ފުރަބަންދު (14)

“ތިހެން ތިކަން އޮތިއްޔާ އަދި އަމުދުން މަށަކަށް ފުރުސަތެއް ނޯންނާނެ. ތި ވާނީ ބޭކާރު ކަމަކަށް.” ފިޒާލާއި ނަދާގެ ވާހަކަ ފަޒުލާ ކިޔައިދިނުމުން، ބިޝާރާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

“ތިހާ އަވަހަށް އުއްމީދު ކުޑަކޮށްލާކަށް ނުވާނެ!” ފަޒުލާ މަސައްކަތްކުރީ، ބިޝާރާގެ ގެއްލިފައިވާ އުއްމީދު އައުކޮށްދޭށެވެ. ކޮންމެ ގޮތަކުން ވެސް ދޮންބެއާ ބިޝާރާއާ ގުޅުވަން މިހާރު އޭނާ ބޭނުންވެއެވެ. ދޮންބެގެ ހިތަށް ފިނިކަމެއް ލިބި، ހަމަޖެހުމެއް ދެން އަންނާނީ ދޮންބެ ދެކެ ނިހާޔަތަށް ލޯބިވާ ކުއްޖެއްގެ ކިބައިން، ދޮންބެއަށް އެހީތެރިކަމެއް ލިބިގެންނެވެ. ލޯތްބާއި އަޅައިލުން ލިބިގެންނެވެ.

ނަދާއަކީ ދޮންބެގެ ނަސީބުގެ ފަތުގައި ލިޔެފައި އޮތް ނަމެއް ކަމަކަށް ނުބެލެވެއެވެ. އެއީ ދަލު ބޭރުން ޖެހިގެން ދޮންބެއަށް އުޅެވޭ ގޮތެކެވެ. އެ ޚިޔާލުތަކާ ދޮންބެ ދުރުކުރުވާން ފަޒުލާ ބޭނުންވެއެވެ. ގެއަށް އުފާވެރިކަން ގެންނާން ބޭނުންވެއެވެ. އެކަން ވާނީ ދޮންބެއަށް އުފާވެރިކަމެއް ލިބިގެންނެވެ. މަންމައަށް ހަމަޖެހުމެއް ލިބިގެންނެވެ. ކޮވިޑުގެ ކަންބޮޑުވުމަށް ވުރެ، މި ކަމެއް މިހާރު ފަޒުލާއަށް ކުޑައެއް ނޫނެވެ.

“ބިޝާ ބުނެބަލަ އާނއެކޭ. އޯކޭތަ ދޮންބެގާތު ބިޝާގެ ވާހަކަ ދެއްކިޔަސް؟”

“ފަޒޫ!” އަކުރުތަކަށް ބާރުލަމުން ބިޝާރާއަށް ބުނެލެވުނެވެ.

“ޕްލީޒް!”

“ދޮންބެ ނޯ ބުނެފިއްޔާ އަހަރެން ކިހައި ލަދުގަންނާނެ!”

“ކުރިން ވެސް ތިކަން އޮތީ ތިހެނެއްނު!”

“އޭރު އަހަރެން ޓްރައިކުރީ ދޮންބެގެ ހިތް ހުސްކޮށް އޮތްކަމަށް ހީކޮށް.”

“މާނައަކީ މިހާރު ކުރިއަށް ދާކަށް ބޭނުމެއް ނޫނޭތަ؟” ފަޒުލާ ވަރަށް ދެރަވެއްޖެއެވެ. އޭނާގެ އަޑުން ބިޝާރާއަށް އެކަން އެނގުނެވެ.

ފަޒުލާއަކީ ބިޝާރާއަށް ދުވަހަކު ވެސް ނުލިބޭނޭ ފަދަ ގާތް އެކުވެރިއެކެވެ. ހިތްހެޔޮ، އޯގާވެރި މިތުރެކެވެ. އޭނާގެ އެ ފަދަ އެދުމަކަށް ފުރަގަސްދިނުމަކީ، ބިޝާރާއަށް ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު އޭނާގެ އެ އެދުމަށް އާނއެކޭ ބުނަން ވެސް މިއަދު ހަމަ އެހައި އުނދަގޫ ވެއްޖެއެވެ. އިއްޔެ އޭނާ އެ ވާހަކަ ދެއްކި ނަމަ، ކިހައި ރަނގަޅުވީސް ހެއްޔެވެ؟ މިއަދަށް ފަސް ނުކުރި ނަމަ، ކިހައި ފަސޭހަވީސް ހެއްޔެވެ؟ ދެން ހަދާނީ ކިހނެއް ބާވައެވެ؟

“ފަޒޫ! ތި ކުރީ ވަރަށް އުނދަގޫ ސުވާލެއް! އަހަންނަނަށް ވަގުތުކޮޅެއް ދީފާނަންތަ؟”

“އޯކޭ! ބިޝާއަށް ކުރިއަށްދާން ނުފެންނަންޏާ ހަމަ ނޫނެކޭ ބުނެވޭނެ އިނގޭ! މަޖުބޫރެއް ނޫން! އަދި އެހެނޭ ކިޔާފައި، މި އެކުވެރިކަމަކަށް ބުރުލެއް ވެސް ނާރާނެ!” ފަޒުލާގެ އަޑާއި ރާގުގައި ހުރި މާޔޫސްކަން ބިޝާރާގެ ހިތުގެ އެންމެ ފުނަށް ރިހުން އުފެއްދިއެވެ.

ފޯނު ބާއްވާފައި ބިޝާރާ އެނދުމަތީގައި ދިގުދެމެލިއެވެ. އޭނާގެ ބޮލަށް ވަނީ ބަރުވެފައެވެ. އޭނާއަށް ފެންނަނީ ކަފިވެފައިވާ ދެ މަގެވެ. އެއް މަގަކީ، އޭނާ ކުރިން ވަންނާން އުޅެއުޅެ ފުރުސަތު ނުލިބުނު މަގެކެވެ. އެ މަގުން ކުރިއަށް ދިޔުމަށް ޓަކައި، އެންމެ ފިޔަވަޅެއް ވެސް އަޅާނެ ޖާގަ ތަނަވަސް ނުވި މަގެކެވެ. އޭރު އޭނާގެ ލޮލަށް އެހެން މަގެއް ނުވެސް ފެނެއެވެ. ފެންނާނޭކަމުގެ އުއްމީދެއް ވެސް ނެތެވެ. ލިބުނު މާޔޫސްކަމުގައި އެ ހުރި ފިޔަވަޅު މަތީގައި މަޑުކުރީއެވެ. ދާނޭ ކޮޅެއް ހިނގައިގަންނާނެ ދިމާއެއް ނޭނގިފައެވެ.

އޭނާއަށް ދެވަނަ މަގެއް ފެނުނީ، ހީވެސް ނުކުރާ ކަހަލަ ދިމާއަކުންނެވެ. އެއީ ކުރިން އޭނާ ދަންނަ މަގެކެވެ. ދެކެފަރިތަ މަގެކެވެ. އެއީ ނާމާންކަމެއް ބިރުވެރިކަމެއް ނެތް އަމާން މަގެއްކަން ކަށަވަރެވެ. އެ މަގުން އަޅައިލި ހަނާއަށް އޭނާއަށް އިޖާބަދެވުނީ ކީއްވެގެން ބާވައެވެ؟ އެ ކަމެއް ހިނގީ ރޭގައެވެ. ފަޒުލާއަށް ގުޅައި އެ ވާހަކަ ބުނަން މިއަދު ނިންމައިގެން ހުއްޓާ، ފަޒުލާއަށް ކުރިން ގުޅުނީއެވެ. ހީ ވެސް ނުކުރާ ކަހަލަ ވާހަކައެއް ދައްކައި، ބޯ ގޮއްވާލައިފައި ފޯނު ބޭއްވީއެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ؟

ތަރާވީސްދަމުގެ ވަގުތެވެ. ތައުފީޤުގެ އާއިލާގެ 4 މެންބަރުން ތިބީ، ތަރާވީސްކޮށް ނިމިގެން، ކާމޭޒުދޮށުގައެވެ. ތަފާތު ވައްތަރުގެ ކާބޯތަކެތިން، ސުފުރާމަތި މުއްސަނދިކޮށްފައި ވެއެވެ. ކާން ތިބިއިރު، މޭޒުދޮށުގައި މައުޟޫޢަކަށް އޮތީ، ގައުމުގެ މިހާރުގެ ހާލަތެވެ. އޭރު ތައުފީޤު ދައްކަމުން ގެންދިޔައީ، މާލެއަށް ކުރަމުން ދާ ގަދަ ވިއްސާރައިގެ ވާހަކައެވެ. ރޭ ފަތިހު ގަދަވަޔާ އެކު، ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެރި، ގެތަކުގެ ފުރާޅަށް ގެއްލުންތަކެއް ލިބުނު ވާހަކައެވެ.

“ހާދަ ފެނެކޭ ރޭ ވެސް ވެހުނީ ދޯ!” ތަށިން ރިހަ ހުސްވުމުން، ތަށި ހިފައިގެން ތެދުވަމުން މަދީހާ ބުނެލިއެވެ.

“އާނ! އަދި ވިއްސާރަ ކުރިއަށް އޮތީ. ދެކުނުގެ އަތޮޅުތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް އެ ދަނީ ލިބެމުން. ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ގަދަވަޔާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުއޮފީހުން އޮތީ ބުނެފަ.”

“މި ކުރަނީ ކޮން ވިއްސާރައެއް ބައްޕާ!” ފަޒުލާ އަހައިލިއެވެ.

“މީ ހަމަ ހުޅަނގުގެ ވިއްސާރަ. އެކަމަކު، ބޭ އޮފް ބެންގަލް ކައިރީ ހެދިފައިވާ ކޮޅިގަނޑެއް، މާދަމާ އެބަ ތޫފާނަކަށް ބަދަލުވޭ. އެހައި ހިސާބުން މި ސަރަހައްދަށް ވަރަށް ވައި ގަދަވެ، ކަނޑު ގަދަ ވާނެ.”

“އައްޑުއަތޮޅަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބިގެން އެބަ އުޅޭ ދޯ!” ރިހަތަށި ހިފައިގެން އައިސް، މަދީހާ ގޮނޑީގައި ޖައްސައިލިއެވެ.

“އާނ! ވާރޭ ވެހި ފެންބޮޑުވެގެން 636 ގެއަކަށް ގެއްލުންވެފައިވެޔޯ! އަދި ކޮބައި؟ ކާށިދޫން މޭވާއާއި ތަރުކާރީ ހިފައިގެން މާލެ އަށް ދަތުރުކުރި “މިނިވަރު” ނަމަކަށް ކިޔައި ދޯންޏެއް، ވެސްޓްޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް އަރައިގެން ވެސް އެބަ އުޅެއެއްނު!”

“އެތާ މާފަންނުކޮޅު ތޮށިގަނޑު މައްޗަށް؟” މަދީހާއަށް ހައިރާންކަމާއެކު އަހައިލެވުނެވެ.

“އާނ! ރާޅާ ތަޅައިތަޅައި، އެ ދޯނި ފުނޑުފުނޑުވެއްޖެ. އެ ވެސް ބަޔަކަށް ލިބުނު ކިހައި ބޮޑު ގެއްލުމެއް.”

“އާނ! އަސްލު ވެސް ދޯ! އަނެއްކާ މީހަކަށް ގެއްލުން ލިބުނުތަ؟” މަދީހާގެ ދެ ލޯ ވަނީ ބޮޑުވެފައެވެ.

“ހަތަރު މީހަކު އެ ދޯނީގައި ތިބިކަމަށް ވަނީ. ނަސީބަކުން އެ މީހުންނަށް ސަލާމަތުން އެއްގަމަށް އެރުނު.”

މި ހުރިހައި ވާހަކައެއް ދައްކަމުން ދިޔައިރު ވެސް ފިޒާލު ހަމަ ބަހަކުން ބަހެއް ނުބުނެއެވެ. އެކަމާ ބެހޭގޮތުން އެކަކު އެކެއްޗެއް ވެސް ނުބުނެއެވެ. އޭނާ އެ އިންނަނީ ފުން ފިކުރެއްގައިކަން އެންމެންނަށް ވެސް އެނގެއެވެ. ކުރަނީ ކޮން ފިކުރެއްކަން ވެސް އެނގެއެވެ. އެހެންކަމުން ފަހަރަކު މައުޟޫޢަކަށް ވާހަކަ ދައްކަމުން އެ މީހުން ގެންދިޔައެވެ. ވިއްސާރައިގެ މައުޟޫޢަށްފަހު ދެން ފެށީ، ފުރަބަންދުގެ މުއްދަތާއި ރާއްޖޭގެ މިސްކިތްތަކުގައި، ޖަމާޢަތުގައި ނަމާދު ނުކުރުން މި މަހުގެ 28 ގެ ނިޔަލަށް އިތުރުކުރި ވާހަކައެވެ. އެއާ ވިދިގެން ދެން ދެކެވުނީ، މެންދަމުން އަލިވެ 1 އިން ހެނދުނު 9 އަށް ބްރިޖު ބަންދުކުރި ވާހަކައެވެ. އެއީ މި ބަލިމަޑުކަމާގުޅިގެން ބުރިޖު ބަންދުކުރި ފުރަތަމަ ފަހަރެވެ. މާލޭގައި ތާށިވެފައި ތިބި މީހުން ކަރަންޓީން ކުރަން އިތުރު ތިން ރިސޯޓެއް ހަމަޖައްސި ވާހަކަ ވެސް، ކޮންމެވެސް ވަރަކަށް ދެކެވުނެވެ. ދެކެވުނު ވާހަކަތަކުން މަދީހާ އެންމެ ކަންބޮޑުވީ، ފުރަބަންދު އިތުރަށް ހަރުކަށިކޮށް، ހަފުތާއަކު އެއް ދުވަހު ބާޒާރަށް ދެވޭގޮތް ހަމަޖެއްސި ވާހަކަ ތައުފީޤު ބުނުމުންނެވެ.

“ހަފުތާއަކު އެއް ދުވަހޭ؟ ކުރިން އޮތީ ތިން ދުވަހު ނިކުމެވޭ ގޮތަކަށްނު!”

“އާނ! މިހާރު ކުރީގެ އުސޫލު ބަދަލުކޮށްފިއޭ. ދެން ބާޒާރަށް ދާން ނުކުމެވޭނީ، ހަފުތާއަކު އެއް ދުވަހު. ކޮންމެ ގެ އަކަށް ވެސް ކަނޑައަޅާފައިވާ އާ ގަޑިތައް، ފޯނަށް ފޮނުވާ އާ މެސެޖަކުން އެނގޭނެ ކަމަށް ފުލުހުން ބުނެފަ އެބަ އޮތް. މިއީ ކުރިއަށް އޮތް ދެ ހަފުތާގައި، ބަލި އިތުރުވެދާނެ ކަމަށް ސިއްހީ މާހިރުން ގަބޫލު ކުރައްވާތީ އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ބުނަނީ.”

“އަނެއްކާ ވެސް ރަޖިސްޓްރީ ކުރަން ޖެހެނީ؟”

“ނޫނޭ! އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ!”

“ދޮންބޭ! އަޅެ މިއޮތް ހުރިހައި ވާހަކަ ދައްކާއިރު ވެސް ދޮންބެ ތި އިންނަނީ ހަމަ އަނގައިން ވެސް ނުބުނެއެއްނު!” ނީނދެވިގެން އެންމެފަހުން ފަޒުލާއަށް ބުނެވުނެވެ.

“އަޑުއަހާށޭ މި އިންނަނީ.” ފަޒުލާއާ ދިމާއަށް ފިޒާލް ބަލައިލިއެވެ. އޭރު އޭނާ ކައި ނިމިގެން އިންނަތާ ވެސް އިރުކޮޅެއް ވެއްޖެއެވެ.

“ދަރިފުޅާ! އަހުސަނުގެ އަންހެނުންގެ ހާލު މިހާރު ކިހިނެއް؟ ޚަބަރު ބަލައިލިންތަ؟” ފަޒުލާ ފެށި މައުޟޫޢިން ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅާން ބޭނުންނުވާތީ، ހަމަ ގަސްދުގައި ތައުފީޤު ވާހަކަ ބަދަލުކޮށްލިއެވެ.

“ދެ ދުވަހެއް ވެއްޖެ ޚަބަރު ބަލައިނުލެވޭތާ.”

“މާދަމާ ނަމަވެސް ގުޅާލަންވީނު. އެ ކަމާ ބައްޕަ އެބަ މަސައްކަތްކުރަން. މިހާރު މީހަކު ވެސް ހަމަޖެހިއްޖެ. މާލެއިން ފުރޭ ކަހަލަ ގޮތެއްވީމަ ފުރަންވީ. އެ ވާހަކަ ވެސް އަހުސަނުގާތު ބުނެލާތި!”

ތައުފީޤުގެ މި ޖުމުލަ މަދީހާއަށްވީ ވަރަށް މުހިންމު ޖުމުލައަކަށެވެ. އަހުސަނު މެދުވެރިކޮށް، ފިޒާލާ ވާހަކަ ދައްކަން މަދީހާ ގަސްތުކުރިއެވެ. ފަޒުލާ މިހާރު އޮތީ މަދީހާ ގާތުގައި ބިޝާރާގެ ވާހަކަ ކޮންމެވެސް ވަރަކަށް ދައްކާފައެވެ. ފިޒާލުދެކެ ބިޝާރާ ލޯބިވާކަމުގެ ވާހަކައެވެ. ބިޝާރާއަކީ މަދީހާ ނުލާހިކު ރަނގަޅަށް ދަންނަ ކުއްޖަކެވެ. އެ ދެ ކުދީން ގުޅުމަކީ މަދީހާ ވަރަށް ގަޔާވާ ކަމަކަށްވިއެވެ. އެހެންކަމުން ވާން ނެތްކަމެއްގެ ޚިޔާލު ގެންގުޅުމުގެ ބަދަލުގައި، ބިޝާރާއާ ފިޒާލު ގުޅުމަކީ މަދީހާ މިހާރު އެންމެ ބޭނުންވާ ގޮތެވެ.

“ބޭނުންވާ ގޮތެއް ނޫނޭ! ދޫކޮށްލީމަ ދޯ މަށަށް ވެސް ދެވޭނީ.” ނަދާ ހުރީ ލަތީފުގެ ފޯނުގައެވެ. އެއީ އެ ދުވަހުގެ ހެނދުނުގެ ވަގުތެވެ.

މިހާރު ނަދާގެ ހާލު ރަނގަޅެވެ. ބަލީގެ މާ ބޮޑު އަސަރެއް ނެތެވެ. ކޮންމެވެސް ވަރަކަށް ވަރުބަލިކަން ހުރި ނަމަވެސް، ޖުމުލަކޮށް ރަނގަޅެވެ. ދެން އޮތީ ސާދަ ދުވަސް ހަމަކުރުމެވެ. އެކަނިމައި އެކަނި، ކޮޓަރިއެއްގައި އެހެން ހުރުމަކީ، ވަރަށް ބޮޑު ވޭނެކެވެ. ޖަލެއްގައި ހައްޔަރުވެފައި ހުންނާން ޖެހުނުކަމުގެ އިހުސާސެއް އޭނާއަށް ކުރެވެއެވެ. އެހެންނަމަވެސް މި ތަނުން މިންޖުވެ، ރަށަށް ދިޔުމަކުން ވެސް، އޭނާއަކަށް ސަލާމަތެއް ނޯންނާނެއެވެ. އުފަލެއް ނެތެވެ. ވަޒީފާ ގެއްލިއްޖެއެވެ. ލަތީފުގެ އަތްދަށަށް މަންމަ ހިނގައްޖެއެވެ. ނަދާގެ ދެ މައިންނަށް ފައިސާފޮއްޗެއް ލިބޭނެ ހަމައެކަނި މަގަކަށް ލަތިފު ވެ ނިމިއްޖެއެވެ. މި ކަމަކާ ވިސްނާލިޔަސް ނަދާގެ ބޯ ފަޅައިގެންދާ ވަރުވެއެވެ.

“މިހާރު ނަދާ ދެކިލާހިތުން ހުރެވެނީއެއް ނޫން! އެ މީހުންގާތު ބުނެބަލަ އަވަހަށް ދޫކޮށްލާށޭ! މިހާރު ރޯގާ ވެސް ރަނގަޅުވެއްޖެއެއްނު!” އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ލަތީފު ވާހަކަ ދައްކަނީ މާ ލޯބިންނެވެ. ނަދާއަށް އުނދަގޫވަމުން ދިޔައެވެ. އެހެންނަމަވެސް އެކަން އަނގާކަށް އޭނާ ބޭނުމެއް ނުވިއެވެ. ލަތީފު ރުޅި އައިސްފައި ހުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަތީޖާ ވަރަށް ގޯސްވާނޭކަން އެނގޭތީއެވެ.

“އަހަރެން ވެސް ބޭނުންވަނީ ވީހައި ވެސް އަވަހަށް ރަށަށް ދާން!”

“އަހަރެން މިހާރު ބޭނުންވާ ގޮތް ބުނަންތަ؟” ލަތީފު ސުވާލެއް ކޮށްލިއެވެ. ނަދާގެ ހިތް ތެޅިގަތެވެ. ލަތީފު އަނެއްކާ އެ އުޅެނީ ކޮން ވާހަކައެއް ބުނަން ބާވައެވެ؟ ކޮންކަމެއް ބޭނުންވެގެން ބާވައެވެ؟

“ހޫނ!” ވަރަށް އުނދަގުލުން ނަދާއަށް ބުނެވުނެވެ.

“ނަދާ ރަށަށް އަންނަ އިރަށް މެރީކުރަން ބޭނުންވަނީ. ދެން ދެ މީހުން ރީތިކޮށް ހަމަޖެހިލައިގެން އުޅޭނީ.”

ލަތީފުގެ މި އޮފުގަދަ ޖުމުލަ ނަދާގެ ކަންފަތަށް ވަނީ، ދޮން ދަނގަޑެއް ފަދައިންނެވެ. ކަންފަތް ފިއްސާލިއެވެ. އޭނާއަށް ފާޑަކަށް ތެޅެގަނެވުނެވެ. ފޯނު ކަންފަތާ ދުރުކޮށްލަމުން، ކަންފަތްމަތީގައި އަތް އެޅުނެވެ. މި ކަލޭގެ މި ގޮވަނީ ކޮން މޮޔައެއް ބާވައޭ ހިތަށް އެރިއެވެ. ހަމަ ހޭގައި ހުރެގެން އޭނާއާ ކައިވެނި ކުރެވޭނެ ހެއްޔެވެ؟ ކިޔާނެހައި އެއްޗެއް ކިޔާފައި، ކުރާނޭހައި ޖެއްސުމެއް ކޮށްފައި، ދޭނެހައި އަނިޔާއެއް ދީފައ، މާ ލޯތްބެއްވެގެން ކައިވެނީގެ ވާހަކަ ފެށިއިރު، ލަދު ހަޔާތް އަރުއްވައިގަތީ ބާވައެވެ؟

“މިއަދު ނަދާގެ މަންމަގާތުގައި މި ވާހަކަ ބުނާނަން އިނގޭ! މަންމަ ވަރަށް އުފާވާނެ ކަންނޭނގެ.”

“ނޫން! ނުބުނާތި!” ލިބުނު ސިހުމާއެކު ނަދާއަށް އަވަސް އަވަހަށް ބުނެވުނެވެ. ތަންކޮޅެއް ބާރަށެވެ. އަމުރުވެރި ރާގެއް ވެސް ހުއްޓެވެ.

“އެއީ ކީއްވެ؟” ލަތީފުގެ އަޑާއި ރާގު ބަދަލުވިއެވެ. ނަދާއަށް ވާހަކަދެއްކުނުގޮތުން، ލަތީފު ރަތަށް އެރިއެވެ. “ކަލޭ ބޭނުންވަނީ އެހެން މީހަކާ އިންނަންތަ؟ ނޫނެކޭ ކިޔާފައި ފާޑަކަށް ތި ހަޅޭއްލަވައިގަތީ، މަ ބިރުގަންނާނެކަމަށްތަ؟ ކިތަންމެ ވަރަކަށް ފުއްޕިޔަސް، މަ ނޫން މީހަކާ ކަލެއަކަށް ނީނދެވޭނެ!”

ލަތީފު ރުޅި އައުމުން ނަދާއަށް ހަމަބިމަށް ފޭބުނެވެ. އޭނާ ބޭނުންވީ އޭނާއަށް ކުރެވުނު ކަންތަކުގެ މައްޗަށް، ވަގުތުން ފަސްއަޅާށެވެ! އޭނާއަށް އެހެން ބުނެވުނީ، އެ ކައިވަންޏަށް އިންކާރުކުރާތީ ނޫންކަން ލަތީފަށް ސާބިތުކޮށްދޭށެވެ. އޭނާ ވަގުތުން ރާގު ބަދަލުކޮށްލިއެވެ. އައިސްފައިވާ ރުޅިއާއި ވެފައިވާ ފޫހި، އެއް ފަރާތެއްގައި ބޭއްވިއެވެ. ހިތާ ދެކޮޅަށް މަތިއޮމާންކޮށްލިއެވެ.

“އެއީ ރުޅިއައިސްގެން ބުނިއެއްޗެއް ނޫނޭ!”

“ދެން ކޮން ވާހަކައެއް ދައްކާކަށް! ހަމަ ރުޅިއައިސްގެން ބުނީ.”

“ގަބޫލުކޮށްބަލަ! އަހަރެން މިހައި ދުރުގައި ހުއްޓާ މަންމަގާތު މަގޭ ކައިވެނީގެ ވާހަކަ ދެއްކުން، އެހައި ރަނގަޅު ކަމަކަށް ނުވާނެއެއްނު!”

“ކޮބާ މައްސަލައަކީ؟”

“މަންމަގާތުގައި މަ ހުރެގެން، މަގޭ ދުލުން ބުނަން ބޭނުންވަނީ. އޭރުން މަންމަ ވެސް ކިހައި އުފާވާނެ!”

ވިސްނުންތެރިކަމާއެކު ނަދާ ރާވާލި ބަސްތަކުގައި، މި ފަހަރު ލަތީފު ޖައްސާލެވިއްޖެއެވެ. ނަދާ ރަށަށް ދިޔުމުގެ ކުރިން، މަންމަގާތު ކައިވެނީގެ ވާހަކަ ނުދެއްކުމަށް އެއްބަސްވެއްޖެއެވެ. އެހެންނަމަވެސް މި ކަމުން ނަދާއަށް ލިބުނު އެއްވެސް ހިތްހަމަޖެހުމެއް ނެތެވެ. ދެން ލަތީފު ބާރުއަޅާނީ ކައިވެންޏަށްކަން ކަށަވަރެވެ. ރަށަށް އެރުމާއެކު، އެ ހަނގުރާމަ ފެށޭނެއެވެ.

“ދިރިއުޅުމަކީ ހަނގުރާމައެއްނު! ދެން ތިބުނާ ނިއު ނޯމަލްއެއްގައި ވެސް އުޅޭނީ.” ލޮކްޑައުނަށްފަހު، ނިއުނޯމްލައަކަށް ދާން އުޅޭ ވާހަކަ ތައުފީޤު ބުނުމުން ނިޒާރު ބުންޏެވެ. ނިޒާރު އަދިވެސް ހުރީ ކަރަންޓީނުގައެވެ. ތައުފީޤާ ގުޅާނުލެވޭތާ ދެ ދުވަހެއްވުމުން މެންދުރުނަމާދު ކޮށްލައިގެން އޭނާ ތައުފީޤަށް ގުޅައިލީއެވެ.

“ޑޮކްޓަރުން ކަންބޮޑުވަނީ، ލޮކްޑައުން ދޫކޮށްލާއިރަށް ކުރިއެކޭ އެއްގޮތަށް މީހުން އުޅެން ފަށާފާނެތީ.”

“އާނ! ތިހެން ވެއްޖިއްޔާ ވަރަށް ދެރަ ގޮތެއް ވެދާނެ!”

“މިހާރު ދެން އެންމެ އުފާވަނީ، ލަފާކުރިވަރުގެ ސާޖެއް ނާންނާތީ. މިހާރު މި އޮތީ ލޮކްޑައުން ކުރިއަށްވުރެ ވެސް ހަރުކަށި ކޮށްފަ.”

“އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ! މައްސަލައަކީ އެ ވަރަށް ކިޔާއިރު ވެސް ލޮކްޑައުންއާ ޚިލާފުވާ މީހުން ވެސް ގިނަވަމުން އަންނަކަން. ކުރީ ދުވަހު ވެސް އޮތް ލޮކްޑައުންއާ ޚިލާފުވެގެން ދުއިސައްތައަށްވުރެ ގިނަ މީހުން ހައްޔަރުކުރި ވާހަކަ. އެ ވަރުވީ މަ ތަންކޮޅެއް ބޮޑުވަރު ދޯ!”

“އެ ގޮތަށް އުޅުނީމަ ރަނގަޅެއް ނޫން! އެނގޭތަ މިހާރު މަނަދޫން ވެސް އިތުރު ނުވަ މީހަކު ޕޮޒިޓިވްވެގެން އެބަ އުޅޭ. އޭގެތެރޭގައި ހޮސްޕިޓަލް ސާފުކުރަން އުޅޭ ދެ މީހަކު ވެސް ހިމެނޭ. ހިންމަފުށި މޮނިޓަރިންނަށް ލައިފި. ރިހެބުން 3 މީހަކު ޕޮޒިޓިވްވެއްޖެ. އަނެއްކޮޅުން މި އޮތްކުރާ ވިއްސާރައެކޯ. ހައްތާ ވެސް ހަނގުރާމަ.”

“ހަނގުރާމައިގެ މައިދާނަކީ އެ ކަހަލަ ތަނެއްނު. ކާމިޔާބާއި ނާކާމިޔާބު. އުފަލާއި ހިތާމަ.” ނިޒާރު ފުން ނޭވާއެއް ދޫކޮށްލިއެވެ.

ނުނިމޭ

އަންނަ ހޮނިހިރުދުވަހަށް އިންތިޒާރުކޮށްލައްވާ!

Readers Comments (49)

  1. erectile organs crossword clue
    erectile vacuum pump demonstration
    ace inhibitors erectile dysfunction

    Reply
  2. Hi there! This is my first comment here so I just wanted to give a quick shout out and tell you I genuinely enjoy reading your posts. Can you recommend any other blogs/websites/forums that go over the same subjects? Thanks a ton!|

    Reply
  3. Hello, i think that i saw you visited my weblog so i came to “return the favor”.I
    am attempting to find things to improve my web
    site!I suppose its ok to use some of your ideas!!

    Reply
  4. Very good post. I will be facing many of these issues as well..

    Reply
  5. We’re a group of volunteers and opening a brand new scheme in our community.
    Your web site provided us with helpful info to work on. You have performed a formidable job and our whole neighborhood
    might be thankful to you.

    Reply
  6. It is in reality a nice and helpful piece of information. I’m happy that you shared this useful information with us.
    Please keep us informed like this. Thanks for sharing.

    Reply
  7. Excellent post. Keep writing such kind of info on your page.
    Im really impressed by your blog.
    Hello there, You’ve performed an excellent job. I’ll certainly digg it and
    for my part suggest to my friends. I’m confident they will be
    benefited from this site.

    Reply
  8. Hello just wanted to give you a brief heads up and let you know a few of the pictures aren’t
    loading correctly. I’m not sure why but I think its
    a linking issue. I’ve tried it in two different web browsers and both show
    the same results.

    Reply
  9. Fine material, Cheers!
    essay writing services
    essay wriiting services https://findwritemyessay.com/

    Reply
  10. Keep this going please, great job!

    Reply
  11. I always spent my half an hour to read this blog’s articles all the
    time along with a cup of coffee.

    Reply
  12. You actually stated thhis exceptionally well!
    essay writer service
    essay writers https://essaywriterresearch.com/

    Reply
  13. Hey There. I found your blog using msn. This is an extremely well written article.
    I’ll be sure to bookmark it and come back to read more of your useful
    information. Thanks for the post. I will definitely return.

    Reply
  14. Terrific facts, Maany thanks!
    essaywriting services
    essay wrifing services https://niceonlineessayservicec.com/

    Reply
  15. These are really great ideas in concerning blogging. You have touched some pleasant
    factors here. Any way keep up wrinting.

    Reply
  16. Kudos! Valuable information!
    Best Essay writing
    buy essay help https://buyanessayonlinecheap.com

    Reply
  17. Youu made your psition very effectively!.
    Best Essay writing
    fast essay writing service https://argumentativeresearch.com

    Reply
  18. Hi there, the whole thing is going perfectly here and
    ofcourse every one is sharing facts, that’s truly excellent,
    keep up writing.

    Reply
  19. As soon as I discovered this website I went on reddit to share some of the love with them.

    My page: Agility Fit Keto Side Effects

    Reply
  20. Hi, its fastidious piece of writing regarding media print, we all understand media is a fantastic source of information.

    Have a look at my web page; Cogni Boost Ingredients

    Reply
  21. I would like to thnkx for the efforts you’ve put in writing
    this web site. I am hoping the same high-grade site post from you in the upcoming as well.
    In fact your creative writing abilities has encouraged me
    to get my own web site now. Really the blogging is spreading its wings quickly.
    Your write up is a good example of it.

    Feel free to surf to my homepage – Flow Male Enhancement Pills

    Reply
  22. It’s an awesome article for all the web viewers; they will take advantage from it
    I am sure.

    Here is my web page: 1 Shot Keto

    Reply
  23. Hi, I do believe this is a great blog. I stumbledupon it 😉 I will revisit yet again since i have book marked it.
    Money and freedom is the greatest way to change, may you be rich and continue to help others.

    Reply
  24. Hurrah, that’s what I was searching for, what a stuff!

    existing here at this webpage, thanks admin of this site.

    My homepage; Aktiv Keto Review

    Reply
  25. Appreciation to my father who shared with me regarding this web site, this website is really awesome.

    Here is my blog Agility Fit Keto

    Reply
  26. A person necessarily assist to make seriously posts I might state. Retha Marty Kenyon

    Reply
  27. Fabulous, what a webpage it is! This website gives valuable information to us, keep it up. Fleurette Bard Brittni

    Reply
  28. Pretty! This was an incredibly wonderful post. Thank you for supplying these details. Valerye Allayne Saidel

    Reply
  29. I think you have observed some very interesting details , appreciate it for the post. Suzi Zak Denison

    Reply
  30. Well I truly enjoyed reading it. This subject offered by you is very effective for accurate planning. Fredi Trever Forkey

    Reply
  31. I have recently started a site, the information you offer on this website has helped me tremendously. Thank you for all of your time & work. Aloisia Zeke Horowitz

    Reply
  32. I love this story! I, too, was fascinated by charm bracelets when I was a girl, and very covetous of them. Sheila Nestor Jangro

    Reply
  33. Hi there, this weekend is nice in support of me, since this point in time i am reading this wonderful informative article here at my house. Trixi Amble Isadore

    Reply
  34. Because the admin of this web site is working, no question very quickly it will be well-known, due to its quality contents. Kippy Garfield Efthim

    Reply
  35. Right here is the perfect webpage for anyone who hopes tounderstand this topic. Bonnee Reg Olsewski

    Reply
  36. This is my first time pay a quick visit at here and i am truly impressed to read everthing at one place. Aggy Byrom Woodward

    Reply
  37. Right here is the right web site for everyone who really wants tto find out about this topic. Kathe Sayer Bowers

    Reply
  38. Asking questions are genuinely good thing if you are not understanding something totally, however this paragraph provides nice understanding even. Jocelin Lew Tuppeny

    Reply
  39. I view something really interesting about your weblog so I saved to my bookmarks . Masha Nickola Dick

    Reply
  40. Sweet website, super style and design, very clean and employ genial. Othella Stewart Geraldine

    Reply
  41. You believe in absolute kookery and total nonsense. Benedetta Judd Slayton

    Reply
  42. Here are some links to web pages that we link to due to the fact we consider they are worth visiting. Annalee Mateo Schafer

    Reply
  43. This is my first time pay a quick visit at here and i am actually pleassant to read everthng at single place. Lucita Chris Eldred

    Reply
  44. No matter if some one searches for his essential thing, thus he/she wishes to be available that in detail, thus that thing is maintained over here. Merry Darcy Venetia

    Reply
  45. I am not rattling great with English but I get hold this real easygoing to interpret. Cleo Lemmy Nunciata

    Reply
  46. Fu all the little black babies who were never given a chance to grow up and become a contributing human being to the human race. Fenelia Winifield Gleich

    Reply
  47. Looking forward to reading more. Great article. Really looking forward to read more. Awesome. Leonore Allin Kyd

    Reply
  48. I think you have mentioned some very interesting points, appreciate it for the post. Rubia Travus Romilly

    Reply

ޚިޔާލު