ނޫކޮކާގެ

ފަޒީލާއަށް ހޭލެވުނީ އިވުނު ބާރު އަޑުފަށްގަނޑެއްގެ ސަބަބުންނެވެ. ބޭއިޚުތިޔާރުގައި ފުންމައިގެން ތެދުވެވުމާއެކު ބޭރުން އެ އިވުނީ ބަޔަކު ދުއްވައިގަތްއަޑެވެ. އެއާއެކު ވާރޭ ބޯކޮށްލައިފިއެވެ. އިވުނު ބާރު ގުގުރީގެ ސަބަބުން ނިދިފިލައިގެން ދިޔަ ފަޒީލާގެ ލޮލުގައި އަޅައިގަތީ، ކޮޓަރީ ކުޑަދޮރު ހުޅުވިފައި ހުރި ތަނެވެ. އޭނާ އަވަސް އަވަހަށް ތެދުވެއްޖެއެވެ. ކުޑަދޮރާދިމާއަށް ހިނގައިގަތެވެ. އޭރު މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ.
ފަޒީލާ ގޮސް ދޮރާދިމާއަށް ގުދުވެ ދޮރުފަތުގައި ހިފައިލި ވަގުތު ވަރަށް ގަދައަށް ވިދާލައިފިއެވެ. ކަޅުފޮއި މޫސުމުގެ އަނދިރިކަމުގެ މައްޗަށް ވިދުވަރުގެ އަލިއެޅި، މުޅި މަގަށް އަލިވެގެންދިޔަ ވަގުތު، ފަޒީލާގެ ލޮލުގައި އަޅައިގަތީ، އެ މަގުން ދުވެފައިދާ ދެ މީހެކެވެ. ފަޒީލާއަށް ހުރެވުނީ އެދިމާއަށް ބަލާށެވެ. ވިދާލައި ވިދުވަރުގެ އަލި، އިރުއިރުކޮޅުން އޭނާއަށް އެ މަންޒަރު ދައްކަމުން ގެންދެއެވެ. މިހައި ވިއްސާރަ ރެއަކު ނުނިދިގެން އެ އުޅެނީ ކޮން ބައެއްބާވައެވެ؟
މި ފިކުރުގައި ފަޒީލާ ހުއްޓާ، އެ ދެ މީހުންގެ މިސްރާބު ބަދަލުކޮށްލިތަން ފެނުނީ، އެ މަގުގެ އެއްފަރާތެއްގައި ހުރި، ފަޅު ގެއެއްކަމަށްވާ ނޫކޮކާގެއާ ދިމާއަށެވެ. ފަޒީލާގެ ސަމާލުކަން އިތުރުވެގެން ދިޔައީ އެހައި ހިސާބުންނެވެ. އެ މީހުން ގޮސް ވަނީ ނޫކޮކާގެއަށެވެ. އެއީ މީހަކު ނޫޅޭތާ އެތައް ދުވަހެއްވެ، ވީރާނާވަމުން އަންނަ ގެއެކެވެ. އެ މީހުން އެ ގެއަށް ވަނުމާއެކު، މަގު ހުސްވެ އަމާން ވެއްޖެއެވެ.
ކުއްލިއަކަށް އައި ބާރު ވައިރޯޅިއަކާއެކު، ވާރޭގެ ބޮޑެތި ތިކިތަކުގެ ހަމަލާ ފަޒީލާގެ މޫނަށް އަމާޒުވެއްޖެއެވެ. އޭނާ އަވަސް އަވަހަށް ދޮރުލައްޕައިފިއެވެ. އެނދުގެ މަގަތުގައި އިށީނދެ މޫނުން ފެން ތިކިތައް ފޮހެލިއެވެ. އެވަގުތު އޭނާއަށް ވިސްނައިލެވުނީ ދެންމެ ފެނުނު މަންޒަރާ ދޭތެރޭގައެވެ. މިހައި ވިއްސާރަ ރެއަކު، އެމީހުން ގޮސް އެ ގެއަށް އެ ވަނީ ކީއްކުރަންބާވައެވެ؟ އެއީ ލާހިކު ކަމަކު އުޅޭ ބަޔަކަށް ނުވާނެއެވެ. ވައްކަމާއި ފޭރުން ރަށުގައި މި އޮންނަނީ ހައްދުފަހަނަ އަޅާފައެވެ.
އިރުކޮޅަކު އެހެން އިނދެފައި ފަޒީލާ ތެދުވެއްޖެއެވެ. އެ ދިޔަގޮތަށް ގޮސް މޭޒުމަތީގައި އޮތް އޭނާގެ ފޯނު ނަގައިފިއެވެ. ވަރަށް އަތްމަތި އަވަސްކޮށް ނަންބަރަކަށް ގުޅާލައިފިއެވެ. ފޯނު ނަގާކަށް ގިނައިރެއް ނުނެގިއެވެ.
“ދެންމެ ނޫކޮކާގެއަށް ކޮންމެވެސް ބަޔަކު ވަދެއްޖެ.”
“ކޮންބައެއް؟” އެއީ ފަޒީލާގެ ބޭބެ ކަމާލުގެ އަޑެވެ. ކަމާލަކީ ފުލުހެކެވެ. މިއީ އޭނާ ޗުއްޓީއަށް ރަށަށް އައިސް ހުރި ދުވަސްކޮޅެވެ.
“ނޭނގެ! ހިނގާބަލަ ބަލަން ދާން!” އެފަދަ ކަންކަން ހޯދުމަކީ، ފަޒީލާ ވެސް ވަރަށް ގަޔާވާ ކަމެކެވެ. ސްކޫލް ނިމުމާއެކު ފުލުހަށް ވަންނަން އޭނާ ހުންނަނީ މާ ކުރީން ވެސް ޢަޒުމު ކަނޑައަޅައިގެންނެވެ.
ފަޒީލާއާއި ކަމާލު ބޭރަށް ނިކުމެއްޖެއެވެ. ކުޑަ ހިފައިގެންނެވެ. ކަމާލުގެ އަތުގައި ޓޯޗެއް ވެސް އޮތެވެ. އަނދިރިކަމާއި ބަނަކަން ވެރިވެފައިވާ މަގުން ދެ މީހުން ހިނގައިގަތީ އެ ފަޅުގެއާ ދިމާއަށެވެ. ފަޒީލާގެ ހިތް ތެޅެމުންދެއެވެ. އެ ގޭތެރެއިން އެ މީހުންނަށް ކުރިމަތިލާން ޖެހޭނީ ކޮންފަދަ ކަންތައްގަނޑަކާ ބާވައެވެ؟
“ކޮއްކޮ މަޑުކުރޭ މިތަނުގައި.”
ކަމާލު ގޮސް އެގޭ ގޯތިތެރެއަށް ވަދެއްޖެއެވެ. ފަޒީލާ ހުރީ މަގުމަތީގައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މަޑު ފިޔަވަޅުތަކެއްގައި ގޮސް، އެ ގެއަށް ވަންނަމުން ދިޔަ އޭނާގެ ބޭބެއާ ދިމާއަށެވެ.
ކަމާލު ގޮސް އެ ގޭތެރެއަށް ވަދެއްޖެއެވެ. ފަޒީލާގެ ކަޅި ހުއްޓިފައި ހުރީ އެ ގޭތެރެއަށެވެ. ޓޯޗުގެ އަލި ގޭތެރެއަށް އެޅި ގިނައިރެއް ނުވެއެވެ. މީހަކު ހަޅޭއްލަވައިގަތް އަޑު ކަންފަތުގައި ޖެހިއްޖެއެވެ. އެއާއެކު ޓޯޗުގެ އަލި ކެނޑި، ގޭތެރެއަށް އަނދިރިކަން ވެރިވެއްޖެއެވެ. ދެން އިވޭންފެށީ ބަޔަކު ތަޅާފޮޅާއަޑު ކަހަލަ އަޑުތަކެކެވެ. ފަޒީލާއަކަށް ނުހުރެވުނެވެ. ބޭ އިޚުތިޔާރުގައި ކަހަލަ ގޮތަކަށް ގޮސް، އެ ގޭތެރެއަށް ދެމިގެންފިއެވެ. އޭރުވެސް ކޮޓަރީ ތެރެއިން އެއަޑެއް އިވެއެވެ. ތަޅާއަޑާއި މާނޭވާލާ އަޑެވެ. ފަޒީލާގެ ހިތް ތެޅެނީ، އޮބި ނޯންނަ ވަރަށެވެ. ހިތަށް އިތުރު ބިރުވެރިކަމެއް ވަންނާން ފަށައިފިއެވެ. އަނެއްކާ އޭނާގެ ސަބަބުން، ލޯބިވާ ބޭބެގެ ފުރާނައަށް ނުރައްކާވަނީ ބާވައެވެ؟
ފަޒީލާ އުޅުނީ އެ ކޮޓަރިއަށް ވަންނާށެވެ. އެހެންނަމަވެސް އެއަށްވުރެ ކުރީން ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައިފިއެވެ. ވަރަށް ބާރަށެވެ. ލިބުނު ވަރުގަދަ ސިހުމާއެކު އޭނާއަށް ތެޅިގަނެވުނެވެ. ހަޅޭއްލަވައިގަންނަން ހުޅުވައިލި އަނގަމަތީގައި، އެމީހަކު އަތް އަޅައިފިއެވެ. އެއާއެކު އެ މީހަކު މަސައްކަތެފެށީ ފަޒީލާ އެ ގެއިން ނެރޭށެވެ.
ފަޒީލާ އެ ގެއިން ނެރެފިއެވެ. އެއާއެކު އޭނާގެ ކަންފަތުގައި ޖެހުނީ ބަޔަކުމީހުންގެ ހުނުމުގެ އަޑެވެ. އެ މީހަކު އޭނާގެ ގައިން ދޫ ވެސް ކޮށްލައިފިއެވެ. ފަޒީލާއަށް ބަލައިލެވުނެވެ. ތިން މީހަކު އޭނާގެ ކުރިމަތީގައި ތިއްބެވެ. ވިދާލި ވިދުވަރުގެ އަލި އެޅުމާއެކު ފެނުނީ އޭނާގެ ބޭބެއާއި ބޭބެގެ ދެ އެކުވެރިންކަމަށްވާ ޝަކީލާއި ވާސިފެވެ. ތިން މީހުން ވެސް ބިނދިބިނދިފައި ހެނީއެވެ.
އެއީ ކަމާލު ކުޅުނު ގޭމެއްކަން ފަޒީލާއަށް އެނގުނީ ފަހުންނެވެ. އެ ތިން މީހުން ގޭކައިރީގައި ވާހަކަ ދައްކަން ތިއްބާ ވާރޭ ވެހެން ފެށުމުން، ކަމާލު ވަނީ ގެއަށެވެ. އެ ދެ މީހުން ވެސް ދުއްވައިގަތީ ގެއަށް ދާށެވެ. އެހެންނަމަވެސް ވާރޭ ބޯކޮށްލުމުން ނޫކޮކާގެއަށް ވަނީއެވެ. ކަމާލަށް އެކަން އެނގިހުރެ ފަޒީލާ ގޮވައިގެން ދިޔައީ ހަމަ އެ ގޮތަށް އެކަން ކުރަން ވެގެންނެވެ. ހީނހީނފައި އެ ވާހަކަ ގޭތެރެގައި ދެއްކުމުން ފަޒީލާއަށް ވެސް ވީ މަޖަލެވެ.
“ފުލުހަކަށް ވެވޭވަރެއް އަދި ނުވޭ! މާ ބޮޑަށް ބިރުގަންނަނީ.” އެންމެ ފަހުން ކަމާލު ބުނެލިއެވެ.
ނިމުނީ

Readers Comments (12)

  1. Hi all, here every one is sharing these familiarity,
    thus it’s good to read this weblog, and I used to pay a visit this website every day.

    Reply
  2. This article offers clear idea designed for the new viewers of blogging,
    that truly how to do running a blog.

    Check out my blog; Nu Vigor Testo Pills

    Reply
  3. When I initially commented I clicked the “Notify me when new comments are added” checkbox and now each time
    a comment is added I get several emails
    with the same comment. Is there any way you can remove me from that service?
    Many thanks!

    Reply
  4. Howdy! This post could not be written any better!
    Going through this article reminds me of my previous roommate!
    He always kept talking about this. I’ll send this information to him.
    Pretty sure he’ll have a great read. Thank you
    for sharing!

    Look into my website :: Life Vibes CBD Hemp Oil

    Reply
  5. Wohh exactly what I was looking for, thanks for posting.

    Also visit my blog post – Simple Keto Burn

    Reply
  6. Great blog here! Also your web site loads up fast!
    What web host are you using? Can I get your affiliate link to your host?
    I wish my website loaded up as fast as yours lol

    Reply
  7. It’s amazing to pay a quick visit this website and reading the
    views of all friends concerning this piece of writing,
    while I am also keen of getting know-how.

    Reply
  8. Pretty! This was an extremely wonderful post. Thanks for providing these details.

    Reply
  9. There is certainly a great deal to learn about this issue.
    I love all the points you’ve made.

    My webpage; أنقر هنا للدخول إلي صفحة التحميل

    Reply
  10. hi!,I really like your writing so a lot! share we communicate more about your
    post on AOL? I need a specialist in this house to resolve my problem.

    May be that is you! Having a look ahead to see you.

    Look at my blog Grown N Flow Hair Gummies

    Reply
  11. Hello friends, its fantastic post on the topic of teachingand fully explained,
    keep it up all the time.

    Reply
  12. Thanks for one’s marvelous posting! I genuinely
    enjoyed reading it, you are a great author.I will make sure to bookmark your blog and will often come back later on. I want to encourage
    continue your great job, have a nice afternoon!

    Reply

ޚިޔާލު