އިބުރާހިމް މުޙައްމަދު ދީދީ (ވެލާނާގޭ އިބްރާހީމް ދީދީ)

ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި

ވަނަވަރު

އަލްފާޟިލް އިބުރާހިމް މުޙައްމަދުދީދީއަކީ ވެލާނާގޭ އަލްފާޟިލް ހަސަން ވެލާނާ މަނިކުފާނާއި އެސްޖެހި ގަނޑުވަރު ކަޅު ސީދީގެ ސިއްތިއާ ދެ ކަނބަލުންނަށް ލިބި ވަޑައިގެންނެވި، ވެލާނާގޭ މުޙައްމަދު ދީދީ ގެ ފަސްދަރިކަލުންގެ ތެރެއިން، ދެވަނަ ދަރިކަލެވެ. ދެން ތިއްބެވި ބޭފުޅުންނަކީ ތުއްތު ދީދީއާއި، އަހުމަދު ދީދީއާއި، މެދު ދީދީއާއި، ޅަދީދީއެވެ. އިބުރާހިމް މުޙައްމަދުދީދީގެ މަންމާފުޅަކީ މަޝްހޫރު އަތިރީގޭ އަލީ ދޮށިމޭނާ ކިލެގެފާނުގެ އިބުރާހިމް ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރޭގައި އިންނެވި ހަމަ އެކަނި އަންހެން ދަރިކަނބަލުން އަދި ދޮށީ ދަރިކަނބަލުން ކަމަށްވާ، އަތިރީގޭ އައްނަބީލާ ތުއްތު ދޮން ދީދީއެވެ. ދެން ތިއްބެވީ، އަހުމަދު ދޮށިމޭނާ ކިލެގެފާނާއި އަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި، އަބުދުލް ހަމީދު އަފަންދީއެވެ. އެހެންކަމުން އިބުރާހީމް މުހައްމަދު ދީދީއަކީ ވެލާނާގޭ އާއިލާއާއި އަތިރީގޭ އާއިލާއާ ގުޅިވަޑައިގެންފައި ހުންނެވި ބޭފުޅެކެވެ.

ތައުލީމީ ހަޔާތް

އިބުރާހިމް ދީދީގެ ތައުލީމީ ހަޔާތާ މެދު މާބޮޑު އެއްޗެއް އޮޅުން ފިލާކަށް ނެތެވެ. މުޙައްމަދު އަމީން (1953) ވިދާޅުވާ ގޮތުން، އިބުރާހިމް ދީދީ ވަނީ، އެއިރު މާލޭން ތައުލީމް ހާސިލު ކުރެވެން އޮތް އެންމެ މައްޗަކަށް ތައުލީމް ހާސިލު ކުރައްވާފައެވެ. ރާއްޖޭން ބޭރު އެއްވެސް ގައުމަކުން ތައުލީމު ހާސިލު ކުރައްވާފައި ވާކަން ތާރީޚީ ލިޔުމަކުން ފެނިފައެއް ނެތެވެ. އިބުރާހީމް ޝިހާބު (1990) ވިދާޅުވެފައިވަނީ، އިބުރާހީމް މުޙައްމަދު ދީދީ ރާއްޖޭން ބޭރު އެއްވެސް ގައުމަކުން ތަޢުލީމް ހާޞިލް ނުކުރައްވާ ކަމަށެވެ.

މިޒާޖުފުޅު:

މުޙައްމަދު އަމީން (1953) ވިދާޅުވާގޮތުގައި އިބުރާޙިމް މުޙައްމަދު ދީދީއަކީ ވެރިއެއްގެ ކިބައިގައި ހުރުން އެންމެ އެކަށީގެންވާ ފަދަ ހަރުދަނާ މިޒާޖެއް ލިބިވަޑައިގެންފައިވާ ވެރިއެކެވެ. މުށްޕުޅު ބާރު ކުރަންވީ ވަގުތަކު މުށްޕުޅު ބާރު ކުރައްވައެވެ. ތުންފުޅު ފިއްތަވަންވީ ފަހަރަކު ތުންފުޅު ފިއްތަވައެވެ. އަދި އެއާއެކު ބަސްފުޅު މަދު، އަމަލީ ބޭފުޅެކެވެ. އެހެންނަމަވެސް ސާދާ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ. އިބުރާހިމް މުޙައްމަދު ދީދީގެ ހަޤީޤީ މިޒާޖުފުޅު ރަނގަޅަށް އެނގޭނީ، އޭނާ ރަނގަޅަށް ދަންނަ މީހަކަށް ކަމަށް، މުހައްމަދު އަމީނު (1953) ވިދާޅުވެފައި ވެއެވެ. އިބުރާހިމް ޝިހާބު (1990) ހާމަކުރައްވާ ގޮތުގައި އިބުރާހިމް މުޙައްމަދު ދީދީއަކީ، ވަރަށް އަބުރުވެރި ޙަޔާތެއް ހޭދަކުރެއްވި، ގިނަ ބަޔަކާ ރައްޓެހިކަން ބެހެއްޓެވި، ވިސްނުންފުޅު ތޫނު ބޭފުޅެކެވެ. މީގެ އިތުރުން އިބުރާހިމް ދީދީއަކީ، ރައްޓެހިންނާއި ތިމާގެ ބޭފުޅުންނަށް ވެސް ވަރަށް ހެޔޮކޮށް ހިއްތެވި ބޭފުޅެކެވެ.

ޒަވާޖީ ޙަޔާތްޕުޅު:

އިބުރާހިމް މުޙައްމަދު ދީދީ ކައިވެނި ފުޅު ބައްލަވައިގަތީ، މާންދޫގޭ ދޮށީ މަނިއްޕުޅުގެ އައްނަބީލާ ފާތުމަތު ހާނިމް (ތުއްތު ގޮމާ) އާއެވެ. މި ކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ މުހައްމަދު އިބުރާހިމް ދީދީއާއި، އަޙުމަދު އިބުރާހިމް ދީދީއާއި އާމިނަތު އިބުރާހިމް ދީދީއެވެ. ފުރަތަމަ ދަރިކަލުން ލިބިވަޑައިގަތީ އުމުރުންފުޅުން 31 އަހަރު ފުޅުގައެވެ.

ސިޔާސީ ޙަޔާތްޕުޅު:

އިބުރާހިމް މުޙައްމަދު ދީދީގެ ސިޔާސީ ޙަޔާތް ފެށިފައިވަނީ އޭނާގެ އުމުރުފުޅުން 30 އަހަރު ފުޅުގައެވެ. އެއީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އިއުލާން ކުރެވުމާ ގުޅިގެން އުފެދުނު ގާނޫނޫ ހަދާ މަޖިލިސްގެ ނިލަންދެ އަތޮޅު ދެކުނު ބުރީ ގޮނޑި ލިބިވަޑައިގަތުމާ ގުޅިގެންނެވެ. އޭގެ ފަހުން ކުޑަ ދުވަސްކޮޅަކަށްފަހު، މިލަދުއްމަޑުލު އުތުރުބުރީގެ ގޮނޑި ވެސް ފަޅު ފިލުވާލަދެއްވިއެވެ. އެހެންނަމަވެސް އެ ދެ ގޮނޑިން ކުރެ އެއް ގޮނޑީގައި އިންނެވިއިރު ވެސް ގައުމު އޭނާގެ މައްޗަކަށް އާދަޔާޚިލާފު ސަމާލުކަމެއް ނުދެއެވެ. ކުރިން ދެންނެވި ޤާނޫނު އަސާސީ އުވާލެވުނު ހިސާބުން އިބުރާހިމް ދީދީ ސިޔާސީ ދާއިރާއިން ނުފެނި ދުވަސްކޮޅެއް ދިޔައެވެ.

އިބުރާޙިމް މުޙައްމަދު ދީދީގެ ސިޔާސީ ޙަޔާތްޕުޅުގެ ދެވަނަ ބާބު ފެށުނީ، އަލްއަމީރު ހަސަން ފަރީދު ދީދީ، ވަޒީރުއް ދާޚިލިއްޔާކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރުއެވެ. އެއީ މީލާދީން 1940 ވަނަ އަހަރުއެވެ. އެމަނިކުފާނުގެ ހިންގުންތެރިކަމާއި ހިކުމަތު ޢަމަލީ، ގައުމުގެ ކަންކޮޅުތަކުގައި ވިދަންފެށީ، މި ހިސާބުންނެވެ. އެންމެ ފުރަތަމަ އޭނާ ފެނިގެންދިޔައީ، މާފަންނު އަވަށު ވެރިއެއްގެ ގޮތުގައެވެ. ދުވަސްކޮޅެއްފަހުން ގަލޮޅު އަވަށުވެރިއެއްގެ ގޮތުގައި އޭނާ ފެނިގެން ދިޔައެވެ. އޭނާގެ ވެރިކަމުގެ ދަށުން އެ ދެ އަވަށަށް ލިބިގެން ދިޔަ ކުރިއެރުމާއި ފައިދާތަކަކީ، އޭނާގެ ހިންގުންތެރިކަން ދައްކައިދިން ފުރަތަމަ ކަންތަކެވެ.

ދެން އައީ ހިޖުރައިން 1360 ވަނަ އަހަރެވެ. ދިވެހި ދައުލަތުގެ ހުންގާނުގައި، މުހައްމަދު އަމީނު ހިއްޕެވި އަހަރެވެ. މިހާތަނުން އަމީނުގެ އެންމެ އިސް އެއްކަމަކަށް ހެއްދެވީ، މަޙުކަމަތުލް މާލިއްޔާގެ ވަކީލުކަމާއި މަޙުކަމަތުލް އަމަން ޢާންމުގެ ޚާއްޞަ ވަކީލުކަން އިބްރާހީމް މުޙައްމަދު ދީދީއާ ޙަވާލު ކުރެއްވުމެވެ. މުހައްމަދު އަމީން (1953) ވިދާޅުވެފައި ވަނީ މަހުކަމަތުލް މާލިއްޔާގައި އޭނާއާ އެހީވެ ވަޑައިގަތުމަށް ލިބުނީ، ހިއްމަތްތެރި، އިޚުލާޞްތެރި، މަސްއޫލިއްޔަތު ކޮނޑުފުޅުގައި އަޅުއްވާ، އިބުރާހީމް މުހައްމަދު ދީދީ ކަމަށެވެ. އަމީނުގެ މި ތަޢުރީފުގެ ބަސްކޮޅުން ދޭހަވަނީ އިބްރާހީމް މުހައްމަދު ދީދީއާމެދު އަމީނު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ މިންވަރެވެ.

މީގެ އިތުރުންވެސް ވަރަށް ގިނަ ތަފާތު މަގާމުތައް އިބްރާހީމް މުހައްމަދުދީދީ ފުރުއްވާފައި ވެއެވެ. އޭގެތެރޭގައި ވަޒީރުއް ދާޚީލިއްޔާ ނުވަތަ ވަޒިރުލް އަޢުޒަމްގެ ގާއިމް މަގާމުގެ އިތުރުން، 7 ނޮވެންބަރު 1942 ގައި ލިބިވަޑައިގެންނެވި މަޙުކަމަތުލް ދާޚިލިއްޔާގެ ވަކީލުކަމާއި ސެނޭޓަރ ކަމުގެ މަގާމާއި ސެނެޓްގެ ޒަޢީމްކަން ހިމެނެއެވެ. އަދި ސިފައިންގެ ވެރިޔާގެ ނާއިބްކަމާއި ޞާޙިބުލް މަޢާލީކަމާއި މަޙުކަމަތުލް ޢަމަން ޢާންމުގެ ވެރިޔާގެ މަގާމާއި 1 ރަޖަބު 1367 ގައި އުފެއްދި ގައުމީ އެކުވެރިކަމުގެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުމެންބަރުކަންވެސް ހިމެނެ އެވެ.

ވަޒީރުލް އަޢުޒަމްގެ ނާއިބުގެ މަގާމުގައި އިބްރާހީމް މުހައްމަދު ދީދީ ހުންނަވަނިކޮށް، 22 އޭޕްރީލް 1951 ގައި ވަޒީރުއް ޒިރާޢާކަން ލިބިވަޑައިގަތެވެ. މި ދެ މަގާމުގެ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް، ޖެހިގެން އައި އަހަރު ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ވަޒީރުލް މަޙައްލީކަން ލިބިވަޑައިގަތެވެ. އެއްވަރުގެ ޒިންމާ ބޮޑު މި ތިން މަޤާމް އެއްފަހަރާ ވެސް އިބުރާހީމް މުހައްމަދު ދީދީ ވަނީ އަދާކުރައްވާފައެވެ.

ސަރުކާރުގެ އެތައް މަގާމްތަކެއް އިބްރާހީމް މުހައްމަދު ދީދީ ފުރުއްވާފައި ވީނަމަވެސް، އޭނާ ފުރުއްވި އެންމެ ޚާއްޞަ، އެންމެ ފަޚުރުވެރި މަގާމަކީ، 1 ޖެނުއަރީ 1953 ގައި އުފެދުނު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ނާއިބްރައީސްކަމުގެ މަގާމާއި ވަޒީރުލް އަޢުޒަމްގެ (ޖުމުހޫރިއްޔާގެ ރައީސްގެ) ނާއިބުގެ މަގާމެވެ.

ޚާއްޞަ ޚިދުމަތްތައް:

އިބުރާހީމް މުހައްމަދު ދީދީގެ ޚާއްޞަ ޚިދުމަތްތަކަށް ބަލާއިރު، 7 މުޙައްރަމް 1370 ގައި އުފެދުނު ދިވެހިރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީކަމަށްވާ، މުތަގައްދިމް ޕާޓީގެ ނައިބުރައީސެއްގެ ގޮތުން ހަރަކާތްތެރިވެ ވަޑައިގަތް ވަޑައިގަތުމަކީ ފާހަގަކޮށްލެވޭ ޚިދުމަތެކެވެ. މީގެއިތުރުން އެ ޕާޓީގެ ހިންގާ ކޮމެޓީގެ މެންބަރުކަމާއި ނާދީ ތަމައްދުންގެ ނައިބުރައީސްކަން ވެސް އެ މަނިކުފާނު ވަނީ ކުރައްވާފައެވެ.

ތަޢުލީމަށް ކޮށްދެއްވި ޚިދުމަތަކަކީ ވެސް ފާހަގަކޮށްލެވޭ ޚިދުމަތެއްކަމަށް މުހައްމަދު އަމީން (2001) ވިދާޅުވެއެވެ. އެގޮތުން މަދަރުސަތުލް ފަރީދިއްޔާއަށް އޭނާ ވަނީ، ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ހަމަ އެހެންމެ މިއަދުގެ މާފަންނު މަދަރުސާ އުފެއްދެވުމުން، ޞަލާޙުއްދީނަށް ނިސްބަތްކޮށް، “މަދަރުސަތުއް ޞަލާޙިއްޔާ”ގެ ނަމުން އެ މަދަރުސާއަށް ނަން ދެއްވީވެސް އެމަނިކުފާނެވެ. މީގެއިތުރުން ކުޅިވަރަށް ކޮށްދެއްވި ޚިދުމަތަކީ ވެސް، އެމަނިކުފާނުގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ޚިދުމަތެކެވެ. ޚާއްޞަކޮށް ގަލޮޅު ގުރީން ކުލަބަށް ކުރެއްވި ޚިދުމަތްތަކެވެ. ހޯއްދަވައިދެއްވި ފުރިހަމަ ކާމިޔާބީތަކެވެ.

އަމީނުދީދީ ދައުލަތް ހިންގެވި ދުވަސްވަރު ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އުތުރު ގަޑުބަޑުގެ ނަމުން މަޝްހޫރުވި ގަޑުބަޑެވެ. 1362 ވަނަ އަހަރު ޞަފަރުމަހު 26 ވަނަދުވަހު ފެށުނު އެ ގަޑުބަޑުގެ ކަންތައް ނިމިގެންދިޔައީ، ސަރުކާރަށް ކާމިޔާބު ލިބިގެންނެވެ. މި ކާމިޔާބީގައިވެސް އިބުރާހީމް މުޙައްމަދު ދީދީގެ ދައުރު ވަރަށް ބޮޑުކަމަށް މުހައްމަދު އަމީނު (1951) ވިދާޅުވެފައި ވެއެވެ.

“އެ “ހަނގުރާމަ”އިގައި އަޅުގަނޑަށް ކާމިޔާބީއެއް ލިބުނުކަމުގައި ވަނީނަމަ، އެކަމުގެ ޝުކުރާއި މުބާރިކްބާދީ އެންމެ ޚާއްޞަ ގޮތެއްގައި ރައްދުވެގެންދަނީ ދެ ފަރާތަކަށެވެ. އެއް ފަރާތަކީ އަޅުގަނޑަށް ހިތްވަރާއި ފަންވަރު ދެއްވި، އިލްހާމާއި މަދަދުވެރިކަން ލިބެމުންއައި ލޮބުވެތި ފަރާތެވެ. އަނެއްފަރާތަކީ،……….. އާދެ! އޭނާއަކީ، އެންމެ ފުރިހަމަ މާނައިގައި “އަތިރީގެ”އަށް ނިސްބަތްވެ ވަޑައިގެންނެވި، ތެދުވެރި ހަރުދަނާ ހިންމަތްތެރި ބިރެއް ނެތް ދިވެހި ދަރިއެއްކަން ސާބިތުކޮށްދެއްވި އަލްފާޟިލް އިބުރާހީމް މުހައްމަދު ދީދީ އެވެ.” (މުހައްމަދު އަމީން1951).

އިބުރާހީމް މުޙައްމަދުދީދީގެ އިތުރު ޚިދުމަތްތަކުގެ ތެރޭގައި ކާބޯތަކެތި ހަމަޖައްސާ އޮފީހުގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން މަސްވެރިކަމާބެހޭ ކަންކަން ހަމަޖެއްސުމަށް އުފެއްދެވި ކޮމެޓީގެ މެންބަރުކަން ވެސް ހިމެނެއެވެ. މީގެ އިތުރުން މުހައްމަދު އަމީނަށް ދޮށިމޭނާކަމަށް ކޮލިލެއްވި ދުވަހު، މާބަނޑޭރިއެއްގެ ބަދަލުގައި ވެސް ހުންނެވީވެސް އިބުރާހީމް މުޙައްމަދު ދީދީއެވެ.

ނައިބްރައީސްކަން ލިބިވަޑައިގަތުމަށްފަހު

އިބްރާހީމް މުހައްމަދުދީދީ ނައިބްރައީސަކަށް ހުންނެވިއިރު ގައުމުގެ ރައީސެއްގެ މަގާމުގައި ހުންނެވީ އަލްއަމީރު މުހައްމަދު އަމީނު ދީދީ އެވެ. އިބްރާހީމް ދީދީ ނައިބުރައީސަކަށް ހޮވުނީ ރައްޔިތުންގެ ވަރަށް މަތީ އަޣުލަބިއްޔަތަކުންނެވެ. އެއީ މާލޭ އަންހެނުންގެ %99 ފިރިހެނުންގެ %98.5 އަދި މާލޭގައި ތިބި އަތޮޅުތަކުގެ މީހުންގެ %100 ތާޢީދާއެކުގައެވެ.

ތާރީޚީ ލިޔުންތަކުން ހާމަވާގޮތުގައި އިބްރާހީމް މުހައްމަދު ދީދީއަކީ މުހައްމަދު އަމީނު ވަރަށް ތާޢީދު ކުރެއްވި، އިތުބާރު ކުރެއްވި، ލޯބިފުޅުވި ބޭފުޅެކެވެ. މުހައްމަދު އަމީނު (1953) ވިދާޅުވެފައިވަނީ، އިބްރާހީމް މުހައްމަދުދީދީއަކީ އޭނާގެ ކަނާތްކަމަށެވެ. މިއިން ވެސް އެނގެނީ އިތުބާރު ކުރައްވާލެއް ބޮޑުކަމެވެ. ލޯބިފުޅުވާލެއް މަތިވެރިކަމެވެ.

އިބްރާހީމް މުހައްމަދުދީދީއަކީ ފުރަތަމަ ޖުމުހޫރިއްޔާގެ ނައިބުރައީސްގެ އިތުރުން، ވަޒީރުލް އަޢުޒަމް (ޖުމުހޫރިއްޔާގެ ރައީސްގެ) ނާއިބުވެސް މެއެވެ. އަމީނުދީދީ ދައުލަތުގެ އެކިކަންކަމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވާއިރު، ދައުލަތުގެ ހުރިހާ ކަމެއް ބެލެހެއްޓެވުމުގެ އެންމެހާ ޒިންމާ، އަމީނު ހަވާލުކުރައްވަނީ އިބްރާހީމް ދީދީއާއެވެ. އެހެންކަމުން ނައިބުރައީސެއްގެ މަގާމު އޭނާ ފުރުއްވަމުން ގެންދެވިއިރު، އޭނާގެ ހަރަކާތްތެރިކަން ރައްޔިތުންނަށް ފެންނަމުންދިޔައީ ވަރަށް ފުރިހަމައަށެވެ.
1 ޖެނުއަރީ 1953 ގައި އުފަންވި ދިވެހި ފުރަތަމަ ޖުމުހޫރީ ވެރިކަން، އެއަހަރުގެ އޮގަސްޓުމަހު 21 ވަނަ ދުވަހު ނިމުމަކަށް އައިކަމަށް، އިބުރާހީމް ޝިހާބު (1990) ވިދާޅުވެފައި ވެއެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރީ ވެރިކަން އެންމެ 7 މަހާއި 21 ދުވަހުގެ ތެރޭގައި އުވިދިޔުމުގައި، އިބްރާހީމްދީދީގެ ދައުރު ވަރަށް ފުޅާކަމަށް، ތާރީޚީ ލިޔުންތަކުން ސާބިތުވެއެވެ. އާމިނަތު ފާއިޒާ (2009) ވިދާޅުވެފައި ވަނީ، އަމީނުދީދީގެ ވެރިކަން ވައްޓާލުމުގައި އެންމެ އިސްކޮށް ހުންނެވިފަރާތަކީ އިބްރާހީމް މުހައްމަދު ދީދީކަމަށެވެ. އެހެންނަމަވެސް އިބްރާހީމް ޝިހާބުގެ ޚިޔާލު ތަފާތެވެ.

“އެ ރޭގެ އެ މަންޒަރުތައް ލޮލުންދެކެ، އަތުން ހިފި މީހެއްގެ ގޮތުން އަޅުގަނޑު ދަންނަވާނީ، އަލްއަމީރު މުޙައްމަދު އަމީނަށް އެއަނިޔާ ލިބިވަޑައިގަތީ އެއްވެސް ފަރާތަކުން ކޮންޓްރޯލު ކުރުމުގެ ކުޅަދާނަކަމެއް ނެތް، ވަރަށް ބޮޑު ހައިޖާނެއްގެ ތެރޭގައި ކަމަށެވެ. އެ އަނިޔާ އެގޮތަށް ލިބިވަޑައިގަތްކަމުގެ މަސްއޫލިއްޔަތު، އޭރު އޮތް ދައުލަތް ހިންގަން ތިބި ބައެއްގެ ކޮނޑުގައި އެޅުވުމުން އަޅުގަނޑު ދުރުހެލިވަމެވެ. މިވާހަކަ މިލިޔުނީ، އެއްވެސް ހާލެއްގައި އިބުރާހީމް ދީދީގެ ދިފާޢުގައެއް ނޫނެވެ.” (އިބުރާހީމް ޝިހާބު 1951).

އަހުމަދު ޝާކިރު (2006) ހާމަކުރައްވާ ގޮތުގައި، އިބުރާހީމްދީދީގެ ހިތްޕުޅު އަމީނާ ދޭތެރޭގައި އޮތީ ކިހިނެއްތޯ ބަލާއިރު، ސުވާލު އުފެދޭ ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި، އިބުރާހީމް ދީދީގެ ބައްޕަ ވެލާނާގޭ މުޙައްމަދުދީދީ، އަމީނާ ބެހޭގޮތުން ދެއްކި ވިޔާނުދާ ވާހަކުގެ ސަބަބުން، އެ ދެމެދުގައި އުފެދުނު ހަމަނުޖެހުންތަކާއި، މުހައްމަދުދީދީ ރަށުން ބޭރުގައި އަވަހާރަވުމުން މާލެއަށް ނޭރުވި ފަޅުތެރޭގައި ގިނައިރު ބާއްވަންޖެހުން ހިމެނެއެވެ. މިހެން މިކަން ދިމާވަން މެދުވެރިވީ، ގަބުރު މާލެއެރުވުމުގެ ހުއްދަ ހޯދަން އަމީނަށް ދެންނެވުމަށް ގޮސްގެން، ފައިންޕުޅު ފެންނަގޮތް ނުވުމުންނެވެ. އެންމެ ފަހުން މާލެއެރުވީ ނާއިބުރައީސެއްގެ ޙައިސިއްޔަތުން، އިބްރާހީމް ދީދީ ހުއްދަ ދެއްވައިގެންނެވެ.

މުހައްމަދުދީދިގެ މޫނުފުޅު ދެކެން ކަމުވޮށިގެންވާ އެތައްބަޔަކާއި އާންމުގެ އެތައް ބަޔަކު ދިޔައިރު ވެސް، އަމީނު ވަޑައިނުގަތުން ވެސް މިކަމުގެ ސަބަބަކަށް ވިއެވެ. މިކަމާ އިބްރާހީމްދީދީ ކޯފާ އިސްކުރައްވާ ވިދާޅުވިކަމަށް ވެއެވެ. “މިހާރު މިއޮތީ މަރުވެފައެވެ. ކިތަންމެ ބޮޑު ބާޣީއެއްކަމުގައި ވިޔަސް، ދެން ގައިމު ތެދުވެގެން ނާދެވޭނެންޏާއެވެ. މޫނު ދެކިލަން އައިނަމަ ކީއްހެއްޔެވެ. އެވަރުވެސް ނުވިއެވެ.” އަހުމަދު ޝާކިރު (2006) ވިދާޅުވަނީ ޙަޤީޤަތުގައި އަމީނު އެތަނަށް ވަޑައިނުގަތީކީ ނޫނެވެ. އެރޭ އެ ކަމެއް ދިމާވިއިރު އަމީނުގެ އާލާސްކަންފުޅު ބޮޑުވެގެން ގޮސް އޮންނެވީ ހޭފުޅު ނެތިފައެވެ.

އިބުރާހީމް ދީދީގެ ޒާތީ ބައެއް ކަންކަމާ އަމީނުދީދީ ބެހިވަޑައިގަތުން ވެސް މިކަމުގެ ސަބަބެއްކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކާ ގުޅިގެން އިބުރާހީމްދީދީގެ ހިތްޕުޅު އަމީނާމެދު ނުބައިކަން، ކުރިމަތީގައި ފާޅުކުރައްވާފައެއް ނުވެއެވެ. މުރާލިކަމާއި ހީވާގިކަމާއެކު، ސަރުކާރު ހިންގެވުމުގައި އުޅުއްވަމުން ގެންދެވިއެވެ.

އަމީނު ސިއްޙީ ފަރުވާއަކަށް ސިލޯނަށް ވަޑައިގަތުމުން، ދައުލަތް ހިންގެވުމާއި މަޙުކަމަތުލް އަމަންއާންމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެން ހުންނެވީ އިބުރާހީމްދީދއެވެ. އަހުމަދު ޝާކިރު (2006) ވިދާޅުވަނީ، ސަރުކާރު ބަދަލުކޮށްލުމުގެ ރޭވުންތައް ރަސްމީގޮތެއްގައި ރޭވުނީ އެދުވަސްވަރުގައި ކަމަށެވެ. އަމީނުދީދީއަށް ދޮން ކަޅު ވެސް އެނގިވަޑައި ނުގަންނަވައެވެ. އޭރު ވަޔަރުލެސް އޮފީހުގެ ވެރިއަކަށް ހުންނަވަނީ، އައްނަބީލު ހަސަން އަލި ދީދީއެވެ. ބުނެވޭގޮތުގައި ސިރިއްޔާތުގައި ރޭވި ރޭވުންތައް ހަސަން އަލިދީދީއަށް އެނގިވަޑައިގަތުމުން، އަމީނަށް ވަޔަރުލެހުން އެކަން އެންގެވުމަށްޓަކައި ހަސަން އަލި ދީދީ އޮފީހަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް، އޭގެ ކުރިން އިބުރާހީމް ދީދީ ތަޅުދަނޑިފަތި އަތުލެއްވީއެވެ. މިކަމުން ހާމަވަނީ އިންގިލާބު ގެނައުމަށް ރޭއްވެވި ރޭއްވެވުމުގައި އިބުރާހީމް ދީދީގެ ދައުރު ކުޑަނޫންކަމެވެ.

1372 ވަނަ އަހަރު ޛުލްޙައްޖުމަހުގެ 11 ވަނަ ދުވަހުގެ ހުކުރުނަމާދުން ފޭބުމާއެކުހެން، އާންމުން ގުޅަކުޅޭ ފަސްގަނޑަށް ޖަމާވަމުން ދިޔައެވެ. ސަރުކާރާ މެދު، ޚާއްޞަކޮށް އަމީނާ ދޭތެރޭ އުފެދިފައިވާ ނުރުހުމާއި ރުޅިވެރިކަމުގެ ޝުޢޫރުތައް ފާޅުކޮށް އަޑު އުފުލާށެވެ. އެއްވަމުން ދިޔަ މީހުންތަކުން ގުޅަކުޅޭ ފަސްގަނޑު ފުރި ބާރުވަމުން ދިޔައިރު، އިބުރާހީމްދީދީ ސިފައިންގޭ ދޮރުމަތީގައި ހުންނެވިއެވެ. އެހެންނަމަވެސް އެކަން ހައްލުކުރައްވާކަށް، އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ. އެދުވަހުގެ އެ ހޫނުކަން ކެނޑިގެން ދިޔައީ، އަމީނަށާއި ސަރުކާރަށް ތާޢީދުކުރާ އެތައް ބަޔަކު ބިޑި އެޅުވި ހައްޔަރު ކުރެވިގެންނެވެ. އޭރު އަމީނު ވަޑައިގެންވީ ސިލޯނުގައެވެ. މިއީ އިންގިލާބުގެ އަމަލީ ބައިގެ ފެށުންކަމަށް ދެންނެވިދާނެއެވެ.

އަމީނު ސިލޯނުގައި ހުންނަވަނިކޮށް މާލޭގެ ކަންތައްތައް މިހާރު ވަރަށް ގޯސްވެއްޖެކަމަށާއި އަވަސްވީގޮތަކުން މާލެ ވަޑައިގަތުމަށް މެސެޖު ފޮނުއްވީ، އިބުރާހީމް ދީދީއެވެ. އޭރު ބަޑިގުދަނު ތަޅުދަނޑި ވެސް ވަނީ އިބުރާހީމް ދީދީގެ އަތުގައެވެ. އިބުރާހީމް ދީދީގެ މެސެޖު ލިބިވަޑައިގަތުމާއެކު، އަމީނު އަވަސްވެގަތީ، މާލެ ވަޑައިގަތުމަށެވެ. 1372 ވަނަ އަހަރު، ޛުލްޙައްޖު މަހު، 21 ވަނަ ދުވަހު އިނގިރޭސިންގެ މަތިންދާ ބޯޓެއްގައި އަމީނު މާލެ ވަޑައިގަތުމުން، އޭނާ މާލެއަށް ފައިބައި ވަޑައިގަތުމުގެ ފުރުޞަތު ނުދެއްވާ ގެންދެވުނީ ދޫނިދުއަށެވެ. މިކަމުގައި އިސްކޮށް ހުންނެވީ އިބުރާހީމް ފާމުލަދޭރި ކިލެގެފާނާއި އިބްރާހީމްދީދީއެވެ. މާލެ ނުގެނެސް ދޫނިދުއަށް ގެންދެޔައީ، މާލޭ ރައްޔިތުން ތިބީ އަމީނުދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައިކަމަށްވާތީ، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައިކަމަށް ވިދާޅުވެފައެވެ.

ގާތްގަނޑަކަށް 4 މަހެއްހައި ދުވަހު، ދޫނިދޫގައި “އަރުވާލެއްވިގެން” އަމީނު ހުންނެވުމަށްފަހު، އިބުރާހީމް ޙިލްމީއާއި، ދަނބިދަރިކަލުން ކަމަށްވާ ޝަމްސުއްދީން ޙިލްމީގެ އެހީތެރިކަމާއެކު، 1373 ވަނަ އަހަރު، ރަބީޢުލް އާޚިރުމަހު، 24 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 1:30 ގައި މާލެވަޑައިގަތެވެ. އޭރު އޭނާ ހުންނެވިކަމަށް ވަނީ ސިފައިންގެ ފަށް އެޅި ގަމީސްކޮޅެއްގައެވެ.

އެރޭގެ ބާކީ ވަގުތުތައް ހޭދަވެގެން ދިޔައީ، ބިރުވެރިކަމާއި އަނިޔާވެރިކަމުން ފުރިގެންވާ ފަދަ ހާދިސާ ތަކެއްގެ ތެރޭގައެވެ. ބިރުން ރޫރޫ އަޅާފަދަ އެތައް ވަގުތުތަކެއް ކުރިމަތި ކުރުވުމަށްފަހުގައެވެ. އަމީނު ދީދީގެ ހަށިކޮޅަށް ލިބުނު އަނިޔާ ބަޔާންކުރުމަކީ މަޢުޟޫން ބޭރުވުން ކަމަށް ފެންނާތީ ކުރުކޮށްލާނަމެވެ.

އެރޭ އަމީނުދީދީއަށް ލިބުނު އަނިޔާއާއެކު، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ނިމުން އަތުވެއްޖެއެވެ. އެހާތަނުން އިބުރާހީމް މުހައްމަދުދީދީގެ ނައިބުރައީސްކަމަށް ވެސް ނިމުން އައީއެވެ.

އިބުރާހީމް ޝިހާބު (1990) ވިދާޅުވާގޮތުން، ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްވެ، އަމީނު ދީދގެ ހަށިކޮޅަށް ކުރެއްވި އަނިޔާއަށްފަހު، އެބައިމީހުން ގުޅަކުޅޭ ފަސްގަނޑު ދޫކޮށް ދިޔައީ، އިބްރާހީމް ދީދީއަށާއި އިބުރާހީމް ފާމުލަދޭރި ކިލެގެފަނާ ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ހަވާލުކުރައްވާފައެވެ. އެހާތަނުން ރާއްޖޭގެ ރަސްކަމާ މުހައްމަދު ފަރީދުލް އައްވަލު ޙަވާލުވެ ވަޑައިގަންނަވަންދެން ދައުލަތުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބެވީ މި ދެބޭފުޅުންނެވެ.

އިންގިލާބަށްފަހު އިބްރާހީމް ދީދީ.

އަމީނުދީދީގެ ވެރިކަން އިންގިލާބުކޮށްލުމަށްފަހު، ރާއްޖޭގައި އަނެއްކާވެސް އުފެދުނީ ރަސްކަމެކެވެ. މިރަސްކަމަށް އިސްކުރެވުނީ މުހައްމަދު ފަރީދު ދީދިއެވެ. ގައުމުގެ ވެރިކަން ކޮންމެ ގޮތަކަށް ހަމަޖެހިގެން ދިޔަނަމަވެސް، އެންމެ އިސްކޮށް ގައުމު ހިންގަވަން ވެރިއެއްގެ ގޮތުގައި ހުންނަވާނީ އިބުރާހީމް ދީދީ ކަމަށް، އޭނާ ހީފުޅު ކުރެއްވިކަމަށް އަހުމަދު ޝާކިރު (2006) ހާމަކުރައްވައެވެ. އެހެންނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. މުހައްމަދު ފަރީދުގެ ރަސްކަމުގައި، ބޮޑުވަޒީރުކަމަށް އައްޔަނު ކުރެވުނީ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. އިބްރާހީމް މުހައްމަދުދީދީއަށް ދެއްވީ ވަޒީރުލް މާލިއްޔާކަމާއި މަޙުކަމަތުލް އަމުން ޢާންމުގެ ވެރިޔާގެ މަގާމުކަމަށް އިބުރާހީމްޝިހާބު (1990) ވިދާޅުވެފައި ވެއެވެ. މިގޮތަށް ކަންތައް ވުމުން، އެހެން ބޭފުޅެއްގެ އަމުރުގެ ދަށުގައި ހުންނަވާކަށް އިބުރާހީމް ދީދީއަށް ފަސޭހަފުޅު ކަމަކަށް ނުއްވެވެ. އެންމެފަހުން ބޭސްކޮޅު ކުރެއްވުމުގެ ނަމުގައި، 1954 ވަނަ އަހަރު ޖޫން މަހުގެ 28 ވަނަ ދުވަހު ސިލޯނަށް ވަޑައިގަތުމަށްޓަކައި ފުރައި ވަޑައިގަތީއެވެ. އިބުރާހީމް ފާމުލަދޭރި ކިލެގެފާނަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތްތާ، އެންމެ 3 މަހާއި 21 ދުވަހުގެ ތެރޭގައެވެ. އާމިނަތު ފާއިޒާ (2009) ވިދާޅުވަނީ، އުއްމީދު ކުރެއްވި މަގާމަށްވުރެ ދަށް މަގާމެއް ދެއްވުމުން، ކެތްނުކުރެއްވިގެން އެމަނިކުފާނުގެ ހިތްޕުޅަށް މާޔޫސްކަން ވެރިވާންފެށީ ކަމަށެވެ. ނަތީޖާއަކަށްވީ، ކުޑަ ދުވަސްކޮޅެއްގެތެރޭގައި އާލާސްކަންފުޅެއް ޖެހިވަޑައިގަތުންކަމަށާއި ޖެހުނު އާލާސްކަންފުޅުގެ އަސްލަކީ، އަމީނު އަވަހާރަވުމާގުޅިގެން އަމިއްލަ ނަފުސަށް ތަޙައްމަލުކުރައްވަން ޖެހިވަޑައިގަތް ހިތްދަތިކަމެއްކަމަށެވެ.

އިބުރާހީމްދީދީ ސިލޯނަށް ވަޑައިގަތުމާއެކު، އޭރު ސިލޯނުގައި ހުންނެވިއިރު ދިވެހި ދައުލަތުގެ ރެޕްޒެންޓެޓިވް މުހައްމަދުޒަކީ (އިބްރާހީމްދީދީއަށް ބޮޑުބޭބެ ވިދާޅުވާ) އާއި އިބްރާހީމް ދީދީއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގަންފަށައިފިއެވެ. ސަބަބަކީ ސަފީރުގެ އޮފީހަށް އިބުރާހީމް ދީދީ ވަޑައިގެން، މުހައްމަދުޒަކީއަށް އެކިއެކި އަމުރުފުޅުތައް ކުރައްވަން ފެއްޓެވުމެވެ. ކުރެއްވި އަމުރުފުޅުތަކަށް މުހައްމަދުޒަކީ ތަބާނުވާތީ، އިބުރާހީމްދީ ކޯފާވެ، މުހައްމަދު ޒަކީ ވަޒީފާއިން ވަކިކުރައްވަފާނޭ ކަމަށް ވެސް ވިދާޅުވިކަމަށް އަހުމަދު ޝާކިރު (2006) ހާމަކުރައްވައެވެ. މިކަންކަމާ ގުޅިގެން މުހައްމަދު ޒަކީ އެކަން ދިވެހި ސަރުކާރަށް އެންގެވުމާގުޅިގެން، މި މައްސަލަ ވަޒިރުންގެ މަޖިލީހަށް ހުށަހެޅުނެވެ. ވަޒީރުންގެ މަޖިލީހުން ބެއްލެވި ބެއްލެވުމުން އެނގުނީ، ގަވާއިދާއި ހަމަތަކުގެ މަތީގައި ހުންނެވީ މުހައްމަދު ޒަކީ ކަމެވެ. މިކަމުގެ ސަބަބުން އިބުރާހީމްދީގެ ހިތުގައި އިހުނަށްވުރެ ވެސް ބޮޑަށް ދައުލަތާ މެދު ނަފުރަތު އުފެދުނެވެ. އަދި މުހައްމަދު ޒަކީއާ ދެމެދު އިތުރަށް މަސްއަލަ ގޯސްވިއެވެ.

މިކަމާގުޅިގެން ސަރުކާރުން އިބުރާހީމްދީއަށް މާލެ ވަޑައިގަތުމަށް އެދި ސިޓީފުޅެއް ފޮނުއްވިއެވެ. ޖަވާބުގައި އިބުރާހީމްދީ އެންގެވީ، ބޭސްކޮޅު ނުނިމޭ ކަމަށާއި އަދި ދުވަސްކޮޅަކު ސިލޯނުގައި ބެހެއްޓުމަށެވެ. ދެތިން މަސް ފަހުން އަނެއްކާވެސް މާލެ ވަޑައިގަތުމަށް ދަންނަވައި، ސަރުކާރުން ސިޓީފުޅެއް ފޮނުއްވިއެވެ. މި ސިޓީފުޅަކަށް ޖަވާބެއް ލިބިވަޑައެއް ނުގަތެވެ. ތިންވަނަ ސިޓީފުޅެއް ވެސް ފޮނުއްވިއެވެ. ޖަވާބެއް ލިބިވަޑައެއް ނުގަތެވެ. އެ ހިސާބުން ދައުލަތުގެ އަމުރެއް ނުލިބި، މާލެވަޑައިނުގަތުމަށް އިބުރާހީމް މުހައްމަދު ދީދީއަށް އެނގެވިކަމަށް، އިބުރާހީމް ޝިހާބު (1990) ހާމަކުރައްވާފައި ވެއެވެ.

އެހެންނަމަވެސް ފަހުން ސަރުކާރުން އޭނާއަށް ރާއްޖެ އައުމުގެ ހުއްދަ ދެއްވުމުން ވެސް މާލެވަޑައިނުގެން، ކޮޅުބުގައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނަވާ އަވަހާރަވީއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، ގާތްގަނޑަކަށް 82 އަހަރުފުޅެވެ. އަވަހާރަވީ މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގައި 6 އޮކްޓޫބަރ 1981 ގައެވެ. 29 ވަރަކަށް އަހަރު ވާންދެން އަމިއްލަ ވަޒަނުން ބޭރުގައި އުޅުއްވުމަށްފަހުގައެވެ. އެހާތަނާ ޖެހެންދެންވެސް ސަރުކާރުން އޭނާގެ ހުރިހާ ޚަރަދެއް ވެސް އައީ ދެއްވަމުންނެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވާށި! އާމީން!

ހަވާލާ ލިސްޓް

އިބުރާހިމް ޝިހާބު. (1990). އައްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން. މަލަސް 26. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު.

އަބުދުލް ޙަކީމް ހުސެން މަނިކު. (1997). އިއްޔެ. މާލެ: ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާޒް ޕ. ވ. ޓ. ލ. ޓ. ޑ.

އަބުދުލް ޙަކީމް ހުސެން މަނިކު. (1997). އިއްޔެ. މާލެ: ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާޒް ޕ. ވ. ޓ. ލ. ޓ. ޑ.

މުޙައްމަދު އަމީން. 2001. ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި. މާލެ: ނޮވެލްޓީ ޕްރެސް.

މުޙައްމަދު އަމީން. 1951. ކުރިއަށް ދިވެހި ޤައުމު. މާލެ: ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާޒް ޕ. ވ. ޓ. ލ. ޓ. ޑ.

މުޙައްމަދު އަމީން. (1953). ދިވެހި ޖުމުހޫރިއްޔާއަށް މަރުހަބާ!. މާލެ: ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާޒް ޕ. ވ. ޓ. ލ. ޓ. ޑ.

 ބަސްދީ ގަތުން

އަޙުމަދު ޝާކިރު (2009). ބަސްދީ ގަތީ 20 އޮގަސްޓް 2009

އާމިނަތު ފާއިޒާ (2009). ބަސްދީ ގަތީ 18 އޮގަސްޓް 2009

Readers Comments (63)

  1. Highly energetic post, I loved that bit. Will there be a part 2?|

    Reply
  2. Do you have a spam issue on this blog; I also am a blogger, and
    I was wondering your situation; we have developed some nice practices and
    we are looking to trade methods with others, be sure to shoot me an e-mail if interested.

    Reply
  3. Hi there! I’m at work surfing around your blog from my new iphone 3gs!
    Just wanted to say I love reading through your blog and
    look forward to all your posts! Keep up the great work!

    Feel free to surf to my blog post … Grown N Flow Review

    Reply
  4. Whoah this weblog is magnificent i really like reading your posts.
    Keep up the good work! You already know, a lot of people are searching round for this info, you could aid them greatly.

    my webpage :: ici

    Reply
  5. Hello to every , because I am really eager of reading this website’s
    post to be updated daily. It contains pleasant stuff.

    Feel free to visit my web site Grown N Flow Biotin Gummies

    Reply
  6. It is the best time to make a few plans for the longer term and
    it is time to be happy. I have read this post and if I may I desire to counsel you few attention-grabbing issues or suggestions.

    Perhaps you could write next articles regarding this article.

    I desire to read more things approximately it!

    Reply
  7. I always used to study piece of writing in news papers
    but now as I am a user of internet therefore from now I am
    using net for posts, thanks to web.

    Reply
  8. It’s the best time to make some plans for the future and it is time to be happy.
    I’ve read this post and if I could I wish to suggest you
    some interesting things or suggestions. Maybe you can write next articles referring to this article.
    I desire to read more things about it!

    Reply
  9. Right away I am ready to do my breakfast, afterward having my breakfast
    coming again to read other news.

    Reply
  10. Thanks in favor of sharing such a fastidious thinking, article is fastidious, thats why i have read it
    fully

    Reply
  11. Hey there! Do you know if they make any plugins to help with SEO?

    I’m trying to get my blog to rank for some targeted keywords but I’m not seeing very good results.

    If you know of any please share. Cheers!

    Reply
  12. Hi there just wanted to give you a quick heads up.
    The words in your content seem to be running off the screen in Ie.

    I’m not sure if this is a formatting issue or
    something to do with web browser compatibility but I figured I’d post to let you know.
    The design look great though! Hope you get the issue fixed soon. Cheers

    Reply
  13. Excellent way of explaining, and fastidious piece of writing to get data about my
    presentation focus, which i am going to present in university.

    Reply
  14. Superb website you have here but I was curious
    if you knew of any community forums that cover the same topics
    discussed here? I’d really love to be a part of group where I can get opinions
    from other knowledgeable people that share the same interest.
    If you have any suggestions, please let me know.
    Thanks!

    Reply
  15. Hey! I’m at work surfing around your blog from my new iphone 3gs!
    Just wanted to say I love reading through your blog and look forward to all your posts!
    Keep up the fantastic work!

    Reply
  16. Aw, this was a really good post. Finding the time and actual effort to produce
    a very good article… but what can I say… I put things off a lot
    and never seem to get anything done.

    Reply
  17. Remarkable things here. I’m very satisfied to look your post.
    Thank you so much and I am taking a look ahead to contact you.

    Will you kindly drop me a mail?

    Reply
  18. Have you ever considered publishing an e-book or
    guest authoring on other websites? I have a blog based on the same ideas you discuss and would love to have you share some stories/information. I know my audience would value your
    work. If you are even remotely interested, feel free to shoot me
    an e mail.

    Reply
  19. I used to be recommended this website through my cousin. I’m no longer sure whether
    this publish is written by him as nobody else understand such
    targeted approximately my difficulty. You are wonderful! Thank you!

    Reply
  20. An interesting discussion is definitely worth
    comment. I do believe that you need to publish more about this subject, it might not
    be a taboo matter but typically people do not talk about such subjects.
    To the next! Kind regards!!

    Reply
  21. Hello there! I know this is kinda off topic however I’d figured I’d ask.
    Would you be interested in trading links or maybe guest authoring a blog article or vice-versa?
    My blog covers a lot of the same topics as yours and I believe we could greatly
    benefit from each other. If you might be interested feel free to shoot me an email.
    I look forward to hearing from you! Terrific blog by
    the way!

    Reply
  22. I read this piece of writing completely regarding the resemblance of hottest
    and preceding technologies, it’s amazing
    article.

    Reply
  23. When some one searches for his vital thing, thus he/she wishes to be available that in detail, therefore that thing is maintained over here.

    Reply
  24. Hello there! Do you know if they make any plugins to protect against hackers?
    I’m kinda paranoid about losing everything I’ve worked hard on. Any tips?

    Reply
  25. Hello everyone, it’s my first pay a visit at this site, and piece of writing is genuinely fruitful for me,
    keep up posting such articles or reviews.

    Reply
  26. Fantastic blog! Do you have any helpful hints for aspiring writers?
    I’m hoping to start my own website soon but I’m a little lost on everything.
    Would you recommend starting with a free platform like WordPress or go for a paid option? There are so many choices out there that I’m completely confused ..
    Any tips? Thank you!

    Reply
  27. Hello there! This is my first comment here so I just wanted to give a quick
    shout out and say I truly enjoy reading your articles.
    Can you suggest any other blogs/websites/forums
    that cover the same topics? Thanks!

    Reply
  28. Hey would you mind stating which blog platform you’re using?
    I’m planning to start my own blog soon but I’m having a tough time
    choosing between BlogEngine/Wordpress/B2evolution and Drupal.
    The reason I ask is because your layout seems different then most blogs and I’m looking for something unique.
    P.S Sorry for being off-topic but I had to ask!

    Reply
  29. Ahaa, its pleasant discussion about this article here
    at this website, I have read all that, so at this time me also commenting here.

    Reply
  30. whoah this weblog is magnificent i like reading
    your articles. Keep up the good work! You know, many persons are hunting around for this information, you can help them greatly.

    Reply
  31. Please let me know if you’re looking for a writer for your blog.
    You have some really great articles and I feel I would
    be a good asset. If you ever want to take some of
    the load off, I’d love to write some content
    for your blog in exchange for a link back to mine.
    Please blast me an email if interested. Thanks!

    Reply
  32. Its like you read my mind! You appear to know a lot about this, like you wrote the book in it
    or something. I think that you can do with a few pics to
    drive the message home a bit, but other than that, this is wonderful blog.

    A fantastic read. I will certainly be back.

    Reply
  33. I love what you guys are usually up too. This kind of clever work and
    reporting! Keep up the awesome works guys I’ve incorporated you guys to my own blogroll.

    Reply
  34. I could not refrain from commenting. Exceptionally well written!

    Reply
  35. fantastic points altogether, you just received a emblem new reader.
    What could you suggest in regards to your publish that you simply made a few days in the past?
    Any positive?

    Reply
  36. Oh my goodness! Amazing article dude! Thank you so
    much, However I am going through troubles with your RSS.
    I don’t know why I can’t join it. Is there anybody getting similar RSS problems?
    Anyone who knows the answer can you kindly respond?
    Thanx!!

    Reply
  37. Everyone loves it when individuals come together and share ideas.
    Great website, stick with it!

    Reply
  38. What’s Happening i am new to this, I stumbled upon this I’ve discovered It
    absolutely helpful and it has helped me out loads.
    I’m hoping to contribute & help other customers
    like its helped me. Good job.

    Reply
  39. What’s Taking place i’m new to this, I stumbled upon this
    I have discovered It absolutely helpful and it has aided me out loads.
    I’m hoping to give a contribution & help different customers like its aided me.

    Good job.

    Reply
  40. Everything is very open with a precise explanation of the issues.
    It was definitely informative. Your site is very helpful.

    Many thanks for sharing!

    Reply
  41. If some one needs expert view on the topic of blogging then i suggest him/her to pay a quick visit this website, Keep up the nice job.

    Reply
  42. Howdy very cool website!! Man .. Excellent .. Amazing .. I’ll bookmark your website and take the feeds also?
    I am happy to find a lot of useful info here within the submit,
    we need develop extra strategies in this regard, thank you for sharing.

    . . . . .

    Reply
  43. Yes! Finally someone writes about adıyaman kombi tamirci.

    Reply
  44. Its like you read my mind! You appear to know so much approximately
    this, such as you wrote the e book in it or something.
    I feel that you can do with a few p.c. to pressure
    the message house a bit, but instead of that, that is excellent blog.

    An excellent read. I’ll certainly be back.

    Reply
  45. An intriguing discussion is definitely worth comment.
    There’s no doubt that that you need to write more
    on this subject matter, it might not be a taboo matter but usually people do not speak about such issues.
    To the next! Many thanks!!

    Reply
  46. WOW just what I was searching for. Came here by searching for gdpr training
    london

    Reply
  47. It’s a shame you don’t have a donate button! I’d most certainly donate to this fantastic blog!
    I guess for now i’ll settle for book-marking and adding your RSS feed
    to my Google account. I look forward to brand new updates
    and will share this website with my Facebook group.
    Chat soon!

    Reply
  48. Pretty! This has been an incredibly wonderful article.

    Many thanks for providing these details.

    Reply
  49. I could not resist commenting. Well written!

    Reply
  50. Hi there to every body, it’s my first go to see of this website; this blog carries remarkable and truly
    good material in favor of readers.

    Reply
  51. Hi there, I log on to your blogs on a regular basis.
    Your story-telling style is awesome, keep up the good work!

    Reply
  52. Good replies in return of this matter with firm arguments and explaining the whole
    thing concerning that.

    Reply
  53. I was recommended this blog by my cousin. I am not sure whether this post is written by him as nobody else know such detailed about my problem.
    You are incredible! Thanks!

    Reply
  54. Hmm it looks like your website ate my first comment (it was extremely long) so I guess I’ll just sum
    it up what I submitted and say, I’m thoroughly enjoying your blog.

    I as well am an aspiring blog writer but I’m still
    new to the whole thing. Do you have any tips for newbie blog
    writers? I’d genuinely appreciate it.

    Reply
  55. It’s actually a nice and useful piece of information. I’m satisfied that you simply shared
    this helpful information with us. Please keep us informed like this.
    Thanks for sharing.

    Reply
  56. Does your website have a contact page? I’m having a tough time locating it but,
    I’d like to send you an e-mail. I’ve got some creative ideas for your blog you might be interested in hearing.
    Either way, great site and I look forward to seeing it improve over
    time.

    Reply
  57. I’ll immediately snatch your rss as I can’t in finding your e-mail
    subscription hyperlink or e-newsletter service.
    Do you have any? Please allow me recognize in order
    that I may just subscribe. Thanks.

    Reply
  58. It’s a shame you don’t have a donate button! I’d certainly donate to this excellent blog!

    I guess for now i’ll settle for book-marking and adding your RSS
    feed to my Google account. I look forward to fresh
    updates and will talk about this website with my Facebook
    group. Chat soon!

    Reply
  59. I every time used to study paragraph in news papers but now as I am a user of net thus from now I am using net for articles, thanks to web.|

    Reply
  60. Stunning quest there. What occurred after? Take care!|

    Reply
  61. Thank you for every other excellent article. The place else may anyone get that type of info in such an ideal means of writing? I’ve a presentation subsequent week, and I am on the search for such information.|

    Reply
  62. If some one wants expert view about blogging afterward i suggest him/her to pay a quick visit this webpage, Keep up the fastidious work.|

    Reply

ޚިޔާލު