ކަޅު ބުޅާ

މިހާރު ޢިޝާނަމާދުން ދަންވެދާނެއެވެ. އަހަރެން އިނީ ގޭތެރޭގައި ހުރި ކުޑަ އުނދޯލީގައި ކުޑަދަރިފުޅު ނިންދަވާށެވެ. ބޮޑުއަށީގެ ބޯލާކޮޅުގައި 12 އަހަރުގެ މޫސަ އުޑުތިލަމަތިން، ދިގުދެމިލައިގެން ނިދާމަރުވެފައި އޮތެވެ. ދިމާ އެނދުގެ ހުރަހަށް އެއް އަރިއަކަށް އޮތް 9 އަހަރުގެ ކުޑަކަމަނަ ވެސް އޮތީ ގަދަ ނިދީގައެވެ. އެތެރެގެއާއި މެދުގޭތެރެއަށް އަލިވާގޮތަށް ދިއްލާފައި ހުރި ފުޅިބައްތި ކަނިކޮށްފައި ހުރުމުގެ ސަބަބުން، ގޭތެރެއަށް ފެތުރިފައިވަނީ ފަނޑު އަލިކަމެކެވެ. ހެއްލެމުން ދިޔަ އުނދޯލީގެ ރުކުރުކުއަޅާ އަޑު ފިޔަވައި ގޭތެރޭގައި ވަނީ ހަނުހިމޭންކަމެވެ.

އިރުކޮޅަކުން ގެއަށް އައިސްވަނީ، އަހަރެންގެ ފިރި އަހަންމަދެވެ. އަނދެގެން ހުރި މުންޑު ކޮށިކޮށްލާފައި ހުރިއިރު، އޭނާގެ ކޮނޑުމަތީގައި ހުރީ، ގޭގައި ހަނޑޫ އަޅަން ގެންގުޅޭ ފާޓާއެވެ. ތުނބުގައި ޖަހާފައި ހުރި ބިޑިބުރި ދަމާލުމާއެކު، އަތްވަށް އަނދާފައިވާ އޭނާގެ މޫނަށް، އަލިފާނުގެ ރަތް އަލި އެޅިގެންދިޔައެވެ. ބިޑި ވަހުން ގޭތެރެ އެއްވަސްވިއެވެ. އޭނާ އެ އައީ އޮޑިވެރިގެއިންނެވެ. މިރެއަކީ ހުކުރުވިލޭރެއެވެ. ހަފުތާގެ މަސްވެރިކަމުގެ ނަފާއިން މަސްވެރިންގެ ހިތް އުފާކޮށްދޭ ރެއެވެ. އަހަންމަދު، ފާޓާ ގެންގޮސް ބޮޑުއަށީ ފައިލާކޮޅުގައި ބެހެއްޓިއެވެ.

“ބަޔަކަށް ދުއިސައްތަ ރުފިޔާ ޖެހުނު.” އަހަންމަދުގެ އަޑުގައި ހުރި އުފާވެރިކަމާ އެއްވަރަށް އަޑު ވެސް ބާރެވެ.

“މާ ބާރަށް ވާހަކަ ނުދައްކާ!” އުނގުގައި އޮތް ކުޑަ މަންޖެއަށް އިޝާރާތްކޮށްލަމުން އަހަރެން ވައިއަޑުން ބުނީމެވެ. “ހޭލަފާނެ!”

“މީހަކަށް ތިން ކިލޯ ހަނޑޫ ވިއްކީ” އަހަރެން ގާތަށް ހުއްޓެމުން އަހަންމަދު މި ފަހަރު ވާހަކަދެއްކީ މަޑުމަޑުންނެވެ.

“އަނެއްކާ ވެސް ރަށުން ކާޑު ހުސްވަނީ؟ ތީ ޙައްލުވާން އޮތް ކަމެއް ވެސް ނޫންދޯ!”

“އާނ! ކީއްކުރާނީ” އަހަންމަދު ދޫކޮށްލީ ފުން ނޭވާއެކެވެ. “ދަރިފުޅު ތި އޮތީ ނިދާފައެއްނު.” ކުޑަމަންޖެގެ މޫނަށް ބަލައިލަމުން އަހަންމަދު ބިޑިބުރި ދަމައިލިއެވެ. “ގެނޭ މަގޭއަތަށް ބާއްވަން” ބިޑިބުރި ފައިދަށަށް ވައްޓާލަމުން، އަހަންމަދު ގުދުވެ، ކުޑަމަންޖެ ނަގައިގެން ގެންގޮސް، އުތުރު އެނދުގެ އެއްކޮޅުގައި އޮތް ކަންނެޔޮމަތީގައި ބޭއްވިއެވެ.

“ކައިގެން ތި އައީ؟”

“އާނ. އޮޑިވެރިގޭން ތިކަން ނިންމާލައިފިން. ނަމާދުކޮށްފިންތަ؟” އާދައިގެ މަތީން އަހަންމަދު ކުރާ ސުވާލު ކޮށްލިއެވެ.

“އަދި ނުކުރަން. އެ މަންޖެ މިރޭ މާ ވަރަކަށް…”

“ތީ އެއްވެސް ވާހަކައެއް ނޫން ހަރީރާ! ނަމާދު ފަސްކުރަންޖެހޭ ޢުޒުރަކަށް ދަރީން ނުހަދާ!” އަހަންމަދު ވާހަކަދެއްކީ ނަސޭހަތުގެ ރާގުގައެވެ. އަހަރެން އެއްޗެއް ނުބުނަމެވެ.

“އަތިރިއަކަށް ދާން ޖެހިގެން މި އުޅެނީ. ހިނގާބަލަ!”

ވަރަށް ނިދިއަންނަ ރެއެކެވެ. އެހެންނަމަވެސް، ނޫނެކޭ ނުބުނެވޭނެއެވެ. އަހަންމަދުވިއްޔާއެވެ. ގެއިން ނިކުތުމަށްޓަކައި އަހަރެން އަހަންމަދުގެ ފަހަތުން ހިނގައިގަތީމެވެ. ގެއިން ނިކުމެ ދޮރުމަތީގައި ފުޅަލިގަނޑު ލައްކޮށްލީމެވެ.

ރެއަކީ ހަނދުމަހުން 25 ވިލޭރެއެވެ. ރަށުތެރެއަށް ވެރިވެފައިވަނީ އަނދިރިކަމާއި ފަޅުކަމެވެ. އުޑުމަތީގައި ހުރި ތަރިތައް އެ އަނދިރިކަމާއި ފަޅުކަމުގެ ތެރޭގައި، ބިރުން ރޫރޫއަޅައަޅައި ތިބި ކަހަލައެވެ. އަހަރެމެން ހިނގައިގަތީ ބޮޑުމަގުން އުތުރަށެވެ. ދެތިން ހަތަރު ފިޔަވަޅެއް އެޅުމަށްފަހު، އަހަންމަދު އަނެއްކާވެސް ބިޑިއެއް ރޯކޮށްލިއެވެ. ބިޑީގެ ކުނިވަހަށް އަހަރެންގެ ނޭފަތް މިހާރު ވަނީ ހޭނިފައެވެ.

އަތިރިއަށް ދެވެން އޮތް މަގުގެ އެއް ފަރާތުގައި އޮތީ ބޮޑު ރުއްފަލެކެވެ. އަނެއް ފަރާތުގައި މިރިއްސާއި މަގުލާއި އުންޏާއި މި ޒާތްޒާތުގެ ގަސްގަހާގެހިން ފުރިބާރުވެފައި އޮތް ވަލެކެވެ. ޖެހޭ މަޑުމަޑު ވައިރޯޅިއާއެކު ގަސްތަކާއި ރުއްތަކަށް ހެލިފެލިވަމުން ދިޔައިރު، އަހަރެމެން ދެ މީހުންގެ ދެމެދުން އުފަންވަމުން އައީ ދިރިއުޅުމާ ގުޅުންހުރި ވާހަކަތަކެވެ.

ވަކި ހިސާބަކަށް ދިޔަތަނާ، ވިއްސަކަށްފޫޓު ދުރުން ކަޅު ބުޅަލެއް، ގަސްތަކުގެ ތެރެއިން ނިކުމެ، މަގު ހުރަސްކޮށް، ރުއްފަލަށް ވަދެގެން އެހެރެދަނީ އަހަރެމެންގެ ކުރި ކަނޑާފައެވެ. އަހަރެންގެ ހިތުގައި ކުއްލިއަކަށް ބިރުވެރި ރާޅެއް އުފެދުނެވެ. ކުރިއަށް ފިޔަވަޅެއް އަޅަން ދަތިވިއެވެ.

“ކިހިނެއްވީ؟” އަހަންނާދިމާއަށް އަހަންމަދު ބަލައިލިއެވެ.

“ކަޅު ބުޅަލެއް ކުރިކަނޑާފައި ދިޔަ ތަނެއް ނުދެކެން؟” އަހަންނަށް މަޑުމަޑުން އަހާލެވުނެވެ.

“ބިރުގަތީ؟” އަހަންމަދު ގާތަށް އައީ ހިންޏެވެ. “އެއީ މުސްކުޅިން ދައްކާ ތާކުންތާކު ނުޖެހޭ، ބޯދާ ވާހަކަ. ހިނގާ ދާން!” އަހަރެންގެ އަތުގައި ހިފައިގެން އަހަންމަދު ހިނގައިގަތެވެ.

އަހަންމަދު ކިތަންމެ ހަމަޖެހިފައި ހުއްޓަސް، އަހަރެންގެ ހިތުގައި އުފެދުނު ބިރުވެރި ރާޅު ދިޔައީ އުފުލެމުންނެވެ. ރޭގަނޑު ކަޅު ބުޅަލެއް ކުރިކަނޑައިފިއްޔާ، އެ މަގަކުން ކުރިއަށް ނުދާން، މާމަވެސް މަންމަ ވެސް ބުނެއެވެ. އެ ބަސް ކަނޑާފައި ހިނގައްޖެ ނަމަ، ކޮންމެވެސް ކަހަލަ ނުރައްކަލަކާ ކުރިމަތިނުވެއެއް ނުދާނެއެވެ. އަހަރެންގެ ހިތް ޑަން ޑަން ލާފައި ބާރަށް ތެޅެމުން ދެއެވެ. ކުރިއަށް ދިޔަ ވަރަކަށް ހިތުގެ ތެޅުން އަވަސްވަމުން ބާރުވަމުން އާދެއެވެ. މި ފަދަ ހާލެއްގައި އަހަރެން ހުއްޓާ އަތިމައްޗާ ހަމައަށް އާދެވިއްޖެއެވެ.

“މިތާ އިށީނދެލައިގެން އިނދޭ! އަހަރެން އަންނާނަން އަތިރިއަށް ފައިބާލައިފަ.” އެތާ ހުރި ގެރިގަނޑަކަށް އިޝާރާތްކުރަމުން އަހަންމަދު ބުންޏެވެ.

އަހަރެން ގެރިގަނޑުގެ މަތީގައި އިށީނނީ، އެހެންގޮތެއް މި ވަގުތަށް ނެތީމައެވެ. އަހަރެންގެ ފުރަގަހުން އެއްފަރާތުގައި ކަޅު ހިޔަނިތަކެއްހެން ފެންނަން  ހުރި އޮޑިހަރުގެތައް ހީވަނީ ބިރުވެރި ހޮހަޅަތަކެއް ހެންނެވެ. އަނެއް ފަރާތުގައި އޮތް ހޭޅީގެ ގޮފިތައް ވަޔާ ހޫރެމުން އައިސް، އަހަރެންގެ ގައިގައި ހިފައިގަންނަން އުޅޭ ކަހަލައެވެ. ދެ ފަރަތާށް ފެތުރިފައި އޮތް ގޮނޑުދޮށް ހީވަނީ ދޮންވެލީގެ މަހާނަތަކެއް ހެންނެވެ. ކުރިމަތީގައި އޮތް މާ ސިންގާ ކަނޑުން ނަގާ ރާޅުތައް، ތޮށިމައްޗަށް މުގުރައިލާއިރު، ބިރުވެރި މަޚޫލޫޤެއް ހޭރިގަންނަ ފަދައެވެ.

ގޮނޑުދޮށުގައި އިށީނދެ އިން އަހަންމަދު އަހަންނަށް ފެންނަނީ ކަޅު ބަބުރެއްގެ ސިފައިގައެވެ. އަހަރެންގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ނާމާން ސިފައަކަށް ހުރި ހަރުގެތަކާ ދިމާއަށް ބެލެއެވެ. ޖެހެމުންދާ ވައިރޯޅިއާ ބައިވެރިވެގެން، އަހަރެން ބިރުގަންނަވަމުން ގެންދާ ހޭޅީގެ ގަސްތަކާދިމާއަށް ކަޅި އެޅެއެވެ. ކޮންމެ ދިމާއަކަށް ބަލައިލެވުނަސް ހީވަނީ އަނެއް ފަރާތުން އަރައި ކައިފާނޭހެންނެވެ.

ލިބުނު ކުއްލި ސިހުމާއެކު އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ހިތް ތެޅިގަތްވަރުން މޭ އިރާލާފައި ނިކުތްކަހަލައެވެ. ގޮނޑުދޮށުގެ އެކިދިމަދިމާއަށް ބަލަން ފެށުނެވެ. އަހަންމަދެއް ނެތެވެ. އާއެކެވެ. އޭނާއެއް ނެތެވެ. އަހަންނަށް ވީ ގޮތް ވެސް ނޭނގުނެވެ. ގޮނޑުދޮށުގެ އެކި ދިމަދިމާއަށް ކަޅި ހިންގަން ފެށުނެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަން އިންތިހާއަށް އަރައިފިއެވެ. 

ބިރުން ތެޅިތެޅިއޮތް އަހަރެންގެ ހިތަށް، އިތުރު ސިހުމެއް ލިބުނީ، ތަންކޮޅެއް ދުރުގައި ހުރި އޮޑިހަރުގެއެއްގެ ތެރެއިން ފެނުނު އައްޔެއްގެ ސަބަބުންނެވެ. އަހަންނަށް ކަޅިޖަހާނުލައި އެ ދިމާއަށް ބަލަން ހުރެވުނެވެ. މާ ގިނައިރެއް ނުވެ، ކުއްލިއަކަށް އެ އަލިކަން ކެނޑި ކަނު އަނދިރިކަމަށް ބަދަލުވެއްޖެއެވެ. ލިބުނު ހާސްކަމާއެކު، ދެއަތް ދެއަތަށް ފިތަމުން، އަހަންނަށް ފަހަތަށް ޖެހެންފެށުނެވެ. އަހަރެންގެ ލޯބިވާ އަހަންމަދު ކޮބައިހެއްޔެވެ؟ އޭނާ ދޫކޮށްލާފައި ދާކަށް ނުކެރޭނެއެވެ. އަހަރެން މިރޭ މި އުޅެނީ ﷲ އަށް އެންމެ ސަޖިދައެއް ވެސް ނުޖަހައެވެ. މި ކަންތައްގަނޑުގެ އަސްލަކީ އެއީ ބާވައެވެ؟

“އަހަންމަދާ! އަހަންމަދާ!” އެކި ދިމަދިމާއަށް ބަލަމުން އަހަންނަށް ގޮވަން ފެށުނެވެ. އެހެންނަމަވެސް ބާރަށް ގޮވާކަށް ނުކެރުނެވެ.

ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ، ހަރުގެތަކާ ދިމާއިން ރުއްފަލުގެ ތެރޭގައި ހުރި ކަޅު ހިޔަންޏެކެވެ. އެ އެތި އަންނަނީ އަހަންނާ ދިމާއަށެވެ. އެ އެތި އެ އުޅެނީ، އަހަންމަދުގެ ދުވަސް ދުއްވާލާފައި އަހަންނާ ދިމާކުރާށެވެ. ބިރުން ތުރުތުރުއަޅާ ހާލުގައި ކަނޑިކި ކޮށިކޮށްލަމުން މަގު ހުރިގޮތަށް އެއްގަމަށް އަހަންނަށް ދުއްވައިގަނެވުނެވެ. ތަންކޮޅަކަށް ގޮސްފައި އެނބުރި ފަހަތަށް ބަލައިލެވުނުއިރު، ރުއްތަކުގެ ތެރެއިން އޭތި އަހަންނާ ދިމާއަށް ދުވެފައި އަންނަނީއެވެ. އަހަންނަށް ބާރަށް ރޮއިގަނެވުނެވެ. ކުރިއަށްވުރެ ވެސް ބޮޑަށް ދެ ފަޔަށް ބާރުލެވޭތޯ މަސައްކަތް ކުރީމެވެ. ވަކިހިސާބަކުން ފައިގައި އެއްޗެއް އަޅައިގެންފިއެވެ. އަރިއަޅައިލީ ބަނޑުވަތަށް ވެއްޓޭށެވެ. ހަޅޭއްލަވައި ގަނެވުނެވެ. އޭތި އައިސް އަހަރެންގެ މެދުހަށީގައި ބައްދައިފިއެވެ. ނުވެއްޓި ސަލާމަތް ވެވުނެވެ. އެއާއެކު ތެޅިފޮޅިގަންނަމުން ބާރަށް ރޮއިގަނެވުނެވެ.

“އޭތް، ހަރީރާ! ކިހިނެއް ތި ވަނީ؟ މީ އަހަންމަދޭ! ހަމަޖެހިބަލަ!”

އެއީ އަހަންމަދުގެ އަޑެވެ. އަހަންނަށް ބަލައިލެވުނެވެ. ރޯ މަހެއްހެން ތެޅިތެޅިއޮތް އަހަރެންގެ ހަށިގަނޑުގައި ބާރަށް ބައްދައިގެން ހުރީ އަހަންމަދެވެ.

“ކޮންތާކަށް ގޮއްސަ ތި އައީ؟” އަހަންނަށް އަހަންމަދުގެ ގައިގައި ބައްދައިގަނެވުނީ ތެޅެމުން ދިޔަ ހިތަށް ލުޔެއް ލިބޭތޯއެވެ.

“ހަރުގެތެރޭގައި ހުރި ކުޑައޮޑި ވެއްޓިފައި އޮތްހެން ހީވެގެން، ވަދެ ބަލައިލާފައި ނިކުތްތަނާ ފެނުނީ ހަރީރާ ދުއްވައިގަތްތަން.”

“އެއީ އަހަންމަދުތަ؟ މަ ހީކުރީ ބިރުވެރި…..”

“ސާބަސް! ތީ އެ ކަޅުބުޅަލުގެ ކަންތައް ދޯ!”

އަހަންނަށް ބޯ ޖަހައިލެވުނެވެ.

“ތީ ޝައިޠާނާގެ ވަސްވާސް! ނަމާދާ ދުރުކޮށް އުޅެންޏާ ޝައިޠާނާ ގާތްވާނެ! ހިނގާ އަވަހަށް ގެއަށްދާން!”

އަހަންމަދުގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ، ގެއާދިމާއަށް އަހަރެން ހިނގައިގަތީ ފުންފުންކޮށް ނޭވާލަމުންނެވެ. އޭރު ވެސް ހަތަރެސްފައިގެ ތުރުތުރު އެޅުމަކަށް، މޭގެ ތެޅުމަކަށް ލުޔެއް ނުލިބެއެވެ.

Readers Comments (38)

  1. Bts hakuru🍬 13/10/2020 @ 4:03 am

    Hello

    Reply
  2. Bts hakuru🍬 13/10/2020 @ 4:04 am

    Hello ayaashy

    Reply
  3. ވަރަށް ރަނގަޅުވާހަކައެއް

    Reply
  4. Hello bts hakuru

    Reply
  5. Very nice story

    Reply
  6. OMG namaadhu nukoh nuhunnachey ekakuves

    Reply
  7. I every time spent my half an hour to read this blog’s posts everyday along with a cup of coffee.

    Reply
  8. Awesome! Its actually amazing paragraph, I have got much clear idea on the topic of from this paragraph.

    Reply
  9. For instance, my TV’s energy outlet shuts off at 11 am, and turns again on when my FitBit reaches three miles (courtesy of IFTTT).

    Reply
  10. Thanks to my father who told me regarding
    this weblog, this weblog is genuinely remarkable.

    Reply
  11. Good site you have here.. It?s hard to find quality writing
    like yours these days. I honestly appreciate people like you!
    Take care!!

    my web-site … Quick Slim Keto Review

    Reply
  12. Write more, thats all I have to say. Literally, it seems as
    though you relied on the video to make your point. You obviously know what youre
    talking about, why waste your intelligence on just posting videos to your blog when you could
    be giving us something informative to read?

    Reply
  13. You could definitely see your skills within the article you write.
    The sector hopes for more passionate writers such as you who are not afraid to say how they believe.
    All the time go after your heart.

    Reply
  14. I think other site proprietors should take this web site as
    an model, very clean and wonderful user friendly style
    and design, as well as the content. You are an expert in this topic!

    My web site; Infinite Restore Cream

    Reply
  15. That is very fascinating, You are an overly skilled blogger.

    I have joined your feed and look forward to in quest of more of your fantastic post.
    Also, I have shared your web site in my social networks!

    My web blog … Soliderix Reviews

    Reply
  16. Real fantastic visual appeal on this website, I’d rate it 10.

    Feel free to visit my web-site Nature Tonics Keto Reviews

    Reply
  17. Wow that was unusual. I just wrote an extremely long comment but after I clicked submit my
    comment didn’t appear. Grrrr… well I’m not writing all that over again.
    Anyway, just wanted to say superb blog!

    Reply
  18. I simply couldn’t leave your web site before suggesting that I extremely loved the standard info a person supply to your guests?
    Is gonna be back steadily in order to check out new posts

    Reply
  19. Heya just wanted to give you a brief heads up and let you know a few
    of the images aren’t loading correctly. I’m not sure why but I think
    its a linking issue. I’ve tried it in two different
    browsers and both show the same results.

    Reply
  20. Hey! I realize this is kind of off-topic however I needed to ask.

    Does operating a well-established blog such as yours require a massive amount work?
    I’m brand new to writing a blog but I do write in my
    journal daily. I’d like to start a blog so I can easily share my experience and thoughts
    online. Please let me know if you have any kind of ideas or tips for
    brand new aspiring bloggers. Appreciate it!

    Reply
  21. Very descriptive article, I liked that bit. Will there be
    a part 2?

    Reply
  22. You’ve made some decent points there. I looked
    on the internet for additional information about the issue and
    found most individuals will go along with your views on this website.

    Reply
  23. What you said was actually very logical. But, consider this,
    suppose you were to create a killer post title?
    I ain’t suggesting your information is not good, however suppose you added a post title that makes
    people want more? I mean ކަޅު ބުޅާ – Mohamed
    Gasim is a little vanilla. You could glance at Yahoo’s home page and watch how they create post titles
    to grab people to click. You might add a related video or a picture or two
    to get readers interested about what you’ve written. In my opinion, it might make your
    website a little bit more interesting.

    Reply
  24. Great post however , I was wanting to know if you could write a litte more on this topic?
    I’d be very grateful if you could elaborate a little bit more.
    Cheers!

    Reply
  25. What’s up it’s me, I am also visiting this website regularly, this website is truly good and the visitors are
    genuinely sharing pleasant thoughts.

    Reply
  26. Do you have any video of that? I’d like to find out more details.

    Reply
  27. No matter if some one searches for his vital thing, so he/she needs to be available that in detail, thus that thing is
    maintained over here.

    Reply
  28. I know this website gives quality dependent articles or reviews and
    other data, is there any other web site which presents such data
    in quality?

    Also visit my homepage: Teddy

    Reply
  29. Heya i’m for the first time here. I found this board and I find It truly useful
    & it helped me out much. I hope to give something back
    and help others like you helped me.

    Reply
  30. I’m curious to find out what blog platform you happen to be working
    with? I’m having some minor security issues with my latest website and I would
    like to find something more secure. Do you have any solutions?

    Reply
  31. You can definitely see your enthusiasm within the article you write. The world hopes for even more passionate writers such as you who aren’t afraid to say how they believe. At all times go after your heart.|

    Reply
  32. With havin so much content and articles do you ever run into any issues of plagorism or copyright violation? My blog has a lot of unique content I’ve either authored myself or outsourced but it appears a lot of it is popping it up all over the web without my authorization. Do you know any ways to help reduce content from being ripped off? I’d certainly appreciate it.|

    Reply
  33. Hi there to all, the contents existing at this web site are genuinely awesome for people knowledge, well, keep up the nice work fellows.|

    Reply
  34. Good site you’ve got here.. It’s hard to find excellent writing like yours these days. I really appreciate individuals like you! Take care!!|

    Reply

ޚިޔާލު