ސްކިމާޓާއަކީ ކޮބައިކަމާއި ސްކިމާޓާގެ ތެރޭގައި ހިމެނޭ ގަދަ ސްކިމާއާއި ބަލި ސްކިމާ

ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި

ތަޢާރަފު:

ކަމަކާމެދު ކުރިން ދެކެމުން އައިގޮތް ނުވަތަ ގަބޫލުކުރަމުން އައި ގޮތް ބަދަލުވުމަކީ، އިންސާނީ ތަބީޢަތުގައި އޮތްކަމެކެވެ. މިދެންނެވި އުސޫލުން ބަދަލުވެފައި ހުރި ކަންކަމާއި، މާއިހުއްސުރެ ދެކެމުން އައި ނުވަތަ ގަބޫލުކުރަމުން އައި ކަންކަން ހަމަ އެގޮތުގައި ދެމިހުރި ކަންކަމާއި އެއްބަޔަކު އެއްގޮތަކަށް ދެކޭއިރު، އަނެއްބަޔަކު އޭގެ އިދިކޮޅަށް ނުވަތަ އެހެން އުސޫލަކުން ދެކޭކަންކަންވެސް ހުރެއެވެ. މިކަންކަން ބިނާވެ، ހަމަޖެހިފައި އޮންނަނީ، އެކަމަކާ ގުޅޭގޮތުން އެމީހަކަށް ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށެވެ. ކުރިން ހީކުރެވިފައި އޮތް ހީކުރުމެއް ނުވަތަ ގަބޫލުކުރެވިފައިވާ ގަބޫލުކުރުމެއް، އެގޮތުގައި ދެމި އޮންނަނީ އެ ގަބޫލުކުރުމެއް ބާޠިލުވާފަދަ މަޢުލޫމާތެއް ނުލިބޭތީއެވެ. ބަދަލުވަނީ ކުރިން ދެކެމުންއައި ގޮތް ބަލިކަށިކުރާ ފަދަ ހަރުދަނާ މަޢުލޫމާތެއް ނުވަތަ ހެއްކެއް ލިބުމުންނެވެ. ވަކިކޮޅަކަށް ބުރަވާން ދަތިވަނީ، ލިބިފައި ހުރި މަޢުލޫމާތު ބަލިކަށި ވެގެން ނުވަތަ ދެކޮޅަށް ވެސް ދެއްކޭ ހެކި ހަމަހަމަވާކަހަލަ ކަންކަމުގައެވެ.

މިއިން ކޮންމެ ކަމެއްވެސް ބަރޯސާވަނީ، އިންސާނާގެ ސިކުނޑީގައި އެކަމަކާގުޅޭގޮތުން ރައްކާކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށެވެ. މިގޮތަށް ރައްކާކުރެވޭ މަޢުލޫމާތު ސިކުނޑިގައި ރައްކާކުރެވިފައި ހުންނަނީ ވަކިޚާއްސަ އުސޫލަކުންނެވެ. އެކި ކަންކަމާ ގުޅޭ މަޢުލޫމާތުތައް ވަކިވަކިންނެވެ. އިންސާނާގެ ސިކުނޑީގައި ހިނގާ މިދެންނެވި ނިޒާމަށް، ބަހުގެ ޢިލްމުވެރިން ދެއްވާފައިވާ ނަމަކީ “ސްކިމާޓާ” އެވެ. މި ޢިލްމު ދިރާސާ ކުރުމުގެ ތިޔަރީއަށް ކިޔަނީ “ސްކިމާޓާ ތިޔަރީ” އެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލެވިފައިވާނީ ސްކިމާޓާއަކީ ކޮބައިކަމާއި ސްކިމާޓާގެ ތެރޭގައި ހިމެނޭ ގަދަ ސްކިމާއާއި ބަލި ސްކިމާގެ މައްޗަށެވެ. މީގެއިތުރުން ސްކިމާ ދަރަޖަކުރެވޭ ގޮތުގެ މައްޗަށްވެސް ބަލާލައިފައި ވާނެއެވެ.

ސްކިމާޓާއަކީ ކޮބައި؟

ސްކިމާޓާއަކީ ބުނުމެއް ދޭހަކުރުމަށްޓަކައި، އެ މަޢުޟޫއަކާ ގުޅޭގޮތުން ސިކުނޑިގައި ރައްކާކުރެވިފައިވާ ބެކްގްރައުންޑް ނޮލެޖުކަމަށް ކޭ ލޯރެންސް ލޭންޑްރީ (2002) ހާމަކޮށްފައިވެއެވެ. އަޒުލިފާ (2009) ހާމަކުރާގޮތުގައި ސްކިމާޓާއަކީ ވަކިވަކި މަޢުޟޫއާ ގުޅޭގޮތުން އާދަކޮށް ކަން ހިނގާގޮތުގެ މަޢުލޫމާތު އެކުލެވޭނެހެން ސިކުނޑީގައި ރައްކާކުރެވިފައިވާ (ފައިލްކުރެވިފައިވާ) މަޢުލޫމާތު ކޯނިތަކެވެ. ވެލެސް (1992) ހާމަކުރައްވަނީ އެއީ ސިކުނޑީގައި ރައްކާކުރެވިފައި ހުންނަ އެއްކަމަކާ ގުޅޭގޮތުން ހިއްސާކުރާ މަޢުލޫމާތު ކަމަށެވެ. އެމް. ސީ ކާތީ (1991) ހާމަކުރާގޮތުގައި ސްކިމާޓާއިން ކުރިން ލިބިފައި ހުންނަ މަޢުލޫމާތާއި (ސްޓީރިއޯޓައިޕް) އަލަށް ލިބޭ މަޢުލޫމާތު ގުޅުވައިދެއެވެ.

ސްކިމާއަކީ ސިކުނޑީގައި ހުންނަ މަޢުލޫމާތުގެ އޮނިގަނޑެއްކަމަށާއި މިއޮނިގަނޑުގައި ހުންނަ ބައެއް މަޢުލޫމާތު ބަދަލުވާއިރު، އަނެއްބައި މަޢުލޫމާތު ހުރިގޮތަށް ހުންނަކަމަށް، މިހާރުގެ ސްކިމާ ތިޔަރިސްޓުންނާ ހަވާލާދީ ޒުޕިން ޒީ (އަހަރު ނެތް) ހާމަކޮށްފައިވެއެވެ. އިތުރަށް އޭނާ ހާމަކުރާގޮތުގައި އެއްމުޖުތަމަޢެއްގައި ދިރިއުޅޭ އެންމެންގެ ސިކުނޑީގައި ވެސް ހުންނާނީ އެއްކަހަލަ ސްކިމާޓާއެވެ. ލިބޭ މަޢުލޫމާތާއި ވާހަކަދައްކާ ބަހާއި ދިރިއުޅޭ ވެށި ތަފާތުވުމުން ސްކިމާޓާވެސް ތަފާތުވާނެއެވެ. އެއްބަޔަކު ދައްކާ ވާހަކަ ދޭހަކުރުމުގައި އަނެއްބަޔަކަށް އުނދަގޫތަކެއް ހުންނަނީ މި ތަފާތު ހުންނާތީއެވެ.

ބަހުގެ ޢިލްމުވެރިންގެ މި ބުނުންތަކަށް ބަލާއިރު ސްކިމާޓާއަކީ ވަކި މަޢުޟޫއަކާގުޅޭގޮތުން، ނުވަތަ އާދަކޮށް ކަމެއް ހިނގާގޮތާ ބެހޭގޮތުން، ސިކުނޑީގައި ރައްކާކުރެވިފައި ހުންނަ މަޢުލޫމާތު ތަކެކެވެ. މި މަޢުލޫމާތުތަކުގެ އެއް މަސައްކަތަކީ އަލަށް ލިބޭ މަޢުލޫމާތު ބަލައިގަނެ، އެއިން ޑިސްކޯސްއެއް ދޭހަކޮށްދިނުމެވެ. އެއްބަޔަކު ދައްކާ ވާހަކަ އަނެއްބަޔަކަށް ދޭހަނުވަނީ، ދެބައިމީހުންގެ ސްކިމާޓާ ނުވަތަ ބެކްގްރައުންޑް ނޮލެޖް ތަފާތުވީމައެވެ.

މި މަޢުލޫމާތު ސިކުނޑީގައި ރައްކާކުރެވިފައި ހުންނަނީ، ފްރޭމްތަކެއްގައި ކަމަށާއި މި ފްރޭމް ތިޔަރީ އުފައްދާފައިވަނީ، މިންސްކީ (1975) ކަމަށް ބްރައުންއާއި ޔޫލް (2004) ހާމަކުރެއެވެ. މިތިޔަރީ އުފެއްދި މިންސްކީ (1975) ހާމަކުރާގޮތުގައި، އިންސާނާގެ ސިކުނޑީގައި ރައްކާކުރާ ކޮންމެ މަޢުލޫމާތަކީ، ވަކިވަކި ފްރޭމްތަކެއްގައި ރައްކާކުރެވޭ މަޢުލޫމާތުތަކެކެވެ. ކޮންމެ ކަމަކާބެހޭ މަޢުލޫމާތެއް ވަކި ފްރޭމެއްގައެވެ. ކުރިން މަޢުލޫމާތު ލިބިފައިނުވާ ކަމަކާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ، އާ ފްރޭމެއް އުފައްދައި، އެ މަޢުލޫމާތެއް އޭގައި ރައްކާކުރެވޭކަމާއި، ކުރިން ހުރި މަޢުލޫމާތާ ގުޅުންހުރި މަޢުލޫމާތެއް ލިބިއްޖެނަމަ، އެ މަޢުލޫމާތެއް ހުރި ފްރޭމަކަށް އެއްކުރަނީއެވެ.

ވިލްކް (1979) އާ ހަވާލާދެއްވައި، ބްރައުންއާއި ޔޫލް (2004) ހާމަކުރާ ގޮތުގައި ސިކުނޑީގައި ހިމެނޭ މި ފްރޭމްތައް މަސައްކަތްކުރަނީ، ވަރަށް ޚާއްޞަ ނިޒާމެއްގެ ދަށުންނެވެ. އެއިރަކު ހިނގަމުންދާ ކަމަކާ ގުޅޭ ސްކެމެޓިކް ނޮލެޖް ހުރި ފްރޭމެއް އެއިރަކުއެވެ. ފެންނަ ތަކެތިންނާއި އިވޭއިވުންތަކުންނާއި ކިޔާ ތަކެތިންނާއި އަދިވެސް އެހެނިހެން ގޮތްގޮތުން ލިބޭ މަޢުލޫމާތު ފަސޭހަކަމާއެކު ދޭހަވެ އޮޅުންފިލަނީ މިސަބަބަށްޓަކައެވެ. މިއާޚިލާފަށް އެއްވެސް އިންތިޒާމެއްނެތި، ހުރިހާ ފްރޭމެއްގެ މަސައްކަތް އެއްފަހަރާ ހިނގަމުންދާ ނަމަ، ނުވަތަ ގިނަ ފްރޭމްތަކެއް އެއްފަހަރާ ހަރަކާތްތެރިވަމުން އަންނަ ނަމަ، ޑިސްކޯސްއެއް އުފެއްދުމުގައްޔާއި ދޭހަކުރުމުގައި އޮޅުންބޮޅުންވެ، ވާނުވާއެއް ނޭނގޭނެއެވެ.

ސިކުނޑީގައި ހުންނަ މިދެންނެވި ފްރޭމްތަކުގައި ހުރި މަޢުލޫމާތުތައް ހަރަކާތްތެރި ވުމުގައި، ޚާއްޞަ ދެ ނިޒާމެއް ވާކަމަށް ބްރައުންއާއި ޔޫލް(2004) ހާމަކުރެއެވެ. އެއީ ޓޮޕް – ޑައުން ނިޒާމާއި، ބޮޓަމް – އަޕް ނިޒާމެވެ. އަދި މި ދެ ނިޒާމު އެކުވެގެން އުފެދޭ އިންޓަރރެކްޓިވް ނިޒާމެއް ވެސް އޮންނަކަމަށް، ސެންޑީ ހާރނަރ(2009) ހާމަކޮށްފައިވެއެވެ. ޓޮޕް – ޑައުން ނިޒާމަކީ ޑިސްކޯސްއެއްގައި ބުނާ އެއްޗަކާމެދު، ޖުމުލަކޮށް ވިސްނައި ދޭހަކުރުމުގެ ނިޒާމެވެ. މި ނިޒާމުގައި، ވަކިވަކި ލަފުޒުތަކަށް ބަލައިއެއް ނުހަދާނެއެވެ. އެގޮތަށް ބަލަނީ ބޮޓަމް – އަޕް ނިޒާމުގައެވެ. އެހެންނަމަވެސް އިންޓަރރެކްޓިވް ނިޒާމުގައި ކުރިން ދެންނެވި ދެނިޒާމު އެކުއެކީގައި ހަރަކާތްތެރިވާނޭކަމަށް ސެންޑީ ހާރނަރ(2009) ބުނެއެވެ.

މެކްކާތީ(1991) އާ ހަވާލާދީ، ކޭ ލޯރެންސް ލޭންޑްރީ(2002) ބުނަނީ، ސްކިމާޓާގެ ބޭނުމަކީ ސިކުނޑީގައި ކުރިން ހުރި މަޢުލޫމާތާއި އަލަށް ލިބޭ މަޢުލޫމާތު ގުޅުވައިލުންކަމަށެވެ. މިގޮތަށް ގުޅުވާލުމުގައި ތިން ވައްތަރެއްގެ މަޢުލޫމާތެއް ހުންނަކަމަށް އޭނާ ބުނެއެވެ. އެއީ “ކޮންޓެންޓް” އާއި “ފޯމަލް” އާއި “އެބްސްޓްރެކްޓް” އެވެ. ކޮންޓެންޓަކީ ސިކުނޑީގައި ކުރިން ހުރި މަޢުލޫމާތުގެ ތެރެއަށް ފަސޭހައިން ގުޅުވައިލެވޭގޮތަށް ލިބިފައި ހުންނަ މަޢުލޫމާތެވެ. ފޯމަލްއަކީ ކަންތައްތަކާމެދު ތިމާ ވިސްނާގޮތުންނާއި އެނގިފައިވާ އެނގުންތަކުގެ ސަބަބުން ލިބޭ މަޢުލޫމާތެވެ. އެބްސްޓްރެކްޓްއަކީ އެއްޗެއްގެ ފެންނަން ނުހުންނަ ކަންކަން ނުވަތަ ގުޅުން ދޭހަވާފަދަ މަޢުލޫމާތެވެ. ޑިސްކޯސްއެއްގައި މި ސިފަތައް ހުރި ނަމަވެސް، ކުރެވިފައިވާ ތަޖުރިބާގެ ސަބަބުން ދޭހަވުމުގައި ތަފާތުތަކެއް ހުރެދާނޭކަމަށް ލޭންޑްރީ (2002) ހާމަކުރެއެވެ.

ސިކުނޑީގައި ރައްކާކުރެވިފައިވާ ސްކެމެޓިކް ނޮލެޖުގައި، ނުވަތަ ސްކިމާޓާގައި ބަލި ސްކިމާއާއި ގަދަ ސްކިމާ ހުންނަ ކަމަށް ޖޯޖްޔޫލްއާއި ޖިލިއަން ބްރައުން(2004) ހާމަކޮށްފައި ވެއެވެ. ބަލި ސްކިމާއަކީ ކަމަކާމެދު ތިމާ ނުވަތަ ބަޔަކު ކުރިން ދެކެމުންއައި ގޮތް އޭގެ އަނެއްކޮޅަށް ބަދަލުވެފައި ހުންނަ ސްކިމާއެވެ. މީހަކު ކަމަކާމެދު ކުރިން ދެކެފައިވާ ގޮތެއް، ދިމާވާކަމަކުން ނަމަވެސް ބަދަލުވެއްޖެނަމަ، އޭނާގެ ކުރިމަތީގައި އެ ސްކިމާ އެ ވަނީ ބަލިވެފައެވެ. އަދި މުޖުތަމަޢުގެ އެންމެންގެ ގަބޫލުކުރުމަށް ބަދަލު އަތުވެއްޖެނަމަ، އެންމެންގެ ކުރިމަތީގައި އެސްކިމާ ބަލިވީއެވެ. މިސާލަކަށް ހުކުރުދުވަހު މަހަށް ދިޔުމަކީ ރަނގަޅުކަމެއް ނޫންކަމަށް ކުރީގައި ދިވެހިން ދެކެމުންއައެވެ. އެހެންކަމުން އެޒަމާނުގައި އެއްވެސް ބަޔަކު ހުކުރުދުވަހު އެކަން ކޮށެއް ނޫޅެއެވެ. އެހެންނަމަވެސް މިއަދު އެކަން ވަނީ ބަދަލުވެފައެވެ. ހުކުރުދުވަހު މާލޭގެ މަސްމާރުކޭޓަށް ވަދެލުމުން އެކަން ސާބިތުވެއެވެ. އެހެންކަމުން މިހާރު “ހުކުރު ދުވަހު މަހަށްދާކަށް ނުވާނޭ” ބުނާބުނުން އެވަނީ ބަލި ސްކިމާއަކަށް ވެފައެވެ.

ކަމަކާމެދު ނުވަތަ އެއްޗަކާމެދު ބަޔަކުމީހުންގެ ސިކުނޑީގައި ވަކިގޮތަކަށް ބިންވަޅުނެގިފައި ހުންނަ ކަންކަން ހުރެއެވެ. ލިބޭ އިތުރު މަޢުލޫމާތެއްގެ ނުވަތަ ކުރެވޭ ތަޖުރިބާއެއްގެ ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ސަބަބުން ވިޔަސް، އެކަން އަނެއްކޮޅަށް ބަދަލުނުވާހާ ހިނދަކު އެފަދަ ކަންކަމަށް ކިޔައިއުޅެނީ ގަދަ ސްކިމާއެވެ. މިސާލަކަށް “އިހުތިރާމް ލިބޭނީ އިހުތިރާމް ކޮށްގެންނެވެ.” މިއީ ދިވެހިން ޒަމާނުއްސުރެ ގަބޫލުކުރަމުން އައިސްފައިވާ ކަމެކެވެ. މިކަމަކަށް އަދިވެސް ބަދަލެއް ނާދެއެވެ. ހުރިހާމީހުން ވެސް ދެކެނީ އެގޮތަށެވެ. އެހެންކަމުން މިއީ މިހާރު ވެސް ގަދަ ސްކިމާއެއްގެ ގޮތުގައި ބެލެވޭ ސްކިމާއެކެވެ.

މި ދެބާވަތުގެ ސްކިމާއަކީ، އެކި މިންވަރަށް ދަރަޖަކުރެވޭ ދެ ބާވަތެވެ. އެހެންކަމުން އަންނަނިވި ބައިގައި ދިވެހި މުޖުތަމަޢު ގަބޫލުކުރާ ނުވަތަ ގަބޫލުކުރި ބައެއް ބުނުންތައް ހުށައަޅައިގެން މިކަންކަމަށް ތަފުސީލުކޮށް ބަލައިލާނަމެވެ.

“މައިންފައިންގެ ކިބައިގައި ހުންނަ ގޮތް ދަރިންގެ ކިބައިގައި ހުންނާނެ.”

މިއީ ދިވެހިން ގަބޫލުކުރާ ގަބޫލުކުރުމެކެވެ. މައިންބަފައިން އުޅޭ އުޅުމެއް ދަރިންގެ ކިބައިން ފެންނާނޭކަމަށް ބުނާބުނުމެވެ. ވިޔާނުދާކޮށް ނުވަތަ ގޯސްކޮށް އުޅޭ ކުދިންގެ ވާހަކަ ދެކެވޭ ދަނޑިވަޅުގައި، އެކުދިންގެ މަންމަ ނުވަތަ ބައްޕައަކީ ގޯސް އުޅުމެއް އުޅޭމީހެއް ނަމަ، އެކުއްޖާ ގޯސްވި ސަބަބު އެމީހުންނާ ގުޅުވާލައެވެ. މިއިން އެނގެނީ ދިވެހިން މިހާރުވެސް އެކަން ގަބޫލުކުރާކަމެވެ. އެހެންކަމުން މިއީ ގަދަ ސްކިމާއެކެވެ. އެހެނަސް ދިމާވާ ކަމަކުން، ނޫނީ ކުރެވޭ ތަޖުރިބާއަކުން ނަމަވެސް، މި ސްކީމާ މިއަށްވުރެ ގަދަ ނުވަތަ ބަލި ވެސް ވެދާނެއެވެ. މިސާލަކަށް ވަރަށް އުޅުން ގޯސް، ވިޔާނުދާ ދެމަފިރިއަކަށް ލިބުނު ދަރިންގެ ތެރޭގައި ވަރަށް އަޚުލާގު ރަނގަޅު ކިޔަމަންތެރި، ދީންވެރި ކުއްޖަކު ހުރެދާނެއެވެ. މިކަން މިހެން ވެއްޖެ ނަމަ، މި ސްކިމާ ކުރިން އޮތްވަރަށްވުރެ ބަލިވާނޭކަން ޔަގީނެވެ. ސަބަބަކީ މިކަމުގެ ސަބަބުން، ކުރިން ގަބޫލުކުރަމުން އައި ގޮތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައީތީއެވެ. އެހެންގޮތަކަށް ބުނާ ނަމަ، އެކަމާގުޅޭގޮތުން ސްކިމާޓާގައި ހުރި ސްކެމެޓިކް ނޮލެޖު އެވަނީ އިހުނަށްވުރެ ބަލިވެފައެވެ. އެހެންކަމުން މިކަން ތަޖުރިބާކުރި މީހެއްގެ ކުރިމަތީގައި މި ސްކިމާ ބަލި ސްކިމާއަކަށްވުމަކީ ވެދާނެ ކަމެކެވެ.

“އިސްތިރި (ދެ މީހަކު ހިތާކުރުވަން ހަދާ ފަންޑިތަ) ވަރިތޮޅި (ދެމަފިރިއަކު ދުރުކުރުވަން ހަދާ ފަންޑިތަ) އަކީ މުޖައްރިބު އެއްޗެއް.”

މިއީވެސް ދިވެހިން ގަބޫލުކުރި ގަބޫލުކުރުންތަކާ ގުޅިފައި އޮތް ބުނުމެކެވެ. މިހާރުވެސް މީހުން ބުނާއަޑު އިވެއެވެ. މިވެނި ދެ މީހަކު އިނދެގެން އެ އުޅެނީ، ނޫނީ ހިތާވެގެން އުޅެނީ ފަންޑިތަ ހަދައިގެންނެވެ. ވަރިއާ އަޅުވައިގެން ވެސް މިފަދަ ބުނުން ބުނެއުޅެއެވެ. މި ފަދަ ވާހަކައެއް ބުނާއިރު، ފަންޑިތަ ހެދިކަމަށް ބުނާ މީހާއަކީ، އެބާވަތުގެ ކަންކަން ކޮށްއުޅޭ މީހެއްކަމަށް ވާނަމަ، ގިނަމީހުން ވަރަށް ފަސޭހައިން އެކަން ގަބޫލު ވެސް ކުރެއެވެ. މިކަމުން އެނގެނީ އިސްތިރި ވަރިތޮޅި މިހާރުގެ މުޖުތަމަޢު ވެސް ގަބޫލުކުރާކަމެވެ. ގަބޫލުކުރާ މީހުންގެ ކުރިމަތީގައި މިބުނުން ވާނީ ގަދަ ސްކިމާއަކަށެވެ.

ވަރަށް ލޯބިން ކައިވެނިކުރި ދެމަފިރިއަކު، ކުއްލިގޮތަކަށް ވަރިވެގެން އުޅޭ ހާލަތެއްގައި، އެ ދެމަފިރިން ވަރިވީ މީހަކު ފަންޑިތަ (ވަރިތޮޅި) ހަދައިގެންކަން ޔަގީންވާ ކަހަލަ ހެކިތަކެއް ފެނިއްޖެ ނަމަ، އެކަމާމެދު ކުރިން ގަބޫލުކުރަމުން އައި ގަބޫލުކުރުން އިތުރަށް ވަރުގަދަ ވެގެންދާނެއެވެ. ވަރިތޮޅިއެއް ހަދައިފި ނަމަ ކިތަންމެ ލޯބިން އުޅޭ ދެމަފިރިއަކު ވެސް ދުރުކުރެވޭނޭކަން މިކަމުގެ ސަބަބުން ޔަގީންކުރެވިދާނެއެވެ. އެހެންވެއްޖެ ނަމަ އެ ބުނުން އެމީހެއްގެ ކުރިމަތީގައި އިތުރަށް ގަދަވީއެވެ. ނޫންނަމަ ގަދަ ސްކިމާއެއް އެއަށްވުރެ ގަދަވީއެވެ. މިއިން އެނގެނީ، ގަދަ ސްކިމާއެއް އެއަށްވުރެ ގަދަވުމަކީ ވެސް ވެދާނޭ ކަމެއްކަމެވެ.

މީގެ އަނެއްކޮޅަށް ވެސް މިކަން ބަދަލުވުމަކީ ވެދާނޭ ކަމެކެވެ. އިސްތިރި ނުވަތަ ވަރިތޮޅި ގަބޫލުކުރަމުން އައި މީހަކު، އެކަހަލަ ކަންކަން ކޮށްއުޅޭ މީހަކު ލައްވާ އިސްތިރިއެއް ނުވަތަ ވަރިތޮޅިއެއް ހައްދަފާނެއެވެ. އެހެނަސް އެކަމުން އެއްވެސް ކަމެއްނުވެ، ކުރިން އޮތްގޮތަށް އޮތްނަމަ، އޭނާގެ ކުރިމަތީގައި މި ސްކިމާ އެއަށްވުރެ ބަލިވުމަކީ ވެދާނެ ގޮތެކެވެ. މާނައަކީ މިބާވަތުގެ ފަންޑިތަތަކާ ގުޅޭގޮތުން އޭނާގެ ސިކުނޑީގެ ފްރޭމްގައި ރައްކާކުރެވިފައިވާ މަޢުލޫމާތަށް ބަދަލުތަކެއް އަންނާނެއެވެ. އިސްވެދިޔަ ވާހަކަތަކުން އެނގެނީ ގަދަ ސްކިމާއެއް އެއްގޮތުގައި އޮވެދާނޭކަމެވެ. ނުވަތަ އެއަށްވުރެ ގަދަވެސް އަދި ބަލިވެސް ވެދާނޭކަމެވެ.

“ރޭގަނޑު ބޭރުގައި އެއްޗެހި ހިއްކަން އަޅާފައި ބަހައްޓާކަށް ނުވާނެ.”

ރޭގަނޑުގެ ވަގުތުގައި ހާމައަށް އުޑު ފެންނަ ފަށުގައި، ލާންގެންގުޅޭ އަންނައުނު ހިއްކަން އަޅާފައި ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫންކަން ގިނަ ދިވެހިން އަދިވެސް ގަބޫލު ކުރެއެވެ. އެކަން އެނގެނީ މިހާރު ވެސް މީހުން ރޭގަނޑު ބޭރުގައި އެއްޗެހި ހިއްކަން އަޅާފައި ނުބަހައްޓާތީއެވެ. ޚާއްސަކޮށް ކުޑަކުދިންގެ އަންނައުނު ބޭރުގައި ހުރި ނަމަ، އިރުއޮއްސުމުގެ ކުރިން ގޭތެރެއަށް ވެއްދުމަކީ ދިވެހިންގެ އާދައިގައި މިހާރު ވެސް އޮންނަ ކަމެކެވެ. ޢާންމުކޮށް އެންމެންގެ އަންނައުނު ވެސް ވައްދައެވެ. މިކަމުން އެނގެނީ ދިވެހިންގެ ގަބޫލުކުރުމުގައި އަދިވެސް އެކަން އޮންނަކަމެވެ. އަންނައުނު ރޭގަނޑު ބޭރުގައި ބެހެއްޓުމަކީ، އޭގެސަބަބުން ކޮންމެވެސް ކަހަލަ ގޯހެއް ހިނގާފާނޭ ކަމެއްކަމެވެ. އެހެންކަމުން މި ބުނުމަކީ ގަދަ ސްކިމާގެތެރޭގައި ހިމެނޭ ބުނުމެއްކަމަށް ގަބޫލު ކުރެވެއެވެ.

އެހެންނަމަވެސް މި ބުނުން ބަލިވާކަހަލަ ގޮތެއް ދިމާވުމަކީ ވެސް ވެދާނެކަމެކެވެ. ބްރައުންއާއި ޔޫލް (2004) ހާމަކުރާގޮތުގައި ކުރިން ކަމަކާމެދު ދެކެމުންއަންނަ ގޮތެއް ބަދަލުވުމަކީ ވެދާނޭ ކަމެކެވެ. އެމީހަކު ކުރާތަޖުރިބާއަކުން ނުވަތަ ފެންނަ ފެނުމަކުން ނުވަތަ އިވޭ އިވުމެއް ފަދަ ކަމަކުންނެވެ. އަދި މިނޫން ސަބަބުތައްވެސް ހުރެއެވެ. މިއިން ކޮންމެ ސަބަބަކާހުރެ ނަމަވެސް އެގޮތް އޭގެ އިދިކޮޅަށް ބަދަލުވެއްޖެ ނަމަ، އެ މީހެއްގެ ކުރިމަތީގައި މި ބުނުން ވާނީ ބަލި ސްކިމާއަކަށެވެ. މިސާލަކަށް ހަނދާންނެތިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، އެއްރެއަކު ގެއަށް އެއްޗެހި ނުވެއްދިދާނެއެވެ. އެކަމަކު އެއެއްޗެހި ލައިގެން އޭނާއަށް އެއްވެސް ކަމެއް ނުވިނަމަ، އެކަމާމެދު އޭނާ ކުރިން ދުށް ގޮތް ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. ނުވަތަ މީހަކު އޭނާގާތު އެކަން ބަދަލުވާފަދަ ގޮތަކަށް ވާހަކަދައްކައިގެން ވެސް ބަދަލުވެދާނެއެވެ. މިފަދަ ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ދެކޭގޮތް ބަދަލުވެއްޖެ ނަމަ މި ބުނުން ވެގެންދާނީ ބަލި ސްކިމާއަކަށެވެ. އެހެންކަމުން މިއިން އެނގެނީ ގަދަ ސްކިމާގެ ތެރޭގައި ބަލިވެދާނެ ސްކިމާވެސް ހުރިކަމެވެ.

އިތުރު މިސާލަކަށް ބަލައިލާނަމެވެ.

“ގެއެއްގެ ތެރެއިން ނަންނުގައްޗެއް ފެނުމަކީ އެގެއެއްގެ މީހުންގެ ނަސީބު ރަނގަޅުވާ ކަމެކެވެ.”

މިއީ ވެސް ދިވެހިން ކުރިން ގަބޫލުކުރަމުން އައި ގަބޫލުކުރުމެކެވެ. އެޒަމާނުގައި ނަންނުގައްޗެއް ގެއެއްގެ ތެރެއިން ފެނުނަސް އެއަށް ގޯނާކޮށް މަރާހެދުމަކީ، އޮންނަ ކަމެއް ނޫނެވެ. އޭރުގެ މީހުން ދެކޭގޮތުގައި، ގޭތެރެއިން ފެންނަ ނަންނުގައްޗަކަށް ގޯނާކޮށްފި ނަމަ، ނުވަތަ ގެއްލުމެއްދީފި ނަމަ، އެކަމުގެ ސަބަބުން އެ ގޭ މީހުންނަށް ކޮންމެވެސް ކަހަލަ ދެރަގޮތެއް ދިމާވާނެއެވެ. އަދި ނަންނުގައްޗަށް ގެއްލުމެއް ނުދީ ދޫކޮށްލައިފި ނަމަ، އެ ގޭ މީހުންގެ ނަސީބު ވެސް ރަނގަޅުވާނޭކަމަށް އޭރުގެ މީހުން ދެކެއެވެ. އެހެނަސް މިހާރަށް ބަލާއިރު މިކަންކަން މިވަނީ ބަދަލުވެފައެވެ. ގެއެއްގެ ތެރެއިން ނަންނުގައްޗެއް ފެނިއްޖެ ނަމަ، މިހާރުގެ މީހުން ގިނަ ފަހަރަށް ގަންނާނީ ބިރެވެ. ނަތީޖާއަކަށް ވާނީ އޭތި ގެއިން ބޭރުކޮށްލުމެވެ. ނުވަތަ މަރާލުމެވެ. އަދި މިކަމުގެ ސަބަބުން، އެ ގޭގެ މީހުންނަށް ނުވަތަ މީހަކަށް ގެއްލުމެއް ނުވަތަ ދެރަގޮތެއް ވެދާނޭކަމަކަށް ވެސް ނުދެކެއެވެ. މިކަންކަމުން ހާމަވަނީ، ކުރިން ނަންނުގައްޗާމެދު ދެކެމުން އައިގޮތް، މިހާރު މި ވަނީ ބަދަލުވެފައި ކަމެވެ. އެހެންކަމުން މަތީގައި އެ ވާ ބުނުމަކީ، ކުރިން ގަދަ ސްކިމާއެއްގެ ގޮތުގައި އޮވެފައި، މިހާރު ބަލި ސްކިމާއަކަށް ވެފައިވާ ބުނުމެކެވެ.

ބަލި ސްކިމާއެއް ގަދަ ސްކިމާއަކަށް ބަދަލުވުމަކީ ވެސް ވެދާނެ ގޮތެކެވެ. އެއީ އެ މުޖުތަމަޢެއްގެ މީހުންގެ މެދުގައި ދެކެވޭ މާބޮޑު ހަރުދަނާކަމެއް ނެތް ބުނުންތަކުގެ ތެރެއިން ބުނުމަކަށް، ގަބޫލުކުރެވޭފަދަ ނުވަތަ ޔަގީންކުރެވޭފަދަ ހެއްކެއް ލިބުން ނުވަތަ ތަޖުރިބާ ކުރެވުން ފަދަ ގޮތެއް މެދުވެރިވެގެން، ތިމާގެ ސްކިމާޓާގައި އެކަމާ ގުޅޭގޮތުން ހުރި ދުނިޔަވީ މަޢުލޫމާތު އިތުރަށް ހަރުދަނާ ވުމެވެ. މިސާލަކަށް ދިވެހިންގެ ބޯދާ ބުނުންތަކުގެ ތެރޭގައި އޮވެއެވެ.

“ގަހަކުން ވެއްޓޭ ފަތެއް މީހެއްގެ ގައިގައި ޖެހިއްޖެނަމަ އެމީހަކަށް އާ ހެދުމެއް ލިބޭނެ”

މި ބުނުން މިއަދު ދިވެހި މުޖުތަމަޢު ބަލައެއް ނުގަނެއެވެ. އެކަން އެނގެނީ މީހަކު ހިނގާފައި ދަނިކޮށް ނުވަތަ ހުއްޓިހުއްޓާ ނަމަވެސް، ގަހަކުން ފަތެއް ވެއްޓި އެމީހާގެ ގައިގައި ޖެހުނަސް، އޭނާ އާ ހެދުމެއް ލިބޭނޭކަމަކަށް އުއްމީދެއް އަދި އިންތިޒާރެއް ވެސް ނުކުރާނެއެވެ. އެއީ އޭނާގެ ސްކެމެޓިކް ނޮލެޖުގައި އެކަން ބަލައިގަންނަ ފަދަ މަޢުލޫމާތެއް ޖަމާވެފައެއް ނެތުމުންނެވެ. މިއިން އެނގެނީ، މިއީ ބަލި ސްކިމާއެއްކަމެވެ. އެހެނަސް މި ސްކިމާ ގަދަ ސްކިމާއަކަށް ބަދަލުވާފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އެކަން މީގެ އަނެއްކޮޅަށް ބަދަލު ވެދާނެއެވެ. މިސާލަކަށް މީހެއްގެ ގައިގައި، ގަހަކުން ވެއްޓޭ ފަތެއް ޖެހުނު ދުވަހު، ކޮންމެވެސް ގޮތަކުން އޭނާއަށް އާ ހެދުމެއް ލިބޭގޮތް މެދުވެރިވީއެވެ. އެއީ އިއްތިފާގެއް ނަމަވެސް، އޭނާ އެކަމާމެދު ދެކޭގޮތަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މާނައަކީ ކުރިން އޭނާ އެކަމާމެދު ދެކެމުންއައި ގޮތަށް ނުވަތަ އެކަމާ ގުޅޭ ފްރޭމްގައި ހުރި މަޢުލޫމާތަށް، ގަދަކަމެއް އައިސް، އެ ސްކިމާ އިތުރަށް ގަދަވާގޮތްވުމަކީ ވެދާނޭ ކަމެކެވެ. އަދި ދެވަނަ ދުވަހު ވެސް މިކަން މިގޮތަށް ތަޖުރިބާ ކުރެވިއްޖެނަމަ، ކުރިއަށްވުރެ ބޮޑަށް އޭނާގެ ކުރިމަތީގައި މި ސްކިމާއަކީ ގަދަ ސްކިމާއެއްކަމަށް ވާނެއެވެ. މިއިން އެނގެނީ ކުރިން ބަލި ސްކިމާއެއްގެ ގޮތުގައި އޮތް ސްކިމާއެއް، ފަހުން ގަދަ ސްކިމާއަކަށް ބަދަލުވާފަދަ ގޮތެއް މެދުވެރި ވުމަކީ ވެސް ވެދާނޭ ކަމެއްކަމެވެ. އަދި އެހެން ކަމެއްވެސް އަންގައިދެއެވެ. އެއްބަޔަކު ބަލި ސްކިމާއެއްގެ ގޮތުގައި ބަލައިގަންނަ ކަމެއް އަނެއްބަޔަކު ގަދަ ސްކިމާއެއްގެ ގޮތުގައިވެސް ބަލައިގެންފާނޭކަމެވެ.

އަދިވެސް އެހެން މިސާލެކެވެ. މިފަހަރު ބަލި ސްކިމާއެއް އިތުރަށް ބަލިވެދާނޭ ގޮތެއްގެ މިސާލެކެވެ.

“ނިތްކުރި ތަނަވަސް މީހުންގެ ބުއްދި ގަދަވާނެ”

މި ބުނުމާމެދު ވިސްނައިލުމުން ދޭހަވަނީ ނިތްކުރި ބޮޑެތިކޮށް ތިބޭމީހުންނަކީ ވިސްނުން ގަދަ، ޚިޔާލުތަނަވަސް ބައެއްކަމެވެ. މިއީ ދިވެހި މުޖުތަމަޢު ކުރީގައި ގަބޫލުކުރި ގަބޫލުކުރުމަކަށް ވެދާނެއެވެ. އެހެންނަމަވެސް މިއަދުގެ މުޖުތަމަޢު އެކަން ގަބޫލުކުރޭބާވައެވެ؟ ނިތްކުރި ބޮޑު ކޮންމެ މީހަކީ ޚިޔާލު ތަނަވަސް މީހެއްކަމަށް ނިންމާބާވައެވެ؟ ޖަވާބަކީ މިއަދު އެގޮތް ގަބޫލެއް ނުކުރެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ނިތްކުރިއަށް އާދަޔާޚިލާފަށް ތަނަވަސްކަން ލިބިފައިވާ މީހުންގެ ތެރޭގައި އޮށްޓަރު ހުރި އެއްވެސް ޚިޔާލެއް ނެތް މީހުން، މުޖުތަމަޢުގައި މަދެއް ނޫނެވެ. މިއާޚިލާފަށް ނިތްކުރިއަށް މިދަންނަވާފަދަ ތަނަވަސްކަމެއް ނާންނަ އެތައް ބަޔެއްގެ ޚިޔާލުގައި ތަނަވަސްވަސްކަން ހުރީވެސް މަދެއްކޮށެއް ނޫނެވެ. އެހެންކަމުން މިއަދުގެ މުޖުތަމަޢުގައި މިއީ ބަލި ސްކިމާއެކެވެ.

ބަލި ސްކިމާ އިތުރަށް ބަލިވާގޮތަކީ، ކުރިމަތިވާ ކަމެއްގެ ސަބަބުން ބަލި ސްކިމާ އިހުނަށްވުރެ ބޮޑަށް ބަލިވާކަހަލަ މަޢުލޫމާތެއް ސިކުނޑީގެ ފްރޭމަށް ވަދެ އެމީހެއްގެ ސްޓީރިއޯޓައިޕް (ކުރިން ހުރި މަޢުލޫމާތު) އެބުނުމަކާމެދު އިތުރަށް ބަލިކަށި ކުރުމެވެ. ނިތްކުރި ތަނަވަސްމީހުންގެ ވިސްނުން ގަދަވާނޭކަމަށް ގަބޫލުކުރާ ގަބޫލުކުރުން ބަލި ސްކިމާއަކަށް ވެފައިވާއިރު، ކުރި ދިރާސާއަކުން އެއީ އެއްވެސް ޙަޤީޤަތެއް ނެތްކަމެއް ކަމަށް ދައްކައިފި ނަމަ، އެ ސްކިމާ އެވަނީ އެއަށްވުރެ ބަލިވެފައެވެ. މިކަމުން އެނގެނީ ބަލި ސްކިމާއެއް އެއަށްވުރެ ބަލިވުމަކީ ވެސް ވެދާނޭކަމެއްކަމެވެ.

ގަދަ ސްކިމާއެއް އެއްވެސް ބަދަލެއްނައިސް، އެގޮތުގައި (ގަދަ ސްކިމާއެއްގެ ގޮތުގައި) އޮތުމަކީ ވެސް ވެދާނޭ ކަމެކެވެ. މާނައަކީ ކަމަކާމެދު ބަޔަކު ދެކޭގޮތަށް ބަދަލެއް އެގޮތުގައި ދެމިހުންނަ ކަންކަންވެސް އެބަހުރެއެވެ.

“ގޯސް މީހުންނާއެކު އެޅޭ މީހުން ގޯސްވާނެ.”

މިއީ އެފަދަ ބުނުމެކެވެ. ޒަމާނުއްސުރެ ދިވެހި މުޖުތަމަޢު ދެކެނީ ގޯސް ނުވަތަ ވިޔާނުދާކޮށް އުޅޭ މީހުންނާއެކު އުޅޭ ކަމަށް ވަންޏާ، ކިތަންމެ ރަނގަޅު މީހަކުވެސް ނުވަތަ ކުއްޖަކުވެސް ގޯސްވާނޭ ކަމަށެވެ. މިއީ ވަރަށް ގިނަފަހަރު އެކަން ވާގޮތްވެސް މެއެވެ. ގޯސްމީހުންނާ ގުޅުމުން ވަރަށް ރަނގަޅު ކުދިންވެސް ގޯސްކުދިންނަށްވެފައި ހުރީ މަދެއްކޮށެއް ނޫނެވެ. ކުދިންނަށް މައިން ބަފައިން ނަސޭޙަތްދޭއިރު ވެސް ބުނެއުޅެއެވެ. ދަރިފުޅާއެވެ. ވިޔާނުދާކުދިންނާއެކު ނޫޅޭށެވެ. އެކަހަލަ ކުދިންނާއެކު އުޅެންފަށައިފިއްޔާ ދަރިފުޅުގެ އުޅުންވެސް ގޯސްވެދާނެ އެވެ. ނުވަތަ ގޯސް ވާނެއެވެ.

ހަމަ އެއާއެކު ރަނގަޅު ކުއްޖެއްގެ އުޅުން ގޯސްވެގެން އެފަދަ ވާހަކަ ދެކެވޭ ތަނެއްގައި ވަރަށް ގިނަފަހަރު ބުނެއުޅެ އެވެ. ވާނީ އެހެންނޫންހެއްޔެވެ؟ އޭނާ މިހާރު އެކުލަވައިގެން އުޅެނީ، ވަރަށް ވިޔާނުދާ ކުއްޖަކާއެވެ. ނުވަތަ ކުދިބަޔަކާއެވެ.

ރަނގަޅު ކުއްޖަކު ގޯސް ކުއްޖަކާ މާބޮޑަށް ގުޅިގެން އުޅޭނަމަ އެކުއްޖެއްގެ މައިންބަފައިން އަދި މުދައްރިސުންވެސް ކަންބޮޑުވެގެން އެކުއްޖަކާ ވާހަކަދައްކަނީ މަދެއްކޮށެއް ނޫނެވެ. ބުނެއެވެ. އޭނާއާ އެކު ނޫޅޭށެވެ. އެއީ ރަނގަޅު ކުއްޖެއް ނޫނެވެ. ވިޔާނުދާ ކުދިންނާއެކު އެޅެންޏާ ތިމާގެ އުޅުންވެސް ގޯސްވެދާނެ އެވެ. މި ކަންކަމުން އެނގެނީ، މަތީގައިވާ ބުނުމަކީ (ގޯސް މީހުންނާއެކު އެޅޭ މީހުން ގޯސްވާނެ.) ދިވެހިންގެ ތެރޭގައި އޮތް ވަރަށް ގަދަ ސްކިމާއެއް ކަމެވެ. މި ފަދަ ސްކިމާއެއް ބަލި ވުމަކީ ވަރަށް ނާދިރު ކަމެކެވެ. ނުވަތަ ނުވާނޭ ކަމެމެވެ.

އަދިވެސް އިތުރު މިސާލެކެވެ.

“ދުނިޔޭގައި އުޅޭއިރު ކަންތައްތައް ހިނގާނީ އަބަދު އެއްގޮތަކަށް ނޫނެވެ.”

މިއީ ގަބޫލުކުރެވޭ ކަމެކެވެ. ދިވެހި މުޖުތަމަޢުގައި ގަދަ ސްކިމާއެއްގެ ގޮތުގައި ބަލައި ގެންފައިވާ ސްކިމާއެކެވެ. އެންމެންވެސް ދެކެނީ މިގޮތަށެވެ. ދުނިޔޭގައި އެއްވެސް އިންސާނަކަށް އަބަދު އެއްގޮތެއްގައި ދެމިއެއް ނުހުރެވޭނެ އެވެ. މާނައަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ތަފާތު ކަންތައްތަކާ ކުރިމަތިވާނެ އެވެ. ތަފާތު ތަޖުރިބާތައް ކުރެވޭނެ އެވެ. އޭގެތެރޭގައި ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަމާ ގުޅިގެން ކުރިމަތިވާ ކަންކަމާއި، ތިމާގެ ނަޞީބާ ގުޅުން ހުރި ކަންކަން ވެސް ހިމެނޭނެ އެވެ. ދުނިޔޭގެ އުސޫލު، މީހުން ސިފަކުރަނީ އެއްދުވަހު ހެއްވާފައި އަނެއް ދުވަހު ރޮއްވާ ތަނެއްގެ ގޮތުގަ އެވެ. މިއިންވެސް އެނގެނީ ދުނިޔޭގައި އުޅޭއިރު އަބަދު އެއްގޮތަކަށް ކަންތައްތައް ނުދާނޭކަމެވެ. އުފަލަކަށްފަހު ހިތާމައެއް، ހިތާމައަކަށް ފަހު އުފަލެއް ލިބޭނޭކަމެވެ. މިކަން މިގޮތަށް ވާނޭކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ. ކުރެވޭ ތަޖުރިބާއާއި ފެންނަ ކަންކަމާއި އިވޭ އަޑުތަކުގެ މައްޗަށް ބުރަވެއެވެ. އެހެންކަމުން މިއީ ވެސް ބަލި ނުކުރެވޭނެ ގަދަ ސްކިމާއެކެވެ.

ނިންމުން:
އިސްވެދިޔަ ވާހަކަތަކަށް ބަލާއިރު އެނގެނީ ސްކިމާޓާ އަކީ އިންސާނާގެ ސިކުނޑީގައި ރައްކާކުރެވިފައި ހުންނަ މަޢުލޫމާތުތައްކަމެވެ. އިންސާނާގެ ސިކުނޑީގައި މަޢުލޫމާތު ރައްކާކުރެވިފައިވަނީ އެކި މަޢުލޫމާތު އެކި “ފްރޭމް” ގައި ކަމަށާއި އާ މަޢުލޫމާތެއް ލިބިއްޖެނަމަ އާފްރޭމެއް ސިކުނޑީގައި އުފައްދާ ފްރޭމް ކުރެވޭކަމެވެ. އަދި ކުރިން ހުރި މަޢުލޫމާތަކާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިއްޖެ ނަމަ، އެއާ ގުޅޭ ފުރޭމަކަށް ޖަމާކުރެވޭކަމެވެ. ދައްކާ ވާހަކައާއި ކިޔާ ކިޔުން، އަދި އިވޭ އިވުން ފަދަ ހުރިހާ ކަމެއް، އަހަރެމެންނަށް ނަގައިގަނެވެނީ، މި ދެންނެވި ފްރޭމްތައް ހަރަކާތްތެރި ވާލެއް ފުރިހަކަމުންކަން ވެސް އެނގިގެން ހިނގައްޖެއެވެ. މި ދެންނެވި ފްރޭމްތަކުގައި ހުންނަ މަޢުލޫމާތުތަކުގެ ތެރޭގައި، ނުވަތަ ސްކިމާގެ ތެރޭގައި ބަލި ސްކިމާއާއި ގަދަ ސްކިމާ ހިމެނޭކަމާއި، ދިމާވާ ކަމެއްގެ ސަބަބުން، ބަލި ސްކިމާ ގަދަ ސްކިމާއަކަށް، އަދި ގަދަ ސްކިމާ ބަލި ސްކިމާއަކަށް ވެދާނޭކަން އެނގުނެވެ. މީގެ އިތުރުން އެކަކަށް ބަލި ސްކިމާ އަނެކަކަށް ގަދަ ސްކިމާއަކަށް ވެދާނޭކަން ވެސް އެނގިއްޖެއެވެ. އަދި ގަދަ ސްކިމާއެއްގެ ގޮތުގައި އޮތް ސްކިމާއެއް، ދިމާވާ ކަމެއްގެ ސަބަބުން އެއަށްވުރެ ގަދަ ސްކިމާއަކަށް، ބަލި ސްކިމާއެއް އެއަށްވުރެ ބަލި ސްކިމާއަކަށް ބަދަލުވެދާނޭކަން ވެސް އެނގިގެން ހިނގައްޖެއެވެ. ހަމައެއާއެކު ވަރަށް ސާބިތުކަމާއެކު އެއްގޮތެއްގައި (ބަދަލުވުމެއްނެތި) ހިފެހެއްޓިފައިވާ ސްކިމާ ވެސް ހުންނަކަން ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެއެވެ. އެހެންކަމުން މިކަންކަމުން ސާބިތުވީ، ބްރައުންއާއި ޔޫލް (2004) ހާމަކުރާ ގޮތަށް ސްކިމާޓާގައި ހުންނަނީ ހަމައެކަނި ބަލި އަދި ގަދަ ސްކިމާ އެކަނި ނޫންކަމާއި ދަރަޖަ ކުރެވޭ ސްކިމާވެސް ހުންނަ ކަމެވެ.

ނިމުނީ

Readers Comments (67)

  1. It’s remarkable for me to have a web site, which is helpful designed for my
    experience. thanks admin

    Reply
  2. Great post. I was checking constantly this blog
    and I’m impressed! Extremely useful info specifically the
    last part 🙂 I care for such information much. I was looking for this
    certain info for a long time. Thank you and good luck.

    Reply
  3. I am curious to find out what blog platform you are working with?
    I’m having some minor security issues with my latest site and I’d
    like to find something more risk-free. Do you have any recommendations?

    Reply
  4. It is appropriate time to make some plans for the future and it’s time to be happy.

    I have learn this put up and if I may I desire to counsel you some attention-grabbing things or advice.

    Maybe you could write next articles regarding this
    article. I desire to read even more issues about it!

    Reply
  5. Hi everyone, it’s my first pay a visit at this web page, and post is really fruitful for me, keep up posting such articles.

    Reply
  6. As I website owner I think the content material here is really fantastic, regards for your efforts.

    Have a look at my web site Organic Relief CBD Oil Review

    Reply
  7. Wonderful web site. A lot of useful info here. I am sending it to a
    few buddies ans also sharing in delicious. And of course,
    thank you to your sweat!

    Reply
  8. hey there and thank you for your information ? I have certainly picked up anything new from right here.
    I did however expertise a few technical points using this web site, since I experienced
    to reload the site a lot of times previous to I could get it to load properly.
    I had been wondering if your web host is OK?
    Not that I’m complaining, but slow loading instances times will sometimes affect your placement in google and can damage your high quality score if advertising and marketing with Adwords.
    Well I?m adding this RSS to my email and can look out for much more of your
    respective intriguing content. Ensure that you update this again soon..

    Here is my web-site … Redwood CBD Review

    Reply
  9. Wow, superb blog layout! How long have you been blogging for?
    you make blogging look easy. The overall look of your web site is great, as well as the content!

    Reply
  10. With havin so much content do you ever run into any issues of plagorism or copyright violation? My website has a lot of completely unique content I’ve either
    created myself or outsourced but it looks like a lot of it is
    popping it up all over the web without my permission. Do you know any
    ways to help prevent content from being stolen? I’d genuinely appreciate
    it.

    Reply
  11. For latest news you have to pay a visit
    world-wide-web and on world-wide-web I found
    this web site as a most excellent web page for latest updates.

    Look into my web site: Vigor Testo Reviews

    Reply
  12. Hi my loved one! I wish to say that this article is amazing,
    nice written and include approximately all vital infos.
    I’d like to look extra posts like this .

    Feel free to surf to my web site :: Redwood Lodge CBD Review

    Reply
  13. I like it when folks come together and share thoughts.
    Great website, continue the good work!

    Reply
  14. Hi there, every time i used to check weblog posts here early
    in the break of day, because i like to find
    out more and more.

    Reply
  15. The machine said I had burned 50 calories, whereas my Watch stated, I had
    burned 18. The heart fee was measured precisely.

    Reply
  16. Have you ever thought about publishing an ebook or guest authoring on other websites?
    I have a blog based on the same topics you discuss and would love to have you share some
    stories/information. I know my audience would enjoy your work.
    If you are even remotely interested, feel free to shoot me an e-mail.

    Reply
  17. That is a great tip especially to those fresh to the blogosphere.

    Short but very precise info… Thanks for sharing this one.

    A must read article!

    Reply
  18. Hi there, after reading this amazing post i am
    as well cheerful to share my know-how here with mates.

    Reply
  19. Hi there to all, how is everything, I think every one is getting more from this site, and your views are pleasant designed
    for new visitors.

    Reply
  20. Tremendous issues here. I am very satisfied to see your post.
    Thank you so much and I am looking ahead to contact you.
    Will you please drop me a mail?

    Reply
  21. I’m amazed, I have to admit. Seldom do I come across a blog that’s both equally educative and
    engaging, and without a doubt, you’ve hit the nail on the
    head. The problem is something that too few folks are
    speaking intelligently about. I am very happy I stumbled across this during my search
    for something relating to this.

    Reply
  22. I loved as much as you’ll receive carried out right here.
    The sketch is attractive, your authored subject matter stylish.
    nonetheless, you command get bought an edginess over that you wish
    be delivering the following. unwell unquestionably come further formerly again as exactly the same nearly very often inside case you
    shield this hike.

    Reply
  23. That is very attention-grabbing, You are an excessively professional blogger.
    I have joined your rss feed and look forward to seeking more of your magnificent post.

    Also, I have shared your web site in my social networks

    Reply
  24. Hi, just wanted to tell you, I loved this article.
    It was helpful. Keep on posting!

    Reply
  25. I like the valuable information you provide in your
    articles. I will bookmark your blog and check again here frequently.
    I’m quite sure I will learn lots of new stuff right here!
    Best of luck for the next!

    Reply
  26. At this time it appears like WordPress is the top blogging platform available right
    now. (from what I’ve read) Is that what you’re using on your
    blog?

    Reply
  27. Fitbit has been the usual bearer for the creating wearables market, but now the company will need to proceed to
    develop and evolve.

    Reply
  28. thanks so much. I hope you smash it with subs too!!

    Feel free to visit my webpage – skip the Dishes code

    Reply
  29. great put up, very informative. I wonder why the opposite specialists of this sector don’t understand this.
    You should proceed your writing. I am confident, you’ve a huge readers’ base already!

    Reply
  30. Great article, totally what I was looking for.

    Reply
  31. Hello, its good piece of writing about media print, we all know media is a enormous source of information.

    my homepage … Pure Keto Extra Review

    Reply
  32. Good posts. Thank you!
    Best Essay writing
    paper writing service https://argumentativewriting.com

    Reply
  33. You actually revealed it terrifically!
    Best Essay writing
    paper writing help https://essaygood.com

    Reply
  34. You suggested it terrifically.
    Best Essay writing
    help essay https://researchpaperorder.com

    Reply
  35. You said thwt perfectly.
    Best Essay writing
    buy essay https://usessaywritingservice.com

    Reply
  36. Very good material.With thanks.
    Best Essay writing
    essay writing https://orderessaycheap.com

    Reply
  37. Really loads oof fantastic facts!
    Best Essay writing
    paper writing https://orderessayusukau.com

    Reply
  38. Hey! Do you know if they make any plugins to safeguard against hackers?
    I’m kinda paranoid about losing everything I’ve worked
    hard on. Any suggestions?

    Reply
  39. It’s an amazing article in support of all the online viewers;
    they will take advantage from it I am sure.

    My web-site: Keto Slim Cuts Reviews

    Reply
  40. I visited multiple web sites but the audio feature for audio songs current at this web page is in fact excellent.|

    Reply
  41. I really appreciate this post. I’ve been looking everywhere for this!
    Thank goodness I found it on Bing. You have made my day!
    Thanks again!

    Also visit my webpage Life Vibes CBD Oil

    Reply
  42. Whats up very cool website!! Man .. Excellent ..
    Amazing .. I will bookmark your website and take the feeds additionally…I am glad to search out
    numerous useful information right here within the post,
    we need develop extra strategies on this regard, thanks for sharing.

    My web page :: Full Releaf CBD Review

    Reply
  43. I am constantly thought about this, thank you for putting up.

    Feel free to surf to my web blog: Back to Calendar

    Reply
  44. hello there and thank you for your info – I’ve definitely picked up anything new from right here.

    I did however expertise several technical issues
    using this website, as I experienced to reload the site
    a lot of times previous to I could get it to load properly.

    I had been wondering if your web hosting is OK? Not that I am complaining,
    but sluggish loading instances times will sometimes affect your placement in google and could damage
    your quality score if ads and marketing with Adwords. Well I am
    adding this RSS to my email and could look out for a lot more of your respective intriguing content.
    Make sure you update this again soon..

    My web blog: Green Leaf CBD

    Reply
  45. Good information. Lucky me I came across your blog by chance
    (stumbleupon). I have book marked it for later!

    Check out my web site – Grown N Flow Reviews

    Reply
  46. No matter if some one searches for his required thing, so he/she
    wishes to be available that in detail, thus that
    thing is maintained over here.

    Feel free to visit my web page … Keto Slim Cuts

    Reply
  47. Unquestionably believe that which you stated. Your favorite reason appeared to be on the internet the easiest thing
    to be aware of. I say to you, I certainly get annoyed while people think about worries that they plainly
    don’t know about. You managed to hit the nail upon the top and also defined out the whole thing without having
    side-effects , people could take a signal. Will probably be Back to list of items to get more.

    Thanks

    Reply
  48. Greetings! I’ve been reading your blog for some time now and finally got the courage to
    go ahead and give you a shout out from Porter Texas! Just wanted to say
    keep up the good job!

    Review my web-site; Keto Slim Cuts

    Reply
  49. Asking questions are truly good thing if you are not understanding something fully, but this post presents
    nice understanding yet.

    Have a look at my website – Life Vibes CBD Oil Review

    Reply
  50. What’s up, everything is going well here and ofcourse every one is sharing
    facts, that’s really good, keep up writing.

    my web page – Grown N Flow Biotin Gummies

    Reply
  51. It’s awesome designed for me to have a website, which is good in favor of my experience.
    thanks admin

    My web page … Full Releaf CBD Oil

    Reply
  52. href="https://cbdflower.ltd/cbd-hemp-flower-cbd-flower-indoor-bud-nugs/white-widow-hemp-cbd-flower-buds-indoor-cbd-bud-hemp-flower-nugs/">CBD hemp Flower Bud Nugs 30/11/2020 @ 10:31 pm
    Reply
  53. This is my first time go to see at here and i am really impressed to read everthing at one place.

    Reply
  54. This is very attention-grabbing, You are an excessively skilled blogger.
    I have joined your rss feed and stay up for seeking more of your magnificent post.
    Additionally, I have shared your website in my social networks

    Reply
  55. I don’t even know how I ended up here, but I thought this post was great.
    I do not know who you are but definitely you’re going to a famous
    blogger if you aren’t already 😉 Cheers!

    Reply
  56. Hi there, i read your blog occasionally and i own a similar one and i was just
    wondering if you get a lot of spam comments? If so how do you prevent it,
    any plugin or anything you can recommend? I get so much lately it’s driving me
    mad so any support is very much appreciated.

    Reply
  57. Hi! I simply wish to offer you a big thumbs up for your
    great info you have got here on this post. I will be coming
    back to your website for more soon.

    Reply
  58. Hi! Quick question that’s completely off topic.
    Do you know how to make your site mobile friendly? My website
    looks weird when browsing from my iphone. I’m trying to find a template or plugin that might be able to fix
    this issue. If you have any suggestions, please share. Thank you!

    Reply
  59. Hello! I just wanted to ask if you ever have any problems with hackers?
    My last blog (wordpress) was hacked and I ended up losing a
    few months of hard work due to no backup. Do you have
    any methods to prevent hackers?

    Reply
  60. Thiis post ցives tһe light in which we cɑn observe tһe reality.
    This is an extremely nce one and givees in-depth infoгmation. Thаnk yоu for tһіs ցood article.

    Stop byy mү web-site … Rebounder reviews

    Reply
  61. Hi there! I know this is kinda off topic but I was wondering if you knew where I could find a captcha plugin for my comment form? I’m using the same blog platform as yours and I’m having problems finding one? Thanks a lot!|

    Reply
  62. I don’t even understand how I finished up here, but I thought this post was once great. I don’t know who you’re but definitely you’re going to a well-known blogger should you are not already. Cheers!|

    Reply
  63. Heya i am for the first time here. I came across this board and I find It truly useful & it helped me out much. I hope to give something back and aid others like you aided me.|

    Reply
  64. I am really enjoying the theme/design of your site. Do you ever run into any browser compatibility problems? A small number of my blog visitors have complained about my site not working correctly in Explorer but looks great in Safari. Do you have any recommendations to help fix this problem?|

    Reply

ޚިޔާލު