިކަލު ނިވާލަން އަނބުރައިލި ގޮތަށެވެ. އިސްޓާޓު ކުރަން މިއޮތް ހުރިހައި މަސައްކަތް މިކުރެވުނީ ތަޅުނުހުޅުވާ ބަހައްޓައިގެންނެވެ.

މިކަން އެނގުމާއެކު އެކުވެރިޔާ ޖަހައިލީ “ނުލަފާ” ހިނިގަނޑެކެވެ. މިއީ ކަލޭގެ ކަންތަކޭ ބުނެފާނަމޭ ހިތަށް އެރިއެވެ. އެކަމަކު އެއްޗެއް ނުބުނަމެވެ. ސައިކަލަށް އަރައި އިށީނދެ، ތަޅުދަނޑި އަނބުރާލައިފައި ފިތާލައިފީމެވެ. ވަގުތުން އިސްޓާޓުވެއްޖެއެވެ. އެކުވެރިޔާ އެ ތަނަށް ދޫކޮށްލާފައި ނައްޓާލައިފީމެވެ. އެކަމަކު ޖަލްސާއަކަށް ނޫނެވެ. ގެއަށެވެ. އަނެއްކާ ވެސް ފެންވަރާށެވެ.

Readers Comments (22)

  1. I enjoy what you guys are usually up too. This sort of clever
    work and coverage! Keep up the superb works guys I’ve included you guys to
    our blogroll.

    Reply
  2. Hi there, its fastidious article concerning media print,
    we all know media is a impressive source of facts.

    Reply
  3. Hi, this weekend is pleasant in support of me,
    because this time i am reading this enormous educational
    article here at my residence.

    My homepage :: Inspired Keto Pills

    Reply
  4. Hi would you mind letting me know which web host you’re working
    with? I’ve loaded your blog in 3 different web browsers and I must say this blog loads a lot quicker then most.
    Can you recommend a good hosting provider at a reasonable price?

    Kudos, I appreciate it!

    Reply
  5. This is a very good tip particularly to those fresh to the blogosphere.

    Brief but very precise information… Many thanks
    for sharing this one. A must read article!

    Reply
  6. It’s hard to find well-informed people about this subject, but you seem
    like you know what you’re talking about! Thanks

    Reply
  7. Right away I am going away to do my breakfast,
    after having my breakfast coming over again to read further news.

    Reply
  8. I don’t even know how I ended up here, but I thought this post was great.
    I don’t know who you are but definitely you’re going to a
    famous blogger if you aren’t already 😉 Cheers!

    Reply
  9. hey there and thank you for your info – I’ve certainly picked up something new from right here.

    I did however expertise several technical issues using this site,
    as I experienced to reload the website a lot of times previous to
    I could get it to load correctly. I had been wondering if your hosting is OK?
    Not that I’m complaining, but slow loading instances
    times will often affect your placement in google and could damage
    your quality score if advertising and marketing with Adwords.
    Anyway I am adding this RSS to my e-mail and could look out for a
    lot more of your respective exciting content.
    Make sure you update this again soon.

    Reply
  10. Wonderful work! This is the kind of information that are supposed to
    be shared across the internet. Disgrace on Google for
    now not positioning this submit upper! Come on over and visit my site .
    Thank you =)

    Reply
  11. of course like your web-site however you need to take a
    look at the spelling on quite a few of your posts.
    Many of them are rife with spelling issues and I to find it very troublesome to inform
    the truth however I’ll certainly come back again.

    Reply
  12. No matter if some one searches for his essential thing, so he/she wishes
    to be available that in detail, thus that thing is maintained
    over here.

    Reply
  13. The other day, while I was at work, my sister stole my iPad and tested to see if it can survive a 25 foot
    drop, just so she can be a youtube sensation. My iPad is
    now broken and she has 83 views. I know this is totally off
    topic but I had to share it with someone!

    Reply
  14. It’s great that you are getting thoughts from this paragraph as well as from our discussion made at this
    time.

    Reply
  15. Hello there! Do you know if they make any plugins to safeguard against
    hackers? I’m kinda paranoid about losing everything I’ve worked hard on. Any recommendations?

    Reply
  16. Quando vergasta a rafa entre uma alimento e
    outra, é necessário que você tenha opções saudáveis ​​para não desabar em tentação. https://bit.ly/100-peso

    Reply
  17. Highly descriptive article, I loved that a lot. Will there be a part 2?|

    Reply
  18. When some one searches for his essential thing, thus
    he/she wants to be available that in detail, therefore
    that thing is maintained over here.

    Reply
  19. Whoa, exceptional weblog structure! Јust how long һave yoᥙ Ƅеen blogging f᧐r?

    yoս mаke blogging effortless. Тhе ovewrall ⅼooҝ of yоur
    web site is excellent, neattly as tthe content material!

    mу site; rebounder mini trampoline

    Reply
  20. Just wish to say your article is as astonishing. The clarity in your post is simply excellent and i could assume you’re an expert on this subject. Well with your permission allow me to grab your RSS feed to keep updated with forthcoming post. Thanks a million and please carry on the gratifying work.|

    Reply
  21. I’m not that much of a online reader to be honest but your sites really nice, keep it up! I’ll go ahead and bookmark your website to come back later on. Cheers|

    Reply
  22. Fine way of describing, and nice paragraph to get facts about my presentation topic, which i am going to deliver in academy.|

    Reply

ޚިޔާލު