ނަޒަރާއި އަޑު 5

“ނަޒަރާއި އަޑު” މި ނަމުގައި އަޅުގަނޑު ލިޔަން މި ފަށަނީ، އަޅުގަނޑަށް ފެންނަ އަދި ތަޖުރިބާ ކުރެވޭ ކަންކަމާއި، އެކި މީސްމީހުން ކިޔައިދީފައި ހުންނަ މި ބާވަތުގެ ކަންކަމުގެ މައްޗަށް ކުރުކުރުކޮށް ލިޔާ ލިޔުންތަކެކެވެ. މި ލިޔުންތަކުން އެއްވެސް ސިފައެއްގައި ބަޔަކަށް ފައިދާއެއްކޮށްފި ނަމަ، އަޅުގަނޑުގެ މަޤުޞަދު ޙާޞިލުވީއެވެ.

ބަލި މީހާ

އަސުރުން އިރު ތިރިވެއްޖެއެވެ. ފިނިފިނި ހަވީރަކަށް ދުނިޔެ ތަންދެނީއެވެ. އަސުރު ނަމާދުން ފައިބައިގެން، އަހަރެން ހިނގައިތީ ގެއާ ދިމާއަށެވެ. ނޫނެކެވެ! ގެއާ ދިމާއަކަށް ނޫނެވެ. މިހާރު ދިވެހިން އެ ދިރިއުޅުމަކަށް ހޭނެމުން، ފެތެމުން އަންނަ “އެޕާޓްމަންޓް ދިރިއުޅުމަށް” އަހަރެން ވެސް މި އަންނަނީ ފައްކާ ވަމުންނެވެ. ދިރިއުޅެނީ ބޮޑު އިމާރާތެއްގައި ހުންނަ އެޕާޓްމަންޓެއްގައެވެ.

އަހަރެން ދިރިއުޅޭ އިމާރާތް ހުންނަ މަގަށް އަޅައިގެން، ތަންކޮޅަކަށް ހިނގާލެވުނު ތަނާ، ނަޒަރު ކުއްލިއަކަށް ސަމާލުވެލީ، ކުރިމަތީން ފެނުނު މަންޒަރަށެވެ. އިމާރާތުގެ ކުރިމަތީން ކަހަލަ ގޮތަކަށް، މަގުމަތީގައި، ދެ މީހަކު ވާހަކަ ދައްކާން ތިބިތަން ފެނިފައެވެ. އެތަނުން އެކަކަކީ އެ އިމާރާތުގެ އެހެން އެޕާޓްމަންޓެއްގައި ދިރިއުޅޭ، ދެކެފަރިތަ ރައްޓެއްސެކެވެ. ހިނިތުންވެލައި ހާލުއަހުވާލު އަހައިލައި ހަދާ ހިތްހެޔޮ މިތުރެކެވެ. އޭނާއާ ވާހަކަ ދައްކާން އެތަނުގައި ދެން ހުރީ، ދަންނަ މީހެއް ނޫނެވެ. ވަރަށް ބަލިހާލު ބޮޑު މީހެކެވެ. ފެންނަ ފެނުމަށް ލަފާކުރެވެނީ، އެއް ފަޅި (ވާތް ފަޅި) ވާވެ، އެތައް ދުވަހަކު ތަންމަތީގައި އޮވެފައި، ކުޑަކޮށް ފިޔަވަޅުޖެހޭ ވަރުވުމުން، ނިކުމެ އުޅޭ މީހެއް ކަމަށެވެ. މީހާ އޮތީ އެއް ފަރާތަށް ސޮހިފައެވެ. ވާތުގައި ހަރަކާތެއް ނެތެވެ. ފައި ވެސް ފެންނަނީ އެ ފަދަ ގޮތަކަށެވެ.

އަހަރެން މަޑުމަޑުން ހިނގަމުން އައިސް، ވިއްސަކަށް ފޫޓަށް ކައިރިވިތަނާ، ކައިރީގައި ހުރި މީހާގެ ޖީބުން ވޮލެޓް ނަގައި، ބަލި މީހާއަށް ފައިސާގެ ނޫޓެއް ދިއްކޮށްލިތަން ފެނުނެވެ. ބަލި މީހާގެ ސަލާމަތުން އޮތް އަތުން ނޫޓުގައި ހިފީ، ޝުކުރުވެރި ބެލުމަކުން ބަލައިލަމުންނެވެ. އަނެއް މީހާ ޖީބަށް ވޮލެޓު ޖަހައިލަމުން، ސައިކަލާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާ ސައިކަލަށް އަރައި ނައްޓާލިއިރު، އަހަންނަށް ބަލިމީހާއާ އަރައި ހަމަވެވިއްޖެއެވެ. އެއީ ގާތްގަނޑަކަށް ފަންސާހަކަށް ފަސް ދޮޅަހަކަށް އަހަރުގެ މީހެއް ކަމަށް ލަފާކުރެވެއެވެ. ގިނަ ދުވަހު ބަލިވެ އުޅުމުން ކަމަށް ވެސް ވެދާނެއެވެ. ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކަމީނާވެފައެވެ.

އޭނާގެ އުމުރާއި ނިކަމެތި ބަލި ހާލު ފެނިފައި، އަހަރެންގެ ހިތް ހަމްދަރިދީން ފުރުނެވެ. ޖީބުގައި އަތް ޖައްސައިލެވުނީ، ޞަދަޤާތެއް ކޮށްލުމުގެ ނިޔަތުގައެވެ. ނިކުމެ މި އުޅެވެނީ ވޮލެޓް ގޭގައި ބާއްވާފައެވެ. އެހެންކަމުން އިމާރާތުގެ މައި ދޮރުން އެތެރެއަށް ވަދެފައި ވެސް ހުރެވުނީ، އެ މީހާއާ ދިމާއަށް ބަލާށެވެ. އޭނާއަށް ޖެހިފައިވާ ނިކަމެތި ހާލާމެދު ވިސްނާށެވެ. ކަށަވަރުން ވެސް އެނގޭ ކަމަކީ، އެ ފަކީރަށް ހިނގާ ބިނގާވެ އުޅެން ފަސޭހަ ނުވާނޭ ކަމެވެ. ހިތަށް އެރިއެވެ. އެ ހާލުގައި، އެކަނިމައި އެކަނި، މަގުމައްޗަށް ނިކުމެ ސަލާން ޖަހާނީ، ހަމަ އެއް ވެސް ފަދައެއް ނެތީމައެވެ. އަޅައިލާނެ ވާލެއް އިޔާރެއް އަމުދުން ނެތީމައެވެ. އެއްޗެއް ދިއްކޮށްލާނެ މިތުރެއް، ހަތުރެއް ވެސް ނެތީމައެވެ. ދަރިއަކު ނެތްތާނގައި އާއިލާގެ މީހަކު ވެސް ހަމަ ނެތީބާވައެވެ؟ އެ ފަދަ ބަލި މީހަކު، އެ ހާލަށް މަގުމައްޗަށް ދޫކޮށްލާން ހެޔޮވާނެ ހެއްޔެވެ؟

މި ކަހަލަ ހިތްދަތި ފިކުރެއްގައި ބަނދެވިފައި ހުއްޓާ، އަހަންނަށް ފެންނާން ފެށީ، މާ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. އަހަރެންގެ ދެ ލޯ ވަގުތުން މުދުނަށް އެރިއެވެ. އެ މީހަކަށް ޓަކައި އަހަރެންގެ ހިތް ހަމްދަރުދީއާއި އޯގާވެރިކަމުން ފުރި ބަންޑުންވަމުން ދިޔަ، ބަލިކަށި އިންސާނާ، ހަމަ ކުއްލިއަކަށް ގަދަ ބަދަވި ވެއްޖެއެވެ. ހަކަތަ ނެތި، އެލިފައި އޮތް އަތަށާއި، އެއް ފަރާތަށް ސޮހިފައި އޮތް ހަށިގަނޑުގައި ވަރުޖެހިއްޖެއެވެ. ދެ ފައި މައްޗަށް ހަށިގަނޑު ދަމައިލައި، މީހާ މުޅިން މިނިވަން ވެއްޖެއެވެ. ލިބުނު ފައިސާގެ ނޫޓު، ކުރިން ވަރު ހުސްވެފައި އޮތް އަތުން، ފަޓުލޫނުގެ ފުރަގަހު ޖީބަށް ފަރިތަކަމާއެކު ޖަހަމުން، ހަރު ހިނގުމެއްގައި ހިނގައިގެންފިއެވެ. ޖެހިގެން އޮތް ގޯޅިއާ ދިމާއަށެވެ. ލިބުނު ކުއްލި ސިހުމާއި ހައިރާން ކަމުގައި، ކުރިއަށް ވެސް ފަހަތަށް ވެސް ފިޔަވަޅެއް އަޅާން ނޭނގިފައި އަހަރެން ހުއްޓާ، އެ މީހާ ގޮސް ލޯ މަތިން އޮބާލައިފިއެވެ. ހިތަށް އެރިއެވެ. ސަހަރޯއެވެ. ދުނިޔެ ބަދަލުވެ، ޒަމާން ފުރޮޅި، އިންސާނުން މި ވަނީ ކޮން ފަދަ ހިސާބަކަށް ވެއްޓިފައި ބާވައެވެ؟

އޭގެ ދެތިން ރެއެއްގެ ފަހުން “މޭރީ ބްރައުން” ކައިރީގައި ވެސް، އެއް ފަޅި ވާ ވެފައި، ހަމަ އެ މީހާ ހުއްޓާ ދުށީމެވެ. އެ ރެއަކު އޭނާ ކުޅޭ ތަމްސީލު ބަލައިގެން، ވަގުތު ބޭކާރުކުރާކަށް އަހަރެން ނުހަދަމެވެ.

ނިމުނީ

ނޯޓު: މި ބާވަތުގެ ހާދިސާއެއް އޮތް ނަމަ، ހިއްސާކޮށްލަ ދެއްވުން އެދެމެވެ. ޝުކުރިއްޔާ!

Readers Comments (28)

  1. Hey there! Someone in my Facebook group shared this website with us so I came to
    give it a look. I’m definitely loving the information. I’m bookmarking and will be tweeting this
    to my followers! Terrific blog and excellent style and design.

    Reply
  2. I like what you guys tend to be up too. This type of clever work and reporting!
    Keep up the terrific works guys I’ve incorporated
    you guys to my personal blogroll.

    Stop by my page – Viri Max Male Enhancement

    Reply
  3. I almost never leave a response, however i did a few searching and
    wound up here ނަޒަރާއި އަޑު 5 – Mohamed Gasim.
    And I actually do have some questions for you if it’s allright.
    Is it simply me or does it seem like a few of these comments appear as if they are left by brain dead individuals?
    😛 And, if you are posting at additional social sites, I’d like to
    keep up with everything fresh you have to post.
    Could you make a list of the complete urls of your community sites like your twitter feed,
    Facebook page or linkedin profile?

    Have a look at my homepage: InstaWatt Price

    Reply
  4. Thanks , I’ve just been looking for information approximately
    this topic for a long time and yours is the greatest I have came upon till now.

    However, what concerning the conclusion? Are you sure concerning the source?

    Reply
  5. Incredible loads of good advice!
    Bestt Esssay writing
    Wedding business plan pdf https://essaysonservice.com/?page=starting.an.essay.introduction

    Reply
  6. Great article. I’m facing a few of these issues as well..

    Reply
  7. Amazing postings. Cheers!
    Best Essay writing
    Essay andd letter writing book https://admissionessaywritingservice.com/?google.essay.writer

    Reply
  8. I’m not sure where you are getting your info, but good topic.
    I needs to spend some time learning much more or understanding more.
    Thanks for great info I was looking for this information for my mission.

    Reply
  9. Please let me know if you’re looking for a article writer for your site.
    You have some really great posts and I believe I would be a good asset.
    If you ever want to take some of the load off, I’d love to write some material for your blog in exchange for a link back
    to mine. Please blast me an email if interested. Cheers!

    Reply
  10. You are a very clever person!

    Also visit my webpage; Organic Relief CBD Oil Review

    Reply
  11. Hi there, simply changed into aware of your blog via
    Google, and found that it is really informative.
    I am going to be careful for brussels. I’ll be grateful should you continue this in future.
    Numerous other folks shall be benefited from your writing.
    Cheers!

    Here is my site … Canna Organic CBD Oil

    Reply
  12. Thanks a lot, I value this.
    Best Essay writing
    How to make a business plan for event planning https://orderessaycheap.com/?buy.a.dissertation.online.ever

    Reply
  13. Nicely put. Thanks a lot!
    Best Esssay writing
    Research literature review example pdf https://writingmypaper.com/analysis-paper-thesis

    Reply
  14. Superb forum posts, Thank you.
    Best Essay writing
    Students buying term papers https://writingmypaper.com/unemployment-essay-writing

    Reply
  15. This paragraph is really a good one it assists new net people, who are wishing in favor of blogging.

    Here is my blog; Going to Ketoxr

    Reply
  16. If some one needs expert view concerning blogging and site-building after that
    i recommend him/her to visit this webpage, Keep up the nice work.

    Reply
  17. I view something truly interesting about your website so I saved to my bookmarks.

    Feel free to surf to my site ForceXL Pills

    Reply
  18. I really like what you guys are usually up too. This kind of clever work and exposure!
    Keep up the very good works guys I’ve added you guys to blogroll.

    Here is my homepage: Agility Fit Keto Reviews

    Reply
  19. It’s appropriate time to make some plans for the future and it’s time to be happy. I’ve read this post and if I could I wish to suggest you few interesting things or suggestions. Maybe you can write next articles referring to this article. I wish to read more things about it!|

    Reply
  20. Ƭhis submit is your Grilled Saalmon in Foіⅼ toolkit.

    Reply
  21. I believe this is one of the most vital info for me. And i am glad studying your article. However should remark on few basic things, The website style is perfect, the articles is in point of fact excellent : D. Excellent process, cheers|

    Reply
  22. Hi there, i read your blog occasionally and i own a similar one and i was just wondering if you get a lot of spam feedback? If so how do you protect against it, any plugin or anything you can advise? I get so much lately it’s driving me insane so any support is very much appreciated.|

    Reply
  23. It is actually a great and useful piece of info. I’m glad that you shared this useful info with us. Please stay us informed like this. Thank you for sharing.|

    Reply
  24. Fantastic website. Lots of useful info here. I am sending it to some friends ans also sharing in delicious. And certainly, thank you on your sweat!|

    Reply

ޚިޔާލު