ފުރަބަންދު (13)

ނަދާއާ ގުޅުވައިގެން އަހުސަނު ދެއްކި ވާހަކަތައް ވަނީ، ފިޒާލުގެ އެއް ކަންފަތަށެވެ. ވަންގޮތަށް މަޑުޖެހުމެއް ވެސް ނެތި، އަނެއް ކަންފަތުން ނިކުމެގެން ދިޔައީއެވެ. އަހުސަނުގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދާކަށް، އޭނާ ކުޑަކޮށް ވެސް ބޭނުމެއް ނުވިއެވެ. އެންމެ ހިނދުކޮޅަކަށް ވެސް، އޭނާގެ ސިކުނޑިން ނަދާގެ ސޫރަ ކެހިގެން ދާކަށް ހިތެއް ނޭދުނެވެ. ކުލައަށް ފަނޑުކަމެއް އަންނާކަށް ވެސް އަމުދުން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހުސަނުގެ ކޯލު ނިންނާލައިފައި އޭނާ އައިސް އެނދުގައި އެއް އަރިއަކަށް ޖައްސައިލީ، ހިތާއި ސިކުނޑީގައި ބިންވަޅުނެގިފައިވާ ނަދާގެ ރީތި ސޫރަ، ބައިވެރިއަކަށް ހަދައިގެންނެވެ. އުއްމީދު އައު ކުރަމުންނެވެ.

ކޮވިޑްގެ ނުރައްކާތެރިކަން މާލެއަށް އަދި ވެސް ކުޑައެއް ނޫނެވެ. ބައްޔަށް ފައްސިވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް މަދުވަމުން އައި ނަމަވެސް މާޗުމަހުގެ 14 ވަނަ ދުވަހަށް އިރުއެރީ، ދިވެހި އެންމެހައި ފަރުދުންގެ ލޯތައް ކަރުނައިން ތެންމަމުންނެވެ. އެ ބޭފުޅެއްގެ އަގުހުރި ޚިދުމަތަށް ޓަކައި އެތައް ބަޔަކު ދަރާފައިވާ، ހިތްހެޔޮ، ޚިދުމަތްތެރި، ވިޔަފާރިވެރިއެއް ކަމަށްވާ، ޙުސެން ޢަބުދުﷲ އަވަހާރަވި ހިތާމަވެރި ޚަބަރުން، ދިވެހި ޖައްވު ރޮއްވަމުންނެވެ. ތައުލީމަށާއި އެހެންނިހެން ގޮތްގޮތުން އެތައް ދިވެހިންނަކަށް ބޮޑުތި އެހީތަކެއް ހޯރުކޮށްދެއްވި، މި އަގުހުރި ޝަޚުޞިއްޔަތު މި ފަނާވަނިވި ދުނިޔެ ދޫކުރެއްވީ، ކޮވިޑުގެ ނުރައްކާތެރި ވަބާގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހުގައެވެ.

މި ހިތާމަވެރި ޚަބަރުން ހިތްދަތިކަން އިހުސާސްކުރި މީހުންގެ ތެރޭގައި، ބިޝާރާގެ ބައްޕަ ފިރާޤު ހިމެނެއެވެ. ފިރާޤަކީ ޙުސެން ޢަބުދުﷲ ގެ އެކުވެރިއެއް ނޫނެވެ. ރައްޓެއްސެއް ވެސް ނޫނެވެ. އެހެންނަމަވެސް އޭނާގެ އަގުހުރި ޚިދުމަތައްތައް އެނގޭ މީހަކަށްވާތީ، އޭނާގެ ހިތުގައި ޙުސެން ޢަބުދުﷲ އަށް ދެވިފައިވާ ޤަދަރު ބޮޑީއެވެ.

“ވަރަށް އަޑުނީވޭ ނަމެއް ތީ.” ޙުސެން ޢަބުދުﷲ ގެ ޚިދުމަތުގެ ވާހަކަތައް ފިރާޤު ދައްކާން ފެށުމުން މަރީނާއަށް ބުނެވުނެވެ.

“ޖަމާއަތަށް ފައިދާ ހުރި ޚާއްޞަ ޚިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް އޭނާއަށް ސަރުކާރުން ވަނީ އަރުވާފަ. މި ވަރުން ދެން މަދީހާ ވިސްނައިލާ މަ މި ދައްކާ ވާހަކަ. ޤައުމަށް ލިބުނު ވަރަށް ބޮޑު ހުސްކަމެއް އެއީ.” ފިރާޤު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ރޭގަތަ އަވަހާރަވީ؟”

“އާނ! ރޭ އެގާރަގަޑި ކޮންމެވެސް ވަރެއްގަ އަވަހާރަވީ. ކީއްކުރާނީ ދޯ! މި ކަހަލަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރޭއިރު، ކޮންމެވެސް ބަޔަކު މަރާކުރިމަތި ވެސް ލާނެ! އަހަރެމެން ޝުކުރުވެރިވާންވީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައި ބަލާއިރު، މި ގައުމުން މަރުވާ މީހުންގެ ޢަދަދު ވީމަ.”

“އާނ! އައްޑުއަށް ހާދަ ވިއްސާރަކުރެއޭ ދޯ މި ދުވަސްވަރު؟ ފެން ބޮޑުވެ، ބައެއް ގެތަކަށް ފެން ވެސް ވަދެއްޖެޔޯ”

ފިރާގާއި މަރީނާ ސިޓިންރޫމުގައި މި ވާހަކައިގައި ތިއްބާ ކޮޓަރިން ނިކުމެގެން އެ ތަނަށް އައީ، އެ މީހުންގެ ދޮށި ދަރިފުޅު ބަދީޢެވެ. ބަދީޢު އަތުގައި ފޯނު އޮތެވެ. އޭނާގެ މޫނުމަތިން ފެންނާން ހުރީ އުފާވެރިކަމެވެ. އޭނާ އައިސް ފިރާޤަށް ދިން އުފާވެރި ޚަބަރަކީ، ކޮވިޑަށް ޓެސްތުކުރެވޭ ގޮތް އައްޑު އަތޮޅުން ހަމަޖައްސަން އުޅޭކަމުގެ އުފާވެރި ޚަބަރެވެ. ފިރާޤަށް އަލްޙަމްދުލިﷲ އޭ ބުނެވުނެވެ. މިހައި ހިސާބަށް ދިޔައިރު ވެސް އައްޑޫ އަތޮޅުގައި، އެ އިންތިޒާމު ހަމަޖެހިފައި ނުވާތީ، އޭނާ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. 35،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އަތޮޅެއްގައި، އެ ފަދަ ޚިދުމަތެއް ނެތީމައެވެ. އޭނާގެ ޢާއިލާގެ މެންބަރުންނާއި ރައްޓެހިން އުޅޭ ތަނަކަށްވާތީއެވެ.

“ކޮން ދުވަހަކުން ހަމަޖެހެނީ؟” ފިރާޤަށް އަހައިލެވުނެވެ.

“މި މަހުގެ ނިޔަލަށް ހަމަޖެހޭނެކަމަށް ބުނެފައި އޮތީ.”

“ތީ ވަރަށް އުފާވެރި ޚަބަރެއް.”

“މަންމަމެންގެ ވާހަކަ ވެސް ނޫހަށް އަރައިފަ އެބަ އޮތް.” މަރީނާއަށް ފޯނުން ޚަބަރު ދައްކާލަމުން ބަދީޢު ބުންޏެވެ.

“ކޮން ޚަބަރެއް؟” މަދީހާ ފޯނަށް ބަލައިލިއެވެ.

“ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންގެ ހަދިޔާ ހޮސްޕިޓަލްތަކަށް” ނޫހުގައި އޮތް ސުރުޚީ މަރީނާ ކިޔައިލިއެވެ.

“ތީ މަންމަގެ ވާހަކައެއް ނޫނެއްނު. ތީގައި ތި އޮތީ، ކޮއްކޮގެ ވާހަކައެއްނު!” މަރީނާ ހީލަމުން، މޭޒުދޮށުގައި ފިލާވަޅު ހަދަން އިން ޝަމާލުގެ މޫނަށް ބަލައިލިއެވެ. އޭރު ޝަމާލު ވެސް އިނީ ހިނިއައިސްފައި އެ ދިމާއަށް ބަލާށެވެ. ޝަމާލަކީ ޣިޔާސުއްދީން ސްކޫލުގެ ގުރޭޑު 8 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ބަދީޢާއި ބިޝާރާގެ ވެސް ކޮއްކޮއެވެ.

“އެކަމަކު އެއީ މަންމަމެން ބެލެނިވެރިންގެ މަސައްކަތެއްނު! ދޯ ބައްޕާ!”

“ޔަޤީނެއްނު! މިހާރު އެ އެއްޗެހި ހަދިޔާ ކުރީތަ؟” ފިރާޤަކަށް އަދި އެކަމެއް ނޭނގެއެވެ. “ކޮންތަންތާކަށް ހަދިޔާކުރީ؟”

“އައިޖީއެމްއެޗަށާއި އޭޑީކޭ ހޮސްޕިޓަލަށާއި ސެނަހިޔާއަށާއި ހުޅުމާލެ ހޮސްޕިޓަލަށާއި މެޑިކަލް އެސޯސިއޭޝަނަށް.” އެ އިސްކޫލުގެ ބެލެނިވެރިން ތައްޔާރުކޮށްގެން ޕީޕީ ސޫޓާއި ފޭސް ޝީލްޑާއި ގޮގުލްއާއި މާސްކް ވަނީ އެތަންތަނަށް ހަދިޔާކޮށްފައެވެ. ދަރިވަރުންގެ ނަމުގައި ހަދިޔާކުރި 500 ފޭސް ޝީލްޑުގައި، އެ ކުދިން، ސަލާމަތާއި ރައްކާތެރިކަމުގައި ތިބީ، ސިއްހީ ޚިދުމަތްތެރިންގެ ސަބަބުންކަމަށްވާތީ، އެކަމަށް ޝުކުރުއަދާކޮށް، ޚާއްޞަ މެސެޖެއް ލިޔެފައިވެއެވެ.

“ދެން ދޭ ފެން ވަރަން! މިހާރު މެންދުރު ނަމާދަށް ގޮވަން އެހެރަ ކައިރިވަނީ. ކޮބާ ބިޝާކޮއްކޮ؟”

“މަ މި އައިއިރު އިން އޭނަގެ ސަހޭލީއަށް ގުޅާލައިގެން. ކޮންމެވެސް ޅެން ކޯހެއްގައި ބައިވެރިވާ ވާހަކަ ދައްކަނީ.”

“ޅެން ކޯހެކޭ؟ ދަރިފުޅަށް އެނގޭތަ ޅެން ހަދަން؟” ޅެން ކޯހުގައި ބައިވެރިވާ ވާހަކަ މަދީހާގެ ގާތުގައި ފަޒުލާ ބުނުމުން، މަދީހާގާތަށް އައީ ހިންޏެވެ.

“މަންމާ! މަންމަ ތި ދައްކަނީ ކޮންކަހަލަ މޮޔަ ވާހަކައެއް؟ ޅެން ކޯހުގައި ބައިވެރިވާނީ، ޅެން ހަދަން ނޭނގޭތީއެއް ނޫންތަ؟” ފަޒުލާގެ ގާތަށް ވެސް ހިނިއައެވެ.

“މޮޔަ ވާހަކައޭ ދެއްކޭނީ. ގޮސް ބަލަ އައިސްއަލަމާރިން ދެ ލުނބޯ ހިފައިގެން އަންނަން!”

“ކީއްވެތަ މޮޔަ ވާހަކަ ދެއްކެންވީ؟” ދެ ލުނބޯ ގެނެސް މޭޒުމަތީގައި ބާއްވަމުން ފަޒުލާ އެހިއެވެ.

“ދޮންބެގެ ކަންތަކާ ވިސްނާ ވިސްނައެއްނު!”

“ކިހިނެއްވީ؟”

“ދޮންބެ އެ ބުނާ ނަދާ ހޯދާނެ ގޮތެއް މަންމައަކަށް ނޭނގުނު. މިހާރު އެ އެޕާޓުމަންޓުގަ އުޅުނު އެންމެން ކަރަންޓީނަށް ގެންގޮއްސި. އެ މީހުން ދިޔައީ، އެ ތަން ދޫ ވެސް ކޮށްލާފަޔޯ! ދެން ކިހިނެއްތަ އެ ކުއްޖާ ހޯދާނީ ވެސް. މަންމަ މި ހުންނަނީ ދޮންބެގާތުގައި، އެ ވާހަކަ ބުނާނެ ގޮތެއް ނުވިސްނިފަ.”

“މަށަށް ފެންނަނީ ދެން ދޮންބެގާތު ބުނަން، އެ ކުއްޖާގެ ޚިޔާލު ދޫކޮށްލާށޭ! ނަދާ ނޫނަސް އެހެން ކުދިން ވެސް ދޮންބެއަށް ލިބޭނެ!”

“ތީތާ މައްސަލައަކީ. މިހައި ދުވަސްވީއިރު، އޭނާއަށް ކަމުދާ ކަހަލަ ކުއްޖަކާ އަދި ކިރިޔާ އެ ދިމާވީ. އެކަމަކު އެ ކުއްޖާ ވެސް ވީ ހުވަފެނަކަށް.” ފިނި ނޭވާއެއް ލުމަށްފަހު މަދީހާ މަސްހުނިގަނޑު މޮޑެން ފެށިއެވެ.

އެ ވަގުތު ފަޒުލާ ބޭނުންވީ ބިޝާރާގެ ވާހަކަ މަންމަގެ ގާތުގައި ބުނާށެވެ. އެކަމަށް އޭނާ އަނގަ ހުޅުވައި ވެސް ލިއެވެ. އެހެންނަމަވެސް ބިޝާރާގާތު ނާހައި، ބުނުމަކީ ރަނގަޅު ކަމަކަށް ނުވާނެއޭ ހީކޮށްފައި، އެތެރެއަށް ދަމާލި ނޭވާ ހުސް ނޭވާއެއްގެ ގޮތުގައި ބޭރުކޮށްލީއެވެ.

“އެއް ފަހަރު އެތެރެއަށް ނޭވާ ލިއްޔާ އަނެއް ފަހަރު ބޭރަށް މި ލަނީ. ކިހިނެއް ވާނީ؟” ހިތް ނުތަނަވަސް ދުވަސްވަރެއް ނަމަވެސް، ދުވަސްތަކެއްކޮށްފައި، ރަށުގެ އެކުވެރިއެއް ކަމަށްވާ ފަހީމު ގުޅައިލުމުން، އަހުސަނު ސަމާސާކޮށްލިއެވެ.

“އަހަރެމެން ވެސް ހަމަ ތިހެން މި އުޅެނީ.” އަހުސަނުގެ ސަމާސާގައި ފަހީމު ބައިވެރިވެލީ، ސީރިއަސް ރާގެއްގައެވެ.

“ކޮންކަމަކާ މާ ނުގަޑިއެއްގައި ތި ގުޅީ؟”

“ވަރަށް އެހެން ކަހަލަ ވާހަކައެއް ބުނަންވެގެން.”

“ބުނެބަލަ!”

“އެއްކަލަ ސިހުރުބެ ބޮނޑިއެއް ބޮއިގެން އެބަ އުޅެއެއްނު.” ފަހީމް ފެށީ، ނަބީލާއަށް ސިހުރުހެދި މިދުހަތުގެ ވާހަކައެވެ.

“ކިހިނެއްވީ؟” މިދުހަތުގެ ނަން ވެސް އަޑުއަހާކަށް އަހުސަނު ބޭނުމެއް ނުވެއެވެ.

“އަތަށް ގޮވީ. މީހަކަށް ބޮނޑިއެއް ދޭން ހެދި ސިހުރު، އެނބުރި އައިސް އޭނާގެ ކަރުގަ ހިފީ.”

“ހަމަ ތެދެއް؟ މިހާރު ހުންނާނީ ރަނގަޅަށް ރަހަލާފަ” ފަހީމު ދިން ޚަބަރުން އަހުސަނުގެ ހިތަށް ޒާތެއްގެ އުފަލެއް ވެރިވި ކަހަލައެވެ.

“އެއް ލޯ އަނދިރި ވެސް ވެއްޖެ. މުޅިން ހަމައެއް ވެސް ނޫން މިހާރު!”

“ކާކަށް ކޮން ކަހަލަ ބޮނޑިއެއް ދޭން އުޅެނިކޮށް ލަނޑު ލިބުނީ؟”

ތިއެއް ނޭނގެ! ނަބީގެ ހާލު މިހާރު ކިހިނެއް؟”

“ރަނގަޅެއް ނޫން! މިހާރު މި ގަސްދުކުރަނީ ރުޤުޔާ ކުރަން ރަށަކަށް ދާން!”

“ކޮން ރަށަކަށް؟”

“އަދި ވަކި ރަށެއް ހަމައެއް ނުޖެހޭ. ފިޒާލުގެ ބައްޕަ އެކަމާ އުޅެނީ.”

“އެހެންތަ؟ ތި ކަހަލަ ބަޔަކު ތިބިކަން ކިހައި ރަނގަޅު.”

“މިހާރު މި އުޅެނީ ވެސް، އެ މީހުންގެ ތަނެއްގަ. މުސާރަ ކުޑަކޮށްގެން ކުލި ދެއްކޭނެ ގޮތެއް ނެތުނީމަ، މަ އުޅެން މި ތަން ދީފަ މިހިރީ.”

“ކުލި ނުދެއްކޭ މީހުންނަށް ގޮތްތަކެއް ހަމަޖައްސަން މަޖުލީހުން ފާސްކޮށްފިއެއްނު! އެކަން އެނގޭތަ؟” ފަހީމް އަހައިލިއެވެ.

“އާނ! އެނގޭ. އެކަމަކު މިހާރު މި އޮތީ، އެކަން ހަމައަކަށް އެޅިފަ ނަސީބަކުން!”

“އިންކަމް ސަޕޯޓް އެލަވެންސް ދިނުމުގެ އުސޫލެއް ވެސް ހަމަޖައްސައިފިއެއްނު! އެކަމާ އުޅެންވާނެއެއްނު!”

“ތީ އަދި ނޭނގޭ ކަމެއް!”

“ރައީސް އޮފީހުން އެބަ އޮތް ގެޒެޓްކޮށްފަ. ބަލައިލަބަލަ!”

“ފަހީމް ކިޔައިފިންތަ؟”

“އާނ!”

“އެހެންވިއްޔާ ކިޔައިދީބަލަ! ތީ ވަރަށް މުހިންމު ވާހަކައެކޭ.”

“އޭގަ ބުނެފައިވާ ގޮތުން އާމްދަނީއަށް އަސަރުކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާއިން ވަކިކުރާ މީހުންނާއި، މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި، ނޯ ޕޭއަށް ފޮނުވާފައިވާ މީހުންނާއި، އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސް ލިބޭނެ. އެކަމަކު ދިވެހިންނަށް އެކަނި އިނގޭ!”

“މަށަކީ ދިވެއްސެކޭ!” އަހުސަނު ހީނލިއެވެ. “ކިހައި ވަރެއްގެ އެލަވަންސެއްތަ ލިބެނީ؟”

“ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް ލިބެނީ 5،000 ރުފިޔާ. މުސާރަ ކުޑަކުރި މީހުންގެ ތެރެއިން 5،000 ރުފިޔާ އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދު ކަނޑާފަ ޖެހޭ ވަރެއް ލިބޭނެޔޯ. ފްރީލާންސްކޮށް މަސައްކަތްކުރާ މީހުންނަށް ލިބޭވަރު ވެސް އޮތް ލިޔެފަ.”

“ކިހިނެއް ހަދައިގެން ލިބެނީ؟”

“ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ވެސް އީމެއިލްއިން ވެސް ހުށަހެޅޭނެ.”

“ތި ލިބުނީ ހާދަ މުހިންމު މަޢުލޫމާތުކޮޅެކޭ. މިއަދުން މިއަދަށް ތި ކަމާ އުޅެންޖެހޭނެ!” އަހުސަނު ހުރީ ވަރަށް އުފާވެފައެވެ.

“އާނ! ލަސްނުކޮށް ހުށަހަޅާތި!”

“ކުރިން ވެސް ހުށަހަޅައިގެން މަށެއްނު ފެއިލްވީ. އަނެއްކާ އުޅެންވީ؟” ފަޒުލާ ފެށި ވާހަކައަކުން، ބިޝާރާއަށް ލިބުނީ ޝޮކެކެވެ.

“ކުރިން އިސްވެ ވާހަކަ ދެއްކީ ބިޝާއެއްނު! މި ފަހަރު މި އިސްނެގީ މަ. ތަފާތެއް އޮންނާނެ ދޯ!”

“މީ މަށަށް ފެންނަ ހުވަފެނެއްތަ އަނެއްކާ؟” ފޯނުން އިވެމުން ދިޔަ އަޑާމެދު، ބިޝާރާއަށް ޝައްކުވާން ފެށިއެވެ.

“ސާބަސް ބިޝާ!” ފަޒުލާ ގާތަށް ހިނިއައެވެ. “އަލުން މި ވާހަކަ ފަށަން މި ޖެހުނީ ސަބަބެއް އޮވެގެންނޭ. މި ފަހަރު މި ކަމާ އުޅޭނީ މަށެއް ނޫން! ސީދާ މަންމަ.”

“ކީކޭތަ ފަޒޫ ތި ކިޔަނީ؟ އަނެއްކާ ރަނގަޅު މީހަކާތަ ގުޅައިގެން ތި އުޅެނީ؟” ފަޒުލާގެ ކޮންމެ ޖުމުލައަކުން ބިޝާރާގެ ހައިރާންކަން ވަނީ އިތުރެވެ.

ފަޒުލާ ގަސްދުކުރީ، ކަން ދިމާވެގެން އުޅޭގޮތް ބިޝާރާއަށް ސާފުކޮށް ކިޔައިދޭށެވެ. އެއްވެސް ކަމެއް ސިއްރުނުކުރާށެވެ. އެއަށްފަހު ބިޝާރާ ބޭނުން ނަމަ، އަލުން އެ ގުޅުން ގާއިމުކުރެވޭތޯ މަސައްކަތް ފަށާށެވެ. މި ފަހަރު އެކަމުގައި އިސް ނަގާނީ ފަޒުލާއެއް ނޫނެވެ. މަދީހާއެވެ. ފިޒާލުގެ ހިތަށް ލިބެމުން ދާ އަނިޔާ ކުޑަކޮށްދޭން މަދީހާ އިނީ އަތުކުރި އޮޅާލައިގެންނެވެ. ލަސްނުކޮށް ޒަވާޖީ ހަޔާތެއް ފިޒާލް ފެށުމަކީ އެ އާއިލާގެ ވަރަށް ބޮޑު އުއްމީދެކެވެ.

ނުނިމޭ

އަންނަ ހޮނިހިރު ދުވަހަށް އިންތިޒާރުކޮށްލައްވާ!

Readers Comments (8)

  1. can erectile dysfunction caused by guilt
    muse for erectile dysfunction
    erectile enhancer herbs

    Reply
  2. erectile tissue location and function
    erectile pillole
    erectile therapist

    Reply
  3. Greetings I am so excited I found your website, I really found you by accident, while I was browsing on Digg for something else, Anyhow I am here now and would just like to say thanks a lot for a tremendous post and a all round enjoyable blog (I also love the theme/design), I don’t have time to look over it all at the minute but I have saved it and also added your RSS feeds, so when I have time I will be back to read a great deal more, Please do keep up the superb work.|

    Reply
  4. You should take your medication exactly which directed by the doctor.It was when Sam fell in love with his new partner Emily after they met at a party that he realised he needed help.I would like it designed and built.Each pill contains 100 milligrams of Sildenafil, the maximum daily dose recommended to men under the age of 70.Because they do have erectile disfunction they might have high levels of anxiety and depression, and they just don t necessarily want to talk about that issue with their treating healthcare practitioners.

    Reply
  5. It’s remarkable to visit this website and reading the views of all colleagues on the topic of this article, while I am also eager of getting familiarity.|

    Reply
  6. I got this site from my buddy who informed me about this website and at the moment this time I am visiting this web site and reading very informative posts here.|

    Reply
  7. Thank you for the auspicious writeup. It in fact was a amusement account it. Look advanced to far added agreeable from you! However, how can we communicate?|

    Reply
  8. Excellent beat ! I wish to apprentice while you amend your website, how can i subscribe for a blog site? The account helped me a acceptable deal. I had been a little bit acquainted of this your broadcast provided bright clear idea|

    Reply

ޚިޔާލު