އާ ދުވަހަށް އިރު ފެނުން ތޮޅިލައިފިއެވެ. ދުނިޔެއަށް އިތުރުވާ ކޮންމެ ދުވަހަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑްގެ ވޭދަނަތައް އިތުރުވަމުން އަންނަ ދުވަހެކެވެ. ދުނިޔެ ދޫކުރާ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވަމުން އަންނަ ދުވަހެކެވެ. މިހާރު ގާތްގަނޑަކަށް މުޅި ދުނިޔެ މި އޮތީ، މި ބިރުވެރި ވައިރަހުގެ ބާރުގެ ދަށުގައެވެ. ސަލާމަތުން އޮތީ މަދު ދެތިން ގައުމެކެވެ. އެތައްބަޔަކު މަރާ ކުރިމަތިކުރަމުން އަންނަ މި ނުރައްކަލުން ސަލާމަތްވެވޭނެ އެއްވެސް ކޮޅެއް އަދި ފެންނާކަށް ނެތެވެ. ސައިންސްވެރިން ރެއާއި ދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން އަންނަނީ، ވެކްސިނެއް އުފެއްދޭތޯއެވެ. އެހެންނަމަވެސް ކާމިޔާބު ވެކްސިނެއްގެ އެހީތެރިކަން ލިބޭނޭ ދުވަހެއް ލަފާކޮށްލާކަށް ވެސް އަދި ނޭނގެއެވެ.
ދިވެހިރާއްޖޭގެ ހާލަތު ވެސް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާތަނަށް ރާއްޖެއިން 1078 މީހުން ވަނީ ފައްސިވެފައެވެ. ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ގޭގައި ކަރަންޓީނު ކުރާން ވެސް ފަށައިފިއެވެ. އެއީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެ އެންމެން، ސާދަ ދުވަސްވާންދެން ފެސިލިޓީތަކުގައި ބޭތިއްބުން ފަސޭހަކަމަކަށް ނުވާނެތީއެވެ. މިއީ އާންމުންގެ ކަންބޮޑުވުން އިތުރުވިކަމެކެވެ. މީގެ އިތުރުން ފިހާރަތަކާއި ސުޕަ މާކެޓްތަކުގެ ބޭރުގައި ކިއު ހަދައިގެން ތިބޭއިރު، ތިބެންޖެހޭ ދުރުމިން އަންގައިދޭނެ ވަށްބުރުތައް، މާލޭސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތަކުގައި ކުރަހަމުންނެވެ.
މޭ 17 ވަނަ ދުވަހަކީ އަނެއްކާވެސް ދިވެހިންނަށް ހިތާމަވެރި ޚަބަރެއް ލިބުނު ދުވަހެކެވެ. އުމުން އެންމެ 17 ދުވަހުގެ ތުއްތު ކުއްޖަކު، ކޮވިޑަށް ފައްސިވި ހިތާމަވެރި ޚަބަރެވެ. އެއީ ރާއްޖެއިން މި ބައްޔަށް މިހާތަނަށް ފައްސިވި އެންމެ ތުއްތު ކުއްޖާއެވެ.
“އަޅެ ހާދަ ތުއްތުކުއްޖެއް!” އަހުސަނު އެ ވާހަކަ ބުނުމުން ނަބީލާއަށް ބުނެވުނެވެ. އޭރު ނަބީލާއާއި އަހުސަނު ތިބީ ކޮޓަރީގައެވެ. މިއީ ނަބީލާ ހަމަހޭވެރިކަމުގައި އިން ވަގުތެކެވެ. އެ ފަދަ ވަގުތުތަކުގައި ނަބީލާއަށް ވަރަށް ބޮޑަށް ލޯބިދެވޭތޯ އަހުސަނު މަސައްކަތްކުރެއެވެ.
“އާނ! ދޯ! އެ ކުއްޖާގެ މަންމަ ވެސް ޓެސްޓުކުރާށޯ މިހާރު އުޅެނީ.” އަހުސަނު ފޯނަށް ބަލަން އޮތެއްކަމަކު، ނަބީލާގެ ބުރަކަށީގައި ފިރުމަމުން ގެންދެއެވެ.
“މަންމަ ވެސް ޕޮޒިޓިވްވާނެ ކަންނޭނގެ.”
“އާނ! ހީވަނީ ވާނެހެން. އެނގޭތަ؟ ކުރީ ދުވަހު އިބުރާހީމީ މިސްކިތުގެ އިމާމު ވެސް ޕޮޒިޓިވްވިއޭ.”
“އެއީ؟”
“މަގުމަތިން ސާމްޕަލްނެގި މީހެއް އެއީ. އޭނަ މިސްކިތުގަ ހުއްޓަޔޯ ގުޅާފަ ޕޮޒިޓިވްވި ވާހަކަ ބުނީ.”
“އެއް ދުވަހުން އަނެއް ދުވަހަށް ހަމަ އިތުރު ދޯ ވަނީ. އިމާމުގެ ފަރާތުން ވެސް އިތުރު ބަޔަކަށް ބަލި ނުޖެހޭކަމެއް ނޭނގެއެއްނު!”
“އާނ! ރަނގަޅު ވެސް އެބަވޭ. މިހާތަނަށް 49 މީހުން ރަނގަޅު ވެއްޖެ.”
މި ކަހަލަ ވާހަކަތަކެއްގައި އަހުސަނާއި ނަބީލާ ތިއްބާ، އޭނާގެ ފޯނަށް ކޯލެއް އަންނާން ފަށައިފިއެވެ. ބަލައިލިއިރު އެއީ ފިޒާލުގެ މަންމަގެ ކޯލެކެވެ. އަހުސަނުގެ ދެ ލޯ ބޮޑުވިއެވެ. މަދީހާއަކީ މީގެ ކުރިން ދުވަހަކު ވެސް އޭނާއަށް ގުޅި މީހެއް ނޫނެވެ. ފިޒާލުގެ މަންމައާއި ބައްޕަގެ ނަންބަރު އޭނާގެ ފޯނުގައި އޮންނަނީ، ފިޒާލު ބޭނުންވެގެންނެވެ. ކަމެއް ދިމާވާ ފަހަރަކު ފިޒާލަށް ނުގުޅިއްޖެ ނަމަ، ގުޅާށޭ ކިޔައިފައި ދީފައި އޮންނާތީއެވެ. އެހެންނަމަވެސް އަދި މިހާތަނަށް ދުވަހަކު ވެސް، އެއިން ނަންބަރަކަށް އަހުސަނު ވެސް ނުގުޅައެވެ.
މަދީހާގެ ފޯނުކޯލު އަހުސަނުގެ ހިތުގައި އެތައް ސުވާލެއް އުފެއްދިއެވެ. ފުރަތަމަ ވެސް ހިތް ބުނީ، ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަމަށެވެ. އޭނާ ނަބީލާއަށް ފޯނު ދައްކައިލިއެވެ. ނަބީލާ އެދުނީ ފޯނު ނެގުމަށެވެ.
“އައްސަލާމް ޢަލައިކުމް”
“ވަ ޢަލައިކުމް ސަލާމް” މަދީހާގެ އަޑު މަޑެވެ. “އަހުސަނު! ކިހިނެއް ކަންތައްތައް؟” މަދީހާގެ އަޑުގައި ހުރީ ގާތް ގޮތެކެވެ. މަދީހާއަކީ އަބަދުވެސް އަހުސަނަށް ވަރަށް ހެޔޮ މީހެކެވެ. މައެއް ފަދަ ހެޔޮ މީހެކެވެ. އެހެންކަމުން މަދީހާއަށް އޭނާ ވަރަށް އިޙުތިރާމްކުރެއެވެ.
“ރަނގަޅު! ފިޒާލް މަންމަ ކިހިނެއްތޯ؟”
“ވަރަށް ބޮޑު ކަމަކު މި ގުޅާލީ!”
“ކިހިނެއްތޯ ވީ؟”
މަދީހާ ދެއްކީ ފިޒާލުގެ ވާހަކައެވެ. ފިޒާލު ކުއްޖަކުދެކެ ލޯބިވެގެން އުޅޭ ވާހަކައެވެ. އެ ކުއްޖާ ވީތަން ފިޒާލަށް ވެސް ނޭނގޭ ވާހަކައެވެ. އެކުއްޖާ ހޯދަން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހުނު ވާހަކައެވެ. މި ވާހަކަތައް ދެއްކުމަށްފަހު، އަހުސަނުގެ ކިބައިން މަދީހާ އެދުނީ، ވަރަށް ބޮޑު ކަމަކުއެވެ. ފިޒާލުގެ ވިސްނުން ބަދަލުކޮށްދިނުމަށެވެ. ނަދާއާމެދު ކުރާ ފިކުރުތަކުން އޭނާ ސަލާމަތްވޭތޯ ވާހަކަ ދެއްކުމަށެވެ. ގާތް އެކުވެރިއަކު ނަސޭޙަތްދެނިކޮށް، ޤަބޫލުވެސް ކޮށްފާނޭކަމަށް ބުންޏެވެ.
އެ ވާހަކަ ކުރީން ވެސް ކޮންމެވެސް ވަރަކަށް އަހުސަނު ވަނީ ފިޒާލުގާތުގައި ދައްކާފައެވެ. ފިޒާލު އެ ވާހަކަ ޤަބޫލުކުރާކަށް އެ ދުވަހު ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް އެކަން މަދީހާއާ ހިއްސާކުރާކަށް އަހުސަނު ގަސްތެއް ނުކުރިއެވެ. އޭގެ ބަދަލުގައި އަހުސަނު އެއްބަސްވީ، އެ ކަމާ އުޅުމަށެވެ. ވީ އެންމެ ބޮޑަކަށް މަސައްކަތްކޮށްދިނުމަށެވެ.
“އަހުސަނަށް އެނގޭތަ؟ ފިޒާލުދެކެ ނިހާޔަތަށް ލޯބިވާ ވަރަށް ރަނގަޅު ކުއްޖަކު ވެސް އެބަހުއްޓޭ. އެ ކުއްޖާ ފިޒާލުގެ ހަޔާތަށް ގެނެވޭތޯ ބަލަން މިހާރު މި އުޅެނީ. އެކަމަކު އެއަށްވުރެ މުހިންމީ ކުރީގެ ފިޒާލު މި ގޭތެރެއިން ފެނުން.” މަދީހާގެ ދެ ލޯ ހުރީ ފެންކަޅިވެފައެވެ. “ފިޒާލު ހުންނަ ގޮތް ފެނިފައި ހިތް ފަޅައިގެންދާވަރުވޭ. މިހާރު އެއީ އެހެން ކުއްޖެއް. ގޭތެރޭގައި ސަކަރާތްޖަހައިލާތަން ވެސް އެއްގޮތަކަށް ވެސް ނުފެނޭ.” މަދީހާގެ އަޑު ތުރުތުރުއަޅަން ފެށިއެވެ.
“އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ މިއަދު ފިޒާލަށް ގުޅާނަން. ތި ކަން ވޭތޯ ކުރެވެން ހުރި ހުރިހައި ކަމެއް ކުރާނަން.” މަދީހާއަށް އަސަރުކޮށްފައިވާ މިންވަރު އިހުސާސްކުރެވުމާއެކު، އަހުސަނުގެ ހިތަށް ވެސް ވަރަށް ބޮޑަށް ތަދުވިއެވެ.
“ވަރަށް އުފާވެއްޖެ! ހަނދާންކޮށް މިއަދު ގުޅައިލާތި!”
“ހާދަ އިރެއް ވެއްޖޭ ގުޅާތާ. ހަމަ ބިޒީ ބިޒީ އަރަނީ.” ބިޝާރާއާ ގުޅަން މީގެ ފަނަރަވަރަކަށް މިނެޓު ކުރީން ފެށިގެން ފަޒުލާ އަންނަނީ މަސައްކަތްކުރަމުންނެވެ.
“ފޯނެއްގައޭ މި ހުރީ. އެއްކަލަ ނަޝާތު ގުޅައިގެން.” ބިޝާރާ ހުރީ ވަރަށް ހަމަޖެހިފައެވެ.
“ނަޝާތޭ؟ އާނ! ކުރީ ރެއަކު މަގޭ އަތުން ނަންބަރު ހޯދިއޭ. އަދި ކިރިޔާތަ އެ ގުޅީ؟”
“ނޫން! މިހާރު ވަރަށް ގިނައިން ގުޅާ. ކޮންކަމަކު ތި ގުޅާލީ؟”
“މާދަމާ ޅެންކޯސް ފެށެއެއްނު. އެހެންވެ ހިތަށް އެރީ ގުޅައިލަން. ނަޝާތު ވެސް ބުނި ބައިވެރިވާ ވާހަކަ.”
“އާނ! އިރާދަކުރެއްވިއްޔާ ތިޔަ ކޯސް މި ފަހަރު ވާނެ ހަދަން. ސްކޫލް ހުޅުވޭއިރު އަހަރެމެން ތިބެންވާނީ ޝާޢިރުންނަށްވެފަ.” ބިޝާރާ ހިނިގަނޑެއް ޖަހައިލިއެވެ. “އެހެން ދޯ ކިޔަނީ ޅެން ހަދާ މީހުންނަށް؟”
“މަށަށް ހީވަނީ ޝާޢިރު ކިޔާނީ ފިރިހެނުންނަށްހެން.”
“ދެން….؟ އަހަރެމެންނަށް ކިޔާނީ ޝާޢިރާ؟”
“ދެން ނޭނގެ!” ފަޒުލާގެ ގާތަށް ވެސް ހިނިއައެވެ. “ނަޝާތުގާތުގައި އަހަން ޖެހޭނީ. އޭނާއަށް އެނގޭނެ. ކޮންމެ ނަމެއް ކިޔަސް ޅެންކޯސް ހަދަންވާނެ!”
“އާނ! ދޯ!”
“ކޮން ކަމަކާތަ ނަޝާތު މާ ވަރަކަށް ގުޅަނީ؟” ފަޒުލާގެ ހިތުގައި އުފެދުނު ސުވާލު އެންމެފަހުން އޭނާ ކުރިއެވެ.
“ނަޝާތު ދޯ!” ބިޝާރާއަށް ފުން ނޭވާއެއް ދޫކޮށް ލެވުނެވެ. “އޭނަ ވެސް މިހާރު ބޮޑުވެގެން އެ އުޅެނީ.”
“އަނެއްކާ ކިހިނެއްވީ؟
“ބިޓެއް ނެގޭތޯ ޓްރައިކުރަނީ.”
“އެހެންތަ؟” ފަޒުލާ ގާތަށް ހިނިއައެވެ. “ތިހެން ބުނީމަ ހީވަނީ ބިޝާ ނެގޭތޯ އޭނަ އުޅޭހެން. އެއްކަލަ ކަންތަކާ މިހާރު ވިސްނައިފިންތަ؟”
“ތީ އަބަދުވެސް ވަރަށް ވިސްނާ ކަމެއް. ވަރަށް ކުރާހިތްވާ ވެސް ކަމެއް. އެކަމަކު ބިނދެވެން ނެތް މޭވާއަކާ ދިމާއަށް ފުންމަފުންމާ ހުރީމާ އަހަރެން ދޯ ވަރުބަލިވާނީ.”
“އެހެން މީހަކު އެހީތެރިވާން ހުރިއްޔާ ބިންނަން ފަސޭހަވާނެ!” ބިޝާ ވާހަކަ ދައްކާ ބީދައިން ފަޒުލާ ވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އެހެން މީހަކަށް ޓަކައި ދޮންވެ ފައްކާވެފައިވާ މޭވާއެއް، ބަޔެއްގެ އެހީތެރިކަމާއެކު ގަދަކަމުން ބިނަކަސް، އަހަންނަށް ލާނެ ފޮނިރަހައެއް ނޯންނާނެ! ކާ ކޮންމެ ފަހަރަކު ކަރުބުޑުގައި ހިފާނީ ހިތި ރަހަ.”
“މާނައަކީ ކުރިއަށް ދާކަށް ބޭނުމެއް ނޫނޭ؟”
“ވަރަށް ބޭނުން! އެ ކަން އެންމެ ރަނގަޅަށް އެނގޭނީ ފަޒޫއަށް.” ބިޝާރާގެ އަޑުގައި ކުރިން ހުރި އުފާވެރިކަން ގެއްލި ހިތާމައިގެ ކުރަކިކަން ހިފައިފިއެވެ.
“އެހެންވިއްޔާ އާއެނކޭ ބުނެބަލަ!”
“ނުކެރޭނެ! އެ މީހަކަށް ޖާގަ ނެތް ތަނަކަށް ވަންނާން އުޅެފިއްޔާ ފިތޭނީ. ނޭވާ ހާސްވާނީ.”
“އަހަރެން ޖާގަ ތަނަވަސްކޮށްދީފިއްޔާ…؟”
“ހާލަތު ނިޔާކުރާގޮތެއް އޮންނާނީ.”
“އޯކޭ!” ފަޒުލާ ވާހަކަ ކުރުކޮށްލިއެވެ.
“ރުޅި ނާންނައްޗޭ!” ބިޝާރާއަށް ބުނެވުނެވެ.
“އަހަރެން ބިޝާ ކުށްވެރިއެއް ނުކުރަން. ތި މަޤާމުގައި އަހަރެން ހުރި ނަމަވެސް ދެވޭނީ ތި ކަހަލަ ޖަވާބެއް.”
“ތި ޖަވާބު ގޯހެއް ނޫން!” ނަދާގެ ފިކުރުތަކުން އެއް ފަރާތްވާން ފިޒާލުގެ ކިބައިން އަހުސަނު އެދުމުން، ފިޒާލު ބުނި އެއްޗަކާ ގުޅިގެން އަހުސަނަށް ބުނެވުނެވެ. “އެކަމަކު އަހަރެން ނަބީ ދޫކޮށްލުމާ، ފިޒާލުގެ ސިކުނޑިން ނަދާގެ ޚިޔާލުތައް ފޮހެލުމާ އުޑާއި ބިމާހައި ތަފާތު.” އަހުސަނު ރައްދު ދިނެވެ.
“ކޮބާ ތަފާތަކީ؟ އަހުސަނު ވެސް ނަބީދެކެ ވަނީ ލޯބި. އަހަރެން ވެސް ނަދާދެކެ އިންތިހާއަށް ލޯބިވޭ. ނެތް ތަފާތެއް. އަހެރެންގެ ހިތް އަބަދުވެސް ބުނަނީ އަހަންނަށް ނަދާ ލިބޭނޭ. އެހެން ބުނަމުން ގެންދާހައި ދުވަހަކު މި ކަމެއް ނުހުއްޓޭނެ.”
“ފިޒާލް! މި ވަގުތު އޯކޭ ޖަވާބެއް ނުދިނަސް. އެކަމަކު އަދި މި ދެއްކި ވާހަކަތަކާމެދު ފުންކޮށް ވިސްނާތި! ޙަޤީޤަތުގައި އެއީ މީހެއްގެ އަނތްބެއް ނޫން ކަމެއް ވެސް ނޭނގެއެއްނު! އޭނާ ހޯދޭނެ ކޮޅެއް ވެސް ފެންނާން އޮތީއެއް ނޫން! ފިޒާލުދެކެ ނަދާ ލޯބިވާކަމެއް ވެސް އެނގެނީއެއް ނޫން! އަހަރެން މި ވާހަކަ މި ދައްކަނީ، ފިޒާލަށް އުފަލެއް ލިބެން ނޭދޭތީއެއް ނޫން! ހިތާމައެއް ލިބެން ނޭދޭތީ.”
މި ފަހަރު އަހުސަނު ދެއްކި ވާހަކަތަކަށް ފިޒާލު ބަހެއް ނުބުންޏެވެ. އޭނާ އެއްޗެއް ބުނޭތޯ އިރުކޮޅަކު އަހުސަނު މަޑުކޮށްލިއެވެ.
“ފިޒާލް!” ލިބުނު ފުރުސަތުގައި އިތުރަށް ވާހަކަ ދައްކަން އަހުސަނު ބޭނުންވިއެވެ. “މި ކަހަލަ ކަންކަމުގައި ޖެހޭނީ ވިސްނުން އިސްކުރަން! ފިޒާލްދެކެ ލޯބިވާ ކުއްޖަކާ ގުޅިގެން، ރަނގަޅު ދިރިއުޅުމެއް ފެށޭތޯ އަވަހަށް ބަލަންވީ. ފިޒާލްގެ މަންމައާއި ބައްޕަ ވެސް އެ ތިބެނީ، އެ ދުވަސް ދެކޭހިތުން ކެތްމަދުވެފަ. ނަދާ ހޯދަން މުޅި ރާއްޖޭގައި އަތްފުނާއެޅުމަށްވުރެ ބުއްދިވެރިވާނީ އެ ގޮތް.”
“އަހުސަނުގެ ވާހަކައަކީ އަހަންނަށް ނަދާއެއް ނުލިބޭނެއޭތަ؟” ފިޒާލުގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ.
“ތި ހެނެއް ނުބުނަން! އެކަމަކު އެ މީހަކަށް ހިޔާ ލިބޭނޭކަމުގެ އުއްމީދެއް ނެތް ގަހަކާ ދިމާއަށް ހިނގުމުގެ ބޭނުމަކީ ކޮބައި؟”
“އެކަމަކު އެ ނޫން ގަހެއް މި ދުނިޔެއަކުން މަށަކަށް ނުވެސް ފެނުނޭ! އަހުސަނުމެން މިހާރު މީހުންނާ އިނދެ ދަރިން ހޯދީ.” ފިޒާލަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
“ދެން ހިނގާ މި ވަގުތު މި ވާހަކަ ބާއްވަން! އެކަމަކު ވަރަށް ބޮޑަށް މި ކަމާ ވިސްނާތި! އަހަރެމެން އެންމެން މި ތިބީ ފިޒާލާއެކު. އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ!”
“ކޮބާތަ ދެރަ ގޮތެއް ނުވެފަ؟ ކޮބައިތަ ވީ މޮޅެއް؟ ނޭވާގެ ދެކޮޅު ތިހެން ތި ކިޔަނީ” ނަދާގެ ގާތަށް ރުޅި އައެވެ. ނީނާއާއި ނަދާ ވާހަކަދައްކަމުން ގެންދިޔައީ ފޯނުންނެވެ.
“ކިހިނެއް ވެގެންތަ މިހާރު ތި އުޅެނީ؟”
“ނީނާއަކަށް އެކެއްޗެއް ވެސް ނޭނގޭނެ! މިހާރު އެ އެއްޗަކު އެހެރީ، މަ ރަށަށް އަރާއިރަށް އިންނާން ތައްޔާރުވެގެން!”
“އަޖައިބެއް! ނަދާގެ ނުރުހުމުގައި އެކަން ވޭތަ؟” ނީނާއަށް ޗޮކެއް ކަނޑައިލެވުނެވެ.
“މަންމަގެ އިނގިލިކުރީގައި ހިފައިގެނޭ އޭނަ ނިކުންނާނީ. މަންމަ ހުންނާނީ އޭނާގެ ފަޅީގަ. ބައެއް ފަހަރު ހިތަށް އަރާ، ކޮވިޑް ޖެހިގެން މަރުވި ނަމައޭ!”
“ނަދާ! ތި ކަހަލަ އެއްޗެހި ކިޔާކަށް ނުވާނެ! އިރާދަކުރެއްވިއްޔާ ނަދާއަށް ލިބޭނީ ނަދާ ބޭނުންވާ ކަހަލަ މީހެއް.”
“އަހަރެން ބޭނުމެއް ނޫން އެއްކަހަލަ މީހެއް ވެސް. ތި ލަތީފަކާ ހެދި ފިރިހެނުން މަތިން ވެސް ފޫހިވެއްޖެ!”
ނުނިމޭ
އަންނަ ހޮނިހިރުދުވަހަށް އިންތިޒާރުކޮށްލައްވާ!
If you want to use the photo it would also be good to check with the artist beforehand in case it is subject to copyright. Best wishes. Aaren Reggis Sela
A big thank you for your blog. Thanks Again. Keep writing. Janith Adan Diaz
There is noticeably a bunch to know about this. I consider you made some good points in features also. Allyson Lev Curson
If you want to use the photo it would also be good to check with the artist beforehand in case it is subject to copyright. Best wishes. Aaren Reggis Sela
erectile medicine for men
erectile supplements that work
erectile function clinic in san antonio
Hi there! I could have sworn I’ve been to this site before but after checking through some of the post I realized it’s new to me. Nonetheless, I’m definitely glad I found it and I’ll be bookmarking and checking back often!|
I am not real superb with English but I get hold this really leisurely to read . Stephie Maury Albers
Im obliged for the blog post. Really looking forward to read more. Want more. Myrlene Curran Tabber
I think the admin of this web site is really working hard for his site, since here every material is quality based stuff. Roxi Nikolaos Fleda
Just want to say your article is as amazing. The clarity for your post is simply great and that i could assume you are knowledgeable on this subject. Dinnie Vaughan Lyssa
Hey! This post couldn’t be written any better! Reading through this post reminds me of my old room mate! He always kept chatting about this. I will forward this article to him. Fairly certain he will have a good read. Many thanks for sharing!|
I like what you guys tend to be up too. This kind of clever work and coverage! Keep up the superb works guys I’ve included you guys to my personal blogroll.|
The effect may be delayed if the tablet is taken directly after a high-fat meal.Except that biologically, there is no reason why what works in men, is not equally effective on us.And believe it or not, even after 12 hours you may still have an easier time achieving an erection, though these late erections last about 15 minutes rather than the 30 minutes they can last when Viagra is at its peak levels.viagra do to dont take viagra with females she iterated in, bassinet viagra express her treatment was to mop her clemenceau.Swedish post-punk Viagra Boys from the first chord fascinate with the aggressive power of their performance.
It is appropriate time to make some plans for the longer term and it’s time to be happy. I have read this submit and if I may I want to recommend you some fascinating things or suggestions. Maybe you could write next articles referring to this article. I wish to read more issues approximately it!|
You really make it seem so easy with your presentation but I find this matter to be actually something that I think I would never understand. It seems too complicated and very broad for me. I am looking forward for your next post, I’ll try to get the hang of it!|
Inspiring quest there. What happened after? Take care!|
Wonderful blog! I found it while browsing on Yahoo News. Do you have any suggestions on how to get listed in Yahoo News? I’ve been trying for a while but I never seem to get there! Many thanks|
It’s actually a nice and useful piece of information. I’m satisfied that you shared this helpful info with us. Please stay us informed like this. Thank you for sharing.|