ނުވަރަ އެލިޔާ (ނޫރަލިޔާ) އަށް ކުރެވުނު [ފެން] ދަތުރު- 5

ބުލޫ ފީލްޑް ޓީ ގަރޑެންއިން ކަޅެއް

ތާޒާ ސްޓޯބެރީގެ ފިނި ބުއިންތަކުން ހަށިގަނޑު އިތުރަށް ފިނިކޮށްލައިގެން ގޮސް، އެންމެން ވޭނަށް އެރިއިރު އެކެއްޖަހައިފިއެވެ. އޭރުވެސް ހިމަފޮދު ވާރެއޭ ބުނާ މިންވަރަށްވުރެ، ތަންކޮޅެއް ބޯކޮށް ވާރޭ ވެހެމުންދެއެވެ. އެންމެން ވޭނަށް އެރުމުން، އަނެއްކާވެސް ނައްޓާލައިފިއެވެ. މި ފަހަރުގެ މަންޒިލަކީ ރަމްބޯޑާގައި ހުރި “ބުލޫ ފީލްޑް ޓީ ގަރޑެން” އެވެ. އެއީ ސައިފަތުގެ ޚާއްޞަ ތަނެކެވެ.

ވޭން މަޑުކޮށްލާފައި “ބުލޫ ފީލްޑް ޓީ ގަރޑެން” އަށް އާދެވުނީ ކަމަށް ޑުރައިވަރު ބުނުމުން އަވަސް އަވަހަށް ފައިބައިފީމެވެ. އެއީ ބޮޑު އިމާރާތަކެވެ. އެ އިމާރާތުގައި “ހެޑު އޮފީހުގެ އިތުރުން، “ޓީ ސެންޓަރ” އަކާއި “ޕޭސްޓްރީ ޝޮޕް” އަކާއި، “ރެސްޓޯރެންޓް” އަކާއި ކުޑަކުދީންގެ ޕާކަކާއި “ޓީ ނާސަރީ” އަކާއި “ފެކްޓްރީ” އެއް ވެސް ހިމެނެއެވެ. އެކި ނަންނަމުގެ ސައިފަތްތައް ވިއްކާ ފިހާރައެއް ވެސް ހިމެނެއެވެ. އެ ތަނަށް ވަދެ، ތަންތަން ބަލައިލައި ހޫނު ކަޅުސަޔެއް ބޯލައިގެން އަނެއްކާ ވެސް ނައްޓާލީއެވެ. މަންޒިލަކީ ކެންޑީއެވެ.

ކެންޑީގައި ވަގުތުކޮޅެއް

ކެންޑީއަށް ފޯރިއިރު ގާތްގަނޑަކަށް މެންދުރުން އަނބުރައި ދެ ގަޑިބައިވެ ބޮޑުވެއްޖެއެވެ. އަޅުގަނޑުމެން ފުރަތަމަ އުޅުނީ ކެންޑީގައި ހުންނަ އެލެފެންޓް ޕާކަށް ވަންނާށެވެ. އެހެންނަމަވެސް ވާރޭވެހޭތީ، އެ ތަނަށް ވަންނާކަށް ގިނަ މީހުން ބޭނުމެއް ނުވިއެވެ. އެހެންކަމުން މަގުގެ ދެ ފަރާތުގައި އަތުރާފައި ހުރި، މޭޒުތައް ކައިރިއަށް ގޮސް، އެކި ބާވަތްތަކުގެ މޭވާއާއި ލުއިކާނާ ގަނެގެން، ކުޑައިރުކޮޅަކު އެ ސަރަޙައްދުގައި ހިނގާލާފައި އަނެއްކާވެސް އެރީ ވޭނަށެވެ. އޭރު ވެސް ހިމަފޮދު ވާރޭ ވެހެމުންދެއެވެ.

ވޭން ދުއްވާލައިފިއެވެ. މަންޒިލަކީ ކައި އެއްޗެއް ލިބޭ ކަހަލަ ރަނގަޅު ރެސްޓޯރެންޓެކެވެ. ފުރަތަމަ ވަން ރެސްޓޯރެންޓުން ކަމުދާ ކަހަލަ ކާއެއްޗެއް ލިބެން ނެތުމުން، އެތަނުން ފާޚާނާކޮށްލައިގެން އަނެއްކާވެސް ނައްޓާލީއެވެ. ދެން ގޮސް ވަނީ ކޮލަމްބޯ ރޯޑުގައި ހުރި “ހޮޓެލް މަޕޫރާ” އަށެވެ. އެއީ ބޮޑު ތަނެކެވެ. އެތެރެއަށް ވަންނަން ހުންނަ ދޮރުން ފުރަތަމަ ވެސް ފައި އެޅެނީ ކުޑަ ސިޑިއެއްގެ ފުރަތަމަ ހަރުފަތަށެވެ. ސިޑީގެ ދެ ފަރާތު ފަޑި ހަދާފައި ހުރީ ސިމެންތިންނެވެ. ފަރުމާކޮށްފައި ހުރީ މުސްކުޅި ގޮތަކަށެވެ. ދެ ފަރާތުގައި ކޮންމެވެސް ވަރަކަށް ގަސް އިންދާފައި ހުއްޓެވެ. އެ ސިޑިން މައްޗަށް އަރައި، ފެންޑާއެއްހެން އޮތް ހުސްތަނުގައި ހުރި ދިގު މޭޒުކައިރީގައި ޖައްސައިލީމެވެ. ގިނަ އިރެއް ނުވެ ވޭޓަރަކު އަތުވެއްޖެއެވެ. މެނޫ ދިނުމުން، އެކި މީހުން އޯޑަރު ދިނީ، އެކި އެއްޗިއްސަށެވެ. ކައި އެއްޗިއްސާއި ބޯ އެއްޗިއްސަށެވެ. މައިގަނޑު އެއްޗަކަށް ގެނައީ ފްރައިޑް ރައިސްއެވެ. އެހެންނަމަވެސް ބޯން އެކި މީހުން ގެނައީ އެކި އެއްޗިއްސެވެ.

އެހައިތަނުން ދެން އޮތީ ކެއުމާއި ބުއިމެވެ. ބަނޑުހައިވެފައި ތިބި ވަރުން ވެސް ތޯއްޗެކެވެ. ގެނައި ކާތަކެތި ވަރަށް މީރެވެ. އެހެންކަމުން ބަނޑަށް އުނދަގޫވާ ވަރަށް ކެވުނެވެ. ބަނޑުން ލޯއަޑު ކިޔާވަރަށް ކެވުނޭ ބުނަނީ މި ވަރަށް ކެވުނީމާ ކަންނޭނގެއެވެ.

ކޮލަމްބޯއަށް މިސްރާބު ޖަހާފައި

ކައި ނިމިގެން ނައްޓާލެވުނުއިރު، ހުރީ ހަވީރު ހަތަރެއްޖަހަން ވެފައެވެ. ވޭނަށް އަރައި ހަމަޖެހިލުމާއެކު، ވޭން ނައްޓާލައިފިއެވެ. މަންޒިލަކީ ކޮލަމްބޯއެވެ. ނުވަރަ އެލިޔާއަށް ކުރި ދަތުރު ނިންމާލުމަށް ޓަކައި ކުރެވޭ ފަހު ދަތުރެވެ. އޭރު ވެސް ކުޑަކޮށް ވާރޭކަނި ޖަހައެވެ. ގާތްގަނޑަކަށް މުޅި ދަތުރު ކަހަލަ ގޮތަކަށް މި ދިޔައީ މި ކަހަލަ ގޮތަކަށް ވާރޭގެ ތެރޭގައެވެ. ފެން ދަތުރެއްގެ ގޮތުގައެވެ.

ވޭން ދުއްވާލިތާ ގިނަ އިރުތަކެއްނުވެ، ދެ ލޯ ފުރާ ނިދިއަތުވެއްޖެއެވެ. ކެއުމުން ލިބުނު ވަރުބަލިކަމާއި ޖައްވުގައި ހިފާފައިހުރި ތެތް ފިނީގެ ސަބަބުން، ހަށިގަނޑަށް ލިބިފައިވާ ކަންނެތްކަމާއި ވޭނުގެ އިންޖީނުގެ ނާނާގެ އަޑުގެ ޖާދޫގައި ޖެހުނީއެވެ. ޝީޓުގައި އިށީނދެ ހަށިގަނޑު ދަމައިލިތާ މާ ގިނައިރެއްނުވެ، ނިދީގެ ބާރުގެ ދަށަށް ގެންގޮސް، ހުވަފެނީ ޢާލަމަކަށް އަޅުގަނޑު ވައްދައިފިއެވެ. ނުވަރަ އެލިޔާ ދަތުރުގެ ހުރިހައިކަމެއް އެއްފަރާތަށް ކެހިގެން ގޮސް، މުޅިން އެހެން ދުނިޔެއެއްގައި އަޅުގަނޑު މަޝްޣޫލުކުރުވައިފިއެވެ.

އަޅުގަނޑުގެ ލޯ ހުޅުވުނީ ވޭނުގެ ދުވެލި މަޑުވުމުންނެވެ. އޭރު ޖައްވަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ގަޑިއަށް ބަލައިލިއިރު، އިރުއޮއްސި ހަތެއް ޖަހައި ބޮޑުވެއްޖެއެވެ. ވޭނުގެ ތެރެއަށް ނަޒަރު ހިންގައިލިއިރު، އެންމެން ތިބީ އެއް ހާލެއްގައެވެ. ދެ ލޮލުގެ އެތެރެ ފެންނަ މީހުންނަށްވުރެ ނުފެންނަ މީހުން ގިނައެވެ. މަގުމައްޗަށް ނަޒަރު ހިންގައިލިއިރު، މަގުމަތި ވަނީ ކާރޫބާރޫ ބޮޑުވެފައެވެ. ޓުކްޓުކާއި ކާރާއި ވޭނާއި ބަސް ފަދަ އުޅަނދުތަކުން ތޮއްޖެހިފައެވެ. ކޮލަމްބޯއަށް ވަދެވުނީކަން ކަށަވަރެވެ.

ހިންދެމިލައި ދުއްވައިގަންނާނޭ ފަދަ ފުރުޞަތެއް ވޭނަކަށް ހަމަ އެއްގޮތަކަށް ވެސް ލިބޭގޮތެއް ނުވެއެވެ. ކުރިއަށް ދާން ޖެހެނީ، ހުއްޓެމުން ފިރުކެމުން ކަހަލަ ގޮތަކަށެވެ. ކޮޅަކުން ކޮޅަކަށް ގުޑާނުލެވި، ފަސްހަ މިނެޓު ވެސް އޮންނާން ޖެހިދެއެވެ. އެ ވަގުތުތައް ވެސް ހޭދަވެގެން ދިޔައީ ނިދެމުން ހޭލެވެމުން ކަހަލަ ގޮތަކަށެވެ.

ދަތުރުގެ ނިމުން

އެ ރޭގެ ގާތްގަނޑަކަށް 9:15 އެހައިކަންހައިއިރު، އަޅުގަނޑުންމެން ތިބޭ ހޮޓެލް ކަމަށްވާ “މެގް އެޕާޓްމަންޓް 35” ކައިރިއަށް ވޭން މަޑުކޮށްލައިފިއެވެ.  އެއާއެކު އެންމެން ވޭނުން ފައިބައި، ދަބަސްތަކާއި ގެންދިޔަ އެހެނިހެން ސާމާނުތައް ވޭނުން ބޭލުމަށްފަހު، ވޭނުގެ އަގު އަދާކޮށްފައި، ހޮޓަލުގެ ގޭޓުން ވަދެގެން ދިޔައިރު، ކޮންމެ މީހެއްގެ ހިނގުމުގައި ވެސް ހުރީ ވަރުބަލިކަމެވެ. މޫނުމަތީންނާއި ދެ ލޮލުން ފާޅުވަމުން ދަނީ ނިދީގެ އަސަރެވެ.

މިއީ އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ ނުވަރަ އެލިޔާއަށް ކުރި ފުރަތަމަ ދަތުރެވެ. ވަރަށް ފޮނި ޚިޔާލީފޮލާތައް ކައްކައި، ތަފާތު ހުވަފެންތައް ދުށުމަށްފަހު، ކުރެވުނު މި ދަތުރު ވެގެންދިޔައީ، މުޅިން ތަފާތު ދަތުރަކަށެވެ. ވިއްސާރައިގެ ސަބަބުންނެވެ. ބުނެވޭނީ ހަމަ ފެން ދަތުރެއް ކަމަށެވެ. އެހެނަސް ތަފާތު ތަޖުރިބާއެކެވެ.

ނިމުނީ

Readers Comments (10)

  1. Hey there would you mind stating which blog platform you’re working with?
    I’m going to start my own blog in the near future but I’m having a hard time deciding between BlogEngine/Wordpress/B2evolution and Drupal.
    The reason I ask is because your design and style seems different then most blogs
    and I’m looking for something unique.
    P.S My apologies for getting off-topic but I
    had to ask!

    Reply
  2. Great information. Lucky me I came across your blog by chance (stumbleupon).
    I’ve bookmarked it for later!

    Reply
  3. Spot on with this write-up, I honestly believe that this site needs a lot more attention. I?ll probably be
    back again to read more, thanks for the advice!

    Visit my homepage; Ultimate Keto Fuel Side Effects

    Reply
  4. Excellent website you have here but I was curious if you knew of any community forums that cover the same topics discussed here? I’d really like to be a part of online community where I can get suggestions from other experienced people that share the same interest. If you have any recommendations, please let me know. Many thanks!|

    Reply
  5. Greetings! Very helpful advice within this article!
    It is the little changes that will make the most important
    changes. Thanks a lot for sharing!

    My web site :: Grown N Flow Biotin Gummies

    Reply
  6. Just want to say your article is as amazing. The clearness on your post is simply cool and i could think you are a professional in this subject. Well together with your permission let me to clutch your RSS feed to keep updated with impending post. Thanks 1,000,000 and please keep up the enjoyable work.|

    Reply
  7. Thank you for sharing your thoughts. I really appreciate your efforts and I will be waiting for your next post thanks once again.|

    Reply
  8. Usually I don’t read article on blogs, however I wish to say that this write-up very pressured me to check out and do so! Your writing taste has been amazed me. Thanks, very great post.|

    Reply
  9. hello there and thank you for your information – I’ve certainly picked up anything new from right here. I did however expertise a few technical points using this website, since I experienced to reload the website lots of times previous to I could get it to load properly. I had been wondering if your hosting is OK? Not that I’m complaining, but slow loading instances times will very frequently affect your placement in google and could damage your quality score if advertising and marketing with Adwords. Anyway I’m adding this RSS to my email and can look out for much more of your respective fascinating content. Make sure you update this again very soon.|

    Reply
  10. It’s enormous that you are getting ideas from this post as well as from our dialogue made at this place.|

    Reply

ޚިޔާލު