ނަތީޖާ

ޒަހީނާއި އިކުލީލާ ފިކުރު ބޮޑުވަމުން ދިޔައީ، އެ ދެ މީހުންގެ ދޮށީ ދަރިފުޅުގެ އުޅުމަށް އަންނަމުންދާ ބަދަލުތަކާ މެދުގައެވެ. އުމުރުން އަދި އެންމެ ހަތްއަހަރުގެ އަނިލްއަކީ، ކުރިން އެއީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ. ބަސްއަހާ ކުއްޖެކެވެ. އެހެންނަމަވެސް މިއަދު އެ ސިފަ ވަނީ ބަދަލުވެފައެވެ. ހިތްހަމަ ނުޖެހޭ ކަމެއް ކުރިމަތިވާއިރަށް އަންނަނީ ސިނގު ރުޅިއެކެވެ. އެ ރުޅިގަނޑު އަތުވެއްޖެ ނަމަ، ނިމުނީއެވެ. ހެދޭ ނުހެދޭއެއް ވެސް ބައެއް ފަހަރު އެ ކުއްޖާއަށް ނޭނގޭހައި ވެއެވެ. ހަތަރު އަހަރުގެ ކޮއްކޮގެ ގައިގައި ތަޅައި ވެސް ގަންނަނީއެވެ.

މިފަދަ ކޮންމެ ވަގުތަކު އިކުލީލާ އައިސް މަޑުމައިތިރިކަމާއެކު އަނިލްއަށް ނަސޭޙަތް ދެއެވެ. ރުޅިއަކީ އިބިލީހުގެ ކިބައިން އަންނަ ނުބައި ސިފައެއްކަމަށް ބުނެދެއެވެ. ބާރަށް ހަޅޭއްލަވައި، ކުދިންގައިގައި ތަޅާހެދުމަކީ ގޯސް ކަމެއްކަން ހަނދާންކޮށްދެއެވެ.

ކިތަންމެ ވާހަކައެއް ދެއްކިޔަސް، ކެނޑިނޭޅި ނަސޭޙަތް ދިނަސް، އަނީލްގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. އެއްދުވަހުން އަނެއް ދުވަހަށް ވަނީ ގޯހެވެ. އެކަން އެނގެނީ، ކުރިން އެފަދަ އަމަލުތައް އަނިލްގެ ކިބައިން ފެންނަނީ، ހަމައެކަނި ރުޅި އައުމުންކަމަށް ވެފައި، މިހާރު ބައެއް ފަހަރު މަޖަލަކަށް ވެސް ހަޅޭއްލަވާތީއެވެ. ކަމަކާ ނުލައި ތަދުވާ ކަހަލަ ގޮތްގޮތް ކޮއްކޮއަށް ހަދައިލާތީއެވެ. ކުޅޭކުޅޭ ކަނޑި ފަދަ އެއްޗެހިން މަޖަލަކަށް ހަދާފައި ކޮންމެ ފަދަ ތަނަކު ވެސް ޖަހައިފާނެއެވެ. ކޮއްކޮ އައިސް މަންމަގާތު އެވާހަކަ ބުނެފި ނަމަ، ބަދަލުހިފުމުގެ ގޮތުން އިތުރު އަނިޔާއެއް ދޭނެއެވެ.

އިކުލީލާ އެންމެ ކަންބޮޑުވީ ކުލާހުގެ ކުދިންނަށް އަނިލްގެ ކިބައިން އަނިޔާ ލިބޭ ވާހަކަ ކުލާސް މިސް ބުނުއްވި ދުވަހުއެވެ. މިސް ބުނުއްވީ އަނިލްގެ ހިތުގައި އެއްވެސް ކުއްޖަކާ ދޭތެރޭ ރަޙުމެއް ނުހުރެއެވެ. ރުޅި އަންނަނީ ވެސް މާ އަވަހަކަށެވެ. ރުޅި އަތުވެއްޖެ ނަމަ، ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އެދުވަހު ވެސް ގެންގުޅުނު ފަތިގަނޑުން ކުއްޖެއްގެ ބޮލުގައި ޖެހީއެވެ. އެކުއްޖާގެ ބޯ ފެޅުނެވެ.

“ގްރޭޑް އެކެއްގަ ވެސް އަޅުގަނޑު އަނިލްއަށް ކިޔަވައިދިނިން. އޭރު އެއީ ހާދަ މަޑުން އިންނަ ކުއްޖެކޭ. ކީއްވެތޯ މިހާ ބޮޑު ބަދަލެއް އައިސްގެން މިއުޅެނީ؟” މިސް ސުވާލު ކުރެއްވިއެވެ.

ކްލާސް މިސްގެ ސުވާލަށް ދޭނެ ޖަވާބެއް އިކުލީލާއަކަށް ނުވިސްނުނެވެ. އަނިލްއަކީ ވިޔާނުދާ މަގަކުން ދަތުރު ކުރުމުގެ އެއްވެސް ފުރުޞަތެއް އޮތް ކުއްޖެއް ނޫނެވެ. މަންމައާއި ބައްޕަގެ ބެލުމުގެ ދަށުގައި، ބޭނުން ކޮންމެ އެއްޗެއް ހޯދައި ދީގެން، ނުލާހިކު ލޯބިން ރަނގަޅަށް ގެންގުޅެމުން އަންނަ ކުއްޖެކެވެ. ވީއިރު އެފަދަ ބޮޑު ބަދަލެއް އަންނާންވީ ކީއްވެގެން ހެއްޔެވެ؟

ކަންބޮޑުވި ވަރުން އޮފީސް އެކުވެރިއަކާ ޒަހީން މަޝްވަރާ ކުރިއެވެ. އެކުވެރިޔާ ވިސްނީ ތަފާތު ނަޒަރަކުންހެން ހީވެއެވެ. ފުރަތަމަ ވެސް ބުނީ ތިކަމުގައި ބޮޑު ސަބަބެއް އޮންނާނެ ކަމަށެވެ. ޒަހީނަކަށް ގަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ.

“އެ ސޮރު އެކަނި ބޭރަށް ގޮސް އުޅޭތަ؟” އެކުވެރިޔާ އަހައިލިއެވެ.

“ނުދާނެ!” އަވަސް އަވަހަށް ޒަހީނަށް ބުނެވުނެވެ. ދުވަހަކު ވެސް ނުދާނެ! އޭނަ މަންމައާއެކު ނޫނީ މަށާއެކު ދާނީ. އެހެންނޫނީ ގޭގަ އުޅޭނީ. ގެއަކަށް ފާޑުފާޑުގެ ކުދީންނެއް ވެސް ނުގެންނާނެ. އެހެންވީމަ ވިޔާނުދާ ސިފައެއް އަށަގަނެގެން ނުވާނެތާ.”

“ޒަހީނަށް އެނގޭތަ ޅެންވެރިޔާ ވިދާޅުވަނީ ކީކޭކަން؟”

“ށޭ ނިކަން ބައްލަވާ
ޅޭ ގެންގުއިރު މައިބަފާ
ބޭރަށް ނުނެރެ ގާތުގާ
ނޭ ބަލަ ފަރިތައެއް ވެދާ
ތޭމަ ދެ ގޮތެއް ހިތަކު ލާނެ
ޔޭ ގައިމޭ ނުފިލާނެ”

“އެހެންވީމާ ގެއިން ބޭރަށް ނުގޮސް ގޭގައި އިނުމަކުން އަދި ހިތްހަމަޖައްސާލެވޭކަށް ނެތް.” ޒަހީނުގެ މޫނަށް ބަލަން އިނދެ އެކުވެރިޔާ ވާހަކަދެއްކިއެވެ. “ކިހިނެއްތަ ގޭތެރޭގައި އެސޮރު އުޅެނީ؟ މިބުނީ ހުސްވަގުތު ކޮންކޮން ކަންކަމެއްހޭ އާންމުކޮށް ކޮށްއުޅެނީ؟” އެކުވެރިޔާ ސުވާލުކުރިއެވެ.

“ހުސްވަގުތު އާންމުކޮށް އިންނާނީ ކޮންޕިއުޓަރު ދޮށުގަ. ކާޓޫނެއް ނޫނީ ފިލްމެއް ބަލަން. ގޭމްވެސް ކުޅޭނެ.”

“ޒަހީން ބެލިންތަ ތިއިން އެއްވެސް ފިލްމެއް، ކާޓޫނެއް އެއްޗެއް؟”

“ކީއްކުރަން ބަލަންވީ؟ މުޅިންވެސް ހުންނާނީ އެ އުމުރުގެ ކުދިންނަށް ޚާއްޞަކޮށްފަ ހުންނަ ކާޓޫނާއި ގޭމާއި ފިލްމު. އެއަކުން ކުރާނެ ގޯސް އަސަރެއް ނޯންނާނެ.”

“ތީ އަދި ރަނގަޅު ވިސްނުމެއް ނޫން!” އެކުވެރިޔާ ބޯ ހަލުވައިލިއެވެ. “އެނގޭތަ؟ ތިބުނާ ގިނަ ފިލްމުތަކާއި ކާޓޫނުތަކުގަ ހުންނާނީ ތަޅާފޮޅުން، އަނިޔާވެރިކަން، ބަދަލުހިފުން. ދަރިފުޅަށް ތި އަންނަ ބަދަލުގެ އަސްލަކީ އެއީ ކަމަށް ވެދާނެ!”

ޒަހީން ވިސްނާލިއެވެ. އެކުވެރިޔާ އެ ބުނީ ރަނގަޅު ވާހަކައެއް ކަމަށް ވެދާނެއެވެ. ކުރިން އަނިލްއަކަށް އެފަދަ އެއްވެސް އެއްޗެއް ޒަހީން ހޯދައެއް ނުދެއެވެ. ފުރަތަމަ އަނިލްއަށް އެފަދަ އެއްޗެއް ލިބުނީ އޭނާގެ ހަވަނަ އުފަންދުވަހުއެވެ. ފިލްމާއި ކާޓޫނާއި ގޭމް ފަދަ އެއްޗިއްސަށް އޭނާގެ ހިތްޖެހުނީ އޭގެ ފަހުންނެވެ. އަލަށް ނިކުންނަ ކޮންމެ ގޭމެއް، ކޮންމެ ކާޓޫނެއް ޒަހީނަށް ގަންނަން ޖެހުނީ އޭގެ ފަހުންނެވެ. އަނީލްގެ ކިބައިގައި ރުޅިވެރިކަމާއި އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ހުޅުކޮޅު ދިއްލުނީ ވެސް އޭގެ ފަހުންނެވެ.

އެރޭ ޒަހީން ގެއަށް ދިޔައީ ދިހަގަޑި ބައިވި ފަހުންނެވެ. އަނިލް ނިދާހައިއިރު ކޮށްފައެވެ. އޭރު އިކުލީލާއަށް ވެސް އޮތީ ނިދިފައެވެ. ޒަހީން ގޮސް ކޮންޕިއުޓަރު ހުޅުވިއެވެ. ދަރިފުޅު ބަލާ ފިލްމުތަކާއި ކާޓޫނުތައް މަތިމަތީން ބަލައިލިއެވެ. އެކުވެރިޔާ ބުނީ ވަރަށް ރަނގަޅު ވާހަކައެކެވެ. އެއީ ކުދީންނަށް ދައްކަން ހެޔޮވާވަރުގެ އެއްޗިއްސެއް ނޫނެވެ. ކުދީންގެ އަޚުލާޤާ ކުޅެލައި މަގުފުރައްދާނެ ހުރިހައި ކުލައެއް އޭގައި އެބަ ހުއްޓެވެ. ގޭމުތައް ވެސް އެފަދައެވެ.

ޒަހީން ބަލާކަށް ނުހުރެ ހުރިހައި އެއްޗެއް “ޑިލީޓް” ކޮށްލިއެވެ. ކޮންޕިއުޓަރު ވެސް ނުހުޅުވޭގޮތް ހެދިއެވެ. އިކުލީލާއަށް ހުރިހައި ވާހަކައެއް ކިޔައިދިނެވެ.

އަނިލްގެ ކުރިމަތީގައި ހެދީ ކޮންޕިއުޓަރު ހަލާކުވީކަމަށެވެ. ޒަހީން އަތުގައި ހަދާނެ ފައިސާ ނެތްކަމަށެވެ. ފުރަތަމަ ކޮޅު އަނިލްގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. ފޫހިވެގެން ފޫހޭކިވަރު ބުނެދޭން ވެސް ނޭނގެއެވެ. އެހެންނަމަވެސް ޒަހީން ކެތްތެރިވިއެވެ. އަނިލްއަށް ހެޔޮ ބަދަލެއް އާދޭތޯ މަސައްކަތް ފެށިއެވެ. ފޫހިވީމަ ކިޔައިލާށޭ ކިޔާފައި ގެއަށް ގެންނަންފެށީ ރީތި ސިފަތައް އެއިން އަށަގަންނާނޭ ފަދަ ވާހަކަފޮތްތަކެވެ.

ފުރަތަމަ އެއިން ފޮތެއްގައި އަނިލް އަތެއް ނުލައެވެ. ފޫހިވެގެން އެނބުރޭން ފެށުމުން އެތަނުން ފޮތެއް ނަގައިގެން، ދެ ބެންނަށް ކިޔައިދޭން އިކުލީލާ ފެށިއެވެ. މިހެން ހަދަން ފެށުމުން އަނިލްގެ ހިތުގައި އެ ފޮތްތަކަށް ޝައުޤުވެރިކަން އުފެދޭން ފެށިއެވެ. ބައެއް ފަހަރު އަމިއްލައަށް ވެސް ފޮތް ނަގައިގެން ކިޔަން ފެށިއެވެ. މަޑުމަޑުން އަނިލްގެ އުޅުމަށް ބަދަލު އަންނާން ފަށައިފިކަން ޒަހީނާއި އިކުލީލާއަށް ފާހަގަކުރެވެން ފެށިއެވެ.

Readers Comments (22)

  1. bookmarked!!, I really like your website!

    Reply
  2. I?m not that much of a online reader to be honest but your blogs really
    nice, keep it up! I’ll go ahead and bookmark your website
    to come back down the road. Cheers

    My web page … XPro Drone App

    Reply
  3. I have learn a few just right stuff here. Definitely worth bookmarking for revisiting.

    I wonder how a lot effort you set to make one of these excellent informative website.

    Reply
  4. Hello.This article was really motivating, particularly since I
    was investigating for thoughts on this subject last
    Wednesday.

    my website :: Green Leaf Healing CBD

    Reply
  5. If you are going for most excellent contents like me, simply pay a quick visit this web page daily for the reason that it offers feature contents,
    thanks

    Reply
  6. Good stuff Thanks a lot.
    Bestt Essway writing
    write me an essay https://buyessayonlineforcheap.com

    Reply
  7. Information effectively taken.!
    Best Essay writing
    essay https://buyessayonlinereviews.com

    Reply
  8. Superb write ups, With thanks!
    Best Essay writing
    essay https://buyessayonlinesafe.com

    Reply
  9. Amazing a good deazl of excellent data!
    Best Essay writing
    buy essay paper https://essaygood.com

    Reply
  10. Well voiced of course. !
    Best Essy writing
    essay helper https://argumentativewriting.com

    Reply
  11. Wonderful write ups. Thanks.
    Best Essay writing
    buy cheap essays online https://allbestessaywritingservice.com

    Reply
  12. Thanks a lot! Helpful stuff!
    Best Essay writing
    essay https://cheapessaywritinghelp.com

    Reply
  13. Thanks. I like it!
    Best Essay writing
    paper writing service https://researchpaperorder.com

    Reply
  14. I wanted to thank you one more time for your amazing web-site you have designed here.

    It is full of useful tips for those who are definitely interested
    in this specific subject, especially this very
    post. Your all really sweet in addition to thoughtful of others
    as well as reading your site posts is a wonderful delight
    in my experience. And such a generous surprise! Dan and I are going to have fun making use of your recommendations
    in what we should do in a few weeks. Our checklist is a mile long which means that your tips will be put to good use.

    Check out my web page :: Aktiv Keto Pills

    Reply
  15. Helpful information. Lucky me I found your site by chance,
    and I’m stunned why this twist of fate didn’t came about earlier!
    I bookmarked it.

    Reply
  16. Loving the info on this site, you have done outstanding job on the posts.

    Look into my page – Green Leaf Healing CBD Tincture

    Reply
  17. This post offers clear idea in favor of the new viewers of blogging, that really how
    to do running a blog.

    Here is my web page; written by Uniqueketochoice

    Reply
  18. Magnificent beat ! I would like to apprentice while
    you amend your site, how could i subscribe for a weblog site?
    The account aided me a appropriate deal. I have been a little bit acquainted of this your broadcast
    provided vibrant clear idea.

    Also visit my blog post: Life Vibes CBD Oil Review

    Reply
  19. Excellent, what a weblog it is! This blog provides useful information to us, keep it up.|

    Reply
  20. Wow, that’s what I was exploring for, what a material! present here at this blog, thanks admin of this website.|

    Reply
  21. An interesting discussion is definitely worth comment. I do think that you ought to publish more on this subject matter, it might not be a taboo subject but generally people don’t speak about these issues. To the next! Best wishes!!|

    Reply
  22. I do not even know the way I stopped up right here, but I thought this publish was once good. I do not recognise who you might be however definitely you are going to a famous blogger in the event you aren’t already. Cheers!|

    Reply

ޚިޔާލު