ވަކި ނުވިނަމަ…

(ފުރަތަމަ ބަޔާ ގުޅޭ)
(2)
ރަޝާޤާ މަޑުމަޑުން އިސް އުފުލައިލި އެވެ. އިހުސާނުގެ ދެލޮލަށް ބަލައިލި އެވެ. އެ ދޮލުން އޭނާއަށް ފެނުނީ ލޯތްބެއް ނޫނެވެ. ގާތްކަމެއް ނޫނެވެ. މުޅިން އެހެން ކުލައެކެވެ. ނުރުހުމެވެ. ރުޅިވެރިކަމެވެ. އޭނަ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް، ރަޝޤާާ އޭނާދެކެ ލޯބިވެ އެވެ. އިންތިހާއަށެވެ. މޮޔަވާވަރަށެވެ. އޭނާގެ އެ ރުޅިވެރި ދެލޮލަށް ބަލަން ހުރުމަކީ ރަޝާޤާއަކަށް ފަސޭހަކަމެއް ނޫނެވެ. އޭނާ މަޑުމަޑުން ކުރިއަށް ޖެހިލި އެވެ. އިހުސާނުގެ މުށްކެވިފައިވާ ދެއަތުގައި ހިފެހެއްޓި އެވެ.

“އިހުސާނު ދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވޭ! ވަރަށް ބޮޑަށް ލޯބިވޭ! ވަރަށް ބޮޑަށް ލޯބިވޭ!” ރަޝާޤާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ.

ރަޝާގާގެ ތުރުއަޅަމުން ދިޔަ އަޑު ކަންފަތުގައި ޖެހުމާއެކު، އިހުސާނުގެ ތުންފަތްމަތިން ހިނިތުންވުމުގެ ކުލަވަރު ފާޅުވެގެން ދިޔަ އެވެ. ރުޅިވެރިކަން ފިލައިފި އެވެ. ރާޝާޤާ ގެނެސް މަޑުމަޑުން ގަޔާލައި ބޮނޑިކޮށްލި އެވެ. ލޯބިން ފުރިފައިވާ ހަރަކާތެކެވެ. ރަޝާޤާއަށް ރޮވިއްޖެ އެވެ. ހަމަ ރަނގަޅަށް ވެސް ރޮވުނީ އެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ކަމެއް، ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުން ކަމެއް ނޭނގެ އެވެ. ރަޝާޤާގެ ބޮލުގައި އިހުސާން ފިރުމައިލި އެވެ. ކުރިން އެވަރުގެ ގަދަފަދަ ރުޅިއެއް އައިސްފައި ހުރި މީހެއްހެންވެސް މިހާރު ހީނުވެ އެވެ.

“އަހަރެން އެއްދުވަހަކު ބުނީމެއްނު ރަޝާގެ ބައްޕައާ ރަޝާ ވާހަކަ ދައްކަން ހުއްޓާ ފެނުނީމަވެސް މަގޭ ހިތަށް ތަދުވެއޭ. ދެން އަދި ދުރުމީހަކާ ވާހަކަ ދައްކާތަން ފެނުނީމަ ކިހިނެއް ވާނީ؟ ދެން އެއްވެސް ފިރިހެނަކާ ވާހަކަ ނުދައްކާތި، އިނގޭ!”

ރަޝާޤާއަށް އިސް އުފުލައި އިހުސާންގެ މޫނަށް ބަލައިލެވުނެވެ. ބޯ ޖަހައިލެވުނެވެ. ނިކަމެތިކަމާއެކުގަ އެވެ. އިހުސާންގެ ވާހަކަތަކަށް އެއްބަސް ވުމުގެގޮތުންނެވެ. އޭރުވެސް އޭނާގެ ހިތް ރޮނީ އެވެ. އިހުސާނުގެ އަމަލުތައް ހުންނަގޮތުންނެވެ. ހިތަށް ކުރާ ފުން އަސަރެއްގެ ބޮޑުކަމުންނެވެ. އަޅާ ވޭން ގަދަކަމުންނެވެ.

ހަވީރުގެ ވަގުތެވެ. ގޭދޮރުމަތީގައި ހުރި ފަތްޖެހި އެނދުގައި ސިތާރާ އިށީންދެލައިގެން އިނީ، އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެވެ. ކުރިމަތީގައި ހުރި ދުން ގުޑުގުޑާއިން، އޭނާގެ ހިތަށާއި ސިކުނޑިއަށް އިތުރު ހަމަޖެހުމެއް ހޯދައިދޭ ކަހަލަ އެވެ. ނޮޅީގެ ކޮޅުގައި އަނގަ ޖަހައިލުމަށްފަހު، ދަމާލާފައި އަނގައާއި ނޭފަތުން އެއްފަހަރާ ދުންތައް ބޭރުކޮށްލާއިރު، އޭގެ ސަބަބުން އެތެރެހައްޓަށް އަރާނެ ލޮޅުމަކާމެދު ކުޑަކޮށްވެސް ފަރުވާލެއް ހުރިހެނެއް ހިއެއް ނުވެ އެވެ. އޭނާގެ ނަޒަރު ހުއްޓިފައިހުރީ، ތަންކޮޅެއް ދުރުގައި ހަން ބޯޅައެއް ހިފައިގެން ކުޅެންހުރި އޭނާގެ ހަގު ދަރިފުޅާ ދިމާއަށެވެ. އުމުރުން ހަތް އަހަރުގެ އަހުމަދުގެ ހަރަކާތްތަކަށެވެ.

އިރުކޮޅަކުން ފެނުނީ ރަޝާޤާ އައިސް ގޯތިތެރެއަށް ވަންތަނެވެ. އަހުމަދު ފެނުމާއެކު އޭނާގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމެވެ. ތުންފަތްމަތީގައި ދުވެލީ ލުއި ލުއި ހިނިތުންވުމެކެވެ. އިހުސާނުގެ ސަބަބުން ހިތަށް ކުރި އަސަރަށް ކޮންމެވެސް ވަރެއްގެ ޝިފާއެއް ލިބުނެވެ. އޭނާ އަހުމަދުގެ ފުރަގަހުން މަޑުމަޑުން އައިސް އަހުމަދުގެ ލޯ މަތީގައި އަތްއެޅި އެވެ. މި މަންޒަރު ދެކެން ސިތާރާ އިނީ ހިނި އައިސްފަ އެވެ.

“ބުނޭ! މީ ކާކު؟” ހިނި އައިސްފައި ހުރެ އަހުމަދު ގާތު ރަޝާޤާ އެހި އެވެ.

“ތީ ދޮންތަ؟” އަހުމަދު ވަގުތުން ބުންޏެވެ.

“ހާދަ މޮޅޭ! ކީއްވެ އެހާ ފަސޭހައިން އެނގުނީ؟” އަހުމަދުގެ މޫނުމަތިން އަތް ނަގަމުން ރަޝާޤާ އެހި އެވެ.

“ދޮންތަ ހާދަ މޮޔައޭ! ދޮންތަގެ އަޑު އިވުނީމަ އެނގޭނެ އެއްނު.”

“ދޮގެއް ނޫން!” ހިނިއައިސްފައި އިނދެ ސިތާރާ ބުނެލި އެވެ. “އެހެރީ ދޮންތަ ކުރާ ކަންތައް. ދޯ ދަރިފުޅާ!”

އަހުމަދުގެ ކޮލަށް ދޮނެއް ދިނުމަށްފަހު ރަޝާޤާ ހިނގައިގަތީ މަންމައާ ދިމާއަށެވެ. އޭރު އޭނާ ނޮޅީގައި އަނގަ ޖަހާފައި ދަމާލަނީ އެވެ. ރަޝާގާ ގޮސް ފަތްޖެހި އެނދުގައި ޖައްސައިލި އެވެ. ސިތާރާއާ ޖެހިގެން ކަހަލަ ގޮތަކަށެވެ. ސިތާރާ ދުންތައް ބޭރުކޮށްލީ އެވަގުތު އެވެ.

“އަޅެ މަންމާ! ތި ދުންބުއިން ހުއްޓައިލާނީ ކޮން ދުވަހަކުން؟”

“އަޅެ ދަރިފުޅާ! ތި ތުނޑިއަށް ދިޔުން ހުއްޓައިލާނީ ކޮން ދުވަހަކުން؟” ރަޝާޤާ އެހި ރާގުގައި، ހަމަ އެގޮތަށް ސިތާރާ އެހި އެވެ. ރަޝާޤާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އޭނާ ތުއްތު ކުއްޖެއް ފަދައިން މަންމަގެ ގައިގައި ބައްދައިލި އެވެ. ސިތާރާ ގާތަށް ހިނި އައީ ރަޝާގާތަށް ހިނިއައިލެއް ގަދަކަމުންނެވެ.

“މަންމަ ބުނެބަލަ އެއްފަހަރުވެސް ތުނޑިއަށް ނުދާށޭ!” ރަޝާޤާ ހެމުން ހެމުން ބުންޏެވެ.

“ނުދާނަން؟” ސިތާރާ ވަގުތުން އެހި އެވެ.

“އާނ،” ރަޝާޤާ އެނދު ހުރަހަށް ކަހަލަ ގޮތަކަށް ޖައްސައިލި އެވެ. “އެކަމަކު ބުނެދޭންވާނެ ކީއްވެގެންކަން.”

“އެހެންވިއްޔާ މީގެފަހުން އޮއްސޭ ދަޅައާ ދިމާކޮށް ތުނޑިއަށް ނުދާތި! އެއީ އެހާ ރަނގަޅު ކަމެއް ނޫން! ދަރިފުޅު މިހާރު ތިވަނީ އެކަން އާދައަކަށް ހަދާފަ.”

“އަދިވެސް ސަބަބެއް ނުބުނަމެއްނު.” މަންމަ އިތުރު އެއްޗެއް ބުނޭތޯ ރަޝާޤާ އިރުކޮޅަކު މަޑުކޮށްލި އެވެ.

“މިބުނީނު އެއީ ރަނގަޅުކަމެއް ނޫނޭ! އެއީ ސަބަބަކީ.”

“އޯކޭ! ދެން ނުދާނަން. މަންމަވެސް ޖެހޭނެ ދުން ބުއިން ހުއްޓާލަން.”

ސިތާރާ ނޮޅީގައި އަނގަ ޖަހާފައި ދަމައިލި އެވެ. ނޭވާ ކޮޅަށް ދަންދެނެވެ. ހީވީ ގޯނބިލިފުޅީގައި ހުރި ހުރިހާ ދުމެއް އެއްފަހަރާ ހުސްކޮށްލަން ދިމާކުރިހެންނެވެ. ދުންތައް ބޭރުކޮށްލައިފި އެވެ. ރަޝާޤާއަށް އިނދެވުނީ މަންމަގެ އެ ހަރާކަތަށް ބަލާށެވެ. ހިނި އައިސްފަ އެވެ.

“މަންމަވެސް އިރާދަކުރެއްވިއްޔާ ދެން މި ހުއްޓައިލީ.”

އިރު އޮއްސިއްޖެ އެވެ. އިރާކޮޅުގެ ވަގުތަށް ދުނިޔެ ތަންދީފި އެވެ. މަޣުރިބު ނަމާދުކޮށް ނިމިގެން އެއްބަޔަކު މިސްކިތުން ފައިބަނީ އެވެ. އަނެއް ބަޔަކު ޢިޝާނަމާދު ކޮށްގެން ފޭބުމުގެ ގަސްދުގައި މުޞްހަފު ހިފައިގެން މިސްކިތުގައި މަޑުކޮށްލީ އެވެ. އިރުކޮޅަކުން އިވެންފެށީ ގޭގެއިން ޤުރުއާން ކިޔަވަންފެށި އަޑެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. ކޮންފަދަ ރީތި މާތް އާދައެއް ހެއްޔެވެ؟ ގިނަ ރަށްރަށުން މިހާރު ނެތެމުން އަންނަ، ބައެއް ރަށްރަށުން މުޅިން ފިލާފައިވާ އާދައެކޭ ބުންޏަސް ރަނގަޅުވާނެ އެވެ.

ސިތާރާ އިނީ ސިޓިންރޫމުގަ އެވެ. އަހުމަދަށް ގުރުއާން ކިޔަވައިދޭށެވެ. ޖެހިގެން ހުރި ގޮނޑީގައި ރަޝާޤާވެސް ޚަތިމެއް ހިފައިގެން އިނެވެ. އަހުމަދުގެ ކިޔެވުމުގެ އަޑާއި ރަޝާޤާގެ ކިޔެވުމުގެ އަޑު އެކުވުމުން ގޭތެރޭގެ މާޙައުލުގައި ވަނީ ބަރަކާތްތެރިކަމުގެ ވަސް ހިފާފަ އެވެ.

އިރުކޮޅަކުން އައިސް ގެއަށް ވަންތަން ފެނުނީ ވަހީދެވެ. ޓްރެކްޝޫޓަކާއި ޓީޝާޓެއް ލައިގެން ހުރިއިރު، އޭނާގެ ތެޔޮވެފައި ހުރި މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ބޮލާއި ގައިގައި ކޮންމެވެސް ވަރަކަށް ކީހު ކުނޑި ހުއްޓެވެ. ދެދަރިން ގުރުއާން ކިޔަވަން ތިބިތަން ފެނިފައި ވަހީދުގެ މޫމަތިން ފާޅުވެގެން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ވަގުތުތައް ބޭކާރުކޮށްލުމެއް ނެތި، އޭނާވެސް އަވަސްވެގަތީ، ފެންވަރައިލުމަށެވެ. ވަގުތު ފާއިތު ވުމުގެ ކުރިން މިސްކިތަށް އެރޭތޯ އެވެ.

ރޭގަނޑަށް ކައިގެން، ސިތާރާއާއި ވަހީދު ނިކުމެލީ ބޭރަށެވެ. ގޭދޮރުމަތީގައި ހުރި ފަތްޖެހި އެނދުގައި ޖައްސައިލި އެވެ. ހަނދުގެ އޯގާވެރިކަމުން ފުރިފައިވި އެ މާހައުލުގައި އެކުލެވިފައި ވަނީ ކޮންފަދަ ޖާދޫއެއްގެ ބާރެއްހެއްޔެވެ؟ ހިތަށާއި ރޫހަށް ލިއްބައިދެނީ ބަޔާންކުރަން ދަތި އުފަލެކެވެ.

“ރުކުގަ ހުރި ކާށިކޮޅު އަޅައިލާން މިއަދު ހުސެންބެ އައިތަ؟” ފަތްޖެހި އެނދުގައި ވަހީދު އިށީނދެ ހަމަޖެހިލި އެވެ.

“އާނ، އެނގޭތަ؟ މިހާރު ހުސެންބެ ތިންކާށިން އެއްކާށި ނަގައޭ.”

“ދެން އަޅައިނުލާ! އެމީހަކު ކުރާގޮތަކަށްތާ އެމީހަކު ލައްވާ ކަންކަން ކުރުވޭނީ.”

“އެކަމަކު ކާށިކޮޅު ހެހެދީފަ ދިޔައީ.”

“އަނެއްކާވެސް ދެތިން ދުވަހެއްފަހުން ފުރަން ޖެހޭނެހެން ހީވަނީ.” އިރުކޮޅަކު އިނދެފައި އެނދުގައި އޮށޯވެލަމުން ވަހީދު މަޑުމަޑުން ބުނެލި އެވެ.

“އަނެއްކާ؟” ސިތާރާ ކަންބޮޑުވި އެވެ.

“އާނ، މިއަދު މާވަޑިބޭ އެކަހަލަ އެއްޗެއް ކިޔައިފި.”

“ދެން ދާންޖެހުނީމަ ދާނީ ދޯ!” ސިތާރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “ލާރި ހޯދައިގެންތާ އުޅެވޭނީ.”

“މައްސަލައަކީ އަހަރެން ދިޔާމަ އެއްވެސް ފިރިހެނަކު ގޭގަ ނުހުންނާތީ. ދުރު ރަށަކު އެހާގިނަދުވަހު ގޮސް ހުންނަން ޖެހުނީމަ ވަރަށް ފިކުރު ބޮޑުވޭ.”

“އިރާދަކުރެއްވިއްޔާ އެއްވެސްކަމެއް ގޯސްކޮށް މެދުވެރިއެއް ނުވާނެ.”

“މިރޭ ފިހާރައަށް ދާންޖެހޭ ވާހަކަ ބުނިން ދޯ!” ވަހީދު އެނދުން ތެދުވަން ހިފައިލި އެވެ.

“އާނ، ކިރުދަޅަކާ އެއްޗެހި ގަންނަން އެބަޖެހޭ.”

“ހިނގާ ގޮސްލާފަ އަންނަން.” ދެމީހުން ތެދުވެގެން ހިނގައިގެންފި އެވެ.
(ނުނިމޭ)

Readers Comments (22)

  1. Please let me know if you’re looking for a article author
    for your site. You have some really good posts and I think I
    would be a good asset. If you ever want to take some of the load off, I’d really
    like to write some material for your blog in exchange
    for a link back to mine. Please send me an email
    if interested. Cheers!

    Reply
  2. What’s up to all, the contents existing at this web page are actually awesome for people knowledge, well, keep up the nice
    work fellows.

    Also visit my blog post: BHB Fit Review

    Reply
  3. Thanks for one’s marvelous posting! I truly enjoyed
    reading it, you’re a great author.I will remember to bookmark your blog and will come back at some point.

    I want to encourage continue your great work,
    have a nice morning!

    Reply
  4. We’re a gaggle of volunteers and starting a brand new scheme
    in our community. Your web site offered us with valuable
    information to work on. You have performed a formidable activity and our whole group will be grateful to you.

    Reply
  5. Have you ever considered writing an e-book or guest authoring on other sites?

    I have a blog centered on the same subjects you discuss and would love to have you share some stories/information. I know my viewers would value your work.
    If you’re even remotely interested, feel free to send me an e mail.

    Reply
  6. I will immediately grasp your rss feed as I can’t
    in finding your email subscription hyperlink or e-newsletter service.
    Do you’ve any? Kindly let me know so that I could subscribe.
    Thanks.

    Here is my homepage … Infinite Restore Skin Cream

    Reply
  7. This is the right blog for anyone who would like to find out about this
    topic. You realize a whole lot its almost hard to argue with you (not that I really would want to?HaHa).
    You certainly put a new spin on a topic which has been discussed for
    a long time. Excellent stuff, just wonderful!

    Also visit my web blog; Tru Beauty Cream Reviews

    Reply
  8. If you are going for best contents like I do, only go to see this site everyday because it provides quality contents,
    thanks

    Reply
  9. Hi there just wanted to give you a brief heads up and let you know a few of the pictures
    aren’t loading correctly. I’m not sure why but I think
    its a linking issue. I’ve tried it in two different browsers and both
    show the same outcome.

    Reply
  10. It’s going to be end of mine day, however before finish I
    am reading this enormous paragraph to increase my experience.

    Reply
  11. Great blog right here! Additionally your website lots up
    fast! What web host are you using? Can I get your affiliate hyperlink in your host?
    I desire my site loaded up as fast as yours lol

    Reply
  12. Hi! I just wanted to ask if you ever have any problems with hackers?
    My last blog (wordpress) was hacked and I ended up losing many months of hard work due to no data backup.
    Do you have any solutions to protect against hackers?

    Reply
  13. Thanks for sharing your thoughts about Hemp Bud. Regards

    Reply
  14. Spot on with this write-up, I honestly feel this website needs a lot more attention. I’ll probably be back again to read more, thanks for the information!|

    Reply
  15. Yeah bookmaking this wasn’t a high risk conclusion outstanding post!

    Also visit my web blog: paint colors

    Reply
  16. Hi, I do believe this is a great blog. I stumbledupon it
    😉 I will revisit yet again since I book-marked it.

    Money and freedom is the best way to change, may you be rich and continue to help
    other people.

    Here is my web-site: CannaBoost CBD Oil

    Reply
  17. Hey excellent blog! Does running a blog like this take a large amount of work? I’ve virtually no understanding of computer programming but I was hoping to start my own blog in the near future. Anyways, if you have any suggestions or techniques for new blog owners please share. I know this is off subject but I simply needed to ask. Cheers!|

    Reply
  18. Why people still use to read news papers when in this technological globe everything is available on net?|

    Reply
  19. May I simply just say what a comfort to uncover somebody who truly understands what they’re talking about on the internet. You actually realize how to bring an issue to light and make it important. More and more people really need to read this and understand this side of your story. It’s surprising you’re not more popular because you surely have the gift.|

    Reply
  20. I’m not sure exactly why but this web site is loading incredibly slow for me. Is anyone else having this issue or is it a problem on my end? I’ll check back later and see if the problem still exists.|

    Reply

ޚިޔާލު