ރަޙުމަތްތެރިންގެ ނުފޫޒުން ކުދިންނަށް ނޭދެވޭ އަސަރުކުރެއެވެ.

މުޙައްމަދު ޤާސިމް. އއ. މަތިވެރި

ރަޙުމަތްތެރީންނަކީ އެކުގައި އުޅޭ މީހުންނެވެ. ކޮންމެ މީހަކަށްވެސް ގިނަފަހަރަށް ރަޙުމަތްތެރީންގެ ގޮތުގައި ޚިޔާރު ކުރެވެނީ ތިމާއާ ދާދި އެއް އުމުރެއްގެ، ޚިޔާލުގެ ގޮތުންނާއި ޝައުޤުވެރިވާ ކަންކަމުގެ ގޮތުން އެއްހަމައެއްގައި ފައި ހަމަކޮށްލެވޭ ކުދީންނެވެ. ނުވަތަ މީހުންނެވެ. ފުރާވަރުގެ އުމުރުގެ ކުދީން ގިނަފަހަރު ރަޙުމަތްތެރީންގެ ބަސް ޤަބޫލުކޮށް، އެކުދީންގެ އުޅުން ނަކަލުކޮށް، އެކުދީންނާ އެއްފަދަ އުޅުމެއް އުޅޭތަން ފެނެއެވެ. މިގޮތަށް ކަންތައް ދިމާވެއްޖެނަމަ، އެކުއްޖަކަށް ރައްޓެހީންގެ ނުވަތަ އެކުވެރީންގެ ނުފޫޒު ފޯރީކަމަށް ބަލާށެވެ! މިއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ކަންބޮޑުވާންޖެހެނީ ރަހުމަތްތެރީންގެ ސަބަބުން އިދިކީލި ނުފޫޒެއް ކުއްޖާގެ މައްޗަށް ފޯރާން ފަށައިފި ނަމައެވެ.

ރަހުމަތްތެރީންގެ އިދިކީލި ނުފޫޒު، ދަރީންގެ މައްޗަށް ފޯރުމަކީ، މައިން ބަފައިން ވަރަށް ކަންބޮޑުވާ ކަމެކެވެ. ދަރީން ހަމަ މަގުން އެއްކިބާ ކުރުވާތީއެވެ. ގޯސްމަގު ދައްކާތީއެވެ. އެހެންކަމުން މިކަމަށް ހޭއަރަން އެބަޖެހެއެވެ. ރައްޓެހީންގެ ނުރަނގަޅު ނުފޫޒުން ދަރީން ސަލާމަތް ކުރުމަށްޓަކައި ދުރާލައި ތައްޔާރުވާން ޖެހެއެވެ. މިކަމަށްޓަކައި ކުރާން އޮތް އެންމެ މުހިންމު ކަމަކީ، ހޭލުންތެރި ވުމެވެ. ރަޙުމަތްތެރީންގެ މިފަދަ ނުފޫޒަށް ދަރީންގެ އުޅުން ދީލައިލާ ސަބަބާމެދު ހޭއަރައި ތިބުމެވެ.

އަމިއްލަ ނަފުސަށް ކުރާންޖެހޭ އިތުބާރު ކުޑަވުމަކީ ރަޙުމްތެރީންގެ ނުރަނގަޅު ނުފޫޒުގެ ކަސްތޮޅުގައި ކުއްޖާ ހައްޔަރުވާ އެއް ސަބަބެވެ. ދަރިފުޅު ބޮޑުވަމުން އަންނަ ދުވަސްވަރު، އޭނާއާ މެދު ކަންތައް ކުރެވޭ ގޮތެއްގެ ސަބަބުން، އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ގެއްލޭގޮތް މެދުވެރިވުމަކީ ވަރަށް ގާތް ކަމެކެވެ. ދަރިފުޅު ކުރާ ރަނގަޅު ކަންތައްތައް ބަލައިގަނެ، ހިތްވަރުދީ، އެކަންކަމަށް ތަޢުރީފު ކުރުމަކީ މިކަން ރަނގަޅު ކުރުމަށް އެޅޭން އޮތް ވަރަށް މުހިއްމު ފިޔަވަޅެކެވެ. އެއާޚިލާފަށް ކުށްވެރިކުރާ، ކުށްދައްކާ މާޙައުލެއްގައި ދަރިފުޅު ބޮޑުވަމުން އަންނަ ނަމަ، އޭގެ ނަތީޖާ ފެންނާނީ ވަރަށް ވޭންދެނިވި ގޮތަކަށެވެ. ކޮންމެވެސް ބައެއްގެ ރުހުން ހޯދަން، އަމިއްލަ ޒަމީރު މަޖުބޫރުކުރާ ދުވަހު، އެކުވެރީން ކޮށައިދޭ މަގުން ހިނގަން އޮންނާނީ ޖެހިފައެވެ. ރައްޓެހީންގެ ނުރަނގަޅު ނުފޫޒުގެ ވިހައިގެ އަސަރު، ނާރުތަކުގެ ތެރޭގައި ދުވެގަތުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

ކޮންމެ ކުއްޖަކީ ވެސް ފިތުރަތުގެ ސާފުކަންމަތީގައި ދުނިޔެއަށް އުފަންވާ ކުއްެޖެކެވެ. މިއީ އެންމެންވެސް ދަންނަ ކަމެކެވެ. އެސާފު ޠާހިރުކަންމަތީގައި އެދަރިފުޅު ގެންގުޅެ ބޮޑުކުރެވޭތޯ ބެލުމަކީ، މައިން ބަފައިންގެ ނުވަތަ ބެލެނިވެރީންގެ ޒިންމާއެކެވެ. އެކަމަށްޓަކައި ދަރިފުޅުގެ ކިބައިގައި ރަނގަޅު، ރީތި އާދަތައް އަށަގެންނެވޭތޯ މަސައްކަތް ކުރާންޖެހެއެވެ. މައިންބަފައިންގެ ކިބައިން ނަމޫނާ ދައްކައިގެންނެވެ. ދީނީ ވާޖިބުތަކަށް ލޯބި ޖައްސައިގެންނެވެ. މީހުންނަށް ގެންލުން ފޯރާ ފަދަ ކަންކަމާ ދުރުހެލި ކުރުވައި، އިންސާނިއްޔަތުކަމުގެ އޮށް ދަރިފުޅުގެ ހިތުގައި އިންދައިގެންނެވެ. މިކަންކަން ރަނގަޅަށް ކުރެވިއްޖެ ނަމަ، ގޯސްމަގެއް ފެނުނަސް، އެމަގުން ދަތުރުކުރާން އެކުއްޖަކު ފަސްޖެހޭނެއެވެ. ނަތީޖާއަކަށް ވާނީ، ރަޙުމަތްތެރީންގެ ނުފޫޒުން ކުއްޖާ ސަލާމަތްވެ، ހަމަ މަގުގައި ފައިތިލަ ސާބިތުކުރެވުމެވެ.

މައިންބަފައިންނާއި ދަރީންގެ މެދުގައި ހުރަހެއް އުފެދިފައި އޮތުމަކީ، ރައްޓެހީންގެ ނުރަނގަޅު ނުފޫޒުގެ އޮއިވަރުގައި ވަރަށް ފަސޭހައިން ދަރިފުޅު ޖެހި، އޮޔައިލައިފާނޭ ކަމެކެވެ. ސަބަބު ވަރަށް ސާފެވެ. މިކަން އެންމެ އެއްގޮތްވާނީ މުވައްޒަފުންނާ ގުޅުންކުޑަ، އަބުއި ވެރިއަކާއި އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ އެފަދަ ބައިގަނޑަކާއެވެ. މުވައްޒަފުންނަށް، ކޮންމެ ކޮންމެ ވާހަކައެއް، ވެރިމީހާގެ އަރިހުގައި ދަންނަވާކަށް ނުކެރޭނެއެވެ. ވެރިމީހާގެ ފަރާތުން ވެސް އަންނާނީ “އޯޑަރެވެ.” މަޝްވަރާގެ އުޞޫލު އޮންނާނީ ކުޑަވެފައެވެ. މިފަދަ ގޮތަކަށް އާއިލާއެއް ބައްޓަންވެފައިވާނަމަ، އެކުވެރީންގެ ކިބައިން ލިބޭ ތަފާތު ހުށައެޅުންތައް މައިންބަފައިންނާ ހިއްސާކުރާކަށް ދަރީންނަކަށް ނުކެރޭނެއެވެ. ގިނަފަހަރަށް އަމިއްލަ ސިކުނޑި އެކަމަށް ދޭނީ ހިތްވަރެވެ. އިބިލީސް ހުންނާނީ ގާތުގައެވެ. އެޅޭނީ ކަތި ފިޔަވަޅެވެ. އެހެންކަމުން ދަރިފުޅާއި މައިންބަފައިންނާ ދެމެދު ގާތް ގުޅުމެއް އުފެއްދުމަކީ، އެކުވެރީންގެ ނޭދެވޭ ނުފޫޒުން ދަރިފުޅު ސަލާމަތް ކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިއަދުގެ މި “ތަހުޒީބު” މުޖުތަމަޢަށް ނަޒަރު ހިންގައިލާއިރު، ދަރިފުޅުގެ އުމުރުގެ ވަރަށް ކުރީކޮޅު “މައި ފިއްލުމުގެވެސް ކުރީން” މައިން ބަފައިންގެ އަތުން ދަރިފުޅު ވީއްލިގެން ދާތަން ފެނެއެވެ. ބައިހަދާފައި މަގުތަކުގައި އެގޮތް މިގޮތަށް އުޅޭތަން ފެނެއެވެ. މިގޮތަށް ބައިހަދާފައި، ބޭރުގައި ގިނަ ވަގުތު ހޭދަކުރުމަކީވެސް، ރަޙުމަތްރީންގެ ނުރަނގަޅު ނުފޫޒުން ކުއްޖާ ހަފުސްކުރުވާ ކަމެކެވެ. އެހެންކަމުން ދަރިފުޅަށް ހަމަ ވިސްނުން ލިބި، އަމިއްލައަށް ރަނގަޅު ނުރަނގަޅު ވަކިކުރާން އެނގޭފަދަ އުމުރަކަށް ދާންދެން، ގެއިން ބޭރުގައި އެކަނި ވަގުތުތައް ހޭދަކުރުމުގެ ފުރުޞަތު ނުދިނުމަކީ، ދަރިފުޅުގެ މުސްތަޤުބަލަށް ޓަކައި ދެވޭ ވަރަށް އަގުހުރި ހަދިޔާއަކަށް ނުވެއެއް ނުދާނެއެވެ. ދަރިފުޅު ބޭރަށް ދިޔަކަމުގައި ވިޔަސް، މުގޫ މަންމަ އަތުގައި، ނުވަތަ ބައްޕަ އަތުގައި އޮންނާންވާނެއެވެ. ދަމާލަން ބޭނުންވާ ކޮންމެ ވަގުތަކު ދަމާލެވޭ ގޮތަށެވެ.

އިލްމީ މައިދާނުން ލިބިފައިވާ ފުރުޞަތު ކުޑަވުމަކީވެސް ރަޙުމްތެރީންގެ ވިޔާނުދާ ބަހަށް ކުއްޖާ ހެއްލުމަށް ފަހިވާ މަގެކެވެ. އިލްމީގޮތުން ފުންނާބު ތިރި ކުދިންނަކީ، ވިސްނުމުގެ މައިދާނުގެ ފަހަތުން ޖާގަލިބޭ ކުދީންނަށް ގިނަފަހަރު އޮންނަނީ ވެފައެވެ. އަމިއްލަ ސިކުނޑީގެ ތެތްކަން ކުޑަވުމަކީ، މީހަކު ކޮންމެ ފުނައަކަށް ބެރުޖެހިޔަސް، އެއާ އެއްވަރަށް ފައިހަމަކުރާން މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން ދަރުފުޅަށް ދޭ ރަނގަޅު ތަރުބިއްޔަތާ އެއްވަރަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭތޯ ބެލުމަކީވެސް މިކަމަށް އޮތް ހައްލެކެވެ.

މިކަމަށް މަގުފަހިކުރުވާ އެތައް ސަބަބެއް އެބަހުއްޓެވެ. މިފަދަ ކުރުމަޒުމޫނަކަށް މިވަރުން ފުންދައިލާނަމެވެ. ވިސްނާވީ ކަމަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެއްކަމަކަށްވުރެ ގިނަ ކަންކަމަށް ވިސްނާން ޖެހޭކަމެވެ. އަމިއްލަ ނަފުސަށް އިތުބާރު އުފައްދާށެވެ! ރީތި އާދަތައް އަށަގަންނުވާށެވެ! ދަރީންނާއި މައިން ބަފައިންގެ މެދުގައި ގާތް ގުޅުމެއް އުފައްދާށެވެ! ހަމަވިސްނުން ލިބުމުގެ ކުރިން ދަރިފުޅު އަތުން ވީއްލިގެން ދިޔަނުދޭށެވެ! ތައުލީމީ ގޮތުން ފުންނާބު އުސް ދަރިއަކަށް ހެދޭތޯ ބަލާށެވެ! ގައުމުގެ އިޖުތިމާޢީ ފޭރާން ހަސްފަސްވެގެންދާ މިފަދަ ޒަމާނެއްގައި، އެކުވެރީންގެ ސަބަބުން ތިމާގެ ދަރިފުޅު ގޯޅި އެޅިގެން ދިޔަ ނުދީ، ހަރުދަނާ ދަރިއަކަށް ހެދޭނީ، މިކަންކަމަށް ދުރާލައި ވިސްނައި މަސައްކަތް ކޮށްގެންނެވެ.

Readers Comments (21)

  1. It’s an awesome paragraph designed for all the web users; they
    will take benefit from it I am sure.

    Reply
  2. Oh my goodness! Impressive article dude! Thank you so much, However I
    am going through troubles with your RSS. I don?t understand why I can’t
    join it. Is there anybody else having identical RSS issues?

    Anyone who knows the solution can you kindly respond? Thanx!!

    Here is my homepage – Super Keto Max Price

    Reply
  3. Nice response in return of this issue with genuine arguments and describing
    the whole thing about that.

    Reply
  4. Wow that was odd. I just wrote an incredibly long comment
    but after I clicked submit my comment didn’t show up.
    Grrrr… well I’m not writing all that over again. Anyway, just
    wanted to say wonderful blog!

    Reply
  5. bookmarked!!, I love your website!

    Reply
  6. Asking questions are really nice thing if you are not understanding anything totally, but this article gives pleasant understanding yet.

    Reply
  7. Howdy! This is kind of off topic but I need some help from an established blog.
    Is it very hard to set up your own blog? I’m not very techincal but I can figure things out pretty fast.
    I’m thinking about setting up my own but I’m not sure where to start.
    Do you have any points or suggestions? Cheers

    Reply
  8. Yoou actually expressed thiss well!
    Best Essay writing
    buyyour essay https://argumentativeresearch.com

    Reply
  9. You actually stated this terrifically.
    Best Essay writing
    buy essay online reviews https://ordertermpaper.com

    Reply
  10. You actually suggested this fantastically.
    Best Essay writing
    help essay https://buyessayonlineforcheap.com

    Reply
  11. Hello there! Would you mind if I share your blog with my facebook group?
    There’s a lot of folks that I think would really
    appreciate your content. Please let me know. Thank you

    Reply
  12. You actually said it adequately!
    Best Essay writing
    buy cheap essay online https://buyessayonlinesafe.com

    Reply
  13. Hey there would you mind letting me know which
    webhost you’re working with? I’ve loaded your blog in 3 different internet browsers and I must say this blog loads a lot faster then most.
    Can you suggest a good internet hosting provider at a honest price?
    Cheers, I appreciate it!

    Reply
  14. Many thanks. A good amount of postings!

    Best Essay writing
    buy an essay online https://researchpaperorder.com

    Reply
  15. Hello, its nice piece of writing concerning media print,
    we all be aware of media is a wonderful source of information.

    Feel free to visit my page :: Pure Keto Extra Pills

    Reply
  16. I’m now not sure the place you are getting your
    info, however good topic. I must spend some time learning much more or understanding more.
    Thanks for great information I used to be searching for this info for my mission.

    Feel free to visit my page: Keto Slim Cut

    Reply
  17. Does your blog have a contact page? I’m having a tough time locating it but, I’d like to send you an email. I’ve got some ideas for your blog you might be interested in hearing. Either way, great website and I look forward to seeing it develop over time.|

    Reply
  18. Hi there to every one, the contents present at this web page are in fact amazing for people knowledge, well, keep up the good work fellows.|

    Reply
  19. At this moment I am ready to do my breakfast, once having my breakfast coming over again to read further news.|

    Reply
  20. I believe what you composed made a great deal of sense. But, what about this? what if you were to write a awesome title? I am not suggesting your information isn’t good, however what if you added a post title that grabbed folk’s attention? I mean %BLOG_TITLE% is kinda vanilla. You might look at Yahoo’s front page and see how they create news titles to get viewers interested. You might add a related video or a related pic or two to grab readers interested about everything’ve got to say. In my opinion, it could make your website a little livelier.|

    Reply
  21. Hello it’s me, I am also visiting this web page on a regular basis, this web site is in fact nice and the people are actually sharing fastidious thoughts.|

    Reply

ޚިޔާލު