ނަޒަރާއި އަޑު 1

“ނަޒަރާއި އަޑު” މި ނަމުގައި އަޅުގަނޑު ލިޔަން މި ފަށަނީ، އަޅުގަނޑަށް ފެންނަ އަދި ތަޖުރިބާ ކުރެވޭ ކަންކަމާއި، އެކި މީސްމީހުން ކިޔައިދީފައި ހުންނަ، މި ބާވަތުގެ ކަންކަމުގެ މައްޗަށް ކުރުކުރުކޮށް ލިޔާ ލިޔުންތަކެކެވެ. މި ލިޔުންތަކުން، އެއްވެސް ސިފައެއްގައި ބަޔަކަށް ފައިދާއެއްކޮށްފި ނަމަ، އަޅުގަނޑުގެ މަޤުޞަދު ޙާޞިލުވީއެވެ.

ނޫކަށިން

އެކުވެރިއަކާ އެކު މާލޭގެ ނަންމަޝްހޫރު ކެފޭއެއްގައި އިން ފިނިފިނި ހަވީރެއްގެ ހިތްފަސޭހަ ވަގުތެވެ. ޖެހޭ ނަލަ ވައިރޯޅިއާއެކު، ދުރުން އައިސް ވާޓަރާ ހަނގާކޮށްލައި، ސަމާސާކޮށްލާ ރާޅުތަކުގެ މިޔުޒިކީ އަޑުން، އިތުރު ހިތްގައިމުކަމެއް، އެ މާޙައުލަށް ވަނީ ވެރިކުރުވާފައެވެ. ކޮފީގެ ވަހާއި އެކިބާވަތްބާވަތުގެ މީރު ހެދިކާގެ ވަހުން، މޭ ހެޔޮވަމުން އާދެއެވެ. މޭޒުތައްދޮށުގައި ތިބި، އެކި އުމުރުފުރާގެ މީސްމީހުންގެ، ތަފާތު މަޢުޟޫތަކުން، އެކުލަވާފައިވާ އަޑުތަކުގައި ވަނީ، އުފާވެރިކަމާއި އެކުވެރިކަމެވެ.

އަޅުގަނޑުމެން ވެސް ތިބީ، އަމިއްލަ މައުޟޫޢެއްގައެވެ. ދިމާނުވާތާ ދުވަސްތަކަކަށް ފަހު ދިމާވުމުން، ލައްކަ ވާހަކަ ޖަމާގައި ހުއްޓެވެ. ބޮޑު ބައި ހުރީ، އެކުވެރިޔާގެ ދުލުގައެވެ. އޭނާއަށް ދުލެވެ. އަހަންނަށް ކަންފަތެވެ. ކުރިމަތީގައި ދުންއަރައަރާ ހުރި ކޮފީ ތަށި ނަގައި، ފަހަރަކު އެތި ފޮދަކުން، ކަރުތެރެ ހޫނުކޮށްލަމެވެ.

މިހެން ތިއްބާ، މޭޒުކައިރިއަށް މީހަކު އައިސް ހުއްޓުމުން، އިސް އުފުލައި ބަލައިލައިފީމެވެ. ފެނުނީ ވިހި ބާވީހުގެ ޒުވާނެކެވެ. ކުލަ އޮއްސިފައިވާ، އަތްދިގު، ގަޔަށް ދޫ، ގަމީހެއް ލައިފައި ހުރިއިރު، މޫނުމަތި ވަނީ ދާވެފައެވެ. ދިގުވެފައިވާ އިސްތަށިގަނޑުގައި، ތަރުތީބެއް އަމުދުން ނެތެވެ. އިއްޔެއަކު، އަދަކު، ފެންވެރިކަމަކަށް ލަފައެއް ނުކުރެވެއެވެ. ރަތްވެ ވަރުބަލިވެފައިވާ ދެ ލޯ ހުއްޓިފައި ހުރީ، އަހަރެންގެ މޫނަށެވެ. ބަލައިލުމާއެކު، އެދުނީ ވިހި ރުފިޔާއަށެވެ.

އެ ސޮރު ހުރިގޮތާއި ސިފަ ފެނިފައި، ވިހި ރުފިޔާ ކީއްކުރަން ހެއްޔެވެ؟ އެންމެ ލޯ ލާރިއެއް ވެސް ދޭ ހިތެއް ނުވިއެވެ. މެންދުރުގެ އިރު ފަދައިން ކަށަވަރުވާ ކަމެއް އޮތީމައެވެ. ތިކަން ވާކަށް ނެތޭ ބުނުމާއެކު، ޝަކުވާއެއް، ނުރުހުމެއް ނެތި، ހިނގައިގެންފިއެވެ. ޖެހިގެން ހުރި މޭޒާ ދިމާއަށެވެ. އެދުނީ ވިހިރުފިޔާއަށެވެ. އެ މޭޒަކުން ވެސް، ނަނުގައި އެއްޗެއް ނުޖެހުނެވެ. ދެން އަނެއް މޭޒަށެވެ. ދިގުކުރާކަށް ކިޔާނެކަމެއް ނެތެވެ. ތިލަވެފައިވާ އައިނަކަށް އަރައި، މުޅި އައިންމަތީ ދުއްވައި، ދޮށި އަޅައަޅައިފައި، ފައިބައިގެން ދިޔައީ ހުސް އޮޑިއާއެވެ.

ހިތަށް އެރިއެވެ. އެހެރަ ޒުވާން، ހެދިހުރި ހަށިގަނޑުގެ ވެރިޔާ ނިކުމެ، އެ އެނބުރެނީ ސަލާން ޖަހާށެވެ. މި ތަނުގައި ފިރިހެނުންނާ އެއް ވަރަށް ނޫނަސް، އަންހެން ކުދިން ވެސް މަދެއް ނޫނެވެ. ލަދުގެ ކަންފުޅެއް ވެސް ހުރި ނަމަ، އެހެން އުޅޭކަށް ނުކެރޭނެއެވެ. އެހެރަ ދިމާއަށް ފިޔަވަޅެއް އެޅިޔަސް، އާމްދަނީ ހޯދާން ކުރާނެ މަސައްކަތެވެ. މިހިރަ ދިމާއަށް ހިނގާލިޔަސް، ފައިސާލިބޭނެ މަގުތަކެވެ. ހަތަރެސްފައި ހުރީ ސަލާމަތުންނެވެ. ހަށިގަނޑުގައި ހިނގަނީ ޒުވާންކަމުގެ ހޫނު ލެޔެވެ. ޖޯރު އެބަހުއްޓެވެ.

ޒިންމާދާރުކަމެއް ނެތި މިތިބަ އުޅޭ ޒުވާން ކުދިންނޭވެ! އެހެން މީހުން ހިހޫކޮށްފައި ހުންނަ އެތިކޮޅު ނަގައި، އަނގަޔަށް ލާން ތިޔަހެން ނޫޅެބަލާށެވެ! އަމިއްލަ ނަފުސުގެ އަގު، ތިޔަގޮތަށް ކަތިނުލާށެވެ! ތިޔަ ކުދީންނަށް، ކުރިމަގު އެބަ އޮތެވެ. ތިޔަހެން އުޅެގެން، ދިރިއުޅުމެއް ފަށާނީ ކިހިނެއް ހެއްޔެވެ؟ ދަރިން ހޯދައި، އެ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، މުޖުތަމަޢަށް ނެރޭނީ ކިހިނެއް ހެއްޔެވެ؟

ނިމުނީ

ނޯޓު: މި ބާވަތުގެ ހާދިސާއެއް އޮތް ނަމަ، ހިއްސާކޮށްލަ ދެއްވުން އެދެމެވެ. ޝުކުރިއްޔާ!

Readers Comments (6)

  1. This is a really good tip particularly to those fresh to the blogosphere. Short but very precise info… Many thanks for sharing this one. A must read post!|

    Reply
  2. Hello, Neat post. There’s an issue together with your website in web explorer, would check this? IE still is the market chief and a large part of other folks will leave out your fantastic writing because of this problem.|

    Reply
  3. Highly descriptive post, I loved that a lot. Will there be a part 2?|

    Reply
  4. I could not resist commenting. Exceptionally well written!|

    Reply
  5. Great article! This is the kind of info that are meant to be shared around the net. Shame on Google for now not positioning this submit upper! Come on over and talk over with my site . Thanks =)|

    Reply
  6. I’m impressed, I have to admit. Rarely do I encounter a blog that’s equally educative and engaging, and without a doubt, you have hit the nail on the head. The problem is something that too few men and women are speaking intelligently about. I am very happy that I stumbled across this during my hunt for something concerning this.|

    Reply

ޚިޔާލު