ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި
ތަޢާރަފު:
އާބާދީގައި 3286 މީހުން ހިމެނޭ ޖ. ފަސްދުއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އެ ރަށުގެ ކުދީން ތަޢުލީމު ހާޞިލުކުރަމުން ގެންދާ މަދަރުސާ ކަމަށްވާ، ނޫރުމަދަރުސާގެ ނަތީޖާ ދަށްވެ، އެ މަދަރުސާއާމެދު މީހުން ދެކެމުން އަންނަގޮތް ބަދަލުވުމެވެ. އެހެންކަމުން މި ރިޕޯޓުގެ މަޤުޞަދަކީ، ނޫރުމަދަރުސާ މި ޙާލަތަށް ބަދަލުވާން މެދުވެރިވި ސަބަބުތަކާއި އެކަންކަން ޙައްލުކުރަން އެޅެންހުރި ފިޔަވަޅުތައް ބަޔާންކުރުމެވެ. އެގޮތުން މި ރިޕޯޓުގައި ބަލައިލާނީ، މި މައްސަލަ ކުރިމަތިވުމަށް މެދުވެރިވެފައިވާ ސަބަބުތައްކަމަށްވާ، މަދަރުސާގެ ކިޔަވައިދިނުމުގެ ފެންވަރުދަށްވުމާއި، ވެރީންގެ ފަރުވާކުޑަވުމާއި، ކުލާސްރޫމުގައި ބޭނުންކުރާ ވަޞީލަތްތަކުގެ ފެންވަރުދަށްވުމާއި ބެލެނިވެރީން ސްކޫލުގެ ކަންކަމަށްދޭ ސަމާލުކަން ކުޑަވުމުގެ އިތުރުން، ދަރިވަރުންގެ އަޚުލާޤު ދަށްވުމުގެ މައްޗަށެވެ. މިއީ ޖ. ފަސްދުއަށް ގޮސް ކަމާ ގުޅުން ހުރި ފަރާތްތަކާ ކުރެވުނު އިންޓަވިއުތަކާއި ސާވޭގެ އިތުރުން ސްކޫލުގެ ލިޔެކިޔުންތަކާއި އޮބްޒަވޭޝަންތަކުން ލިބުނު މައުލޫމާތުގެ އަލީގައި، ޖ. އަތޮޅު އަތޮޅުކައުންސިލް އިދާރާގެ ރިސަރޗު އެނަލިސްޓު ހަސަންވަހީދު އެކުލަވާލައިފައިވާ ރިޕޯޓެކެވެ.
މަދަރުސާގެ ވެރީންގެ ފަރުވާކުޑަވުން
ނޫރު މަދަރުސާގެ ވެރީން ފަރުވާކުޑަވުމަކީ މި މަދަރުސާގެ ނަތީޖާދަށްވެ، މަދަރުސާއާމެދު މީހުން ދެކެމުން އައި ގޮތް ބަދަލުވާން މެދުވެރިވި އެއް ސަބަބެވެ. މި މަދަރުސާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ ތެރެއިން 10 މުވައްޒަފަކާ ސުވާލުކުރުމުން އޭގެ %100 މުވައްޒަފުން ގަބޫލުކުރާ ގޮތުގައި، މަދަރުސާގެ ކަންކަން ގޯހުން ގޯހަށް ގޮސްފައި މިވަނީ، ތަނުގެ ވެރީންގެ ފަރުވާ ކުޑަކަމުންނެވެ. މަދަރުސާގެ ޕްރިންސިޕަލް ވެސް ރަސްމީ ގަޑީގައި ސްކޫލުގެ ކަންކަމަށް ހޭދަކުރާ ވަގުތަށްވުރެ، އަމިއްލަ ކަންކަަމުގައި ހޭދަކުރާ ވަގުތު ގިނައެވެ. މުދައްރިސުން ކިޔަވައިދޭތޯއާއި ފިލާވަޅަށް ތައްޔާރުވޭތޯ ބަލާ ވެރިއަކު ނުހުރެއެވެ. މިކަމާ ގުޅިގެން މަދަރުސާގެ ސާނަވީ ކުލާސްތަކުގައި ކިޔަވަމުން އަންނަ 30 ދަރިވަރުން ހިމަނައިގެން ކުރި ސާވޭއަކުން އެނގުނީ، މިހާރަކަށް އައިސް ކުލާސްތަކަށް މަދަރުސާގެ ވެރީން އެއްގޮތަކަށް ވެސް ވަދެނުލާކަމެވެ. މުދައްރިސުން ކިޔަވައިދޭ ގޮތް ބަލައިލައި، ކުލާހެއް އޮބްޒަރވް ކޮށްލާ ލީޑިން ޓީޗަރަކު ނޫޅޭކަމެވެ. ސްކޫލްގެ ރެކޯޑުތަކުން ދައްކާގޮތުގައި، މި މަދަރުސާގައި ކިޔަވައިދޭ އެއްވެސް ޓީޗަރެއްގެ ކުލާހެއް، ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އޮބްޒަރވް ކުރެވި ފީޑުބެކް ދެވިފައެއް ނެތެވެ.
ކިޔަވައިދިނުމުގެ ފެންވަރު ދަށްވުން
ނޫރު މަދަރުސާގެ ކިޔަވައިދިނުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން، މި މަދަރުސާއާމެދު މީހުން ދެކެމުން އައި ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި މަދަރުސާގެ ސާނަވީ ކުލާސްތަކުގައި ކިޔަވަމުން އަންނަ 50 ދަރިވަރުންގެ ތެރެއިން 43 ދަރިވަރުން ބުނި ގޮތުގައި، މިހާރަކަށް އައިސް މަދަރުސާގެ މުދައްރިސުން ކިޔަވައިދިނުމުގައި ވަރަށް ފަރުވާކުޑައެވެ. ބައެއް ގަޑިތައް ހުސްކޮށް ދިޔުމާއި މުދައްރިސުން ގަޑިއަށް ކުލާހަށް ނައުމަކީ ޢާންމު ކަމެކެވެ. ކުލާހަށް އަންނަ މުދައްރިސުން ވެސް ކިޔަވައިދެނީ ނަމަކަށެވެ. ފިލާވަޅަށް ތައްޔާރުވެފައެއް ނުހުރެއެވެ. މިކަމާގުޅިގެން މަދަރުސާގެ 60 ބެލެނިވެރިންނާ ސުވާލުކުރުމުން %90 ބެލެނިވެރީން ބުނާގޮތުގައި ފަހަކަށް އައިސް މަދަރުސާއިން ކުދީންނަށް ފިލާވަޅު ވެސް ނަގައިދެނީ ވަރަށް މަދުންނެވެ. އަދި ކުދީން ކޮށްފައި ހުންނަ މަސައްކަތް، މުދައްރިސުން ބަލާފައެއް ނުހުރެވެ. މަދަރުސާގެ ވޭތުވެދިޔަ 5 އަހަރުގެ ރެކޯޑުތަކުން ދައްކާގޮތުގައި، ދަރިވަރުންގެ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް ވަނީ ދަށްވެފައެވެ. އެ ގޮތުން މީގެ 5 އަހަރު ކުރިއާ އަޅައިބަލާއިރު މަދަރުސާގެ ނަތީޖާ ވަނީ %34.3 ދަށަށް ގޮސްފައެވެ.
ކުލާސްރޫމުގައި ބޭނުންކުރާ ވަޞީލަތްތަކުގެ ފެންވަރު ދަށްވުން
ނޫރު މަދަރުސާގައި ކިޔަވައިދޭން ބޭނުންކުރާ ވަޞީލަތްތަކުގެ ފެންވަރު ދަށްވުމަކީ ވެސް، މި މަދަރުސާއާމެދު މީހުން ދެކޭގޮތް ބަދަލުވުމުގެ ސަބަބެކެވެ. ނޫރު މަދަރުސާގެ ކުލާސްތަކަށް ޒިޔާރަތްކޮށް ބެލި ބެލުމުން އެނގުނު ގޮތުގައި، އެ މަދަރުސާގެ ކޮންމެ ކުލާސްރޫމެއްގައި ވެސް ހުންނަނީ ކަޅުބޯޑެވެ. އެއިން ކޮންމެ ބޯޑެއް ވެސް ގިނަ ދުވަސްވުމުގެ ސަބަބުން ހުރީ ވަރަށް ބޮޑަށް ހަލާކުވެ، ކަސްވެފައެވެ. ކިޔަވައިދިނުމަށް ބޭނުންކުރާ، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތެއް ނެތެވެ. 6 ކުލާސްރޫމު ހުރިއިރު، 4 ކުލާހުގައި ހުރި ފަންކާތައް ހުރީ ހަލާކުވެފައެވެ. އަނެއް 2 ކުލާހުންކުރެ ކޮންމެ ކުލާހެއްގެއި ވެސް މަސައްކަތްކުރާ ހުރީ އެންމެ ފަންކާއެކެވެ. މިކަމާ ގުޅޭ ގޮތުން މި މަދަރުސާގެ ސާނަވީ ކުލާސްތަކުގައި ކިޔަވާ 50 ދަރިވަރަކާ ސުވާލުކުރުމުން، އެއިން ކޮންމެ ކުއްޖަކު ވެސް ބުނެފައިވަނީ، ކުލާހުގައި ހުންނަ ބޯޑުގައި އެއްޗެއް ލިޔުނަސް ނުސާފުކަމުން ކިޔަން ދަތިކަމަށެވެ. އަނެއްކޮޅުން އަވި ގަދަ ދުވަސްދުވަހު، ހޫނުވާވަރުން ކިޔަވަން ދަތިވާ ކަމަށެވެ. މި މަދަރުސާގައި ކިޔަވައިދޭ ދިވެހި ނަސްލުގެ 10 މުދައްރިސުން ހިމަނައިގެން ހެދި ސާވޭއަކުން ދެއްކި ގޮތުގައި، ކިޔަވައިދިނުމަށް ބޭނުންވާ އެކަށީގެންވާ ވަޞީލަތްތައް ނެތުމުގެ ސަބަބުން، އެ މުދައްރިސުންނަށް އެންމެ އެދެވޭ ގޮތަކަށް ކިޔަވައެއް ނުދެވެއެވެ.
ބެލެނިވެރިން ސްކޫލްގެ ކަންކަމަށްދޭ ސަމާލުކަން ކުޑަވުން
ނޫރު މަދަރުސާގެ ބެލެނިވެރިން އެ ސްކޫލުގެ ކަންކަމަށް ދޭ ސަމާލުކަން ކުޑަވުމުގެ ސަބަބުން ވެސް، އެ ސްކޫލުގެ ކަންކަން ދަށަށްދެއެވެ. މަދަރުސާގެ ބެލެނިވެރީންގެ ޖަމިއްޔާ ހިންގުމާ ހަވާލުވެހުރި ލީޑިންގ ޓީޗަރު ބުނިގޮތުގައި، މިއީ ހަމަ ނަމަކަށް އޮތް ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އެއްވެސް ހަރަކާތެއް ނުހިންގެއެވެ. ބެލެނިވެރީންނަށް ކަމަކަށް ކިޔަސް، އެކަމަކަށް އަަމަލީ ސިފައެއް ނާދެއެވެ. މިކަމާ ގުޅިގެން އެ މަދަރުސާގެ އެކި ގުރޭޑުތަކުން 80 ބެލެނިވެރީން ހިމަނައިގެން ކުރި ސާވޭއަކުން ދެއްކި ގޮތުގައި، މަދަރުސާއިން ރާވާ ކަންކަމަށް ބެލެނިވެރީން އެކަށީގެންވާ ސަމާލުކަމެއް ނުދެއެވެ. ސާވޭގައި ބައިވެރިވި ބެލެނިވެރީންގެ ތެރެއިން، މަދަރުސާއިން ރާވާ ކަންކަމަށް ކުޑަކޮށް ވެސް އެއްބާރުލުން ދެނީ އެންމެ %12 ބެލެނިވެރީންނެވެ. މިކަމާ ގުޅިގެން މަދަރުސާގެ 15 މުދައްރިސުންނާ ސުވާލުކުރުމުން އޭގެތެރެއިން 11 މުދައްރިސުން ބުނިގޮތުގައި ކުދީންގެ ކިޔެވުމާއި އަޚުލާޤީ މައްސަލަތައް ގޯސްވެފައިވާއިރު، މިކަންކަން ރަނގަޅުކުރުމަށް ބެލެނިވެރީންގެ އެއްބާރުލުމެއް އެއްވެސް ވަރަކަށް ނުލިބެއެވެ.
ދަރިވަރުންގެ އަޚުލާޤީ ފެންވަރު ދަށަށްދިޔުން
ނޫރު މަދަރުސާއާމެދު މީހުން ދެކޭގޮތް ބަދަލުވެ، ނަތީޖާ ދަށަށް ދިޔުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، އެ މަދަރުސާގައި ކިޔަވާ ދަރިވަރުންގެ އަޚުލާޤު ގޯސްވަމުން ދިޔުން ވެސް ފާހަގަކުރެވެއެވެ. މަދަރުސާގެ ދިވެހި ނަސްލުގެ 10 މުދައްރިސުންނާ ސުވާލުކުރުމުން، އޭގެތެރެއިން 9 މުދައްރިސުން އެއްބަސްވާ ގޮތުގައި، މިހާރު އެ މަދަރުސާގެ ގިނަ ކުދީން މުދައްރިސުންނަށް އިޙުތިރާމެއް ނުކުރެއެވެ. ބުނެލަނީ ހިތަށްއެރި އެއްޗެކެވެ. މަދަރުސާގެ ވޭތުވެދިޔަ 6 މަސްދުވަހުގެ ރެކޯޑުތަކުން ދައްކާގޮތުގައި، ދަރިވަރުންގެ އަޚުލާޤާ ގުޅިފައިވާ 845 މައްސަލަ މަދަރުސާއަށް ހުށައެޅިފައި ވެއެވެ. މީގެތެރޭގައި ވައްކަމާއި މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަަތައް ވެސް ހިމެނެއެވެ. އެހެންނަމަވެސް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން މަދަރުސާއިން ބަލައި، ފިޔަވަޅު އަޅާފައިވަނީ އެންމެ %9 މައްސަލައެވެ. ކުދީންގެ އަޚުލާޤަށް މިފަދަ ބޮޑެތި ބަދަލުތައް އައިސްފައިވާތީ، އެކަމާ ގުޅިގެން މަދަރުސާގެ 45 ބެލެނިވެރީން ހިމަނައިގެން ހެދި ދިރާސާއަކުން އެނގުނީ، ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް އިތުރުވެ، މިހައި ހިސާބަށް ގޮސްފައި މިވަނީ، މަދަރުސާއިން އެކަންކަން ޙައްލުކުރަން އެކަށީގެންވާ ފިޔަވަޅު ނާޅައި ދޫކޮށްލުމުންނާއި އެކަންކަމަށް ބެލެނިވެރީން ދިން ސަމާލުކަން ކުޑަވުމުންކަމެވެ.
ޙައްލު:
ޖ. ފަސްދޫ ނޫރު މަދަރުސާގެ ނަތީޖާ އިންތިހާއަށް ދަށްވުމުގެ މައްސަލައަށް މިވަނީ އަވަސް ޙައްލެއް ބޭނުންވެފައެވެ. މިކަމަށް ޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް މިވަނީ ކުރަން ޖެހިފައެވެ. އެގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ މަދަރުސާގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތައް ޒިންމާދާރުކުރުމެވެ. މަދަރުސާގެ ކަންކަން ހިނގާ ނުހިގާ ގޮތް ގާތުން ބަލައި، އިސްލާޙުކުރަން ޖެހޭ ކަންކަން ހަރުދަނާކަމާއެކު އިސްލާޙު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ. މީގެ އިތުރުން މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ތަމްރީނު ޕްރޮގުރާމްތަކެއް ހިނގައި، ޒަމާނީ ވިސްނުން ހުރި ބަޔަކަށް މުދައްރިސުން ހަދަން އެބަޖެހެއެވެ. އަދި ހަމައެއާކު ބެލެނިވެރީންނާއި މަދަރުސާއާދެމެދު ގާތް ގުޅުމެއް އުފައްދައި، ބެލެނިވެރީންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ހަރަކާތްތަކެއް ހިންގުމަކީ ވެސް ކުރަންޖެހިފައިވާ ކަމެކެވެ. މަދަރުސާގައި ތިބި އަޚުލާޤީ މައްސަލަތައް ކުރިމަތިވެފައިވާ ކުދީންނަށް ޚާއްޞަ ސަމާލުކަމެއް ދީގެން، އެކުދީންގެ އުޅުން އިސްލާޙުކުރުމަށް ޓަކައި، ބެލެވެރީންނާއި މަދަރުސާ ގުޅިގެން، ގިނަގުނަ މައްސަކަތްތަކެއް ވެސް މިވަނީ ކުރަން ޖެހިފައެވެ. މިކަންކަން ވިސްނުންތެރިކަމާއެކު ކުރެވިއްޖެ ނަމަ، ނޫރު މަދަރުސާއަކީ ކުރިމަގުގައި ފެންވަރު ރަނގަޅު ނަތީޖާއެއް ހޯދިދާނެ މަދަރުސާއެއްކަމަށް ޤަބޫލުކުރެވެއެވެ.
Hi, I want to subscribe for this webpage to obtain most up-to-date updates, therefore where can i do it please help.|
I have read some just right stuff here. Certainly price bookmarking for revisiting. I surprise how much attempt you set to make this type of excellent informative web site.|
When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get four emails with the same comment. Is there any way you can remove me from that service? Thanks a lot!|
I appreciate, cause I discovered just what I used to be looking for. You’ve ended my four day long hunt! God Bless you man. Have a nice day. Bye|
This info is worth everyone’s attention. How can I find out more?|