ފުރަބަންދު (7)

ނަބީލާއަށް ޖެހިފައިވާ ނިކަމެތި ހާލު ފެނިފައި، އަހުސަނުގެ ހިތް ކުދިކުދިވިއެވެ. އޭނާ އަވަސް އަވަހަށް އެނދުމައްޗަށް އަރައި، ނަބީލާގެ ދެ އަތުގައި ހިފެހެއްޓޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެ ކަމެއް ނުވިއެވެ. ނަބީލާގެ ހަށިގަނޑަށް އަރާފައިވާ ބާރުގަނޑު އެއަށްވުރެ މާ ގަދައެވެ. ނަބީލާ އަތް ފޮޅުވައިލިގޮތުން އަހުސަނު ވިއްސައިގެންދިޔައެވެ. ބޯކޮޅު ވަތަށް ނުވެއްޓުނީ ކިރިޔާއެވެ.

މިއީ ނަބީލާގެ ހަށިގަނޑަށް މި ފަދަ ބާރެއް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. އެތައް ފަހަރަކު މި ކަމެއް ތަކުރާރުވެއްޖެއެވެ. އެހެންކަމުން މި ހާލަތުގައި ކަންކުރާނޭ ގޮތް އަހުސަނަށް އޮޅިފައެއް ނެތެވެ. ރުޤުޔާކުރާ މީހާ ބުނި އާޔަތައް ހަރު އަޑުން އޭނާ ކިޔަވަންފެށިއެވެ. ތެޅިފޮޅެމުން ގެންދާ ނަބީލާގެ ބޮލުގައި ހިފަހައްޓައިގެން އިނދެއެވެ. ނަބީލާގެ ބޮލުގައި އަހުސަނަށް ރަނގަޅަށް ހިފެހެއްޓޭވަރެއް ނުވެއެވެ. އުފުލައި ޖަހާވަރުންނެވެ. އެހެންނަމަވެސް ކިޔަވަންފެށުމާއެކު އިރުކޮޅަކުން މައިތިރިވާން ފަށައިފިއެވެ. ދިހަވަރަކަށް މިނެޓު ކިޔެވިއިރު، އެއްކޮށް މައިތިރިވެ، ހަމަހިމޭން ވެއްޖެއެވެ.

ނަބީލާ މުޅިން ހަމައަކަށް އެޅުމުން، އޭނާގެ ބޮލުން އަހުސަނު އަތް ދޫކޮށްލިއެވެ. ނަބީލާގެ މޫނަށް މާޔޫސީ ނަޒަރަކުން އިރުކޮޅަކު ބަލަން އިނދެފައި، ނަބީލާގެ ހޭވިފައިވާ އިސްތަށިގަނޑު، މޫނުމަތީގައި ތަތްވެފައި ހުރި އިސްތަށިތަކާއެކު ރީތިކޮށްލައި، ދާތިކިތައް ތުވާލިން ފޮހެލިއެވެ. ހޭވެރިކަން ގެއްލިފައިވާ ނަބީލާގެ މެރިފައިވާ ދެ ލޮލަށް ބަލައިލުމާއެކު އަހުސަނުގެ ހިތަށް ކުރީ ވަރަށް ފުން އަސަރެކެވެ. ދެ ލޯ ކަރުނައިން ފުރުނެވެ. ލޯބިވާ އަނބިމީހާއަށް ޖެހިފައިވާ ހިތްދަތި ހާލަތު ހިތަށް އަރާފައެވެ. ކުރިމަތިވެފައި ވާ، ގުޖަޑުގަނޑުގެ ބޮޑުކަން ހީވެފައެވެ.

އަހުސަނު ދެ ލޯ ފޮހެލަމުން، އެނދުގެ ބިތްދޮށު ފާރުގައި ލެނގެލިއެވެ. އޭނާ އިނީ ނަބީލާގެ ބޮލުގައި ފިރުމައިލަފިރުމައިލައެވެ. އެއީ ރަނެއްމަލެއް ފަދަ އަނތްބެކެވެ. ރަނގަޅު އަނތްބެއްގެ ކިބައިގައި ހުންނާނޭ ހުރިހައި ރީތި ސިފައެއް އޭނާގެ ކިބައިގައި ހުރެއެވެ. ރުޅިމަޑެވެ. ގޮތްދޫކުރެއެވެ. ހިތްހެވެވެ. ސާފުތާހިރެވެ. ބަލައިލަން ރީއްޗެވެ. ކޮންމެ ކަމެއްގައި ވެސް ވިސްނާނީ، އެކަމުގައި އޮންނަ އެންމެ ރަނގަޅު ގޮތަށެވެ. މި ފަދަ ސިފަތަކާހުރެ، އެ ރަށުގެ އެތައް ޒުވާނުންނެއްގެ އަމާޒުފަތްގަނޑަކަށް ނަބީލާވިއެވެ. ފިރިފުރާވަރަށް އެރި އިރު، ރަށުގެ އެތައް ފިރިހެން ކުދިންނެއް ނަބީލާގެ ލޯތްބަށް އެދެމުން ދިޔައެވެ.

އަހުސަނާއި ނަބީލާއަކީ އެއް ރަށެއްގެ ދެ ކުދިން ކަމުގައި ވިޔަސް، އެ ދެކުދީން ފުރަތަމަ ބައްދަލުވީ މާލެއިންނެވެ. ދަތުރުވަރެއްގައި ނަބީލާ މާލެއަށް އައިސް އުޅުނު ދުވަސްވަރެއްގައެވެ. އެ ދަތުރު ނަބީލާ މާލެ އައިއިރު، އޭނާގެ ހިތަކީ، އޭނާގެ އަމިއްލަ ބާރުގެ ދަށުގައި އޮތް ހިތެކެވެ. ދެ ފަހުތާއެއްހައި ދުވަސްކޮށްފައި، އެނބުރި ރަށަށް ދިޔައިރު، އޭނާ ދިޔައީ އަހުސަނަށް ހިތް ދީފައެވެ. ނަބީލާގެ ލޯތްބަށް އެދި އަހުސަނު ދިއްކޮށްލި އަތުގައި ނަބީލާ ހިފީ، އަހުސަނަކީ، ކައިވެންޏެއްކޮށްގެން ދިރިއުޅުމެއް ފަށަން އެއްވަނައިގެ މީހެއްކަން އެނގޭތީއެވެ. ކިޔަވައިގެން ހުރި، މުރާލި ޚުލްޤުހެޔޮ ރަނގަޅު މީހެއްކަން އެނގޭތީއެވެ.

އަހުސަނާއި ނަބީލާ ކައިވެނިކުރާން އުޅޭ ވާހަކަ ރަށުތެރޭގައި ދެކެވޭން ފެށުމުން، އެންމެ ބޮޑު އަސަރެއް ކުރީ މިދުހަތަށެވެ. އޭނާގެ ހިތް ކަތިލެވުނެވެ. އޭނާއަކީ އޭރު ނަބީލާގެ ފަހަތުން ނުނައްޓާ އުޅުނު މީހެކެވެ. ލޯތްބަށް އެދި، އެތައް ވަރަކަށް އާދޭސްކުރި މީހެކެވެ. މިދުހަތު ވަގުތުން ނަބީލާއަށް ގުޅިއެވެ. އަހުސަނާ ކައިވެނި ނުކުރަން އެދި އާދޭސްކުރިއެވެ. ނަބީލާ ފޯނު ނުނަގާން ފެށުމުން، އެ ގޭދޮށުގައި މުގޯލިއަޅާން ފެށިއެވެ. އެންމެފަހުން ތެޔޮނާށި ކާޅުޖަހައިގެންފިކަން ކަށަވަރުވުމުން، ނަބީލާއަށް ޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ ލޯބި، އެހެން އަތަކަށް މިސްރާބު ހިފިއެވެ. ހިތުގައި ހަސަދައިގެ އަލިފާންގަނޑެއް ރޯވެ، އަނދާންފެށިއެވެ. އޭނާއަށް ނުލިބުނު އުފަލެއް، އެހެންމީހަކަށް ލިބުނަ ނުދިނުމަށް ހިތުގައި ޢަޒުމު ކަނޑައެޅިއެވެ.

މިދުހަތުގެ ބޮލަށް ޝައިޠާނާ ވެރިވެގަތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިން، ބޮޑު ފާފައަކަށް އަރައިގަތުމަށް އޭނާ ޢަޒުމުކަނޑައެޅިއެވެ. އޭނާ މިސްރާބުޖެހީ އޭނާގެ ކާފަގެ ބޮޑުފޮށްޓާ ދިމާއަށެވެ. އެ ފޮށީގައި ހިރަފުސް ބުރާފައި ހުރި ސިހުރުފޮތްތަކާ ދިމާއަށެވެ. ސިޙުރު ހެދުމަކީ ޝައިޠާނީ ޢަމަލެއްކަމާއި ޝިރުކު ކުރުމާއި ހުތުރު ރޫޙުތަކާ ބަދަހި ގުޅުމެއް އުފައްދައި، އެ ތަކެތީގެ ބަހަށް ކިޔަމަންތެރިވެގެން ނޫނީ ނުކުރެވޭނެކަމެއްކަން ވެސް އެނގިހުރެއެވެ.

ކުރީން ނުވާ، ބައެއް ކަހަލަ އުނދަގޫތައްވާން ނަބީލާއަށް ފެށިއެވެ. އިރުއޮއްސިގެން އަންނަ ވަގުތު ބޮލުގައި ރިހުމާއި ބޮލަށް ބަރުވެފައި ހުރުން އާންމުކަމަކަށްވިއެވެ. ބިރުވެރި ހުވަފެން ފެނުމާއި ހުވަފެނުގައި އުސްތަންތަނުން ވެއްޓޭން އުޅޭތަން ފެންނާން ފެށިއެވެ. ބައެއް ރޭރޭ ނިދާން އުނދަގޫވުމާއި ނިދާފައި އޮއްވާ ސިއްސައިގެން ގޮސް ހޭލެވުން ފަދަ ކަންކަން ކުރިމަތިވާން ފެށިއެވެ.

މި ފަދަ ގޮތްގޮތް ވާންފެށުމުން، ޑޮކްޓަރަށް ދައްކައި ތަފާތު ޓެސްޓުތައް ހެދިއެވެ. އެއްވެސް ބައްޔެއް ނުފެނުނެވެ. އަހުސަނާއި ނަބީލާގެ ކައިވެނި ކުރެވުނީ، މި ކަހަލަ ގޮތަކަށް ނަބީލާ އުޅެމުން ދަނިކޮށެވެ. އެ ދެމަފިރީން ނިންމާފައި އޮތީ، ކައިވެނިކޮށްގެން، އަމިއްލަ ރަށުގައި ދިރިއުޅުމަށެވެ. މާލޭގައި ގަނަތެޅުމަކީ، ދުށް ހުވަފެނެއް ނޫނެވެ. އެހެންނަމަވެސް އެންމެފަހުން މަޖުބޫރުވީ، މާލެއަށް ދިރިއުޅުން ބަދަލުކުރާށެވެ. ނަބީލާ ބަލިކޮށް އުޅޭތީއެވެ. މާ ގިނައިން ޑޮކްޓަރަށް ދައްކާން ޖެހޭތީ ވެސް މެއެވެ.

ނަބީލާގެ ބަލިހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ގޮސް، ބޮޑުވަރުވީ، ދަރިއަކު ލިބުނުފަހުންނެވެ. ސިހުރާ ގުޅިފައިވާ ކަމެއްކަން ގަބޫލުކުރަން މަޖުބޫރުވީ، ރުޤުޔާކުރާ މީހަކަށް ދެއްކުމުން އޭނާ ދެއްކި ވާހަކަތަކުންނެވެ. އެ ފަހަރު އޭނާ ކޮށްދިން ކަންތަކުން ލުއިވިއެވެ. އެހެންނަމަވެސް އެ ގޮތުގައި ވޭތުވީ ދޮޅުމަހެއްހައި ދުވަހެވެ. އަނެއްކާ ވެސް މި ވަނީ އެ ކަންތައްގަނޑާ ކުރިމަތިލާން ޖެހިފައެވެ. މި ފަހަރު ކުރީ ފަހަރަށްވުރެ ވެސް ތަންކޮޅެއް ގޯހެވެ.

ނަބީލާގެ ބޮލުގައި ފިރުމައިލަފިރުމައިލައި އަހުސަނު އިނެވެ. އެހެން އިންދާ ނަބީލާގެ މެރިފައިވާ ދެ ލޮލުގެ އެސްފިޔައަށް ކުޑަ ހަރަކާތެއް އަތުވެއްޖެއެވެ. އިރުކޮޅަކުން ވަރުދެރަ ގޮތަކަށް ލޯ ހުޅުވާލައިފިއެވެ. އެކި ދިމަދިމާއަށް ހިނގާލި ކަޅިން، ކައިރީގައި އިން އަހުސަނުގެ މޫނު ފެނުނެވެ. ފުރަތަމަ ވެސް އެދުނީ ފެންފޮދަކަށެވެ. އަހުސަނު އަވަސް އަވަހަށް ތެދުވިއެވެ.

“މި ފެންފޮދު ބޮއިލަންވީނު!” ހާޖަރާގެ ކައިރީގައި ކުރުނބާ ފެންފޮދެއް ހިފައިގެން ނީނާއިނެވެ. ހާޖަރާ މަޑުމަޑުން ބޯ އުފުލައިލައި ފެންފޮދެއް ބޮއިލިއެވެ.

ރޭ ދަންވަރު ހާޖަރާގެ އަރިކަށްޓަށް އެރި ތަދަށް އަދި ލުޔެއް ނުލިބެއެވެ. ތަދު އަންނަނީ ބޮޑުވަމުންނެވެ. މިހާރު ބޮލުގައި ވެސް ރިހެއެވެ. ނީނާއަށް މި ކަން އެނގުނީ، ހެނދުނު އޭނާ އެ ގެއަށް އައި އިރު، ހާޖަރާ ނުތެދުވެ އޮތުމުންނެވެ. ހަދާނެގޮތެއް ނޭނގިފައި ނީނާ ހުއްޓާ، އިރުކޮޅަކުން ފެނުނީ ލަތީފު އައިސް އެ ގެއަށް ވަންތަނެވެ. ހާޖަރާ ޑޮކްޓަރަށް ދައްކަން ގެންދިޔައީ ނީނާއާއި ލަތީފެވެ. ބޭސް ނަގައިދީ ހެދުމުގައި ވެސް ލަތީފުގެ އެހީތެރިކަން ލިބުނެވެ. ކުރުނބާ ގެނެސްދިނީ ވެސް ލަތީފެވެ. އެ ހުރިހައި ކަމެއް ހާޖަރާއަށް އެނގެއެވެ. ލަތީފުގެ ހެޔޮކަން ދުވަހަކު ވެސް ހާޖަރާގެ ހަނދާނުން ފިލައިގެންދާނެ ހެނެއް ހިޔެއް ނުވެއެވެ.

ހާޖަރާ ބަލިވެ އުޅޭކަން ނަދާއަށް އެނގުނީ ލަތީފުގެ ފަރާތުންނެވެ. ނަދާއަށް ގުޅާފައި އެ ވާހަކަ ބުނުމުންނެވެ. ލަތީފު އެ ވާހަކަ ބުނުމުން ނަދާއަށް ގަބޫލެއް ނުކުރެވުނެވެ. މަންމަ ބަލިވެ އުޅެންޏާ އޭނާއަށް އަންގާނޭކަމަށް އޭނާގެ ހިތް ބުނާތީއެވެ. މަންމައަށް އެންގޭވަރު ނުވަންޏާ، ނީނާ އެ ވާހަކަ ބުނާނެއެވެ. އެހެންކަމުން ލަތީފު އެ ވާހަކަ ބުނުމުން ނަދާއަށް ގަބޫލުކުރަން ފަސޭހަނުވީއެވެ.

ލަތީފުގެ ރުންކުރު އަމުރުވެރި ޖުމުލަތައް އަޑުއެހުމަށްފަހު ނަދާ ވަގުތުން މަންމައަށް ގުޅިއެވެ. ތިން ހަތަރު ފަހަރު ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ. ނަދާ ކަންބޮޑުވިއެވެ. އަނެއްކާ މަންމަ މާ ބޮޑަށް ބަލީ ބާވައެވެ؟ ނަދާ އަވަސްއަވަހަށް ނީނާއަށް ގުޅިއެވެ. ދެ ފަހަރަކު ރިންގުވިތަނާ ނީނާ ފޯނު ނަގައިފިއެވެ.

“މަންމަ އުޅެނީ ބަލިވެތަ؟” ނަދާއަށް ފުރަތަމަ ވެސް އެހުނީ މަންމަގެ ވާހަކައެވެ.

“ކާކު ދެއްކި ވާހަކައެއް؟” ނީނާ ނުބުނާން އުޅޭ ކަހަލައެވެ.

“ބުނެބަލަ!” ނަދާގެ އަޑު މި ފަހަރު ތަންކޮޅެއް ބާރުވިއެވެ.

“އަރިކަށްޓަށް ތަދެއް އެރީ. އެކަމަކު މިހާރު ވަރަށް ބޮޑުތަން ރަނގަޅު!”

“ދެން ކީއްވެ މަށަށް ނޭންގީ؟” ނަދާ ހިތްހަމަނުޖެހޭގޮތް ވިއެވެ.

“ނަދާ ކަންބޮޑުވެދާނެތީ މަންމަ ބުނީ ނުބުނާށޭ. ކިހިނެއް އެނގުނީ؟”

“ކަލަގޮވަން ގުޅީމަ. އެ ލަތީފަކާހެދި މަ މިހިރަ މޮޔަވަނީ.” ނަދާ ކެކިގަތެވެ. “މަންމަގެ ބޯ ހަމަ ރަނގަޅަށް އޭނަ ކައިލާނެ!”

“މަންމައަށް މިހާރު ވެސް އޭނަ ވަރަށް ކަމުހިނގައްޖެހެން ހީވަނީ.”

“ދެން ކިހިނެއް ހަދާނީ؟” ނަދާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “މި ކޮޅުން ވެސް ބޮޑު ކަންތައްގަނޑެއް ލައިގަނެގެން މި އުޅެނީ.”

“ކިހިނެއްވީ؟ ފޮޓޯނަގާ ސޮރުގެ ކަމެއްތަ؟” ނީނާ ލަފާކޮށް އަހައިލިއެވެ.

“މިގޭގައި އުޅޭ ޕޮލިސްކުއްޖާ ޕޮޒިޓިވް ވެގެން އެބަ އުޅޭ”

“އެން؟” ނީނާ ސިހުނެވެ. އިން ތަނުން ފުންމައިގެން ތެދުވެވުނެވެ. “ޕޮޒިޓިވްވީއޭ؟ ދެން؟ ދެން ކިހިނެއް ހަދަނީ؟”

“ކިހިނެއް ހެދޭނީ؟”

“އޭނަ ގެއަށް އައިތަ؟”

“އާނ! އިއްޔެ ވެސް އައިސް އުޅުނު. މިއަދު ޕޮޒިޓިވްކަން އެނގުނީ.”

“ސުބުޙާނަﷲ! ދެން ނަދާޔޯ؟”

“އަދި ނޭނގެ ވާނުވާއެއް. މަ ވެސް ޕޮޒިޓިވް ވެދާނެ! އެކަމާ ބޯގޮވާފަ ހުއްޓާ އެ ލަތީފެއް ގުޅީ. އޭނައާހެދި މިހާރު ދެން އުޅެވޭކަށް ނެތް.”

“ތަންކޮޅެއް ހަމަޖެހިބަލަ! ކަންކަމާ ތިހައި ނެގެޓިވްކޮށް ވިސްނާކަށް ނުވާނެ! ތީ ކުރިން ނަދާ އުޅޭގޮތެއް ނޫނެއްނު! ކުރިން މަގޭގާތު އަބަދުވެސް ކިޔާނެ ޕޮޒިޓިވްކޮށް ވިސްނާށޭ! އެކަމަކު މިހާރު…”

“އެ ލަތީފަކާ ހެދި ކުރިހައިކަމެއް ބަދަލުވެއްޖެ! އަމިއްލަ ރަށަށް ގޮސް އެ ފާޑަށް ތެޅޭށޭ ބުނެބަލަ!”

“ނަދާ! ދެން ހިނގާ ބަލަ ތި ވާހަކަ ބާއްވަން! މާލޭގެ ހާލަތު މިހާރު ކިހިނެއްތަ؟” ނީނާ ހަމަ ގަސްދުގައި މައުޟޫ ބަދަލުކޮށްލަން މަސައްކަތްފެށިއެވެ.

“ކިހިނެއްވާނީ؟ މާލޭގެ ހާލަތު ވަނީ ހައްތާ ގޯސް!” ކުޑަ އިރުކޮޅެއް ފަހުން ނަދާގެ ޖަވާބު އައެވެ. އަޑާއި ރާގަށް ހުރީ ބަދަލު އައިސްފައެވެ. ކުޑަކޮށް މައިތިރިވެފައެވެ. “އިއްޔެ މި ބަލީގައި މީހަކު މަރުވެއްޖެ.”

“އަނެއްކާ މީހަކު މަރުވީ؟” ނީނާއަށް އެނގިހުރެ ގަސްތުގައި ނޭނގޭކަމަށް ހެދިއެވެ. ބޭނުންވަނީ އެ ވާހަކައިގެ ތެރެއަށް ނަދާ ވައްދައިގެން އޭނާގެ ސިކުނޑިއަށް ލުޔެއް ދެވޭތޯ ބަލާށެވެ.

“ނޭނގޭތަ؟”

“އާނ!” ނީނާ ވަގުތުން ބުންޏެވެ.

“އެއީ މި ބަލީގައި ރާއްޖޭން މަރުވި ދެވަނަ މީހާ. ކަޅުތުއްކަލާ ކޮށީގައި ތިބޭ ސިފައިންނަށް ކެއްކުމުގެ މަސައްކަތުގައި އުޅޭ ބަންގުލަދޭޝް މީހެއް އެއީ.” ނަދާ އެ ބުނާ މީހާ މަރުވީ ޖޫން 5 ވަނަ ދުވަހުއެވެ. 22 އަހަރުގެ އެ މީހާ މަރުވީ، ފިޓުޖެހި ސިކުނޑިއަށް ލޭ އަރައިގެންނެވެ. ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ހޮސްޕިޓަލަށް ގެންދިޔުމުން ޓެސްޓުކުރީމައެވެ.

“ހާދަ ބިރުވެރިއޭ!” ނީނާއަށް ބުނެވުނެވެ.

“އަދި އެނގޭތަ؟ އަނެއްކާ އިތުރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި.”

“ކުރިން ވެސް މީހަކު ވެންޓިލޭޓަރަށްލީތަ؟” އެއީ ނީނާއަށް އަދި ނޭނގޭ ކަމެކެވެ.

“އާނ! 88 އަހަރުގެ މީހަކަށް މި މޭމަހުގެ ތިންވަނަ ދުވަހުން ފެށިގެން އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން. މިހާރު އެ ލީ 70 އަހަރުގެ މީހެއް. ދެ މީހުންގެ ހާލު ވެސް ވަރަށް ސީރިޔަސްކަމަށް ޑޮކްޓަރުން ވިދާޅުވަނީ.”

“ހުސް ވެސް ބިރުވެރި ވާހަކަ ދޯ ހުރީ؟” ނީނާއަށް ފުން ނޭވާއެއް ލެވުނެވެ.

“ނޫނޭ! ހުސް ވެސް ބިރުވެރި ވާހަކައެއް ނޫން! އިތުރު ދެ ދިވެހިން ބަލިން ރަނގަޅު ވެސް ވެއްޖެ.”

“އަލްޙަމްދުލިﷲ! ތީ ވަރަށް އުފާވެރި ޚަބަރެއް. މިހާރު ޖުމުލަ ކިތަން މީހުން އެ ރަނގަޅުވީ؟”

“20 މީހުން.” ނަދާ ވަގުތުން ބުންޏެވެ.

“ނަދާއެކޭ ނޫސްވެރިއެކޭ ތަފާތެއް ނެތް!” ނީނާ ސަމާސާކޮށްލިއެވެ.

“ގޭތެރޭގައި ތާށިވެފައި މިހެން އިންނައިރު އަބަދު ޓީވީ ބެލެނީ. ކޮންމެ ރެއަކު ޕްރެސްއަށް އަރައި މަބުރޫކު ކިޔައިދޭ އެއްޗެހި މީ.” ނަދާ މިހާރު ހުރީ ރުޅިމަޑުވެފައެވެ. އެހެނަސް އަޑުގައި ހުރީ ސީރިޔަސްކަމެވެ.

“އަދިވެސް ރަށަށް އާދެވޭގޮތެއް ނުވޭތަ؟” ނީނާ ގޮސް ގޭ ދޮރުމަތީގައި ހުރި ޖޯލިފަތީގައި ޖައްސާލިއެވެ.

“ރަށަށް މީހުން ފޮނުވާނެ އުސޫލެއް ވެސް ކަނޑައަޅައިފި. އެކަމަކު މިހާރު މި ވީ ގޮތުން ނޭނގެއެއްނު އަވަހަށް ދެވޭނެކަމެއް.” ނަދާ ކަންބޮޑުވެފައިވާ މިންވަރު އޭނާގެ އަޑާއި ރާގުން އެނގެއެވެ.

ތައުފީޤު އިނީ ޓީވީ ހުޅުވައިގެން ޚަބަރުބަލާށެވެ. ޓީވީން ފަހަރަކު ޚަބަރެއް ކިޔަމުން ގެންދެއެވެ. ވާދުއަށް ބާރުގަދަ ކޮޅިގަނޑެއް އަރައި، އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ވާހަކައާއި ކަރަންޓީން ފެސިލިޓީއަށް ޗައިނާއިން ހަތަރު މިލިއަން ރުފިޔާ ދިން ޚަބަރާއި ވިލިމާލެ ފެރީޓާމިނަލްގައި މަސައްކަތް ކުރާ މީހަކު ކޮވިޑަށް ފައްސިވި ޚަބަރު ވެސް ކިޔެވެ. މީގެއިތުރުން އިންޑިއާގެ ނުވަ ސިޓީއަކުން 200 ދިވެހިން ރާއްޖެއަށް ގެންނަ ވާހަކައާއި އައިޖީއެމްއެޗްގައި އެޑްމިޓްކުރި މާބަނޑު މީހަކު ކޮވިޑް-19 އަށް ފައްސިވި ވާހަކައާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް ކޮވިޑް ބަލީގެ މީހުން ގެންދާންފެށި ވާހަކަ ވެސް ކިޔެވެ. އަދި މާލެ އައިސް ރަށަށް ނުދެވި ތިބި މީހުން، ރަށަށް ފޮނުވުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައެޅިކަމަށް ވެސް ޚަބަރުގައި ކިޔެވެ. މި ޚަބަރު ފެށުމާއެކު ތައުފީޤު ޓީވީ ބާރުކޮށްލިއެވެ. މިއީ ނިޒާރަށް ވަރަށް މުހިންމު ޚަބަރަކަށް ވާނެއެވެ.

ނިޒާރަށް އާދެވުނީ ޚަބަރު ނިމުނުފަހުންނެވެ. ނިޒާރު އައިސް އިށީންނުމާއެކު ތައުފީޤު އެ ވާހަކަ ފެށިއެވެ.

“އެހެންތަ؟” ނިޒާރުގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. “ތީ ވަރަށް އުފާވެރި ޚަބަރެއް.”

“އެކަމަކު އުސޫލުތަކެއްގެ ދަށުން ދެވެން އަންނަނީ.”

“ކިޔާބަލަ!؟” ނިޒާރު އިނީ އަޑުއަހާހިތުންނެވެ.

“ރަށްރަށަށް މީހުން ފޮނުވުމުގައި އެންމެ ފުރަތަމަ އިސްކަން ދެނީ އާސަންދައާއި އެންސްޕާގެ އެހީގައި ބޭސްފަރުވާއަށް އައިސް ތިބި މީހުންނަށް. އެ މީހުންގެ ތެރެއިން އިސްކަންދޭނެ ތަރުތީބެއް ވެސް އޮތީ ކަނޑައަޅާފަ.”

“ތިއަކު މަށެއް ލައްވައެއް ނުލާނެއެއްނު!” ނިޒާރުގެ ކަރު އެލުނެވެ.

“އަދި މަޑުކުރޭ! ނިޒާރުގެ ކެޓެގަރީ ވެސް އެބަ އޮތޭ!” ނިޒާރަށް ވީ ގޮތް ފެނިފައި ތައުފީޤު ހިނިއައެވެ. “ނިޒާރު ހިމެނެނީ ތިންވަނަ ކެޓެގަރީގަ. އެއީ އަމިއްލަ ބޭނުންތަކަށް މާލެ އައިސް ތިބި މީހުންގެ ކެޓެގަރީ. އިރާދަކުރެއްވިއްޔާ ނިޒާރަށް ވެސް ދެވޭނެ!”

“ކިހިނެކޯ ހަދަން މި ޖެހެނީ؟” ނިޒާރަށް އަވަސްއަވަހަށް އަހައިލެވުނެވެ.

“ޖެންޑާ މިނިސްޓްރީއަށް ނޫނީ ރަށުކައުންސިލަށް ރިޕޯޓުކޮށްފައި ނެތިއްޔާ، 1412 ގުޅާފަ ބުނަން ޖެހޭނީ”.

“މަ އޮންނާނީ ކައުންސިލަށް ގުޅާފަ، މާ ކުރިން ވެސް ބުނެފަ.”

“އަދި ތިހެން ހަމަ ބުނެފަ އޮތަކަސް، އެހައި ފަސޭހައެއްކޮށް ނުއެއް ދެވޭނެ. ސަރުކާރުން ހަމަޖައްސާ ފެސިލިޓީއެއްގަ 14 ދުވަހު ކަރަންޓީނުވެފަ ދެވޭނީ.”

“ހާދަ ގިނަ ދުވަހެކޭ!” ނިޒާރަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “އެކަމަކު ވެސް ދާން ބޭނުން. ސަކީނާ އެ ހުންނަނީ ނުގޮސްގެން ގުޅާލަގުޅާލަ.”

ނިޒާރު ހަމަ އެ ދުވަހު އަނެއްކާވެސް ރަށު ކައުންސިލަށް ގުޅައި އެ ވާހަކަ ދެއްކިއެވެ. ސަކީނާއަށް ގުޅާފައި ރަށަށް ދެވޭގޮތް ހަމަޖެހޭން އުޅޭ ވާހަކަ ބުންޏެވެ. މި އަޑު އަހާފައި ސަކީނާ ފެންކަޅިވިއެވެ. އޭނާގެ ކަރު އެލުނީ، 14 ދުވަހުގެ ކަރަންޓީނެއް އޮތް ވާހަކަ ބުނުމުންނެވެ.

“އަދި ވެސް 14 ދުވަހު އިންތިޒާރުކުރަން ޖެހޭނެ ދޯ! އީދަށް ވެސް ނާދެވޭނެތާ.”

މެއި މަހު 8 ވަނަ ދުވަހުގެ އިރު މާލެއަށް އެރީ ހިތާމަވެރި ޚަބަރެއް މާލެއާއި ރާއްޖޭގެ ރައްޔިތުންންނަށް ފޯރުކޮށްދެމުންނެވެ. ކޮވިޑް 19 އާ ގުޅިގެން 3 ވަނަ މީހަކު މަރުވި ހިތާމަވެރި ޚަބަރާއެކުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ، އުމުރުން 80 އަހަރުގެ ފިރިހެން މީހާ މަރުވީ، 7 ވަނަ ދުވަހުގެ ރޭ 11:30 އެހައިކަންހައި އިރުއެވެ. މީގެ ދެ ދުވަސްކުރީން ވެސް މި ބަލީގައި މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. މިހައި ކައިރިކައިރީގައި ދެ މީހަކު ދުނިޔެ ދޫކުރުމުގެ ސަބަބުން، ދިވެހީންގެ ހިތުގައި މި ބައްޔާމެދު އުފެދިފައިވާ ބިރުވެރިކަން ވަކީން ބޮޑުވިއެވެ. އަނެއްކޮޅުން ދުނިޔޭގެ އެކި ޤައުމުތަކުން މީހުން މަރުވަމުންދާ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އައުމަކީ ވެސް މި ބިރުވެރިކަން ގުނަވަމުން އަންނަ ކަމެކެވެ.

“ރޭ ވެސް މީހަކު މަރުވެއްޖެ.” މެންދުރު ނަމާދުކޮށްގެން ފިޒާލު ޤުރުއާން ކިޔަވަން އިންދާ، ފަޒުލާ އައިސް ކޮޓަރިއަށް ވަނެވެ.

ފަޒުލާ އެ އައީ އޭނާގެ އެކުވެރި ބިޝާރާއާ ފޯނުން އެތައް އިރަކު ވާހަކަ ދައްކަން އޮވެފައެވެ. ތިން ދުވަހަށްފަހު ބިޝާރާ ފޯނުނެގީ މިއަދުއެވެ. ބިޝާރާ ފޯނު ނުނެގީ ރުޅިއަކުން ނޫނެވެ. ދެރަވިވަރުންނެވެ. ހިތުގައި ޖެހުނުވަރުންނެވެ. ކަން ވީ ގޮތް ވަރަށް ރަނގަޅަށް މިއަދު ބިޝާރާއަށް ފަޒުލާ ކިޔައިދިނެވެ.

ފަޒުލާ އައިސް ވަނުމުން ފިޒާލު ޚަތިމު ބޭއްވިއެވެ. މި ދުވަސްކޮޅު ކޮއްކޮއާ ރަނގަޅަށް ވާހަކަދައްކާނުލެވޭތީ، ވާހަކަ ދައްކައިލާށެވެ. ނަދާގެ ފިކުރުގައި ބަނދެވިފައި ހުންނަލެއް ބޮޑުކަމުން، ކުރިން އުޅޭހެން ކޮއްކޮއާ ސަމާސާކޮށް، މަޖާކޮށް އުޅޭ ކަހަލަ މޫޑެއް ވެސް ނުހުރެއެވެ. މިއަދު ވެސް އޭނާގެ މޫޑު އެހައި ރަނަގޅެއް ނޫނެވެ. އެ ދުވަހު ހީނލާފައި ވަންފަހުން، ނަދާގެ ހިލަމެއް ނުވާތީ، ފިޒާލުގެ މާޔޫސްކަން ވަނީ އިތުރުވާން ފަށާފައެވެ.  

“ދޮންބެ ވެސް ތި ޚަބަރު ކިޔައިފިން.” ޚަތިމު ބާއްވަމުން ކޮއްކޮއަށް ފިޒާލު ޖަވާބު ދިނެވެ. “ނޫހުގައި އޮތްގޮތުން ވިއްޔާ އެއީ ވަރަށް ބަލި މީހެއް. ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތި ކޮށްގެން ފަރުވާދީފައިވާ މީހެކޯ.”

“އާނ! މަ ވެސް ކީމޭ ތިޚަބަރު. ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް މައްޗަށް ދިޔުމާއި ހަކުރު ބަލި ވެސް ހުރި މީހެކޯ ދޯ! ނިއުމޯނިއާއަށް ވެސް އެތަކެއް ފަހަރަކު ވަނީ ފަރުވާ ދީފަޔޯ!”

“އާނ! ކޮއްކޮ ވެސް ވަރަށް ބަލައިގެން އުޅެއްޗޭ! މަންމައާ ބައްޕައަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެ!”

“އަދި ވަރަށް މަޖާ ޚަބަރެއް ވެސް ފެނުނޭ!” ފިޒާލު ބުނި ވާހަކައަށް ބޯ ޖަހައިލަމުން ފަޒުލާ ފެށިއެވެ. “ޕީޕީއީ ލައިގެން ގެއަކަށް ވަދެ މީހަކު ވައްކަންކުރަން އުޅުނީޔޯ.” ފަޒުލާ ގާތަށް ހުރީ ހިނިއައިސްފައެވެ.

“މިހާރު އެކަން ވެސް ފެށީ؟” ފިޒާލަށް ޗޮކެއް ކަނޑައިލެވުނެވެ. “ތި ކަހަލަ ގޯސް ކަންކަމުގައި ދިވެހިން ހާދަ އެޑްވާންސޭ ދޯ! ހެލްމެޓް އަޅަން ޖެހުނީމަ ހެލްމެޓް އަޅައިގެން ވެސް ނިކުމެ ފޭރެންވިއްޔަ ފެށީ.” އެނދުމަތީގައި ފިޒާލު ޖައްސާލިއެވެ.

“ޑިސްއިންފެކްޓް ކުރާށޭ ކިޔައިފަޔޯ އެ މީހާ އެ ގެއަށް ވަނީ.”

“ދޮންބެ ހަމަ ހައިރާންވޭ ބައެއް ދިވެހިންގެ ޢަމަލުތައް ހުންނަ ގޮތް ހިތަށް އަރާފަ. މި ފަދަ ނާޒުކު ދަނޑިވަޅެއްގައި، ކުއްޔަށް އުޅޭ ބައެއް މީސްމީހުން ގޭގެއިން ވެސް ނެރެން ފަށައިފިއޭ.”

“އަސްލު ވެސް؟”

“އާނ! ދޮންބެ ކީ ރިޕޯޓެއްގައި އޮތް، ކުލި ދެއްކޭނެ ގޮތެއް ނެތް 12 މީހަކު ގެއިން ނެރުނު ވާހަކަ. އެއީ 12 ޢާއިލާއެއްނު. 25 ޢާއިލާ ނެރެލާނެ ކަމަށް ގޭގެ ވެރިފަރާތުން އެންގި ވާހަކަ. މިހިރީ ކިހައި ހިތާމަހުރި ކަންކަން.”

“އެކަމަކު އެހެން ހަދާކަށް ނުވާނެ ދޯ! ދެން ކިހިނެއްބާ އެ މީހުން ހެދީ؟”

“ބައެއް މީހުން ވަގުތީހިޔާތަކުގަޔޯ ދިރިއުޅެނީ. މިހެން ބުންޏަސް ވަރަށް ރަނގަޅު މީހުން އުޅޭކަން ވެސް ދޮންބެއަށް އެނގޭ! ބައެއް މީހުން އެބަހުރި އިސްވެ ކުލި ކުޑަކޮށްދީފަ ވެސް. ދޮންބެގެ ރައްޓެއްސަކު ބުނި، އެ މީހުން ދިރިއުޅޭ އިމާރާތުގެ ހުރިހައި އެޕާޓްމަންޓަކުން ކުރިއަށް އޮތް 3 މަހަށް، 5 ހާސް ރުފިޔާ ކަނޑައިދިނޯ. ކިހައި ރަނގަޅު!”

“މި ކަހަލަ ކަންކަމުގެ ތެރެއިން، ހީރޯއިންނާއި ޒީރޯއިން ފެންނާނެ! ދޯ ދޮންބޭ!”

“އާނ!”

“ދޮންބޭ! މައުޟޫ ބަދަލުކޮށްލަންތަ؟ މަށަށް ރޭ ހުވަފެނުން ފެންނަނީ ދޮންބެ ބިޓެއް ނަގައިގެން އުޅޭތަން.” ބިޝާރާއާ ދެ މީހުން ރޭވި ގޮތަށް ފަޒުލާ ވާހަކަ ފެށިއެވެ.

“ހާދަ މަޖާ ހުވަފެނެއް.” ފިޒާލުގެ ގާތަށް ހިނިއައެވެ.

“މަގޭ ހިތަށް އެރީ ދޮންބެ އަނެއްކާ ބިޓެއް ނެގީބާއޭ؟” ފަޒުލާ މަސައްކަތްކުރީ ނޫންކަމަށް ހަދައިގެން އިނދެ ޔަޤީންކުރާށެވެ.

“ތި ކަން ވެސް އެބަ ޖެހޭ ކުރަން.” ފިޒާލުގެ މޫނުމަތީން ފެނުނީ މާޔޫސްކަމެވެ.

“އަދި ނުކުރަން؟” ފަޒުލާ އަވަސް އަވަހަށް އަހައިލިއެވެ.

“ތި ފެށީ ދެން ކޮން ވާހަކައެއް؟” އެ ވާހަކައައިގެން ކުރިއަށް ދާން ފިޒާލަށް އެހައި ފަސޭހަހެނެއް ހިޔެއް ނުވެއެވެ.

“މަގޭ ހިތަށް ހަމަ އަރަނީ ދޮންބެ ކުއްޖަކާ ރައްޓެހިވެއްޖެއޭ. އަހަރެން ބޭނުން އެ ކުއްޖާއާ ފްރެންޑްވާން.”

“އަދި ނެތޭ.” ފިޒާލަށް އުނދަގޫވާން ފެށިއެވެ.

“ހުވާ؟” ފަޒުލާ ތެދުވިއެވެ. ފިޒާލުގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. “އެކަމަކު ދޮންބެގެ މޫނުމަތިން ފެންނަނީ މުޅިން ތަފާތު ކުލައެއް. ދެން ބުނެބަލަ! ޕްލީޒް!”

“ތި އުޅެނީ އަހުސަނު އެއްޗެކޭ ކިޔައިގެންތަ؟” ފިޒާލު ވެސް ތެދުވެ އިށީނެވެ.

“އަހުސަނު ނުކިޔާ އެއްވެސް އެއްޗެއް.” ފަޒުލާ ގާތަށް ހިނިއައެވެ. “އެކަމަކު މިހާރު އެނގިއްޖެ ކޮންމެވެސް ކަމެއް އެބަ އުޅޭކަން. މަށަށް މި ފެނުނީ ރިއަލް ޑްރީމްއެއްތާ!” ފަޒުލާ ހޭންފެށިއެވެ.

“މަޑުކޮށްބަލަ! އަސްލު ރިއަލްއެއް ނޫން! ތީ ހަމަ ފޭކް ހުވަފެނެއް. އެކަމަކު ދޮންބެ ވަރަށް ލޯބިވާ ކުއްޖަކު މިހާރު އެބަހުރި. އެކަން ކާމިޔާބުވީމަ ކޮއްކޮ ގާތު ބުނާނަން.”

“އެއީ ކޮން ކުއްޖެއް؟”

“މި ބުނީނު ކާމިޔާބުވީމަ ބުނާނަމޭ! ދުޢާކޮށްދީ ކާމިޔާބުވޭތޯ. ނަދާ ކިޔަނީ.”

މި ޖެހުނީ އަނެއްކާ އަނެއް ކަންތަކެވެ. ބިޝާރާ އާދޭސްކޮށްކޮށް އިންދާ، މަށަށް މި ޖެހުނީ ދޮންބެއަށް އެހެން ކުއްޖަކު ލިބޭތޯ ދުޢާކޮށްދޭށެވެ. އެއީ ކޮންތާކު އުޅޭ ކޮން ކަހަލަ އުޅުމެއް ހުރި ކުއްޖެއް ކަމެއް ވެސް އެނގެނީއެއް ނޫނެވެ. ބިޝާރާއާ ދެ މީހުން އެހައި މޮޅަށް ޕްލޭންކޮށްގެން އައިސް ވާހަކަ ފެށުމުން ވެސް، ބޯޅަ މި ވަނީ ބައިކޮޅަށެވެ. މި ވާހަކަ ބިޝާރާގާތު ބުނީމާ، އޭނާ ބުނާނީ ކީކޭބާވައެވެ؟ އެކަމަކު ދޮންބެ ކަމަކު އެދުނީމަ ނުކޮށްދީ ހުރުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ.

“އޭތް! ކޮން ކަމަކާ ތި ވިސްނަނީ؟” ފަޒުލާ ހުއްޓުން އަރާފައި އިންނާން ފެށުމުން ފިޒާލު ގޮވައިލިއެވެ. “ދުޢާކޮށްދެއްޗޭ ބުނީމަ، ޖަވާބެއް ވެސް ނުދެމެއްނު!”

ފަޒުލާއަށް އިނދެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ފިޒާލުގެ މޫނަށް ބަލަހައްޓައިގެންނެވެ. މި ވާހަކަ ނުފެށުނު ނަމައޭ ހިތަށް އަރާފައެވެ. ދޮންބެ ބުނީމަ އެކަން ކުރަން އެބަ ޖެހެއެވެ. ބިޝާރާއަށް ޓަކައި އެކަން ކުރާކަށް ބޭނުމެއް ނޫނެވެ.

“ދޮންބެ ވަރަށް ލޯބިވާ ކުއްޖެއް އެއީ.” ފިޒާލު ވާހަކަ ފެށީ ވަރަށް ސީރިޔަސް ރާގަކަށެވެ. “ނަދާގެ ލޯބި ނުލިބުނިއްޔާ ދޮންބެ ވަރަށް ދެރަވާނެ! ކޮއްކޮގެ ހެޔޮ ދުޢާ މިކަމުގައި ދޮންބެއަށް ވަރަށް މުހިންމު.” ފިޒާލުގެ ދެ ލޯ ފެންކަޅިވިތަން ފެނިފައި ފަޒުލާގެ ހިތަށް މީހަކު ފިތާލިހެން ހީވިއެވެ.

ނުނިމޭ

އަންނަ ހޮނިހިރު ދުވަހަށް އިންތިޒާރުކޮށްލައްވާ!

Readers Comments (22)

  1. Viel Glück in Ihrem Blog, wie ich weiterhin regelmäßig zu folgen. Genvieve Vasili Myna

    Reply
  2. Hey there! Do you know if they make any plugins to safeguard against
    hackers? I’m kinda paranoid about losing everything I’ve worked hard on. Any
    recommendations?

    Reply
  3. Hello just wanted to give you a quick heads up. The words in your post seem to be running off the screen in Chrome.
    I’m not sure if this is a format issue or something to do with internet browser compatibility but I thought I’d post to let you know.
    The design look great though! Hope you get the issue
    resolved soon. Thanks

    Reply
  4. Wow, fantastic blog layout! How long have you ever been blogging for?
    you make blogging look easy. The entire look of your website is magnificent, as smartly as
    the content material!

    Also visit my blog post – Ultra Keto X Burn Pills

    Reply
  5. The next time I read a blog, I hope that it won’t
    fail me just as much as this one. After all, I know it was my choice to read, but I actually believed you would probably have something interesting to say.
    All I hear is a bunch of moaning about something that you could fix if you were not
    too busy seeking attention.

    Also visit my blog post :: Testoryl Pills

    Reply
  6. Pretty section of content. I just stumbled upon your weblog and in accession capital to assert that I
    get actually enjoyed account your blog posts. Anyway I’ll be subscribing
    to your feeds and even I achievement you access consistently quickly.

    Here is my web page :: Macro Supreme Ketogenic Formula Review

    Reply
  7. I need to to thank you for this fantastic read!! I certainly enjoyed every bit of it.
    I have you bookmarked to check out new stuff you post?

    Check out my webpage :: Bella Affect Ageless Moisturizer

    Reply
  8. This is really interesting, You are an excessively skilled blogger.

    I have joined your feed and stay up for in the hunt for more of your great post.

    Also, I have shared your website in my social networks

    Reply
  9. If you want to use the photo it would also be good to check with the artist beforehand in case it is subject to copyright. Best wishes. Aaren Reggis Sela

    Reply
  10. Hello. magnificent job. I did not expect this. This is a excellent
    story. Thanks!

    My web blog: Aspen Acreage CBD Oil

    Reply
  11. Hi there! Quick question that’s entirely off topic.

    Do you know how to make your site mobile friendly? My website looks weird when viewing from my apple iphone.
    I’m trying to find a theme or plugin that might be able
    to correct this issue. If you have any recommendations, please share.
    Many thanks!

    Reply
  12. Nice post. I was checking continuously this blog and I am impressed!

    Extremely helpful info specifically the last part 🙂 I care for such info much.
    I was seeking this particular info for a very
    long time. Thank you and best of luck.

    Reply
  13. Attractive component to content. I just stumbled upon your site
    and in accession capital to assert that I acquire actually enjoyed account your
    blog posts. Anyway I’ll be subscribing in your augment and even I success you access constantly rapidly.

    Reply
  14. Way cool! Some extremely valid points! I appreciate you
    penning this write-up plus the rest of the site is really
    good.

    Reply
  15. Greetings! Very helpful advice within this article!
    It’s the little changes that produce the most important changes.

    Thanks a lot for sharing!

    Reply
  16. Howdy! I could have sworn I’ve been to this blog before but
    after reading through some of the post I realized it’s new to me.
    Nonetheless, I’m definitely glad I found it and I’ll be bookmarking and checking back often!

    Also visit my blog … online pharmacy without prescription

    Reply
  17. Awesome! Its in fact amazing article, I have got much clear idea concerning from this piece of writing.|

    Reply
  18. Hi, i think that i saw you visited my site so i came to “return the favor”.I am attempting to find things to improve my web site!I suppose its ok to use a few of your ideas!!|

    Reply
  19. Good post. I learn something totally new and challenging on sites I stumbleupon everyday. It will always be interesting to read through articles from other authors and practice a little something from their web sites. |

    Reply
  20. This is a topic that’s close to my heart… Thank you! Where are your contact details though?|

    Reply
  21. Hello! Do you use Twitter? I’d like to follow you if that would be okay. I’m absolutely enjoying your blog and look forward to new updates.|

    Reply
  22. Does your site have a contact page? I’m having a tough time locating it but, I’d like to send you an e-mail. I’ve got some creative ideas for your blog you might be interested in hearing. Either way, great website and I look forward to seeing it expand over time.|

    Reply

ޚިޔާލު