ދެވަން

ބާވެފައި ހުރި ވޭވް 100 ގެ ސައިކަލުގައި އަމީނީމަގުންއިރަށް މަޑު ދުވެއްޔެއްގައިއަހަރެން ދިޔައީ، އަހަނދޭއާއެކު ކޮފީއަކަށެވެ. އޭރު ހަވީރު ހަތަރެއްޖަހައި ބޮޑުވެއްޖެއެވެ. އިރުއޮއްސުމުގެ ކުރީންއަންނާނޭ ވާހަކަ އަންހެނުން ގާތު ބުނީ،ކޮންމެހެން އެކަމަށް ނިޔަތްގަނެފައެއް ނޫނެވެ. އެ ވަގުތަށް އޭނާގެ ހިތްހަމަޖައްސައިލަ ދިނުމަށެވެ.

ތަންކޮޅަކަށް ދިޔަތަނާ ކުއްލިއަކަށް ލޮލުގައި އަޅައިގަތީ، އަހަންނަށްވުރެ ތަންކޮޅެއް ކުރީން ހިނގާފައި ދިޔަ ޕަރީއެއްގެ ފަރި ހިނގުމުގައެވެ. ދުއްޔެއްހެން އަރުވާފައި ހުރި ޓައިޓުގެ ސަބަބުން، އެ އަންހެންވަންތަ ހަށިގަނޑުގެ އުނަގަނޑުން ތިރި، ދެ ފަޔާއެކު ހާމައަށް ފެންނާން ހުރި ކަހަލައެވެ. މަތިވެސް ހަމަ އެ ފަދައެވެ. ކޮނޑުގައި އަޅުވާލާފައި އޮތް ދަބަސް ބުނެދެނީ، ކަސްރަތު ކިލާހެއްގައި ބައިވެރިވެގެން އުޅޭ ވާހަކައެވެ.

އެ މަންޖެ އަޅައިލައި ކޮންމެ ފިޔަވަޅަކާއެކު ފިނދުމަސްގަނޑުން ޖަހައިލައި ލަކި ފެނިފައި، އަހަރެންގެ ހިތް ވެސް ލަކިޖަހަން ފެށި ކަހަލައެވެ. އުމުރާ ވަރުން އެޅޭވަރު ނުވިޔަސް، ރީތި އަންހެން ކުދީންނާ ދިމާއަށް ބެލުމަކީ އަހަރެންގެ ކަށީގައި ހަރުލާފައި ހުރި އާދައެކެވެ. ގޯސް އާދައެކޭ ނުބުނާނަމެވެ. ފިރިހެނުން ބަލާނީ އަންހެނުންނާ ދިމާއަށެވެ. ހިތްކިޔާނީ ވެސް އަންހެނުންނަށެވެ. އަންހެންވެރީން ކަޅިޖަހައި ނުލައި އެ ޖިންސަށް ބެލުމަކީ އަދި މުޅިން އެހެންކަމެކެވެ.

އެ މަންޖެގެ ފުރަގަހުން މުޅި ހަށިގަނޑަށް ފެތުރި، ތަތްވެފައިވާ އަހަރެންގެ ތޫނު ނަޒަރު، އެ މަންޖެގެ އެ ޝާއްބަ ހަށިގަނޑުން ފިރުކައިލީ، މޫނަށް ވެސް ކަތިގޮތަކަށް އަމާޒުވުމަށްފަހުގައެވެ. ރީތި މޫނެކެވެ. ލަފާކުރެވޭ ގޮތުން ވިއްސަކަށް އަހަރަށްވުރެ ދޮށްޓެއް ނުވާނެއެވެ.

“ހާދަ ލަސްވީ.” ބުލޫބޭގެ ގަސްތައް ދަށުގައި ހުރި ކުޑަ މޭޒެއްގެ ދޮށުގައި އިން އަހަނދޭ އިނީ، އަހަރެން ނައިސްގެން ފޫހިވެފައެވެ.

“މި ވަރު ވެސް ވީ ކަން ރަނގަޅެއްނު! ދެންމެ ވެސް އެހެރަ ފެނުނު ކުއްޖެއް. ހީވަނީ ހަމަ ހޫރު ޕަރީއެއްހެން.”

“މުސްކުޅިވާއިރު ވެސް ތި އުޅުމެއް ނުހުއްޓާނަން ދޯ!” އަހަނދޭ ޗޮކެއް ކަނޑައިލިއެވެ.

“މޮޔަނުވެބަލަ!” އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ. “މުސްކުޅިވެގެން ގޭގައި އޮންނާނީ މުސްކުޅި ވީމައޭ!”

“ތިޔަކު ދެން އިތުރަށް ވާނެ މުސްކުޅިއެއް ނެތް. މުޅި ބޮލުގައި ހުސް ދޮންވެލި!” އަހަނދޭ ހިތުން އެ ކޮށްލީ މަލާމާތެވެ.

“ރޭ ވެސް ވިހި އަހަރުގެ މަންޖެއެއް! ހެވެއްނު ގޮދަންފުށް ހުއްޓަސް” އަހަންނަށް ވާކަން އަންގައިލީ، އަހަނދޭގެ އަނގަ ބަންދުކޮށްލާށެވެ.

“އޯކޭ! އޯކޭ! ތީ ޒުވާނެއް! ނިމުނީނު! ޒުވާން ކުއްޖާ އަވަހަށް ކޮފީއަށް އޯޑަރުދީ!”

ކޮފީގައި އިންދާ ކުޑަކަމަކު ފާޚާނާއަކަށް ވަދެލަން ޖެހިއްޖެއެވެ. އަހަރެން ދިޔައީ، އެ ތަނުގައި ހުރި އާންމު ފާޚާނާ ބަރިއަށެވެ. ވަނުމާއެކު ނޭފަތުގައި ޖެހުނު ވަހުން މޭބޮޑުވިއެވެ. އެހެންނަމަވެސް އެ އިހުސާސް ކެނޑިގެން ދިޔައީ، ފާޚާނާގެ ބިތުގައި ޖަހާފައި ހުރި ފޯނުނަންބަރު ފެނިފައެވެ. މަރީ ކިޔާ ކުއްޖެއްގެ ނަންބަރެކެވެ. ވަގުތުން ފޯނު ނަގައި، ނަންބަރު ސޭވްކޮށްލީ، ވަކަރަށް ޖަހައިލުމުގެ ނިޔަތުގައެވެ. ފަސޭހައިން ސަމުސަލަށް އަރާނެކަމަށް ލިޔެފައި އޮތީމާ ވެސް މެއެވެ. އެއަށްފަހު ސައިކަލުތަޅުދަނޑީގެ އެހީގައި ބިތުން ނަންބަރު ފޮހެލީ، އެހެންމީހަކަށް އެ ފުރުސަތު ނުދިނުމަށެވެ.

ކޮފީ ނިންމާލުމަށްފަހު ތެދުވެވުނުއިރު، ހައެއް ޖަހަން ހުރީ ދިހަވަރަކަށް މިނެޓެވެ. ފޯނަށް ބަލައިލެވުނުއިރު، އަންހެނުން ދެ ފަހަރު ގުޅާފައި އޮތެވެ. ހަގު ދަރިފުޅު ފަސްގަޑިބައިގައި ސްކޫލުން ނިމޭނެއެވެ. ގުޅީ އެކަން ހަނދާންކޮށްދޭންކަން ކަށަވަރެވެ. މިހާރު އަންހެނުން އެ ސޮރު ބަލައި ހިނގައިދާނެއެވެ. ފޯނު އައިކަން ނޭނގުނުކަން ނަސީބެވެ.

އަހަނދޭ ނައްޓާލުމާއެކު، އަހަރެން މަސައްކަތްކުރާ ފިހާރައިގައި އުޅޭ ބަންގާޅީގެ ނަމުގައި ނަގާފައި އޮންނަ، އުރީދޫގެ ސިއްރު ނަންބަރުން “ފާޚާނާމަންޖެ” އަށް ގުޅައިލީމެވެ. މި ނަންބަރު ގެންގުޅޭކަން އަންހެނުން ކީއްކުރަން ހެއްޔެވެ؟ ރައްޓެއްސަކަށް ވެސް ނޭނގޭނެއެވެ. މިއީ ހަމަ މި ކަހަލަ “ބިޓުންނަށް” ޚާއްޞަ ނަންބަރެކެވެ.

“ހަލޯ!”

ދެތިން ރިންގުން ފޯނު ނަގައިފިއެވެ. ކަންފަތުގައި ޖެހުނީ ރީތި އޮމާން އަޑެކެވެ. އަޑު ބުނާގޮތުން ވިއްސަށްވުރެ ދޮށްޓެއް ނުވާނެއެވެ. އެކަމަކު އަޑަކުން އުމުރެއް ނޭނގޭނެއެވެ. ލަތާމެން، އާޝާބޯސްލޭމެންގެ އުމުރުން އަށްޑިހައިން މައްޗަށް ދިޔައިރު ވެސް، އަޑު އެހެރީ ސާދަ ފަނަރައިގައެވެ.

“ހަލޯ! ކޮން ކުއްޖެއް؟” ނުދަންނަ އަންހެން ކުދިންނާ ވާހަކަ ދައްކާއިރު އާންމުކޮށް އަޑަށް ގެންނަ ބަދަލު ގެންނަމުން އަހަރެން ވަގުތުން ވާހަކަ ފެށީމެވެ.

“ކޮން ކުއްޖެއް ހޯދަނީ؟”

“މަރީ”

“މީ މަރީއޭ”

ހީކުރި ވަރަށްވުރެ މަރީ މާ ބޮޑަށް ވެސް ގާތެވެ. ބީރައްޓެހިކަމެއް އަމުދުން ނެތެވެ. ކާކުކަން އޮޅުން ފިލުވަން ކުޑަކޮށް އުޅެލިއެވެ. އެހެންނަމަވެސް ފަހަކުން އަޅައެއް ނުލިއެވެ. ފަނަރަ ވަރަކަށް މިނެޓު ވާހަކަ ދެކެވުނުއިރު، ހީވަނީ ގާތް ރައްޓެއްސެއް ހެންނެވެ. ހީނހީނފައި ވެސް ވާހަކަ ދެއްކިއެވެ. އެކަމަކު ހަމަ އަހައިއަހައި ވެސް އުމުރެއް ނުބުންޏެވެ. “ސަޕްރައިޒް” އެކޯލައެވެ.

އަހަރެން ބޭނުންވީ މިރޭ ބައްދަލުކުރާށެވެ. އެހެންނަމަވެސް މަރީއަކަށް ވަގުތެއް ނެތެވެ. މާދަމާރޭ އޯކޭވާނެއޭ ބުނެފައި ފޯނު ބޭއްވީ މަންމަ އަތުވެއްޖޭ ކިޔައިފައެވެ.

ގެއަށް ދިޔައިރު އަންހެނުން ހުރީ ރަތަށް އަރާފައެވެ. ދަރިފުޅު ގޮވައިގެން އައިސް، އެ ވަރުބަލިކަން ނުފިލައި ހުރުމުން ވީ ގޮތެއްކަން އެނގެއެވެ. ދެތިން ހަތަރު މިނެޓެއްގެ ތެރޭގައި ހަމައަކަށް އެޅޭނެއެވެ. އެއީ ހިތުދަސްވެފައިވާ ފޮތެކެވެ.

“މިރޭ ވަފާގެ ޕޭރެންޓު މީޓިން އެބަ އޮތް. ދެވޭނެތަ؟” ފާޚާނާއިން ނިކުމެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތްތަނާ އަންހެންނުން އެހިއެވެ. އެ ބުނީ ގުރޭޑު 10 ގައި ކިޔަވަމުން ގެންދާ މަގޭ ދޮށީ ދަރިފުޅުގެ ވާހަކައެވެ. ވަގުތުން އާނއެކޭ ބުނީމެވެ. އަންހެނުން ފިނިކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުންނެވެ.

ވަފާގެ ޕޭރެންޓު މީޓިންނަށް ނުދެވުނު ނަމައޭ ހިތަށް އެރިއެވެ. ގުރޭޑު 10ގެ ފުރަތަމަ ޓާމް ނިމުނީއެވެ. އަށެއްގައި ދެ އަހަރު، ނުވައެއްގައި ދެ އަހަރު އުޅުނުއިރު، މި ފަހަރު ވެސް އެންމެ މާއްދާއަކުން ވެސް ފާހެއް ނުވެއެވެ. އެއްވެސް ޓީޗަރެއްގެ ފަރާތުން ކަމުދާ ކަހަލަ ބަހެއް ނީވުނެވެ. ކުލާހުގައި ސަކަރާތްޖަހާ ވާހަކައެވެ. މަސައްކަތް ނުނިންމާ ވާހަކައެވެ. އަޚުލާޤީ ފެންވަރު ދަށް ވާހަކައެވެ. ގަޑިކަޓުވާ ވާހަކައެވެ. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. ލަދުން ބޯ ހަލާކެވެ.

ގެއަށް ވަދެ، ހުރިހައި ރުޅިއެއް ބޭލުނީ އަންހެނުންނަށެވެ. އަންހެނުން ގޯސްކުރީ އަހަންނެވެ. ކިހައި ރީތިހެއްޔެވެ؟ ބޭރަށް ނިކުމެ، އަލަށް ލިބުނު މަންޖެއާ ގުޅައިލީ، ހިތް ހަމަޖައްސައިލުމަށް ޓަކައެވެ. އޭނާ ވެސް ފޯނު ބިޒީކޮށްލީއެވެ. ކައިރީގައި ހުރި ހޮޓަލަށް ވަދެ، ކަޅުކޮފީއަކާއެކު ތިންހަތަރު ސިގިރެޓް ބޯލައިގެން ގެއަށް ވަދެވުނުއިރު ބާރަޖަހައިފިއެވެ.

ޖެހިގެން އައި ދުވަހު، ފިހާރައިން ނިމިގެން ގެއަށް އާދެވުނުއިރު، އަސުރުން އިރުތިރި ވެއްޖެއެވެ. މުދާ ގެނައި ދުވަހެއްކަމުން ތަންކޮޅެއް މަސައްކަތް ބުރަވީއެވެ. އަވަސް އަވަހަށް ފެންވަރާލައިގެން ހަތެއް ޖެހުމުގެ ކުރީން ގެއިން ނިކުމެއްޖައީމެވެ. މަރީއަށް ގަޑި ކިޔާފައި އޮންނާނީ އަށެއް ޖަހާއިރަށެވެ. އޭގެ ކުރީން އަހަނދޭއާއެކު ކޮފީއެއް ބޯލަން ކޮންމެހެން ވެސް އެބަ ޖެހެއެވެ. ދުވާލަކު މަދުވެގެން އެއް ފަހަރު އޭނާއާއެކު ކޮފީއަކަށް އެރުމަކީ، އަމިއްލަ ނަފުސަށް ލާޒިމުކޮށްގެން އުޅޭކަމެއް ކަހަލައެވެ.

އަށެއް ޖަހަން ފަސް މިނެޓަށް ވީތަނާ މަރީ ގުޅައިފިއެވެ. އަހަރެންގެ ޒުވާން އަޑު ނެރެމުން، ހަލޯއޭ ބުނެލުމާއެކު އަހަނދޭ ބަނޑަށް ހޭންފެށިއެވެ. މި ދަނީއޭ ބުނެފައި ފޯނު ކުރުކޮށްލީ، އަހަނދޭގެ ސަބަބުން ބޮނޑިއެއް ލިބިދާނެތީ އެކަންޏެއް ނޫނެވެ. ވަގުތު ވެސް ނެތީމައެވެ.

“މި ރޭ ވެސް ކުއްޖަކަށް ގަޑިކީ ދޯ!”

“ތި ވާހަކަ ބާއްވާ!” އަހަރެން އަވަސް އަވަހަށް ތެދުވެގެން ހިނގައިގެންފީމެވެ. “ދެން ވެސް ގުޑުލަކް ކިޔައިބަލަ!” އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ.

“އަހަރެން ކިޔާނީ ބޭޑްލަކް!”

އަށެއް ޖަހާއިރު ބިލަބޮންގު ކަންމަތީގައި ހުންނާނެ ވާހަކަ މަރީ އޮތީ ބުނެފައެވެ. ލައިގެން ހުންނާނީ ކަޅުރަތް ކުލައިގެ މާޖެހި އަތް ކުރު ގަމީހަކާއި ކަޅު ކުލައިގެ ޖީންސެކެވެ. ހެދުމާ އެއްކުލައިގެ ދަބަހެކެވެ. އަހަރެން އަމީނީ މަގުން އިރުން ހުޅަނގަށް ދުއްވަމުން ދިޔައީ، ހަރު ދުވެލީގައެވެ. ބުނާ ގަޑިއަށް ގެއަށް ނުދެވުނަސް، މި ކަހަލަ ކަންކަމުގައި އަބަދު ވެސް ވަގުތަށް ސަމާލުކަން ދެމެވެ.

އިމާދުއްދީން ސްކޫލާ ހަމައިން މަގުމަތީ ބައްތި ފެހިވެއްޖެއެވެ. ސައިކަލުގެ ދުވެލި ބާރުކޮށްލެވޭތޯ އުޅުނީމެވެ. އެހެންނަމަވެސް ކޮޅުކޮޅަށް ދުއްވާ އެއްޗިއްސާހުރެ، އެކަން ވާގޮތް ނުވެގެން އުޅެނިކޮށް، މަރީ ފެނިއްޖެއެވެ. ސީގަލާ ހަމައަށް ދެވުނުތަނާއެވެ. މަރީ ހުރީ ބިލަބޮންގު ކަންމަތީގައި، މަގުގެ ހުޅަނގުކޮޅަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަމަ އޭނާ ބުނި ކުލައިގެ ގަމީހަކާއި ޖީންސެއް ލައިގެންނެވެ.

ބައްތި ރަތްވުމުގެ ކުރީން ސަލާމަތްވެވޭތޯ މުށްގަނޑު ފެލާލައިފީމެވެ. އެހެންނަމަވެސް ބައްތީގެ ނުހޮރުއްޕާނުން ސަލާމަތެއް ނުވެވުނެވެ. ޖެހުނީ މަޑުކުރާށެވެ. ޒުވާން އަންހެން ކުދީންގެ ސޫރައަށް ފެންބޮވައިގެންފައިވާ އަހަރެންގެ ކަޅި ހުއްޓިފައި ހުރީ، މަގުގެ ހުޅަނގުކޮޅަށް ބަލަހައްޓައިގެން ހުރި މަރީއާ ދިމާއަށެވެ. ހިތް ވަނީ އަވަސްވެފައެވެ. ގަޑިއަށް ބަލައިލެވުނެވެ. އަށްގަޑި ހައެއް ހިނގައިފިއެވެ. މަރީ ފޯނު ނަގައި، ކޮންމެވެސް ނަންބަރަކަށް ގުޅާލައިފިއެވެ. ބައްތި ފެހިވީ އެ ވަގުތުއެވެ. ފޯނު ވައިބްރޭޓުވީ ދުއްވާލި ތަނާއެވެ. އަހަރެން އެ ދިޔަ ގޮތަށް ގޮސް މަރީގެ ފުރަގަހުން ފުރޮޅު ކަހައިލީމެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ، ކުއްލިއަކަށް އަހަންނާ ދިމާއަށް މަރީ އެނބުރުނެވެ.

އަހަރެންގެ ބޮލުގައި މީހަކު އެއްޗަކުން ޖެހި ކަހަލައެވެ. ލިބުނު ކުއްލި ސިހުމާއެކު، އަރި އަޅާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. އަހަރެންގެ ހެދުމުގެ ކުލަ ނުބުނެވުނުކަން ނަސީބެވެ. ކުރިމަތީގައި މި ހިރީ…”

“ބައްޕާ…!”

ކަންފަތުން ފޯނު ނައްޓައިލަމުން ވަފާ އަހަންނަށް ގޮވައިލީ، ދެ ލޯ ބޮޑުކޮށްގެން ހުރެގެންނެވެ. އަހަރެންގެ ބޮލަށް އެނބުރުން އަރައިގަތެވެ. ހިތަށް އަރައި ފައިބަމުން ދިޔަ އޮއިވަރަކީ، ލަފުޒަކުން ބުނެދެވޭނެ ވާހަކަތަކެއް ނޫނެވެ. ދަރިފުޅުގެ ދޮން މޫނު ރަތްވެގެން ދިޔައިރު، އަހަރެންގެ ހަތަރެސްފައި ރޫރޫ އަޅައެވެ. ދާހިއްލާ ފޯވަމުން ދާކަން އިހުސާސް ކުރެވުނެވެ. އަމިއްލަ ދަރިފުޅާއެކު މި ކުޅެވުނީ ކޮންފަދަ ހުތުރު ޑުރާމާއެއް ހެއްޔެވެ؟

“ރައްޓެހި ކުއްޖެއްގެ ގެއަށް ދާން ކާރަކަށް ގުޅައިގެން މި ހުންނަނީ.”

ވަފާ ހެދި ބޮޑު ދޮގުން އޭނާއަށް އަހަރެންގެ މުޑުދާރު ޢަމަލު ނޭނގޭކަން އިހުސާސްކުރެވުނެވެ. އެހެންނަމަވެސް އެކަމާ އަހަރެން ވާންވީ އުފާހެއްޔެވެ؟ އަމިއްލަ ދަރިފުޅު ހިނގަމުން އެ ދަނީ ކޮންފަދަ މުޑުދާރު މަގަކުން ހެއްޔެވެ؟ އަހަރެންގެ މި ފާފަވެރި އުޅުން ދަރިފުޅަށް ވާރުތަކުރަނީ ބާވައެވެ؟ އަހަރެންނެކޭ އެއްފަދައިން، އޭނާ ވެސް ސިއްރު ނަންބަރެއް ގެންގުޅެނީއެވެ. އެކަމަކު އާންމު ފާޚާނާތަކަށް ނަންބަރު އަރާވަރަށް ދަރިފުޅުގެ އުޅުން ކަތިވީ ހެއްޔެވެ؟ އަހަރެންގެ ހިތް ތެޅެން ފެށީ އޮބިނޯންނަ ދަރަޖައަކަށެވެ. ބިރުވެރިކަން ހިތަށް ވަނީ ކުއްލިއަކަށެވެ. ލޯ މަރައިލެވުނީ ހިތްދަތިކަމާއެކުގައެވެ.

“ހިނގާ ގެއަށް ދާން!” ދަރިފުޅާ ދިމާއަށް ބަލައިލާން ވެސް ނުކެރި އިނދެ އަހަރެން ބުނީމެވެ. އިރުކޮޅަކު ހުރެފައި، އޭނާ ފަހަތަށް އަރައިފިއެވެ. އަހަރެން ވަގުތުން ދުއްވާލީ ގެއާ ދިމާއަށެވެ.

ގެއަށް ގޮސް މީހަކާ އަނގައަކުން ނުބުނަމެވެ. ވަނީ ފާޚާނާއަށެވެ. ދޮރުލެއްޕުމާއެކު ރޮވިއްޖެއެވެ. ބޭނުންވީ ވެސް ރޮއިލާށެވެ. ހިތް ހަމަޖެހޭވަރަށް ރޮއިލާށެވެ. ފާރުގައި ބޯ ޖަހައިގެން އެތައް އިރަކު ހުރުމަށްފަހު، ކަރުނަ ފޮހެލަމުން، ޖީބުގައި އޮތް ފޯނު ނެގީމެވެ. ވަގު ސިމްނަގައި ފާޚާނާތަށްޓަށް ވައްޓައިލައި ފުލޭޝްކޮށްލިއިރު، ހިތުގައި ޢަޒުމު ކަނޑައެޅީ، މި ފާފަވެރި ދިރިއުޅުން އަބަދުގެ އަބަދަށް ދޫކޮށްލުމަށެވެ. ﷲގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރެ، މަގު ގެއްލެމުންދާ ދަރިފުޅު ހަމަ މަގަށް އެޅުވުމަށެވެ. އިސްކުރުދޮށަށް ގުދުވެ ވުޟޫކުރަންފެށީ، އެތައް ދުވަހަކަށްފަހު، ﷲ އަށް ސަޖިދައެއް ޖެހުމުގެ މަތިވެރި ނިޔަތުގައެވެ

ނިމުނީ.

Readers Comments (50)

  1. ވަރަށް ރީތި މޮޅު ވާހަކައެއް

    Reply
    • ވިޔާނުދާ މީހުންނަށް ހަމަ އަސްލުވެސް މިކަހަލަ ކަންތައްތަކާ ދިމާވެފައި އެބަހުރޭ!

      Reply
  2. ވާހަކަ ވަރަށް ރީތި، ވަރަށް އިބުރަތްތެރި

    Reply
  3. Varah furihama

    Reply
  4. Very good

    Reply
  5. varah furihama vaahaka eh

    Reply
  6. I’ve learn some just right stuff here. Certainly value bookmarking for
    revisiting. I wonder how a lot effort you put to make
    any such magnificent informative web site.

    Reply
  7. You actually make it seem so easy with your presentation but I find this matter to
    be really something that I think I would never understand.
    It seems too complicated and extremely broad for me.
    I am looking forward for your next post, I’ll try to
    get the hang of it!

    Reply
  8. Good content Many thanks.
    Best Essay writing
    help essay https://buyessayonlinereviews.com

    Reply
  9. You mentioned it terrifically.
    Best Essay writing
    paper writing service https://buyessaywritingservice.com

    Reply
  10. Thanks. Loads of write ups!

    Best Essay writing
    paper writing service https://cheapessaywritingserviceusa.com

    Reply
  11. Can you tell us more about this? I’d like to find out some additional information.

    Look at my page :: Pure Keto Extra Review

    Reply
  12. Great material, Regards!
    Best Essay writing
    buy essay paper online https://orderessayusukau.com

    Reply
  13. Fantastic information, Cheers.
    Best Essay writing
    essay writer https://termpaperwriterservice.com

    Reply
  14. I think the admin of this website is truly working hard
    in support of his web page, because here every material
    is quality based data.

    Reply
  15. Wow, that’s what I was exploring for, what a information! existing here at this web
    site, thanks admin of this site.

    Visit my blog :: Aktive Keto

    Reply
  16. Your style is so unique in comparison to other folks I’ve read stuff from.
    Thanks for posting when you’ve got the opportunity, Guess I will just
    book mark this web site.

    Reply
  17. Nicely put. Regards.
    Best Essay writing
    buy essays online https://servicethesis.com

    Reply
  18. Truly many of great info.
    Best Essay writing
    essay helper https://essaysonservice.com

    Reply
  19. Heya i’m for the primary time here. I came across this board and
    I to find It really helpful & it helped me out much. I hope to present one
    thing again and aid others such as you aided me.

    my website – Keto Slim Cuts Review

    Reply
  20. Lovely just what I was looking for. Thanks to the author for
    taking his clock time on this one.

    my site; Full Releaf CBD Review

    Reply
  21. Point clerarly taken!!
    Best Esswy writing
    buy essays https://collegepaperwriting.com

    Reply
  22. I absolutely love your blog.. Very nice colors & theme. Did you build this web site yourself? Please reply back as I’m wanting to create my very own blog and want to find out where you got this from or what the theme is named. Thank you!|

    Reply
  23. Thanks, I have recently been looking for info about this subject for ages and yours is the greatest
    I’ve came upon so far. However, what about the conclusion? Are
    you certain in regards to the supply?

    Here is my blog Green Healing CBD Reviews

    Reply
  24. Awesome! Its really remarkable post, I have
    got much clear idea about from this paragraph.

    Look at my website … Your Browser does not support frames. Please Click here to continue.

    Reply
  25. Yes! Finally someone writes about accessing medical cannabis.

    Feel free to surf to my web-site; 0

    Reply
  26. Unquestionably imagine that which you stated.
    Your favourite justification appeared to be on the internet
    the simplest factor to take into account of.
    I say to you, I definitely get irked whilst people think about worries that they plainly do not know about.
    You controlled to hit the nail upon the highest and also outlined out
    the whole thing without having side-effects
    , other people can take a signal. Will probably be again to get more.
    Thanks

    Here is my site: Pure Keto Extra

    Reply
  27. Hi i am kavin, its my first occasion to commenting anyplace, when i read this post i thought i could also create
    comment due to this brilliant piece of writing.

    Here is my site – Flow Male Enhancement Pills

    Reply
  28. Hey there this is somewhat of off topic but I was wanting to know
    if blogs use WYSIWYG editors or if you have
    to manually code with HTML. I’m starting a blog soon but have no coding knowledge so I wanted to get guidance from someone with experience.
    Any help would be enormously appreciated!

    Also visit my site; Pure Spectra CBD Ingredients

    Reply
  29. Hi, i think that i saw you visited my site so
    i came to ?return the favor?.I am trying to find things to improve my web
    site!I suppose its ok to use some of your ideas!!

    Also visit my web blog :: DivaTrim Keto Review

    Reply
  30. It’s awesome in favor of me to have a site, which is good in favor of
    my know-how. thanks admin

    Feel free to visit my webpage: [ПЕРЕЙТИ]

    Reply
  31. Good day! I know this is kinda off topic but I was wondering if you knew where I could find a captcha plugin for my
    comment form? I’m using the same blog platform as yours
    and I’m having difficulty finding one? Thanks a lot!

    My web blog :: Simple Keto Burns Pills

    Reply
  32. Ahaa, its nice conversation on the topic of this
    paragraph at this place at this website, I have read all that, so now me also commenting at this place.

    Reply
  33. Very soon this web page will be famous among all blog viewers,
    due to it’s fastidious content

    Reply
  34. Thanks for every other informative web site. The place else could I get that type of information written in such a perfect way?

    I have a venture that I’m just now operating on, and I’ve been at the
    glance out for such information.

    Reply
  35. Thanks for every other informative blog. The place else may just I
    am getting that kind of information written in such an ideal means?
    I’ve a undertaking that I am simply now operating on, and I have been at the glance
    out for such info.

    Reply
  36. Do you mind if I quote a few of your articles as long as
    I provide credit and sources back to your weblog?
    My blog site is in the exact same area of interest as yours and my visitors would
    genuinely benefit from some of the information you present here.
    Please let me know if this okay with you. Thanks!

    Reply
  37. Magnificent beat ! I would like to apprentice while you amend your website, how can i subscribe for a blog site?
    The account aided me a acceptable deal. I had been a little bit acquainted of this your broadcast
    provided bright clear idea

    Reply
  38. I’d like to thank you for the efforts you have put in penning
    this blog. I really hope to view the same high-grade
    blog posts by you later on as well. In fact,
    your creative writing abilities has encouraged me to
    get my own website now 😉

    Reply
  39. Excellent blog here! Additionally your website rather a lot up
    fast! What web host are you the use of? Can I get your affiliate hyperlink on your host?
    I desire my site loaded up as fast as yours lol

    Reply
  40. After exploring a few of the blog posts on your web site, I honestly appreciate your technique of blogging.
    I added it to my bookmark website list and will be checking back in the
    near future. Please check out my website as well
    and let me know your opinion.

    Reply
  41. I’m amazed, I have to admit. Seldom do I come across
    a blog that’s both educative and amusing, and let me tell you,
    you’ve hit the nail on the head. The problem is an issue that not enough folks are speaking intelligently about.
    I am very happy that I stumbled across this during my hunt for
    something concerning this.

    Reply
  42. Right here is the right web site for anybody who would like to find out about this topic.
    You know so much its almost tough to argue with you (not that I actually would want
    to…HaHa). You certainly put a new spin on a subject which
    has been discussed for years. Great stuff, just excellent!

    Reply
  43. Fastidious answer back in return of this question with solid
    arguments and telling everything on the topic of that.

    Reply
  44. Pretty nice post. I just stumbled upon your weblog and wanted to mention that I have truly
    enjoyed browsing your blog posts. After all I will
    be subscribing for your feed and I’m hoping you write once more very soon!

    Reply
  45. I visited several blogs except the audio quality for audio songs present at this
    site is in fact excellent.

    My blog JammieCMaged

    Reply
  46. Good replies in return of this difficulty with real arguments and explaining the
    whole thing about that.

    my website; Pure Healing CBD Reviews

    Reply
  47. hi!,I love your writing so much! percentage we communicate more approximately your post on AOL? I need a specialist in this area to solve my problem. Maybe that is you! Taking a look ahead to look you. |

    Reply
  48. Excellent goods from you, man. I’ve understand your stuff previous to and you’re just too magnificent. I really like what you’ve acquired here, certainly like what you are saying and the way in which you say it. You make it enjoyable and you still care for to keep it smart. I cant wait to read far more from you. This is really a terrific website.|

    Reply
  49. I have been exploring for a little for any high-quality articles or blog posts on this kind of area . Exploring in Yahoo I finally stumbled upon this web site. Studying this info So i am satisfied to express that I’ve a very just right uncanny feeling I found out exactly what I needed. I most surely will make sure to do not disregard this web site and give it a glance regularly.|

    Reply

ޚިޔާލު