ބިދެސީންނާ ކައިވެނިކުރަމުން ދާއިރު…

ލިޔުނީ: މުޙައްމަދު ޤާސިމު/ އއ. މަތިވެރި

“ދިވެހި އަންހެނަކު ބަންގާޅުގައި ރަހީނު ކުރި މައްސަލައެއް، ފުލުހުންނާއި ޖެންޑަރ މިނިސްޓުރީ ގުޅިގެން ބަލަނީ” މިއީ ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރެކެވެ. ޚަބަރު ފެނިފައި އަވަސް އަވަހަށް ކިޔައިލެވުނެވެ. ޙައިރާންކަން ލިބުނެވެ. ހިތަށް ވެސް ނާރާ ފެންވަރަށް ދިވެހި ބައެއް އަންހެން ކުދީންގެ ހާލަތު ވެއްޓުމުންނެވެ. މިއީ ލޯބީގައި ދީވާނާވުން ބާވައެވެ؟

ބިދޭސީންނާއި ދިވެހީންގެ ލޯބީގެ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ގުޅިގެން އުޅޭތަން ވެސް ފެނެއެވެ. ކައިވެނިކުރާ ވާހަކަ ވެސް އަޑު އަހަމެވެ. ހުޅުމާލޭގެ އަތިރިމަތީގައި ބަންގާޅީ ފިރިހެނަކާއި ދިވެހި އަންހެނަކު، ރެޑުބުލް ހިފައިގެން، ވިނަގަނޑުމަތީގައ،ި އިރުއޮއްސޭ މަންޒަރު ބަލަން ތިބިތަން ވެސް ދުށީމެވެ. އެހެންނަމަވެސް މި ހާލަތަށް މިކަން ހިނގައިދާނޭ ކަމަކަށް ހިޔެއް ނުކުރަމެވެ.

އެ ޚަބަރު ކިޔައިލުމުން އެންމެ ފުރަތަމަ ހައިރާންކަމެއް ލިބުނީ، އެ އަންހެން ކުއްޖާގެ އުމުރު ފެނިފައެވެ. އެންމެ 19 އަހަރެވެ. ދެން ހައިރާންކަން ލިބުނީ، ރާއްޖެއަށް ވަޒީފާއަދާކުރަން އައިސްހުރި ބަންގާޅީއެއް ހޯދަން، އޭނާ ބަންގާޅަށް ދިޔަ ކަމަށް އޮތުމުންނެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އެ މީހާ ޑީޕޯޓުކޮށްލުމުން، އޭނާގެ އެހީތެރިކަމާއި ލޯތްބަށް ސަލާންޖަހަން އެ ޤައުމަށް ދިޔުމުންނެވެ. އެންމެފަހުން އެ ކުއްޖާއަށް ކަންތައް ދިމާވި ގޮތުން ދެރަވެސް ވިއެވެ.

އެ ޚަބަރުން އެނގުނު ގޮތުގައި، އެއީ ދެ ލޯބިވެރީންނެވެ. ކައިވެނި ނުކުރި ނަމަވެސް، އެ ދެ މީހުންނަށް ވަނީ ދަރިއަކު ވެސް ލިބިފައެވެ. އެ ހާލަތުގައި ހުއްޓާ، ފިރިހެންމީހާ ޑީޕޯޓުކޮށްލުމުން އަންހެންކުއްޖާއަށް ކެތްނުވީއެވެ. ލޯބިވެރިޔާ ހޯދަން ފުރައިގެން ވެސް ދިޔައީއެވެ. އެހެނަސް ކަން ހިނގީ ކޮންފަދަ ހިތާމަވެރި ގޮތަކަށް ހެއްޔެވެ؟ ފިރިހެންމީހާގެ ޢާއިލާއިން، އެ ދެ މައިން ރަހީނުކުރީއެވެ.

ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ފާއިތުވި އަހަރު (2015 ވަނަ އަހަރު) 44 އަންހެނުން ބިދޭސީންނާ ވަނީ ކައިވެނިކޮށްފައެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދިވެހި އަންހެންކުދީންނާ، ބައެއް ފަހަރު އެ މީހުންނަށްވުރެ އުމުރުން ދުވަސްވެފައި ތިބޭ އަންހެނުންނާ ކައިވެނި ކުރަނީ، އެ ވެރީންގެ އަމިއްލަ އެޖެންޑާއެއް އޮތީމައެވެ. ދިވެހިރާއްޖޭގައި އުޅެލަން ފަސޭހައަކަށެވެ. ދާންވީމާ، ވަރިކޮށްލާފައި ދާންވީއެވެ. ރާއްޖޭގައި އިންވެސްޓުކުރަން ފަސޭހައަކަށް ނުވަތަ ވިސާ ހޯދަން ފަސޭހައަކަށް ވެސް މި ފަދަ ކައިވެނި އެބަ ކުރެވެއެވެ.

ބިދޭސީްނާ ކައިވެނިކުރަނީ ހަމައެކަނި އަންހެނުންނެއް ނޫނެވެ. ފިރިހެނުންވެސް މި ފަދަ ކައިވެނިކުރާ އަދަދު މަދެއްނޫނެވެ. މިދިޔަ އަހަރު އެކަނި ވެސް، 61 ފިރިހެނުންވަނީ ބިދޭސީ އަންހެނުންނާ ކައިވެނިކޮށްފައެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާން ކުދީން، ޔޫރަޕް އަންހެނުންނާ ކައިވެނިކުރުން އަންނަނީ އިތުރުވަމުންނެވެ. އުމުރުން ތަންކޮޅެއް ދުވަސްވެލާފައި ތިބޭ ފިރިހެނުން، އަވަށްޓެރި ޤައުމުތަކަށް ގޮސް ޒުވާން އަންހެން ކުދީންނާ އިނުން ވެސް އެއީ ޢާންމުވަމުން އަންނަ ކަމެކެވެ.

ބިދޭސީ ދިވެހި ކައިވެނިތަކަށް ދަރީން ލިބި، އެ ކުދީން އެތިބަ އަންނަނީ ބޮޑެތިވަމުންނެވެ. އެއްފަޅި ދިވެހިލެއާ ގުޅިފައި އޮތްއިރު، އަނެއް ފަޅި ކޮންމެެވެސް އެހެންޤައުމަކާ ގުޅިގެންނެވެ. މި ކަންކަމުގެ ނަތީޖާ ނިކުމެދާނެ ގޮތަކާމެދު ވިސްނައިލުމަކީ މުހިންމު ކަމެކެވެ. ނޭނގި ތިބެ، ނުވަތަ އެނގި ތިބެ ނަމަވެސް، ދިވެހީންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު ބަޔެއްގެ ނުފޫޒު ފޯރުވޭނެ ފުރުސަތެއް ހޯދައިދެވެނީއެވެ. ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ފިޖީއަށް ކަންދިމާވިގޮތާމެދު ވިސްނައިލުމުން، މިކަމުގެ ނުރައްކާތެރިކަން އިހުސާސް ކުރެވޭނެއެވެ.

އަށް ލައްކަ ފަންސާސް ހާހެއްހައި މީހުން ދިރިއުޅޭ، ފިޖީގެ ރައްޔިތުންނަކީ، އުފަލާއި މިނިވަންކަމާއެކު ދިރިއުޅެމުން އައި ބަޔެކެވެ. ޤައުމުގެ ތަރައްޤީގައި މިނިވަންކަމާއެކު ބަސްބުނެ، ހީވާގިކަމާއެކު މަސައްކަތްކުރަމުން އައި ބަޔެކެވެ. އެހެންނަމަވެސް މިހާރު އެ ޤައުމުގެ ހާލަތުވަނީ، އެފުށް މިފުށަށް ޖެހިފައެވެ. އެތައް ބަޣާވާތެއް ހިނގައިފިއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ބިދޭސީންނާ ކައިވެނިކޮށް ދަރީން ހޯދުމުން، އެކަމުގެ ހިތި ނަތީޖާ، އެ ޤައުމަށް ތަޖުރިބާކުރަން ޖެހުނީއެވެ. ބިދޭސީންނާ ކައިވެނިކޮށްގެން ލިބުނު ދަރީން ބޮޑެތިވުމުން، އެހެނިހެން ޤައުމުތަކުގެ ބާރު އެޤައުމަށް ހިންގަން ފެށީއެވެ. މި ދެންނެވި ފަދަ ދަރީންގެ އެހީތެރިކަމާއެކުގައެވެ. އެގައުމުގެ އިސްމަގާމުތަކުގައި މިއަދު ތިބީ، ބިދޭސީންގެ ދަރިންނެވެ. ނަސްލީ ތަފާތުކުރުން އިތުރުވެ، ޤައުމީ ލޯތްބި ވަނީ، ނެތް އެއްޗަކަށް ވެފައެވެ.

މި ކަހަލަ ކަންކަމާމެދު ދިވެހިން މިހާރަށްވުރެ ފުންކޮށް ވިސްނާން އެބަ ޖެހެއެވެ. ބިދޭސީންނާ ކައިވެނި ކުރުމަކީ ދީނީ ނަޒަރަކުން ވިސްނާއިރު މައްސަލައެއް ނޫނެވެ. މުސްލިމެއްކަމަށްވާ ނަމައެވެ. އެހެންނަމަވެސް ޤައުމީ ނަޒަރަކުން ވިސްނާއިރު ބިދޭސީންނާ ކައިވެނިކުރުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ. އެހެނިހެން ޤައުމުތަކުގެ ދަރިފަސްކޮޅެއް މި ގައުމުގައި އާބާދުވުމުގެ ފުރުސަތު ދިނުމަކީ އަމުދުން ރަނގަޅުކަމެއް ނޫނެވެ. ގައުމަށް ޓަކައެވެ. ގައުމީ މަސްލަޙަތަށް ޓަކައެވެ. ގައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ޓަކައެވެ. އަންނަން އޮތް ޖީލުގެ ހަމަޖެހުމަށް ޓަކައި ވެސް މެއެވެ.

Readers Comments (20)

  1. Hi there to every one, for the reason that I am truly eager of reading this webpage’s post to be updated on a regular basis. It consists of pleasant stuff.|

    Reply
  2. Hi! I know this is kind of off topic but I was wondering which blog platform are you
    using for this site? I’m getting fed up of WordPress because I’ve had issues with
    hackers and I’m looking at alternatives for another platform.
    I would be awesome if you could point me in the direction of a
    good platform.

    Reply
  3. This article presents clear idea designed for the new viewers of blogging, that in fact how to do running a blog.

    Reply
  4. Since the admin of this site is working, no question very quickly it will
    be renowned, due to its feature contents.

    Reply
  5. Hello, i think that i saw you visited my weblog so i came to “return the favor”.I am trying
    to find things to improve my website!I suppose its ok to use a few of your
    ideas!!

    Reply
  6. Excellent beat ! I would like to apprentice even as you amend your website, how could i subscribe
    for a weblog website? The account helped me a applicable deal.
    I have been a little bit familiar of this your broadcast offered brilliant transparent idea

    Reply
  7. wonderful post, very informative. I wonder why the opposite experts of this
    sector do not realize this. You should proceed your writing.
    I am sure, you’ve a huge readers’ base already!

    Reply
  8. It’s very easy to find out any topic on web as compared to textbooks, as I found this article at this web page.

    Reply
  9. I’m really enjoying the design and layout of your blog. It’s a very easy on the eyes which makes it much more pleasant for me to come here and visit more often. Did you hire out a designer to create your theme? Fantastic work!|

    Reply
  10. These are really enormous ideas in about blogging. You have touched some pleasant things here. Any way keep up wrinting.|

    Reply
  11. Do you have any video of that? I’d want to find out more details.|

    Reply
  12. I am not sure where you’re getting your info, but great topic. I needs to spend a while learning more or figuring out more. Thanks for excellent information I was searching for this information for my mission.|

    Reply
  13. Hiya very cool blog!! Man .. Beautiful .. Wonderful ..
    I will bookmark your web site andd take the feeds also?
    I’m satisfied to search out numerous helpful info rightt here in tthe put
    up, we’d like develop extra strategies oon this regard, thank you for sharing.

    . . . . .
    homepage

    Reply
  14. Howdy! I could have sworn I’ve been to this website before but
    after checking through some of the post I realized it’s new
    to me. Anyways, I’m definitely happy I found it and I’ll be bookmarking and
    checking back often!

    Reply
  15. This information is worth everyone’s attention. Where can I find out more?

    Reply
  16. Have you ever thought about publishing an ebook or guest authoring on other websites?
    I have a blog centered on the same topics you discuss and
    would really like to have you share some stories/information. I know my viewers would value
    your work. If you’re even remotely interested, feel free to
    shoot me an email.

    Reply
  17. Hello There. I found your blog using msn. This is an extremely well
    written article. I will make sure to bookmark it and return to read more of your useful info.
    Thanks for the post. I will certainly comeback.

    Reply
  18. What i don’t realize is if truth be told how you’re now not actually much more smartly-liked than you may
    be now. You’re so intelligent. You know thus considerably with regards to this matter, produced me personally imagine it from so many numerous angles.
    Its like women and men aren’t involved except it’s one thing to do
    with Lady gaga! Your own stuffs outstanding. At all times deal with it up!

    https://bit.ly/2SLZAzg

    Reply
  19. you’re truly a good webmaster. The site loading speed is amazing.
    It sort of feels that you’re doing any distinctive trick.
    Moreover, The contents are masterpiece. you’ve done a great activity on this
    matter!

    Reply
  20. What’s up, I desire to subscribe for this web site to take most up-to-date updates, so where can i do it please help.

    Reply

ޚިޔާލު